ރަށު ކައުންސިލަރުންގެ މުސާރަ ބޮޑުކުރަން ކޮމިޓީން ނިންމައިފި

މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ކައުންސިލްތަކުގެ މުސާރަތައް ދިރާސާކުރަން މީގެ ކުރިން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން. -ފޮޓޯ: މަޖިލިސް

މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ކައުންސިލްތަކުގެ މުސާރަތައް ދިރާސާކުރަން މީގެ ކުރިން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން. -ފޮޓޯ: މަޖިލިސް

މިހާރު އިންތިހާބުވެފައިވާ ރަށްރަށުގެ ކައުންސިލަރުންގެ މުސާރަ ބޮޑުކޮށް، ކައުންސިލްތަކުގެ މުސާރައާއި އިނާޔަތްތައް ނެޝަނަލް ޕޭ ކޮމިޝަނުން ހުށަހެޅި ގޮތަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

ޕޭ ކޮމިޝަނުން މަޖިލީހަށް ފޮނުވާފައިވާ ލިޔުމުގައިވާ ގޮތުން، ސިޓީ ކައުންސިލުތަކުގައި މޭޔަރަކަށް 40،000ރ.، ޑެޕިއުޓީ މޭޔަރަކަށް 35،000ރ. އަދި ސިޓީ ކައުންސިލް މެމްބަރަކަށް 30،000ރ ލިބެމުން އައި އައުމަށް ބަދަލެއް ގެނެސްފައެއް ނުވެ އެވެ.

ނަމަވެސް، އަތޮޅު ކައުންސިލްގެ ރައީސަކަށް ލިބެމުން އައި ޖުމްލަ 26،000ރ ގެ މުސާރަ މި ފަހަރު ވަނީ 28،000ރ. އަށް ބޮޑުކޮށްފަ އެވެ.

އަތޮޅު ކައުންސިލަރުންނަށް ސިޓިން އެލަވަންސެއް

އަތޮޅު ކައުންސިލުގެ ރައީސް ފިޔަވައި ނައިބު ރައީސް ހިމެނޭ ގޮތަށް ބާކީ ތިބޭ ކައުންސިލަރުން ތަމްސީލުކުރަނީ އެ އަތޮޅެއްގެ ރަށު ކައުންސިލުތައް ކަމުން، އެ ކައުންސިލަރުންނަށް މި ފަހަރު ކަނޑައަޅާފައިވަނީ ކޮންމެ ބައްދަލުވުމަކަށް ސިޓިން އެލަވަންސެކެވެ.

މިގޮތުން، ކޮންމެ ބަދަލުވުމަކަށް 500ރ. ގެ އެލަވަންސެއް ކަނޑައަޅާފައިވީ ނަމަވެސް، މަހަކު އެ އަދަދު ގިނަވެގެން 2،000ރ. އަށް ވަނީ ލިމިޓުކޮށްފަ އެވެ.

މުސާރަ ބޮޑުވީ ރަށު ކައުންސިލަރުންނަށް

މި ފަހަރު ކައުންސިލަރުންގެ މުސާރައަށް ޕޭ ކޮމިޝަނުން ހުށަހެޅި ބަދަލުތަކުގައި އެންމެ ހެޔޮ އަސަރެއްކޮށްފައިވަނީ ރަށު ކައުންސިލަރުންގެ މުސާރަ އާއި އިނާޔަތްތަކަށެވެ.

މިގޮތުން، މީގެ ކުރިން 15،000ރ. ލިބެމުން އައި ރަށު ކައުންސިލްގެ ރައީސަކަށް މިފަހަރު ހުށަހަޅާފައިވަނީ 23،000ރ. އެވެ.

ރަށު ކައުންސިލްތަކުގެ ނައިބު ރައީސުންގެ މުސާރަ ވެސް ވަނީ 12،000ރ. އިން 15،000ރ. އަށް ބޮޑު ކުރަން ހުށަހަޅައިފަ އެވެ.

އަދި ރަށު ކައުންސިލްތަކުގެ މެމްބަރުންގެ މުސާރަ ވަނީ 11،000ރ. އިން 12،000ރ. އަށް އިތުރުކުރަން ހިމަނައިފަ އެވެ.

ރަށު ކައުންސިލްގެ ރައީސްގެ މުސާރައާމެދު ކަންބޮޑުވުން

މިއަދު ކޮމިޓީ ބައްދަލުވުމުގައި ގިނަ މެމްބަރުން ވަނީ ރަށު ކައުންސިލަރުންގެ ރައީސާއި ނައިބު ރައީސްގެ މުސާރާގައި ހުރި ފަރަގުގެ ކަންބޮޑުވުންފާޅު ކުރައްވައިފަ އެވެ.

އަދި އެކަމަށްޓަކައި އެ ފަރަގު ކުޑަކުރަންވެސް މިއަދު ކޮމިޓީއަށް ހުށަހެޅުނެވެ.

އެކަން ސާފުކޮށް ދެއްވަމުން ކޮމިޓީގެ މުގައްރިރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒު ވިދާޅުވީ، އެ ފަރަގު ބޮޑުކޮށްފައިވަނީ، ކައުންސިލްތަކުގެ ޑިރެކްޓާ ޖެނެރަލުންގެ އަސާސީ މުސާރަ 17،000ރ. ގައި ހުރުމުން، ކައުންސިލް ރައީސްގެ މުސާރަ އެއަށްވުރެ ކުޑަ ނުކުރަން ވެގެން ކަމަށް ޕޭ ކޮމިޝަނުން ބުނެފައިވާ ކަމަށެވެ.

އެއާއެކު ޕޭ ކޮމިޝަނުން ފޮނުވާފައިވާ ގޮތަށް މުސާރަ ދިނުން ރަނގަޅު ކަމަށް ކޮމިޓީގެ އަގުލަބިއްޔަތުން މިއަދު ވަނީ ފާސްކޮށްފަ އެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި ބޮޑެތި އިސްލާހުތަކާއެކު ކައުންސިލްތަކުގެ އޮނިގަނޑަށް އައި ބަދަލުގެ ސަބަބުން މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި މި ފަހަރު އަހަރަކަށް 162 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

އެއީ މިހާރު ދެމުންދާ އަދަދަށް ބަލާއިރު އަހަރަކު 85 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ އިތުރުވުމެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox