އެންޒީން ރޯދަ މަހަށް ހާއްސަކޮށްގެން އާ ހަތަރު ވައްތަރެއްގެ މަސް ދަޅު ތައާރަފުކޮށްފި އެވެ.
އެންޒީން އަލަށް ތައާރަފުކުރި މަސް ދަޅުގެ ބާވަތްތަކަކީ ޓޫނާ ގިތެޔޮ މިރުސް ސޯސްގައި، ޓޫނާ ސްޓޭކް ތެލުގައި، ވަޅޯމަސް ތެލުގައި އަދި ކަންނެލި ބަނޑައިދޫ ތެލުގައި އެވެ. އެންޒީގެ މަސް ދަޅުތަކަށް އަޅަނީ ސަންފްލާވާ އޮއިލެވެ.
އަލަށް ތައާރަފުކުރި މަސް ދަޅުގެ އަގުތައް
- ޓޫނާ ގިތެޔޮ މިރުސް ސޯސްގައި - 14ރ.
- ޓޫނާ ސްޓޭކް ތެލުގައި - 16ރ.
- ވަޅޯމަސް ތެލުގައި - 12ރ.
- ކަންނެލި ބަނޑައިދޫ ތެލުގައި - 13ރ.
މި ހުރިހާ މަސް ދަޅެއްގެ ރަހަ ބަލާލަން ބޭނުންވާ މީހުންނަށް އެންޒީގެ ފިހާރަތަކުން އެ ފުރުސަތު ލިބޭނެ ކަމަށް އެންޒީން މައުލޫމާތު ދެއެވެ.
މި މަސް ދަޅުތައް އެންޒީގެ ވެބްސައިޓުންނާއި ހުރިހާ ފިހާރަތަކުން ވިއްކާނެ އެވެ.
އެންޒީއަކީ ފުޅާ ދާއިރާއެއްގައި ދިވެހި މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުންޏެކެވެ. އެންޒީން ކުރާ ވިޔަފާރީގެ ތެރޭގައި ރާއްޖެއިން މަސް އެކްސްޕޯޓު ކުރުމުގެ އިތުރުން، ރޯ މަހާއި ދަޅު މަހުގެ ތަފާތު އެކި ޕްރޮޑަކްޓުތައް ރާއްޖޭގެ ބާޒާރަށާއި، ބޭރުގެ ބާޒާރުތަކަށް އެކްސްޕޯޓު ކުރުން ހިމެނެ އެވެ.











