އޮފީސް ކްރިކެޓް މުބާރާތުގައި މަޖިލިސް ބަލިވެއްޖެ

Apr 26, 2021, 6:29 AM
އިއްޔެގެ މެޗުގެ ތެރެއިން ރައީސް ނަޝީދު ބެޓްކުރައްވަނީ. -- ފޮޓޯ: ކްރިކެޓް ބޯޑް

އިއްޔެގެ މެޗުގެ ތެރެއިން ރައީސް ނަޝީދު ބެޓްކުރައްވަނީ. -- ފޮޓޯ: ކްރިކެޓް ބޯޑް

އިއްޔެ ފެށި ރަމަޟާން ކްރިކެޓް ކާނިވަލުގެ އޮފީސް ޓޭޕް ބޯލް މުބާރާތުގައި ރައްޔިތުން މަޖިލީސް ޓީމު ކުޅުނު މެޗުން ކްލަބް އިމިގްރޭޝަން އަތުން ބަލިވެއްޖެ އެވެ.

ރޯދަ މަހަށް ހާއްސަކޮށް ވަރަށް ފުޅާކޮށް ކުރިއަށްގެންދާ ކްރިކެޓް ކާނިވަލަކީ މި މަހުގައި ބޭއްވޭ އެންމެ ބޮޑު އެއް ކުޅިވަރު މުބާރާތްތަކެވެ. އެގޮތުން މި ކާނިވަލުގައި ޖުމްލަ ތިން މުބާރާތެއް ކުޅޭ ގޮތަށް ކްރިކެޓް ބޯޑުން ވަނީ ހަމަޖައްސައިފަ އެވެ. އެއީ އޯޕަން ޓޭޕް ބޯލް ކްރިކެޓް މުބާރާތާއި އަމިއްލަ ކުންފުނިތަކަށް ހުޅުވާލައިގެން ބާއްވާ ކޮމްޕެނީ ޓޭޕް ބޯލް ކްރިކެޓް މުބާރާތުގެ އިތުރުން ސަރުކާރު އޮފީސްތަކުގެ މެދުގައި ކުރިއަށްގެންދާ އޮފީސް ޓޭޕް ބޯލް ކްރިކެޓް މުބާރާތެވެ.

ކުޅިވަރު އެކުވެނި ކްރިކެޓް ދަނޑުގައި ކުރިއަށްދާ އޮފީސް މުބާރާތުގައި ހަ ޓީމެއް ވާދަކުރެ އެވެ. އިއްޔެ ކުޅުނު ފުރަތަމަ މެޗުން ޔޫތު މިނިސްޓްރީ ވަނީ މީރާއާ އެއްވަރުވެފަ އެވެ. މި މެޗުގައި މިނިސްޓްރީ ޓީމުގައި ކުޅިވަރާ ބެހޭ މިނިސްޓަރު އަހުމަދު މަހުލޫފް ހިމެނިވަޑައިގެންނެވި އެވެ. މި މެޗު އެއްވަރުވިއިރު، މީރާ އާއި މިނިސްޓްރީން ކޮންމެ ޓީމަކުން ވަނީ 87 ލަނޑު ހަދައިފަ އެވެ.

އިއްޔެ މީރާ އާއި ސްޕޯޓްސް މިނިސްޓްރީ ކުޅުނު މެޗުގައި ސްޕޯޓްސް މިނިސްޓަރު މަހުލޫފް (ވ) ބެޓްކުރައްވަނީ. -- ފޮޓޯ: ކްރިކްޓް ބޯޑް

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހިމެނިވަޑައިގެން އިއްޔެ ކުޅުނު މެޗުން މަޖިލިސް ޓީމު ބަލިވީ އިމިގްރޭޝަނާ ވާދަކޮށް 20 ލަނޑުންނެވެ. މަޖިލިސް ޓީމަށް އަށް އޯވަރުގެ ތެރޭ 58 ލަނޑު ހެދުނުއިރު، އިމްގްރޭޝަން މޮޅުވީ 78 ލަނޑު ހަދައިގެންނެވެ. މި މެޗުގައި މަޖިލީސް ޓީމަށް އެންމެ ގިނަ ލަނޑު ޖެއްސެވީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ގައުމީ ކްރިކެޓް ޓީމުގެ ކުރީގެ ކުޅުންތެރިޔާ އަލީ އާޒިމް އެވެ. އާޒިމް ވަނީ 17 ލަނޑު ހައްދަވައިފަ އެވެ.

ކްރިކެޓް މުބާރާތުގައި ވާދަކުރާ މަޖިލީސް ޓީމުގައި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލް މުހްސިން (ޖޭފޯ) އާއި ހުޅުމާލޭ ދާއިރާގެ މެމްބަރު އަދި ކުރީގެ ކުޅުންތެރިޔާ އަލީ ނިޔާޒް (ހިރިޔާ ނިޔާ) އާއި ހެންވޭރު ދެކުނު މެމްބަރު އަދި ކުރީގެ ޔޫތު މިނިސްޓަރު ހަސަން ލަތީފާއި ބިލެއްދޫ ދާއިރާގެ މެމްބަރު އަދި ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ ދޮންބިލެއް އަހްމަދު ހަލީމް ހިމެނެ އެވެ.

އޮފީސްތަކުގެ މުބާރާތް ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އޭގައި ހިމެނެނީ ޔޫތު މިނިސްޓްރީ އާއި މީރާ އަދި ކަސްޓަމްސް އެވެ. އަދި ގްރޫޕް ބީގައި ހިމެނެނީ އިމިގްރޭޝަން އާއި މަޖިލިސްގެ އިތުރުން އެމްއެމްއޭ އެވެ.

ކްރިކެޓް ބޯޑުން މި މުބާރާތް ކުރިއަށް ގެންދަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ގައިޑްލައިންގެ ދަށުންނެވެ. މި މަހުގެ 18 ވަނަ ދުވަހު ފެށި މި މުބާރާތް 28 ދުވަހުގެ މިުއްދަތަށް ކުރިއަށްދާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox