ސިޓީން ލީގު ކަޕް ކާމިޔާބުކޮށް ރެކޯޑާހަމަކޮށްފި

Apr 25, 2021, 7:21 PM
ސިޓީން ލީގު ކަޕް ކާމިޔާބުކޮށް ރެކޯޑާހަމަކޮށްފި

ލަންޑަން (އޭޕްރީލް 26) - ފައިނަލުގައި މިރޭ ޓޮޓެންހަމް ހޮޓްސްޕާސް 1-0 އިން ބަލިކޮށް މެންޗެސްޓާ ސިޓީން ޖެހިޖެހިގެން ހަތަރު ވަނަ ފަހަތަށް އިނގިރޭސި ލީގު ކަޕްގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ސިޓީން ވަނީ މި ކާމިޔާބީއާ އެކު މި މުބާރާތް އެންމެ ގިނައިން ކާމިޔާބުކޮށްގެން ލިވަޕޫލުން ހަދާފައިވާ ރެކޯޑާ ހަމަކޮށްފަ އެވެ. ލިވަޕޫލާއި ސިޓީން ވަނީ އަށް ފަހަރު މި މުބާރާތް ކާމިޔާބުކޮށްފަ އެވެ.

ވެމްބްލީ ސްޓޭޑިއަމްގައި 8000 ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މިރޭގެ ފައިނަލްގެ ފުރަތަމަ މިނިޓުން ފެށިގެން ސިޓީން ދިޔައީ މެޗު ޑޮމިނޭޓްކޮށްގެން ކުޅެމުންނެވެ. ޓޮޓެންހަމްގެ ކުޅުން ރޭވިފައި އޮތީ ކައުންޓަ އެޓޭކް ވިސްނުމުގަ އެވެ. ފުރަތަމަ ހާފުގައި ސިޓީ އަށް ގޯލެއް ޖަހައިދޭން ރަހީމް ސްޓާލިން އާއި ރިޔާދު މާރޭޒް ފޮނުވާލި ބޯޅަތައް ބޭރަށް ދިޔައިރު، ޔާއޯ ކަންސޭލޯ ޖެހި ޝޮޓެއް ޓޮޓެންހަމްގެ ކީޕަރު ހޫގޯ ލޮރީސް ވަނީ މަތަކޮށްފަ އެވެ.

ކައުންޓަ އެޓޭކުގައި ޓޮޓެންހަމްގެ ހެރީ ކޭން އާއި ސޮން ހެއުން މިން އަދި ލޫކަސް މޯރާ ރަނގަޅު ހަމަލާތަކެއް އުފައްދަން މަސައްކަތްކުރަމުން ދިޔަ ނަމަވެސް ރަނގަޅު ޝޮޓްތަކެއް ފޮނުވާލަން ހުސްކޮށް ފުރުސަތެއް ނުލިބެ އެވެ. އެކަން ކުރެވޭ ވަރަށް ވުރެ ބޮޑަށް ސިޓީ ޑިފެންސް އޮތީ ރަނގަޅު ފޯމެއްގަ އެވެ.

ސިޓީ މި މެޗުން މޮޅުކޮށްދިން ގޯލު މެޗު ނިމެން އަށް މިނިޓަށް ވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ ފްރާންސްގެ ޑިފެންޑަރު އައިމެރިކް ލަޕޯޓް އެވެ. މެޗުގެ 82 ވަނަ މިނިޓްގައި ހިލޭ ޖެހުމަކުން ކެވިން ޑިބްރޭނާ ނެގި ބޯޅަ ލަޕޯޓް ވަނީ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. ލަޕޯޓް މި މެޗުގައި ސިޓީގެ ފުރަތަމަ އެގާރައިގައި ހިމެނި އެއް ސަބަބަކީ މިދިޔަ ހަފްތާގައި އިނގިރޭސި ޕްރިމިއާ ލީގުގައި ސިޓީން އެސްޓަން ވިލާ ބަލިކުރި މެޗުގައި ސިޓީގެ ޑިފެންޑަރު ޖޯން ސްޓޯންސް އަށް ރަތް ކާޑެއް ދެއްކުމުން މި މެޗަށް އޭނާ ސަސްޕެންޑްވެފައިވާތީ އެވެ.

މިއީ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ ކޯޗިން ކެރިއަރުގައި އޭނާ ހާސިލްކުރި 30 ވަނަ ޓްރޮފީ އެވެ. އޭގެ ތެރެއިން ސިޓީއާ އެކު ހޯދީ ނުވަ ޓްރޮފީ އެވެ. ގާޑިއޯލާ ކޯޗިން ކެރިއަރު ފެށީ 2008 ވަނަ އަހަރު ބާސެލޯނާ އިންނެވެ. ސިޓީއާ 2016 ވަނަ އަަހަރު ގުޅުމުގެ ކުރިން ޖަރުމަނުގެ ބަޔާނަށް ވެސް ކޯޗުކޮށްދިނެވެ.

މިރޭގެ މެޗަށް ފަހު ގާޑިއޯލާ ބުނީ ސަޕޯޓަރުން ވަދެ އެއްކޮށް ފުރާލާފައި އޮތް ދަނޑެއްގައި މި ކާމިޔާބު ހޯދުނު ނަމަ ވަރަށް ފުރިހަމަވާނެ ކަމަށެވެ އެކަމަކު ކޮވިޑާ ހެދި މިހާރު ދުނިޔޭގެ ހާލަތު އޮތްގޮތުން މި މެޗުގައި އެ ތިބި މަދު ސަޕޯޓަރުންގެ އަޑު އިވޭތީ ވެސް ވަރަށް ހިތްހަމަަޖެހޭ ކަމަށް ގާޑިއޯލާ ބުންޏެވެ.

ޓޮޓެންހަމަށް މި މެޗުގައި އިރުޝާދުދިނީ މި ސީޒަނުގެ ނިޔަލަށް އެ ޓީމާ ހަވާލުވެ ހުރި އުމުރުން 29 އަހަރުގެ ކޯޗު ރަޔާން މޭސަން އެވެ. މޭސަންއާ ޓީމު ހަވާލުކުރީ މީގެ ހަ ވަރަކަށް ދުވަސް ކުރިން ޓޮޓެންހަމުން އެ ޓީމު މި މުބާރާތުގެ ފައިނަލަށް ގެންގޮސްދިން ކޯޗު ހޯސޭ މޮރީނިއޯ ވަކިކުރުމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox