އަދްނާން އަނީސް އަލުން ފުލުހުންގެ ވަޒީފާއަށް ނުކުމެއްޖެ

އިބްރާހިމް އަދްނާން އަނީސް: އޭނާ ވަނީ ވަޒީފާއަށް ނުކުންނަވާފައި

އިބްރާހިމް އަދްނާން އަނީސް: އޭނާ ވަނީ ވަޒީފާއަށް ނުކުންނަވާފައި

މެރިން ޕޮލިސްގެ ކުރީގެ ވެރިޔާ، އިބްރާހީމް އަދްނާނު އަނީސް ފުލުހުންގެ ވަޒީފާއަށް އަލުން ނުކުންނަވައިފި އެވެ.

އޭނާއަކީ، 2012 ވަނަ އަހަރު ތުހުމަތުތަކެއްކޮށް ފުލުހުންގެ މަގާމުން ވަކިކުރި ބޭފުޅެކެވެ. އެގޮތުން އޭނާއަށް ކޮށްފައިވަނީ "ފުލުހުންނާއި ސިފައިން ހިންގި ބަގާވާތު"ގެ ނަމުގައި އެމްޑީޕީން ނެރުނު ރިޕޯޓެއްގައި އެކުލަވާލުމުގައި ބައިވެރިކަމުގެ ތުހުމަތެވެ.

އެ މައްސަލާގައި އޭނާ ވަޒީފާއިން ވަކިކުރީ ގަވައިދާ ހިލާފަށް ކަމަށް ބުނެ، ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން އެ ކޯޓުން ނިންމީ، ވަޒީފާއިން ވަކިކުރީ ގޯސްކޮށް ކަމަށެވެ. ނަމަވެސް، ހައިކޯޓުން އެ ހުކުމް ބާތިލްކުރި އެވެ.

އެ މައްސަލާގައި އަދުނާން އަނީސް، ސުޕްރީމް ކޯޓަށް ދިޔުމުން އޭނާއަށް ކާމިޔާބުވި އެވެ. ސަރުކާރު ބަދަލުވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި، ދައުލަތުން ވެސް ވަނީ އަދުނާން ވަޒީފާއިން ވަކިކޮށްފައިވަނީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުގައި އެއްބަސްވެފަ އެވެ.

ސުޕްރީމް ކޯޓުން މައްސަލާގައި ކުރި ހުކުމްގައި ބުނެފައިވަނީ، އަދުނާން އަނީސް ވަޒީފާއިން ވަކިކުރުމުގައި ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ރިއާޔަތްކުރި ހެކިތައް އެނގެން ނެތް ކަމަށެވެ. ފުލުހަކު ވަޒީފާއިން ވަކި ކުރެވޭނީ ގާނޫނާއި ގަވާއިދާ ހިލާފު ކަމެއް ކުރިކަން ތަހުގީގަކަށް ސާބިތުވެ، އެއީ އެމީހަކު ވަކިކުރަން އެކަށީގެންވާ ސަބަބެއް އޮތް ހާލަތުގައި ކަމަށް ހުކުމްގައިވެ އެވެ.

އަދުނާން ވަޒީފާއިން ވަކިކުރި ގޮތް ގޯސް ކަމުގައިވީ ނަމަވެސް އަލުން ވަޒީފާ ދިނުމަށާއި މުސާރަތައް ނަގައިދިނުމަށް ހުކުމްކޮށްފައެއް ނުވެ އެވެ. އެގޮތަށް އަމުރުކޮށްފައިނުވަނީ، މުސާރަ އަލުން ނަގައިދިނުމަށާއި ވަޒީފާ ހޯދުމަށް އޭނާ ދަށު ކޯޓުގައި އެދިފައިނެތުމުންނެވެ.

ނަމަވެސް، އިއްޔެ އޭނާ ވަނީ ފުލުހުންގެ ވަޒީފާއަށް ނުކުންނަވާފަ އެވެ. އެކަމަކު، އޭނާ ނުކުންނެވީ ކޮން މަގާމަކަށް ސާފެއް ނޫނެވެ.

މިހާރު ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދަކީ ވެސް 2012 ވަނަ އަހަރު އަދުނާން އަނީސްއެކޭ އެއްގޮތަށް އެ މައްސަލައިގެ ތެރެއިން ވަޒީފާއިން ވަކިކުރި ބޭފުޅެކެވެ. ނަމަވެސް އާ ސަރުކާރު ވެރިކަމަށް އައުމާއެކު، ހަމީދުގެ ވަޒީފާ އަލުން ދިނުމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox