ސަލްމާގެ މަރު: އޭޑީކޭގެ އިހުމާލު އޮތް ކަމަށް ތުހުމަތުކުރާ މައްސަލަ ޕޮލިހަށް

ސަލްމާ: އޭނާގެ މަރުގެ މައްސަލައިގައި އޭޑީކޭ އިހުމާލު އޮތް ކަމަށް ތުހުމަތުކޮށް މައްސަލައިގައި ހިމެނޭ ބިދޭސީ ޑޮކްޓަރުންގެ ޕާސްޕޯޓް ހިފަަހައްޓަން ވަނީ އެދިފައި.

ސަލްމާ: އޭނާގެ މަރުގެ މައްސަލައިގައި އޭޑީކޭ އިހުމާލު އޮތް ކަމަށް ތުހުމަތުކޮށް މައްސަލައިގައި ހިމެނޭ ބިދޭސީ ޑޮކްޓަރުންގެ ޕާސްޕޯޓް ހިފަަހައްޓަން ވަނީ އެދިފައި.

އޭޑީކޭ ހޮސްޕިޓަލުގައި ވިހެއުމުގެ ތެރޭގައި ސަލްމާ ނަސީރު މަރުވުމުގައި އެ ހޮސްޕިޓަލުގެ މުވައްޒަފުންތަކެއްގެ އިހުމާލު އޮތް ކަމަށް ތުހުމަތުކުރާ މައްސަލަ ތަހުގީގުކޮށްދޭން އެދި ފުލުސް އޮފީހަށް މިއަދު ހުށަހަޅައިފި އެވެ.

މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި ސަލްމާ މަރުވި މައްސަލަ ހެލްތު މިނިސްޓްރީން ވެސް ބެލި އެވެ. ތަހުގީގު ރިޕޯޓުގައި މިނިސްޓްރީން ބުނެގައި ވަނީ ވިހެއުމާ ގުޅިގެން ގިނަ އަދަދެއްގެ ލޭ ސަލްމާގެ ހަށިގަނޑު ބޭރުވި ނަމަވެސް އޭނާގެ ގަޔަށް ލޭ އަޅާފައި ވަނީ ވިހެއިތާ ތިން ގަޑިއިރު ފަހުން ކަމަށެވެ.

ސަލްމާގެ ހަށިގަނޑުން ލޭ ފޭބީ ވަޒަންކުރެވުނު ވަރަށް ވުރެން ގިނައިން ކަމަށާއި އޭރު ލޭ ދޭނެ ދެ މީހަކު ކްރޮސްމެޗް ހެދި ނަމަވެސް އެ މީހުންގެ ގައިން ލޭ ނަގައި އަޅަން ތައްޔާރުވެފައި ނުވާ ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.

މި މައްސަލަ ތަހުގީގުކޮށްދޭން ފުލުހުންނަށް ހުށަހެޅީ ސަލްމާގެ ފިރިމީހާ އިބްރާހީމް އަދުހަމްގެ ފަރާތުން އެޑްވޮކަސީ ޗެމްބާސްއިންނެވެ.

އެތަނުން މިރޭ ނެރުނު ބަޔާނުގައި ބުނީ ސަލްމާގެ މަރާ ގުޅިގެން ހެލްތު މިނިސްޓްރީއަށް ހުށަހެޅި ޝަކުވާއާ ގުޅިގެން ކަން ހިނގި ގޮތް ބަލައި އެ މިނިސްޓްރީން ފޮނުވި ސިޓީގައި ބަލިމީހާއަށް ފަރުވާދޭން އެކަށީގެންވާ ވަރަށް ތައްޔާރުވެފައި ނުވާ ކަން ފާހަގަކޮށްފައި އޮތް ކަމަށެވެ. މީގެ އިތުރުން ސަލްމާގެ މަރުގައި އޭޑީކޭ ހޮސްޕިޓަލުގެ އިހުމާލު އޮތް ކަމަށް އާއިލާ އިން ގަބޫލުކުރާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

އެ ލޯފާމުން އެދުނީ ޖިނާއީ މައްސަލައެއްގެ ގޮތުގައި އެކަން ތަހުގީގުކޮށް، އެކަމުގައި ހިމެނޭ ބިދޭސީ މުވައްޒަފުން ރާއްޖެ އިން ފުރައިގެން ދިޔަ ނުދޭން ތަހުގީގު ނިމެންދެން ޕާސްޕޯޓް ހިފަހައްޓައިދޭށެެވެ.

"ސަލްމާގެ ނަސީރު ނިޔާވި ހާދިސާއާ ގުޅިގެން އެ ފަރާތުގެ މެޑިކަލް ރެކޯޑްސް ހޯދުމަށް އަޅުގަނޑުމެން ކުރި މަސައްކަތުން އެ ލިއުންތައް އޭޑީކޭ ހޮސްޕިޓަލްގެ ފަރާތުން މިހާތަނަށް ފޯރުކޮށްދީފައި ނުވާ ކަން ފާހަގަކުރެވެ އެވެ،" ބަޔާނުގައިވެ އެވެ.

ސަލްމާގެ ގަޔަށް ލޭ އެޅުމުގައި ލަސްވި ކަމުގެ ތުހުމަތު އޭޑީކޭ އިން ދޮގު ކުރެ އެވެ.

އެ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު، އަހުމަދު އަފްއާލް ވިދާޅުވެފައި ވަނީ އެ މައްސަލާގައި ހެލްތު މިނިސްޓްރީއާ ބައްދަލުކޮށް އެ މިނިސްޓްރީގެ ހޯދުންތަކަށް އިންކާރު ކޮށްފައިވާ ކަމަށެވެ.

މިނިސްޓްރީން ބުނެފައި ވަނީ މާބަނޑު މީހުންނަށް ބޭނުންވާ ހުރިހާ ވަސީލަތްތަކާއި އެހީތަކާ އެކު ވެސް، ވިހެއުމުގެ ތެރޭގައި ގަދައަށް އަދި މެދުކެނޑުމެއް ނެތި ލޭ އައިސް، މަރުވުމަކީ ވެދާނެ ކަމެއް ކަމަށެވެ. އެކަމަކު ވިހެއުމުގެ ތެރޭގައި ދިމާވެދާނެ ހާލަތަކަށް ފުރިހަމައަށް ތައްޔާރުވެފައި އޮތުމަކީ ސިއްހީ ފަރުވާ ދޭ ތަންތަނުން ކުރަން ޖެހޭނެ ކަމެއް ކަން ތަހުގީގު ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ވިހެއުމަށްފަހު ލޭ ފައިބާތީ އޭގެ ސަބަބު ދަނެގަތުމަށް މަސައްކަތްކޮށް ލޭ މަނާ ކުރުމަށް އޭޑީކޭގެ ޑޮކްޓަރުން ބޭސް ދީފައިވެ އެވެ. އަދި ސަލްމާގެ ފުރާނަ ސަލާމަތް ކުރަން ރަހިމު ނަގަން ޖެހިދާނެކަން އާއިލާއަށް ޑޮކްޓަރުން އެންގި އެވެ. ސަލްމާ ގަޔަށް ލޭ އަޅާފައި ވަނީ އޭގެ ވެސް އެއް ގަޑިއިރު ފަހުންނެވެ.

ހެލްތު މިނިސްޓްރީގެ ތަހުގީގުން އެނގުނީ ސަލްމާ ހަށިގަނޑުން ލޭ ބޭރުވެފައިވާ މިންވަރު އޭޑީކޭގެ ލިޔެކިޔެމުން ފެންނަން ވެސް ނެތް ކަމަށެވެ.

ސަލްމާގެ މަރުގެ މައްސަލައިގައި ކޯޓަށް ދާން ވެސް އާއިލާ އިން ވަނީ ނިންމައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox