ބޮންޑޭގެ ނުރުހުން: "ގަރާޖު ސިޓީ އުވާލައިފިއްޔާ 65 މެމްބަރުން ފޭލްވީ"

މަޖިލީހުގެ ޖަލްސާއެއްގައި ކުރިއަށްދިޔަ ބަހުސެއްގެ ތެރެއިން މެމްބަރު އިބްރާހިމް ރަޝީދު ނިޒާމީ ނުކުތާއެއް ނަންގަވަނީ. -ފޮޓޯ: މަޖިލިސް

މަޖިލީހުގެ ޖަލްސާއެއްގައި ކުރިއަށްދިޔަ ބަހުސެއްގެ ތެރެއިން މެމްބަރު އިބްރާހިމް ރަޝީދު ނިޒާމީ ނުކުތާއެއް ނަންގަވަނީ. -ފޮޓޯ: މަޖިލިސް

ގަރާޖް ސިޓީ އުވާލަން އަމާޒު ހިފާފައި ވަނީ ވެހިކަލް "ދަފްތަރެއް" އުފައްދަން ކަމަށާއި މާލޭގެ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ނުހޯދައި ގެންނަން ހުށަހަޅާ މި އިސްލާހަށް ތާއީދުކޮށް ފާސްކޮށްފި ނަމަ އެމްޑީޕީގެ 65 މެމްބަރުން ފޭލްވީ ކަމަށް ވިދާޅުވެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) މިއަދު ވަރަށް ބޮޑަށް ހިތްހަމަނުޖެހުންފާޅުކުރައްވައިފި އެވެ.

ހަތަރު ފުރޮޅުލީ އުޅަނދުތައް ރަޖިސްޓްރީކުރަން ގަރާޖެއް ބޭނުން ނުވާ ގޮތަށް އެއްގަމު ދަތުރުފަތުރާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅޭ ކޮމިޓީން ނިންމާފައިވާއިރު، މިއަދުގެ ބަހުސްގެ ތެރެއިން ބޮންޑޭގެ ނުރުހުން އެންމެ ބޮޑަށް އަމާޒުވީ އެމްޑީޕީގެ އެހެން މެމްބަރުންނަށެވެ. އެކަމަކު މިހާރު ގެންނަން އުޅޭ ބަދަލު ބޮންޑޭ އެ ވިދާޅުވާހާ ގޯސް ކަމަަކަށް އެމްޑީޕީގެ އެހެން މެމްބަރުން ގަބޫލެއް ނުކުރައްވަ އެވެ.

ބޮންޑޭ ދެކެވަޑައިގަންނަވާ ގޮތުގައި، އިސްލާހު ހުށަހަޅާފައިވާ ގޮތަށް ފާސްވެއްޖެ ނަމަ "އެމްޑީޕީގެ މެމްބަރުން ގެއަށް ދާންވީ" އެވެ.

Advertisement

އުޅަނދުތައް ގަރާޖެއްގައި ރަޖިސްޓްރީ ކުރުން ލާޒިމު ނުވާ ގޮތަށް ހެދުމަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ އެވެ.

އެ އިސްލާހުގެ މަގުސަދަކީ ބައެއް ގަރާޖުތަކުގެ ވެރިފަރާތްތަކުން އެކަމުގެ ނާޖާއިޒު ފައިދާ ނަގައި ގަރާޖު ފީގެ ގޮތުގައި ބޮޑެތި އަދަދުތަކުން ފައިސާ ނަގަމުންދާ މައްސަލަ ހައްލު ކުރުން ކަމަށް ބުނެފައިވެ އެވެ.

އެ ބިލު ދިރާސާ ކުރިއިރު މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ކަމާގުޅޭ އިދާރާތަކުގެ ލަފަޔާ އެކު ނިންމާފައި ވަނީ އިންޖީނުލީ އެއްގަމު އުޅަނދު ރަޖިސްޓަރީ ކުރަން ހުށަހަޅާއިރު ގަރާޖެއްގައި އެ އުޅަނދެއް ބާއްވާނެ ކަމުގެ ލިޔުން ހުށަހަޅަން ލާޒިމްނުވާ ގޮތަށެވެ.

އެކަމަށް އިއްޔެގެ ބަހުސްގައި ވެސް ފާޑުވިދާޅުވި، އިބްރާހިމް ރަޝީދު މިއަދު ވެސް ވިދާޅުވީ މިފަދަ ބޮޑު ނިންމުމެއް ނިންމާއިރު މާލޭގެ ރައްޔިތުންގެ ހިޔާލެއް އެއްވެސް މިންވަރަކަށް ހޯދާފައިނުވާ ކަމަށެވެ. ކޮރަޕްޝަން ހުއްޓުވަން ސަރުކާރަށް ނުކުޅެދުނުކަމަށް ބުނެ މި ބިލު ހުށަހަޅާފައިވަނީ އިދިކޮޅަށް ނިސްބަތްވާ މެމްބަރެއް ކަމަށާއި، މި ބިލަށް ތާއީދުކުރަން ސަރުކާރުގެ މެމްބަރުން ލަދުގަންނަންޖެހޭނެ ކަމަށް ވެސް ބޮންޑޭ ވިދާޅުވި އެވެ.

އަދި ނާޖާއިޒު ފައިދާ ނެގި މީހުން ހައްޔަރުކޮށް އަދަބު ދިނުމުގެ ބަދަލުގައި، މަސައްކަތް ކުރެވެމުންދަނީ "ވެހިކަލް ދަފްތަރެއް" އުފެއްދުކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

"އަޅުގަނޑުމެން [އެމްޑީޕީން] މިއަށް ވޯޓު ދީފިއްޔާ އަޅުގަނޑުމެން ފޭލުވީ. 65 މެމްބަރުން ފޭލުވީ، ގެއަށްދާންވީ،" އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ މެމްބަރުންގެ ތެރެއިން މި ބިލަށް ތާއީދުކުރަނީ ގަރާޖު ސިޓީ ނުލިބިގެން އުޅޭ މެމްބަރުންތަކެއް ކަމަށް ވެސް އޭނާ ވަނީ ތަކުރާރުކޮށް ތުހުމަތު ކުރައްވައިފަ އެވެ.

އެ ބިލުގެ ބަހުސް ނިންމާލައި، އެހެން ބިލަކަށް ބަހުސް ފެށިފަހުން ވެސް، އިބްރާހިމް ރަޝީދު ވަނީ ފުރުސަތަށް އެދިވަޑައިގެން އަނެއްކާވެސް ގަރާޖު ސިޓީ އުވާލުމާ ދެކޮޅަށް ކަންބޮޑުވުންފާޅު ކުރައްވައިފަ އެވެ.

އެހެން މެމްބަރުންގެ ވިސްނުން ތަފާތު

އެ ބިލު ދިރާސާކުރި ކޮމިޓީގެ މުގައްރިރު އަދި ބާރަށު ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވީ ވެހިކަލެއް ރެޖިސްޓްރީ ކުރާއިރު ގަރާޖު ސިޓީއެއް ހުށަހަޅަންޖެހޭ ގޮތަށް އޮތުމަކީ ވަރަށް ގިނަ ބަޔަކަށް އޭގެ ތަކުލީފު އުފުލަންޖެހޭ ކަމެއް ކަމަށެވެ.

އަދި ގަރާޖު ސިޓީގެ ނަމުގައި ނަހަމަ ގޮތުގައި ބަޔަކު ބޮޑެތި ފައިދާތައް ނަގަމުންދާކަން ވެސް އަހުމަދު އަބްދުﷲ ފާހަގަކުރެއްވި އެވެ.

އަދި ގަރާޖެއް އޮތް ކަމަށް ބުނެ ރެޖިސްޓްރީ ކުރެވޭ ވެހިކަލްތައް ވެސް މަގުމަތުތަކުގައި ޕާކު ކުރުމުގެ ސަބަބުން މަގުމަތީގެ ޕާކިންގެ މައްސަލައަށް ހައްލެއް ނުލިބޭއިރު، އެ ސިޓީ ލާޒިމުކުރުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށް އަހުމަދު އަބްދުﷲ ވިދާޅުވި އެވެ.

fff
fff

މާލޭގެ މަގެއްގެ މަތީގައި ޓްރެފިކް ޖެހިފައި. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ނަމަވެސް، މި ބިލާ ގުޅޭގޮތުން އޮޅުންތަކެއް އަރާފައިވާކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ކުރިން ގެނެވިފައިވާ އިސްލާހަކުން ކައުންސިލުތަކުން އެ ރަށެއް ނުވަތަ ސިޓީއެއްގެ ކެރީން ކެޕޭސިޓީގެ އިތުރުން ވެހިކަލްތަކުގެ ކޯޓާއެއް ކަނޑައަޅުމުގެ ބާރު ދެވިފައިވާ ކަމަށެވެ.

އޭނާ އިޝާރާތް ކުރެއްވީ މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގައި އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ގެނައި އިސްލާހަށެވެ.

އެ އިސްލާހުގައި ރަށެއް ނުވަތަ ސިޓީއެއްގައި ބޭނުންކުރެވޭނެ އުޅަނދުގެ އަދަދާއި އުޅަނދު ބޭނުންކުރެވޭނެ މުއްދަތު ކަނޑައެޅުމުގެ ބާރު އެ ރަށެއް ނުވަތަ ސިޓީ ކައުންސިލަކަށް ވަނީ ދީފަ އެވެ.

އަދި އެ ގޮތަށް ކަނޑައެޅުމުގެ ކުރިން އެކަން މަދުވެގެން ހަ މަސް ދުވަސް ކުރިން އެކަން އާއްމުކޮށް އަންގަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.

އެ ބިލަށް ތާއީދުކުރައްވަމުން ހޯރަފުށި ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ސަލީމް ވިދާޅުވީ ގަރާޖު ސިޓީގެ ނަމުގައި ބޮޑެތި ފައިދާތައް ނަގަމުންދަނީ ފާޅުކަން ބޮޑު ގޮތެއްގައި ކަމަށެވެ.

މިގޮތުން، މީގެ ކުރިން 30،000ރ. އަށް ލިބުނު ގަރާޖު ސިޓީއެއް މިހާރު ވިއްކަނީ 80،000ރ. އަށް ކަމަށާއި، އެ ގޮތަށް މަތި މައްޗަށް އެއް ގެއަކަށް އެތައް ހާސް ވެހިކަލެއް ރަޖިސްޓްރީކޮށް ދީފައިވާ ކަމަށެވެ.

"އޮންލައިންކޮށް އިޝްތިހާރުކޮށްގެން ކުރާ ކަމެއް މިއީ. އަޅުގަނޑުމެން މިއުޅެނީ މި ބޮޑު ކޮރަޕްޝަންގެ ދޮރު ބަންދުކުރަން،" އޭނާ ވިދާޅުވި އެވެ.

އެ ބަހުސްގައި ވާހަކަ ދައްކަވަމުން ހުޅުމާލެ ދާއިރާގެ އެމްޑީޕީ މެމްބަރު ހުސެއިން ނިޔާޒް ވިދާޅުވި ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ 80 ކިލޯމީޓަރުގެ މަގަށް ވެހިކަލްތަކުގެ ޖުމްލަ ކެޕޭސިޓީއަކީ 42،880 ކަމަށެވެ.

އަދި ދެވަނަ ފިޔަވަހީގެ 73 ކިލޯމީޓަރުގެ މަގަށް ކެޕޭސިޓީއަކީ 39،128 ވެހިކަލް ކަމަށާއި، މުޅި ހުޅުމާލޭގެ މަގުތަކުގައި ދުއްވޭނެ ވެހިކަލްތަކުގެ އަދަދަކީ 82،000 ކަން އޭނާ ފާހަގަކުރެއްވި އެވެ.

"މި ގޮތަށް މާލޭގައި ވެސް އަދި ކޮންމެ ރަށެއްގައި ވެސް ކެރީން ކެޕޭސިޓީ އެކުލަވާލައިފަ ގަރާޖު ސިޓީ އުވާލިޔަސް ނުލިޔަސް ވެހިކަލްތަކުގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" އަލީ ނިޔާޒް ވިދާޅުވި އެވެ.

އަދި އަލަށް އިންތިހާބުވި ކައުންސިލްތަކުން އެކުލަވާލަން ޖެހޭ ލޭންޑް ޔޫސް އަދި ތަރައްގީގެ ޕްލޭނުގައި އެބައި ހިމަނައިގެން އެ މައްސަލަތް ކުރަންޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox