އެގްރޯގެ ރަށްތަކުގައި ދަނޑުވެރިކަން ކުރާނީ ދިވެހި ދަނޑުވެރިންނަށް ބިން ދޫކޮށްގެން

އެގްރޯނެޓާ ހަވާލު ކުރި ތިން ރަށް: ހއ. މުލިދޫ (ވ-1)، ގދ. ގަން (މ) އަދި ލ. ގާދޫ (ކ-1) -- ފޮޓޯ: ގޫގްލް އާތު

އެގްރޯނެޓާ ހަވާލު ކުރި ތިން ރަށް: ހއ. މުލިދޫ (ވ-1)، ގދ. ގަން (މ) އަދި ލ. ގާދޫ (ކ-1) -- ފޮޓޯ: ގޫގްލް އާތު

އެގްރޯ ނެޝަނަލް މޯލްޑިވްސް (އެގްރޯނެޓް) އާއި ފިޝަރީޒް މިނިސްޓްރީން ހަވާލު ކުރި ތިން ރަށުގައި ދަނޑުވެރިކަން ކުރާނީ ދިވެހި ދަނޑުވެރިންނަށް ދަނޑު ބިން ދޫކޮށްގެން ކަމަށް އެ ކޯޕަރޭޝަނުން ބުނެފި އެވެ.

ފިޝަރީޒް މިނިސްޓްރީން އެގްރޯނެޓާ ހަވާލު ކުރި ތިން ރަށަކީ ހއ. މުލިދޫ، ލ. ގާދޫ އަދި ގދ. ގަން އެވެ. މި ތިން ރަށުގެ ބިމުގެ ޖާގައަކީ 384.4 ހެކްޓަރެވެ. މި ތިން ރަށް އެގްރޯނެޓާ ހަވާލު ކުރެވުނީ އެ ކުންފުނިން ހިންގާ ދަނޑުވެރިކަމުގެ މަޝްރޫއު ހިންގުމަށެވެ.

މިކަމާ ގުޅިގެން މިއަދު ނެރުނު ބަޔާނެއްގައި އެގްރޯނެޓުން ބުނީ، ބިމުގެ ދަތިކަމަކީ ރާއްޖޭގެ ދަނޑުވެރިންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ ކަމަށެވެ. އަދި މި ތިން ރަށުން، ދަނޑުވެރިކަން ކުރަން ބޭނުންވާ ފަރާތްތަކަށް ބިން ދޫކުރުމުން މި މައްސަލަ ހައްލު ވާނެ ކަމަށް އެ ކުންފުނިން ގަބޫލު ކުރެ އެވެ.

މި ރަށްތަކުގައި ދަނޑުވެރިކަން ކުރަން ބޭނުންވާ ފަަރާތްތަކަށް ބިން ދޫކުރަނީ ކޮންޓްރެކްޓް ފާމިން އުސޫލުން އެގްރޯނެޓުން ބޭނުންވާ ބާވަތްތަކުގެ މޭވާ އާއި ތަރުކާރީ އުފެއްދުމަށެވެ. އެ ކުންފުނިން މިހާރު ވެސް އަންނަނީ 17 ބާވަތެއް ހެއްދުމުގެ މަސައްކަތް ދަނޑުވެރިންނާ ހަވާލު ކޮށްގެން ކުރަމުންނެވެ.

އެގްރޯނެޓުން ހައްދާ ބާވަތްތަކަކީ މެލަން، ފަޅޯ، ކަރާ، ކެބެޖް، ޗައިނީސް ކެބެޖް، ލެޓިއުސް، ފަތްކެޔޮ، ބަޓާނާ، ބަށި، ބަރަބޯ، ޓޮމާޓޯ، ކިއުކަމްބާ، ޗިޗަންޑާ، ތޮރާ، މާމިއާ ތޮޅި، ބީންސް އަދި ކެޕްސިކަމް އެވެ.

އެގްރޯނެޓުން ބުނީ އެ ތިން ރަށުން ދަނޑުުވެރިކަން ކުރަން ބިންތައް ދޫކުރާނީ ދިގުމުއްދަތަށް ކަމަށެވެ. މި ބިންތައް ދިނުމުގައި އިސްކަން ދޭނީ މި ތިން ރަށާ ކައިރި ރަށްރަށުގައި އުޅޭ މީހުންނަށެވެ. އަދި އެ އަތޮޅެއްގެ މީހުންނަށް ވެސް ފުރުސަތު އޮންނާނެ އެވެ.

އެގްރޯނެޓުން ދަނޑުވެރިންނަށް ފޯރުކޮށްދޭ ހިދުމަތްތައް

  • ދަނޑުވެރިން އެއް ރަށުން އަނެއް ރަށަށް އުފުލުން
  • ދަނޑުވެރިކަން ކުރާ ރަށުގައި ތިބެވޭނެ އިންތިޒާމު ހަމަޖެއްސުން
  • ދަނޑުވެރިންނަށް ބޭނުންވާ ފެނާއި ކަރަންޓުގެ ވަސީލަތްތައް ގާއިމުކުރުން
  • ދަނޑުވެރިންގެ އުފެއްދުންތައް ދަނޑުވެރިކަން ކުރާ ރަށުގައި ޕްރޮސެސް ކުރުން
  • ދަނޑުވެރިންނަށް ބޭނުންވާ ތަމްރީނު ފޯރުކޮށްދިނުން
  • ދަނޑުވެރިކަމަށް ބޭނުން ކުރާ އާލާތްތަކާއި، ގަސްކާނާ އާއި ބޭސް ލިބޭނެ ގޮތް ހެދުން

އެގްރޯނެޓުން ބުނި ގޮތުގައި އެ ކުންފުނިން އަންނަނީ މިހާރު ވެސް ކާމިޔާބު ކަމާ އެކު 45 ރަށެއްގައި ކޮންޓްރެކްޓް ފާމިން ހިންގަމުންނެވެ.

މި ކޮންޓްރެކްޓް ފާމިން މަޝްރޫއުގައި މިހާތަނަށް 400 މީހަކާ އެކު އެއްބަސްވުންތަކުގައި ސޮއި ކޮށްފި އެވެ. އަދި އިތުރު 684 މީހަކާ އެކު އެގްރިމެންޓު ކުރުމުގެ މަރުހަލާ ދަނީ ކުރިއަށެވެ.

    ކޮމެންޓް

    ފަހުގެ ޚަބަރު

    އިއްތިހާދުގެ މައިލްސްއިން މޯލްޑިވިއަންގެ ޓިކެޓް ނެގޭގޮތް ހަދައިފި

    އިއްތިހާދު އެއާވޭސްގެ "އިއްތިހާދު ގެސްޓް" މެމްބަރުންނަށް އެ މީހުން އެއްކޮށްފައިވާ މައިލްސް ބޭނުންކޮށްގެން މޯލްޑިވިއަންގެ ފްލައިޓްތަކުން ޓިކެޓް ނެގޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފަ.

    މިދިޔަ މަހު މައްޗަށް ދިޔަ ޓޫރިސްޓު ނަމްބަރުތައް މި މަހު ދަށަށް

    މިދިޔަ އޮކްޓޫބަރު މަހު ރާއްޖެއަށް ޓޫރިސްޓުން އައި އަދަދު މައްޗަށް ދިޔަ ނަމަވެސް، ނޮވެމްބަރު މަހު އެ އަދަދު ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު 6.3 ޕަސެންޓު ދަށަށް ގޮސްފަ. މިއާއެކު މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ޖުމްލަ ފަތުރުވެރިންގެ އަދަދު ވެސް ވަނީ މިދިޔަ އަހަރަށް ވުރެ 3.7 ޕަސެންޓު މަދުވެފަ.

    އައިކެއާގައި ފްލޭޝް ސޭލްއެއް

    އައިކެއާ އޮޕްޓިކަލްސްގެ ފަރީދީމަގު ފިހާރައިގައި ނޮވެމްބަރު 28 އަދި 29 ގައި އަވިއައިނަށް ޚާއްޞަ ފްލޭޝް ސޭލެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. މި ސޭލުގައި ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުގެ އަވިއައިނުން 15 އިންސައްތައާއި 50 އިންސައްތައާ ދެމެދުގެ ބޮޑެތި ޑިސްކައުންޓްތަކެއް ލިބިގެންދާނެއެވެ.

    ފަތަން ނޭނގޭ ކޮންމެ ދެ ޓޫރިސްޓަކަށް ގައިޑެއް މަޖުބޫރުކޮށްފި

    މޫދު ކުޅިވަރުތަކުގައި ހަރަކާތްތެރިވާ ހުރިހާ ގައިޑުންނަކީ ފަސްޓްއެއިޑާއި ރެސްކިއު ސަނަދު އޮތް ބަޔަކަށް ހެދުމަށްޓަކައި އެއް އަހަރު ދުވަހުގެ މުހުލަތެއް މި ގަވާއިދުން ވަނީ ދީފަ. އަދި އެކްސްކާޝަންތަކަށް ދާއިރު ފަތަން ނޭނގޭ މީހުންނާއި ސްނޯކްލިން ހަރަކާތްތަކުގައި ބައިވެރިވާ ހުރިހާ ފަރާތްތަކުން ލައިފް ޖެކެޓް އެޅުން ވެސް މިހާރު ވަނީ ލާޒިމުކޮށްފަ.

    މޫދު ކުޅިވަރާއި އެކްސްކާޝަންތަކަށް ގަވާއިދެއް ހަދައިފި

    މި ގަވާއިދުގެ ދަށުން މިފަދަ ހިދުމަތްދޭ ހުރިހާ ތަނެއް މިނިސްޓްރީގައި ރަޖިސްޓްރީ ކުރުމާއި، ޕަބްލިކް ލައިބިލިޓީ އިންޝުއަރެންސް ނެގުމުގެ އިތުރުން މޫސުމީ ހަރުކަށި މިންގަނޑުތަކަކަށް އަމަލުކުރުން ލާޒިމުވާނެ. އަދި މި އުސޫލުތަކާ ހިލާފުވާ ފަރާތްތައް އެއް ލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކޮށް، ހުއްދަ ބާތިލުކުރުމުގެ ބާރު ވެސް މިނިސްޓްރީއަށް ވަނީ ދީފަ.

    އާރުޑީސީގެ ހުރިހާ މަޝްރޫއުތަކެއް އެމްޓީސީސީއާ ހަވާލުކޮށްފި

    މާލީ ބޮޑު ގެއްލުމަކާ އެކު އާރުޑީސީގެ ހާލަތު ދަށަށް ގޮސްފައި ވަނިކޮށް، ދައުލަތުގެ ހަރަދު ކުޑަކުރަން އެ ކުންފުނީގެ ހުރިހާ މަޝްރޫއުތަކެއް އެމްޓީސީސީގެ ދަށަށް މިއަދު ވަނީ ބަދަލުކޮށްފަ. އެމްޓީސީސީން އެ ހުރިހާ މަސައްކަތްތަކަކާ ހަވާލުވި ނަމަވެސް، އާރުޑީސީގެ މަޝްރޫއުތަކުގެ އަދަދާއި އެ ކުންފުނީގެ މުވައްޒަފުންނާ މެދު ނިންމި ގޮތެއް އަދި ހާމައެއް ނުކުރޭ.

    ހުޅުމާލޭގެ ވޯޓާ ތީމް ޕާކު މަޝްރޫއު ސޮލެންޒާރާ ހޯލްޑިންގްސްއާ އެޗް

    ހުޅުމާލޭގައި ހަދަން ފަށައި ނުވަ އަހަރު ވަންދެން ހުއްޓިފައި އޮތް ވޯޓާ ތީމް ޕާކު މަޝްރޫއު، އާ މާސްޓާ ޕްލޭނެއްގެ ދަށުން ހަވާލުކުރީ ހޮންކޮންގެ ކުންފުންޏަކުން ހިއްސާވާ ސޮލެންޒާރާ ހޯލްޑިންގްސްއާ. މި މަޝްރޫއުގެ ދަށުން 18 މަސްދުވަހުގެ ތެރޭގައި ވޯޓާ ޕާކަކާއި، 250 ކޮޓަރީގެ ހޮޓަލެއްގެ އިތުރުން އެޕާޓްމަންޓްތަކާއި ވިޔަފާރި ބްލޮކްތައް ތަރައްގީކުރާނެ.

    Newsletter

    Get the latest news delivered straight to your inbox