ކޮވިޑަށް ފަހު ރާއްޖޭގެ އިގްތިސާދު: ވޯލްޑް ބޭންކުން ދިނީ އުފާވެރި ހަބަރެއް!

Apr 27, 2021, 8:12 AM
ޓޫރިސްޓަކު ރާއްޖޭގެ އަވިން ހިތްހަމަޖެހުން ހޯދަނީ: ރާއްޖޭގެ ޓޫރިޒަމް އަންނަނީ ރަނގަޅުވަމުން. --ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ޓޫރިސްޓަކު ރާއްޖޭގެ އަވިން ހިތްހަމަޖެހުން ހޯދަނީ: ރާއްޖޭގެ ޓޫރިޒަމް އަންނަނީ ރަނގަޅުވަމުން. --ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ކޮވިޑް-19 ގެ ސަބަބުން ވެއްޓުނު އަޑިގަނޑުން އަރައިގަތުމަށް އެކަށޭނަ ފިޔަވަޅުތައް އަޅައި އެ ކަންކަމަށް ތަބާވުމުގެ ނަތީޖާއެއްގެ ގޮތުން، މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ ބާރަށް ކުރިއަރަން ފަށައި، ރާއްޖޭގެ އިގްތިސާދު ވެސް މިހާރު އޮތީ ކުރީގެ ހާލަތަށް ދިއުމުގެ މަގުމަތީގައި ކަމަށް ވޯލްޑް ބޭންކުން ރާއްޖެ އާއި ނޭޕާލް އަދި ސްރީ ލަންކާ އަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް ހަދާދު-ޒާވޮސް ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވެފައިވާ ސިއްހީ އަދި އިގްތިސާދީ ކާރިސާ އިން އަރައިގަނެ، ކުރިއަށް ވުރެ ރަނގަޅަށް އިގްތިސާދު ބިނާކުރުމުގައި އެހީތެރިވުމާ ގުޅޭ ގޮތުން ރާއްޖެއާ އެކު ވޯލްޑް ބޭންކުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ދަށުން ކުރެއްވި ދަތުރުފުޅު ނިންމަލާވެއްވުމަށް ފަހު މީޑިއާ އަށް ފޮނުއްވި ބަޔާނެއްގަ އެވެ.

"އިގްތިސާދީ ކުރިއެރުން ލަފާކުރެވޭ ގޮތުގެ މައްޗަށް ބިނާކޮށް، މާލީ ހާލަތާއި ދަރަނި ބެލެހެއްޓުން މެނޭޖުކޮށްގެން، ކުރިއަށް ވުރެ ތިމާވެއްޓާ ރަށްޓެހި، ކުރިމަތިވެދާނެ ކާރިސާތަކަށް ކުރިއަށް ވުރެ ބޮޑަށް ތައްޔާރުވެފައިވާ އަދި އެންމެހާ ދިވެހިންނަށް އޭގެ ފައިދާ ކުރާ އިގްތިސާދީ ކުރިއެރުމާއި ތަރައްގީ ރާއްޖެ އަށް ހާސިލްކުރެވިދާނެ،" އޭނާ ވިދާޅުވި އެވެ.

Advertisement

ހަދާދު-ޒާވޮސްގެ މި ދަތުރުފުޅުގެ ކުރިން، ވޯލްޑް ބޭންކުން ވަނީ ރާއްޖެ އަށް ހާއްސަކޮށް، "ޑިވެލޮޕްމަންޓް އަޕްޑޭޓް: އަ ޑިޖިޓަލް ޑޯން ރިޕޯޓް" ނެރެފަ އެވެ. ކޮވިޑުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ނޭދެވޭ އަސަރުތަކުގެ މައްޗަށް އަލިއަޅުވާލައި ނެރުނު ރިޕޯޓުގައި ބުނެފައިވާ ގޮތުގައި 2019 އާ ބަލާއިރު މިދިޔަ އަހަރު ރާއްޖޭގެ އިގްތިސާދު ވަނީ ގާތްގަނޑަކަށް 30 އިންސައްތަ ދަށަށް ގޮސްފައި ކަމަށެވެ.

އެކަމަކު ޓޫރިސްޓުން ޒިޔާރަތްކުރާ މިންވަރު ބާރަށް ކުރިއަރަމުން ދިއުމާއި އެ ދާއިރާގައި ކުރެވެމުން އަންނަ އިންވެސްޓްމަންޓްތަކުގެ ނަތީޖާއެއްގެ ގޮތުން، މި އަހަރު ރާއްޖޭގެ އިގްތިސާދު 17.1 އިންސައްތައިގައި ކުރިއަރާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކޮށްފައިވެ އެވެ.

ހަދާދު-ޒާވޮސްގެ ދަތުރުފުޅުގައި ވަނީ އޭނާ ވަނީ ވޯލްޑް ބޭންކުގެ އެހީގައި ރާއްޖޭގައި ހިންގާ މުހިއްމު މަޝްރޫއުތައް ވިލަރެސްކުރައްވާ މިނިސްޓަރުން ކަމަށްވާ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް އަދި އެންވާރަމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަންއާ ބައްދަލުކުރައްވައިފަ އެވެ.

"މި ބައްދަލުކުރެއްވުންތަކުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާފައި ވަނީ، ދިވެހިރާއްޖޭގެ އިގްތިސާދީ ހާލަތާއި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ދިވެހިރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ލޮޅުންތަކާ ގުޅޭ ގޮތުންނެވެ. ހަމަ އެއާއިއެކު، މި ކާރިސާ އިން އަރައިގަނެ، އެންމެންގެ ބައިވެރިވުން އޮންނަ އަދި ދެމެހެއްޓެނިވި ތަރައްގީއަކަށް މަގުފަހިވާނެ ގޮތަށް ކުރިއަށް ވުރެ ރަނގަޅަށް އިގްތިސާދު އާރާސްތުކުރުމުގައި ދިވެހިރާއްޖެ އަށް އެހީތެރިވުމުގައި ވާލްޑް ބޭންކުން ތައްޔާރަށް އޮތްކަން ވެސް ކަންޓްރީ ޑިރެކްޓަރު ވަނީ ހިއްސާކުރައްވާފައިފަ އެވެ،" ވޯލްޑް ބޭންކުން ނެރުނު ބަޔާނުގައިވެ އެވެ.

ޖުމްލަ 182 މިލިއަން ޑޮލަރުގެ 10 މަޝްރޫއެއް ރާއްޖޭގައި ހިންގަމުން އަންނަ ވޯލްޑް ބޭންކުން ވަނީ ކޮވިޑުން ރައްކާތެރިވުމަށާއި މި ބަލި ދެނެގަނެ، މި ބައްޔާ ދެކޮޅަށް މަސައްކަތްކުރުމަށް ރާއްޖެ އަށް 7.3 މިލިއަން ޑޮލަރުގެ އަވަސް އެހީގެ ޕެކޭޖެއް މިދިޔަ އޭޕްރީލް މަހު ދީފަ އެވެ. މީގެ އިތުރުން ޑިޒާސްޓާ ރިސްކް މެނޭޖްމަންޓް ޑިވެލޮޕްމަންޓް ޕޮލިސީ ފައިނޭންސިން ވިތު އަ ކެޓެސްޓްރޮފީ ޑިފާޑް ޑްރޯޑައުން އޮޕްޝަން (ކެޓް ޑީޑީއޯ) ގެ ދަށުން 10 މިލިއަން ޑޮލަރުގެ މާލީ އެހީތެރިކަމާއި، 952،000 ޑޮލަރުގެ ޕެންޑެމިކް އިމަޖެންސީ ފެސިލިޓީއެއް ވެސް ވަނީ ހަމަޖައްސައިފަ އެވެ.

މީގެ އިތުރުން ކޮވިޑާ ގުޅިގެން ކުރިމަތިވި އިގްތިސާދީ ހީނަރުކަމުގެ ސަބަބުން މަސައްކަތްތެރިންނަށް ކުރިމަތިވާ ދަތިތަކުން އަރައިގަތުމަށާއި ކުރިމަގުގައި ދިމާވެދާނެ ކުއްލި ހާލަތަކަށް ތައްޔާރުވުމަށްޓަކައި ރާއްޖޭގެ އިޖްތިމާއި ރައްކާތެރިކަމުގެ ޕްރޮގްރާމްތައް ވަރުގަދަކުރުމަށްޓަކައި 12.8 މިލިއަން ޑޮލަރުގެ އިމަޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް މިދިޔަ ޖޫން މަހު ފަށައި، މިދިޔަ ޖެނުއަރީ މަހު ވަނީ އިތުރު 21.6 މިލިއަން ޑޮލަރާއެކު އެ މަޝްރޫއުގެ މުއްދަތު އިތުރުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޒެޑެކްސްގެ ރީބްރޭންޑިންއަށް ކާމިޔާބު އަހަރެއް

ޒެޑެކްސް ރީބްރޭންޑްކުރި ފަހުން ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި، 200 އަށްވުރެ ގިނަ ދަރިވަރުންނަށް ރާއްޖެއިން ބޭރުން މަތީ ތައުލީމުގެ ފުރުސަތުތައް މުޅިން ހިލޭ ހޯދައިދީފައި. މި ކާމިޔާބީ ފާހަގަކުރުމަށް ޒެޑެކްސްއިން ހާއްސަ ގިވްއަވޭއެއް ކުރިއަށްގެންދާއިރު، ކުރިއަށް އޮތް އަހަރުތަކުގައި ދަރިވަރުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދޭނެ ކަމަށް ބުނޭ.

އައިކެއާ އިން އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންއެއް

ބައިނަލްއަޤްވާމީ ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް ވިލިމާލެ ޕޮލިހުން ބޭއްވި "إސްރަށްވެހިންގެ އުފާ" ހަރަކާތުގައި، އައިކެއާ ހޮސްޕިޓަލުން ވަނީ އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންގއެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގެ މަގްސަދަކީ ދުވަސްވީ މީހުންގެ ލޮލުގެ ސިއްހަތަށް ހޭލުންތެރިކަން އިތުރުކުރުމާއި، ގަވާއިދުން ލޯ ޗެކްކުރުމުގެ މުހިންމުކަން އަންގައިދިނުމެވެ.

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފްތިތާހުކޮށްފި

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފުތިތާހުކޮށް، ވިޔަފާރިތަކަށް ހޯލްސޭލްކޮށް މުދަލަށް އޯޑަރު ދިނުމާއި ލައިވް ސްޓޮކް ބަލައިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ. މި ވެބްސައިޓް މެދުވެރިކޮށް އޯޑަރުކުރާ މުދާ މާލެ އާއި ހުޅުމާލެއަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، އަތޮޅުތެރޭގެ ބޯޓުފަހަރަށް ވެސް ޑެލިވަރީކޮށްދޭ.

ޓީޖީއެސްޓީ އުސޫލު ބަދަލުކުރާތީ މަޓާޓޯއިން މަރުހަބާކިޔައިފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓީޖީއެސްޓީ ނަގާ ގޮތަށް އޮތް އުސޫލު ބަދަލުކުރަން ސަރުކާރުން ނިންމުމުން މަޓާޓޯއިން މަރުހަބާ ކިޔައިފި. މި ބަދަލަކީ ޓޫރިޒަމް ދާއިރާގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ރާއްޖެއަކީ ބައިނަލްއަގުވާމީ މާކެޓުގައި ވާދަވެރި މަންޒިލެއްގެ ގޮތުގައި ބޭއްވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ޖަމިއްޔާއިން ދެކޭ.

ހުރިހާ ދިވެހިންގެ ރިސޯޓުތައް ވާނީ ބޮޑު ބަދަލަކަށް: ޗަމްޕާ އަފީފު

ސަރުކާރުން އިޢުލާނުކޮށްފައިވާ "ހުރިހާ ދިވެހިން ހިއްސާވާ 10 ރިސޯޓު" މަޝްރޫއަކީ އާންމު ރައްޔިތުންނަށް ޓޫރިޒަމްގެ މަންފާ ސީދާ ގޮތެއްގައި ލިބިގެންދާނެ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއިރު، ސަރުކާރުން މިހާރު ދަނީ މި ރިސޯޓުތައް ތަރައްޤީކުރާނެ ރަށްތައް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން.

ގުދުރަތީ ދިރުންތަކާއި ސަގާފަތަށް ހާއްސަ ފުރަތަމަ މަޖައްލާ ނެރެފި

މި މަޖައްލާގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ، މިއީ ރާއްޖޭގައި މިހާތަނަށް އެންމެ މީހަކު ހުރިހާ އާޓިކަލްތަކެއް ލިޔެ ޝާއިއުކޮށްގެން ނެރޭ ފުރަތަމަ މަޖައްލާއަށް ވުމެވެ. މަޖައްލާގެ ފައުންޑަރު އަދި ލިޔުންތެރިޔާ ޔާސިރު ސާލިހަކީ ރާއްޖޭގެ ރަށްތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދޭ ވެބްސައިޓެއް ކަމަށްވާ މޯލްޑިވްސް މައި އައިލެންޑްސްގެ ވެސް ބާނީ އެވެ.

ޓީޗަރުންނަށް ޕްރިމިއަމް ޓަޗުން ޑިސްކައުންޓް

މި އަހަރުގެ ޓީޗަރުންގެ ދުވަހާ ގުޅުވައިގެން ޕްރިމިއަމް ޓަޗުން ވިއްކާ ސެންޓާއި ކޮސްމެޓިކްސް ފަދަ ތަކެތިން ޓީޗަރުންނަށް ޚާއްސަ ޑިސްކައުންޓެއް ދިނުމަށް ވަނީ ނިންމާފައެވެ. މި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި އޮފާގެ ދަށުން، ޓީޗަރުންގެ ކާޑު ދެއްކުމުން މާލެ އަދި ހުޅުމާލޭގެ ފިހާރަތަކުން ޑިސްކައުންޓް ލިބޭނެއެވެ.

Newsletter

Get the latest news delivered straight to your inbox