ވެހިކަލް ރެޖިސްޓްރީ ކުރަން ގަރާޖު ސިޓީ އުވާލާތީ ކަންބޮޑުވުން

މަޖީދީމަގު ވެހިކަލްތަކުން ތޮއްޖެހިފައިވާ ވަގުތެއް: ގަރާޖު ސިޓީ ނެތި ވެހިކަލް ރެޖިސްޓްރީ ކުރާ އިސްލާހެއް ގެންނަން މަޖިލީހުން ދަނީ މަސައްކަތް ކުރަމުން. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

މަޖީދީމަގު ވެހިކަލްތަކުން ތޮއްޖެހިފައިވާ ވަގުތެއް: ގަރާޖު ސިޓީ ނެތި ވެހިކަލް ރެޖިސްޓްރީ ކުރާ އިސްލާހެއް ގެންނަން މަޖިލީހުން ދަނީ މަސައްކަތް ކުރަމުން. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ހަތަރު ފުރޮޅުލީ އުޅަނދުތައް ރަޖިސްޓްރީކުރަން ގަރާޖެއް ބޭނުން ނުވާ ގޮތަށް އެއްގަމު ދަތުރުފަތުރާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅޭ ކޮމިޓީން ނިންމާފައިވާއިރު، އެކަމާ މެދު ފާޅުކުރަމުންދާ ކަންބޮޑުވުންތައް އިތުރުވެއްޖެ އެވެ.

އުޅަނދުތައް ގަރާޖެއްގައި ރަޖިސްޓްރީ ކުރުން ލާޒިމު ނުވާ ގޮތަށް ހެދުމަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ އެވެ.

އެ އިސްލާހުގެ މަގުސަދަކީ ބައެއް ގަރާޖުތަކުގެ ވެރިފަރާތްތަކުން އެކަމުގެ ނާޖާއިޒު ފައިދާ ނަގައި ގަރާޖު ފީގެ ގޮތުގައި ބޮޑެތި އަދަދުތަކުން ފައިސާ ނަގަމުންދާ މައްސަލަ ހައްލު ކުރުން ކަމަށް ބުނެފައިވެ އެވެ.

އެ ބިލު ދިރާސާ ކުރިއިރު މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް ވަނީ ފުލުހުންނާއި، ޓްރާންސްޕޯޓް އޮތޯރިޓީ އާއި ޓްރާންސްޕޯޓް މިނިސްޓްރީގެ އިތުރުން މާލޭ ސިޓީ ކައުންސިލު ވެސް ހާޒިރުކޮށްފަ އެވެ.

މިގޮތުން، ގަރާޖު ސިޓީ އުވާލާނަމަ މަގުތަކުގައި ޕާކު ކުރަން ޖާގަ ދޫކުރާނެ ހަރުދަނާ ނިޒާމެއް ބޭނުންވާނެކަމަށް އެ އިދާރާތަކުން އޭރު ބުންޏެވެ.

ނަމަވެސް، އޭގެ ފަހުން އެ އިދާރާތަކުގެ ލަފަޔާ އެކު ކޮމިޓީން ނިންމާފައި ވަނީ އިންޖީނުލީ އެއްގަމު އުޅަނދު ރަޖިސްޓަރީ ކުރަން ހުށަހަޅާއިރު ގަރާޖެއްގައި އެ އުޅަނދެއް ބާއްވާނެ ކަމުގެ ލިޔުން ހުށަހަޅަން ލާޒިމްނުވާ ގޮތަށެވެ.

ފ
ފ

މާރުކޭޓު ސަރަހައްދުގައި ޓްރެފިކު ޖެހިފައި. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

އެ ރިޕޯޓު މަޖިލީހަށް ހުށަހަޅުއްވަމުން ކޮމިޓީގެ މުގައްރިރު އަދި ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވީ ވެހިކަލެއް ރެޖިސްޓްރީ ކުރާއިރު ގަރާޖު ސިޓީއެއް ހުށަހަޅަންޖެހޭ ގޮތަށް އޮތުމަކީ ވަރަށް ގިނަ ބަޔަކަށް އޭގެ ތަކުލީފު އުފުލަންޖެހޭ ކަމެއް ކަމަށެވެ.

އަދި ގަރާޖު ސިޓީގެ ނަމުގައި ނަހަމަ ގޮތުގައި ބަޔަކު ބޮޑެތި ފައިދާތައް ނަގަމުންދާކަން ވެސް އަހުމަދު އަބްދުﷲ ފާހަގަކުރެއްވި އެވެ.

"މިގޮތަށް ރެޖިސްޓްރީ ކުރެވޭ ވެހިކަލްތަކަކީ ރެޖިސްޓްރީ ކުރުމަށްފަހު ވެސް މަގުމަތުތަކުގައި ޕާކުކޮށްފައި ބާއްވާ ވެހިކަލްތަކަށް ވީ ހިނދު މިކަމަށް ހައްލެއް ހޯދުމަކީ ބޭނުންތެރި އަދި މުހިއްމުކަމެއް ކަމަށް ފާހަގަކުރެވޭ،" އޭނާ ވިދާޅުވި އެވެ.

ގަރާޖެއް އޮތް ކަމަށް ބުނެ ރެޖިސްޓްރީ ކުރެވޭ ވެހިކަލްތައް ވެސް މަގުމަތުތަކުގައި ޕާކު ކުރުމުގެ ސަބަބުން މަގުމަތީގެ ޕާކިންގެ މައްސަލައަށް ހައްލެއް ނުލިބޭއިރު، އެ ސިޓީ ލާޒިމުކުރުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށް އަހުމަދު އަބްދުﷲ ވިދާޅުވި އެވެ.

އަދި ގަރާޖު ސިޓީ އުވާލި ނަމަވެސް، އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ގެނެވުނު އިސްލާހާކާއެކު ކައުންސިލުތަކުން އެ ރަށެއް ނުވަތަ ސިޓީއެއްގެ ކެރީން ކެޕޭސިޓީގެ އިތުރުން ވެހިކަލްތަކުގެ ކޯޓާއެއް ކަނޑައަޅުމުގެ ގަވައިދުތައް ވުޖޫދުވާއިރު، މިހާރު ހުރި ކަންބޮޑުވުންތަކަށް ހައްލު ލިބިގެންދާނެކަން އޭނާ ފާހަގަކުރެއްވި އެވެ.

އޭނާ އިޝާރާތް ކުރެއްވީ މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގައި އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ގެނައި އިސްލާހަށެވެ.

އެ އިސްލާހުގައި ރަށެއް ނުވަތަ ސިޓީއެއްގައި ބޭނުންކުރެވޭނެ އުޅަނދުގެ އަދަދާއި އުޅަނދު ބޭނުންކުރެވޭނެ

މުއްދަތު ކަނޑައެޅުމުގެ ބާރު އެ ރަށެއް ނުވަތަ ސިޓީ ކައުންސިލަކަށް ވަނީ ދީފަ އެވެ.

އަދި އެ ގޮތަށް ކަނޑައެޅުމުގެ ކުރިން އެކަން މަދުވެގެން ހަ މަސް ދުވަސް ކުރިން އެކަން އާއްމުކޮށް އަންގަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.

ވެހިކަލުތައް އިތުރުވާނެ ކަމުގެ ކަންބޮޑުވުން

އެ ރިޕޯޓަށް ބަހުސް ކުރަން ހުޅުވާލި ފުރުސަތުގައި މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު މިއަދު ވަނީ ކޮމިޓީގެ ރިޕޯޓަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

އިބްރާހިމް ރަޝީދު ވިދާޅުވީ މިހާރު ވެސް މުޅި މާލެ ވެހިކަލްތަކުން ފުރި، ޕާކު ކުރެވޭ އުޅަނދުތަކާހެދި ގޭގެއަށް މީހުން ވަދެ ނުކުތުމަށް ވެސް ދަތިވެފައިވާ ކަމަށެވެ.

"މި ރިޕޯޓު ހުށަހެޅިއިރު އެބަ އެނގޭ މިއީ ކުޑަކުޑަ މާލެ އެއް ކަން. މިތާ މިއުޅެނީ ވީލްޗެއާގަ އިންނަ މީހާއަށް މިއުޅެނީ ގެއިން ނުނުކުމެވި ތާށިވެގެން،" އޭނާ ވިދާޅުވި އެވެ.

އިތުރަށް ވިދާޅުވީ އެމަޖެންސީ ހާލަތެއްގައި ވެސް މާލޭގެ ގިނަ ހިސާބުތަކުގައި ހުންނަ ގޭގެއާ ހަމައަށް ދިޔުމަށް ވެސް ހުރަސްއެޅޭ ކަމަށެވެ.

އަދި މިކަން ކުރަން އުޅެނީ އަތޮޅުތަކަށް ނިސްބަތްވާ މެމްބަރުންގެ ގާތް މީހުންގެ ޓެކްސީތަކަށް ފުރުސަތު ހޯދައިދޭންކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވި އެވެ.

އޭގެ ފަހުން މާލޭގެ އިންތިހާބީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ގަރާޖު ސިޓީ އުވާލުމާމެދު ކަންބޮޑުވުންފާޅު ކުރައްވައިފަ އެވެ.

މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާލޭ ރައްޔިތުންގެ ހިޔާލާއި މަޝްވަރާއާ ނުލައި އެއްވެސް ހިފެހެއްޓުމެއް ނެތި ވެހިކަލްތައް އިތުރުވާ ގޮތަށް ގާނޫނެއް ނުވަތަ ގަވައިދެއް އިސްލާހު ނުކުރަން މާލެ ރައްޔިތުންގެ ހައްގުގައި ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox