އުސޫލުން ބޭރުން ކުޅުދުއްފުއްޓަށް އެެރި ފުލުހަކު ކަރަންޓީންކޮށްފި

ކުޅުދުއްފުށީ ބޮޑު މަގުމަތި: އެ ރަށަށް އުސޫލުން ބޭރުން ދިޔަ ފުލުހަކު ވަނީ ކަރަންޓީނުކޮށްފައި

ކުޅުދުއްފުށީ ބޮޑު މަގުމަތި: އެ ރަށަށް އުސޫލުން ބޭރުން ދިޔަ ފުލުހަކު ވަނީ ކަރަންޓީނުކޮށްފައި

މާލެއިން ރަށްރަށަށް ދިއުމުގެ އުސޫލާ ހިލާފަށް ކުޅުދުއްފުށީ ސިޓީއަށް ދިޔަ ފުލުހަކު ކަރަންޓީނުވާން އަންގައިފި އެވެ.

ކޮވިޑް ފެތުރިފައި އޮތް، މާލޭން މީހުން ދިރިއުޅޭ ރަށަކަށް ދަތުރުކުރާ ނަމަ، ހެލްތު މިނިސްޓްރީގައި ޕޯޓަލް މެދުވެރިކޮށް އެ ރަށެއްގެ ކައުންސިލްގެ ހުއްދަ ނަގަން ޖެހެ އެވެ. އަދި، ކަރަންޓީނުވާން ޖެހޭ ތަނުގެ މައުލޫމާތު ވެސް ކައުންސިލަށް ފޯރުކޮށްދޭން ޖެހެ އެވެ.

ވެކްސިންގެ ދެ ޑޯޒް ހަމަކޮށް، ދެ ހަފުތާވެފައިވާ މީހުންނަށް ކަރަންޓީނުވެ، ރަށްރަށަށް ދެވޭ އުސޫލު މިހާރު އޮތް ނަމަވެސް އެ ފުރުސަތު ވެސް ލިބެނީ ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީވެ އެކަން ކައުންސިލަށް އެންގުމުންނެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ރައީސް އަބްދުލްލަތީފް "އަދަދު"އަށް ވިދާޅުވީ، ރަށަށް ދިޔުމުގެ އުސޫލާ ހިލާފަށް އިއްޔެ ކުޅުދުއްފުށީ އެއާޕޯޓަށް ދިޔަ މީހަކު ހިފަހައްޓައި، ކަރަންޓީނުކޮށްފައިވާ ކަމަށެވެ. އެމީހާއަކީ ކުޅުދުއްފުއްޓަށް ނިސްބަތްވާ ފުލުހެކެވެ.

އެޗްޕީއޭގެ ގައިޑްލައިންތަކާ ހިލާފުވާ މީހުންނަށް ފިޔަވަޅު އަޅައި ޖޫރިމަނާކުރުމުގެ އިހްތިޔާރު ކައުންސިލަށް ވަނީ ދީފަ އެވެ. އެގޮތުން އއ. މަތިވެރީގައި ޕޮޒިޓިވްވެފައިވާ ބަޔަކު ބޭރަށް ނުކުމެ އުޅުނު މައްސަލާގައި ބޮޑު ޖޫރިމަނާއެއް ކޮށްފައިވާއިރު އުސޫލުން ބޭރުން ރަށްރަށަށް އެރި މައްސަލާގައި މީހުން ހައްޔަރުކޮށްފައި ވެސް ވެ އެވެ.

އުސޫލާ ހިލާފުވުމުގެ މައްސަލައެއް އިއްޔެ އެ ސިޓީން ދިމާވެފައިވީ ނަމަވެސް، ލަތީފް ވިދާޅުވި ގޮތުގައި އެ ސިޓީއަށް އަންނަ މީހުންނާއި ރައްޔިތުން އެޗްޕީއޭގެ ގައިޑްލައިންތަކަށް ވަރަށް ބޮޑަށް އަމަލު ކުރެ އެވެ.

"މިހާ އާބާދީ ބޮޑު ރަށެއްގައި މިވަރަށް ބަލިން ރައްކާތެރިވެފައި މި އޮންނަނީ ގިނަ ބަޔަކު ގައިޑްލައިންތަކަށް އަމަލު ކުރަމުންދާތީ،" ލަތީފް ވިދާޅުވި އެވެ.

އުތުރުގެ ގިނަ ރަށްރަށުގެ މީހުން މިހާރު މާލޭން ރަށަށް ދިޔުމަށް އިހްތިޔާރުކުރަނީ ކުޅުދުއްފުށީ އެއާޕޯޓުން ކަމުން، އެ އެއާޕޯޓަށް ކޮންމެ ދުވަހަކު ވެސް ގިނަ ބަޔަކު ދަތުރުކުރެ އެވެ.

ލަތީފް ވިދާޅުވި ގޮތުގައި އެ ސިޓީއަށް ކޮންމެ ދުވަހަކު ވެސް އުސޫލުގެ ތެރެއިން 10-15އާ ދެމެދުގެ މީހުން ދެ އެވެ. އެ އެންމެން ވެސް ކަރަންޓީނުވުމާއި ރަށްރަށަށް ދިޔުމުގެ ކަންކަން ބަލަހައްޓަނީ އެ ސިޓީގެ ކޮވިޑް ޓާސްކުފޯހުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox