ފުލުހުންގެ އިސްތިއުނާފް ކޮމިޓީއަށް ސޯދިގާ އެކު ފަސް ބޭފުޅުން

Apr 27, 2021, 6:54 AM
އެސްއޯ ފުލުހުންތަކެއް ވެހިކަލެއްގައި: ޕޮލިސް ބޯޑުން ނިންމާ ނިންމުންތައް އިސްތިއުނާފް ކުރާ ކޮމިޓީއަށް މެމްބަރުން ވަނީ އައްޔަންކޮށްފައި. --ފޮޓޯ / ޕޮލިސް

އެސްއޯ ފުލުހުންތަކެއް ވެހިކަލެއްގައި: ޕޮލިސް ބޯޑުން ނިންމާ ނިންމުންތައް އިސްތިއުނާފް ކުރާ ކޮމިޓީއަށް މެމްބަރުން ވަނީ އައްޔަންކޮށްފައި. --ފޮޓޯ / ޕޮލިސް

ފުލުހުންގެ އިސްތިއުނާފް ކޮމިޓީއަށް ކުރީގެ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ސޯދިގާ އެކު ފަސް ބޭފުޅަކު، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ހަމަޖައްސަވައިފި އެވެ.

އެ ބޯޑުގައި ސޯދިގުގެ އިތުރުން ހިމެނިވަޑައިގަންނަވަނީ ގދ. ރަތަފަންދޫ، ޗަނބޭލީވިލާ، އަޒްމީން ރަޝީދާއި މ. ސަލްޖަމްގެ، ފާތުމަތު ލީނާ އާއި މ. ލިލީސް، މިންނާ ނާފިޒްގެ އިތުރުން ހއ. ހޯރަފުށީ، ބްލެސް، އަހްމަދު ޝިހާދެވެ.

ފުލުހުންގެ ގާނޫނުގެ ދަށުން އިސްތިއުނާފް ކޮމިޓީއެއް އެކުލަވާލަން ޖެހެނީ ޑިސިޕްލިނަރީ ބޯޑުގެ ނިންމުންތައް އިސްތިއުނާފް ކުރުމަށްޓަކަ އެވެ. މި ކޮމިޓީގައި ފުލުހުންގެ ހިދުމަތުގައި ވަޒީފާއަދާކުރާ މީހުންނަކަށް ނުތިބެވޭނެ އެވެ.

ފުލުހުންގެ ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި އިސްތިއުނާފް ކޮމިޓީ އެކުލަވާލަން ޖެހޭނީ ޕޮލިސް ބޯޑުގެ ލަފާގެ މަތިން ވަޒީރެވެ.

ޑިސިޕްލިނަރީ ބޯޑުން ފުލުހަކާ މެދު ފިޔަވަޅެއް އަޅައިފި ނަމަ އެ މައްސަލަ ނިންމާ ދުވަހުން ފެށިގެން 10 ދުވަހުގެ ތެރޭގައި އިސްތިއުނާފް ކޮމިޓީއަށް ހުށަހަޅަން ޖެހެ އެވެ. ކޮމިޓީން ބަލާ މައްސަލައަކާ ގުޅިގެން އިސްލާހު ކުރަން ޖެހޭ ކަމެއް ފާހަގަވެއްޖެ ނަމަ އެ ކަމެއް ހުށަހަޅަން ޖެހޭނީ ޕޮލިސް ބޯޑަށެވެ.

އަލަށް އެކުލަވާލާފައިވާ ޕޮލިސް ބޯޑުގެ ބައްދަލުވުންތައް ވަނީ ފަށައިފަ އެވެ. ތަހުގީގީ އުސޫލުތައް ކަނޑައެޅުމާއި ފުލުހުންގެ ތަމްރީނުތަކުގެ އޮނިގަނޑު އެކަށައެޅުން ފަދަ މުހިއްމު ބާރުތައް އެ ބޯޑަށް ގާނޫނުން ލިބިދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox