ގަދަ ހަތަރެއްގެ ރޭހުގައި ޗެލްސީ އަށް ބޮޑު މޮޅެއް

Apr 24, 2021, 8:54 PM
ބަލްބުއޭނާ ފައިން ޗިލްވެލް ގައިގައި ޖެހެނީ: ބަލްބުއޭނާ އަށް ވަނީ ރަތް ކާޑެއް ދައްކާފައި.

ބަލްބުއޭނާ ފައިން ޗިލްވެލް ގައިގައި ޖެހެނީ: ބަލްބުއޭނާ އަށް ވަނީ ރަތް ކާޑެއް ދައްކާފައި.

ލަންޑަން (އޭޕްރީލް 25) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ވެސްޓް ހޭމް ޔުނައިޓެޑް ދަނޑުގައި 1-0 އިން މޮޅުވެ ޗެލްސީން ގަދަ ހަތަރެއްގެ ރޭހުގައި ބޮޑު މޮޅެއް ހޯދައިފި އެވެ.

މި މޮޅާ އެކު ޗެލްސީން ވަނީ ހަތަރު ވަަނައިގައި ތިން ޕޮއިންޓުގެ ލީޑެއްނަގައިފަ އެވެ. ގަދަ ހަތަރެއްގެ ރޭހުގައި މިހާރު ޓީމުތަކުން ވާދަކުރަމުން އަންނަނީ ތިން ވަނަ އާއި ހަތަރު ވަނަ މަގާމަށެވެ. އެ ދެ މަގާމަށް ވާދަކުރާ ހަ ޓީމު އެބައޮތެވެ. އެ ރޭހުގައި އެވަޓަން އާއި ލެސްޓާ ސިޓީ ނޫނީ ދެން އޮތް ހަތަރު ޓީމު ވެސް ވަނީ 33 މެޗުން ކުޅެފަ އެވެ. އެވަޓަން އާއި ލެސްޓާ ކުޅުނީ 32 މެޗެވެ.

ލެސްޓާ ތިން ވަނައިގައި އޮތީ 59 ޕޮއިންޓާ އެކު އެވެ. ޗެލްސީ ހަތަރު ވަނައިގައި އޮތީ 58 ޕޮއިންޓް ހޯދައިގެންނެވެ. ފަސް ވަނައިގައި އޮތް ވެސްޓް ހޭމް އަށް 55 ޕޮއިންޓް ލިބިފައިވާއިރު، ހަ ވަނައިގައި އޮތް ލިވަޕޫލަށް ވަނީ 54 ޕޮއިންޓް ލިބިފަ އެވެ. ހަތް ވަނައިގައި އޮތް ޓޮޓެންހަމަށް 53 ޕޮއިންޓް ލިބިފައިވާއިރު، އަށް ވަނައިގައި އޮތް އެވަޓަންގެ އޮތީ 52 ޕޮއިންޓެވެ.

ވެސްޓް ހޭމް ދަނޑުގައި މިރޭ ކުޅުނު މެޗުގައި ޗެލްސީގެ ހަމައެކަނި ގޯލު ޖެހީ މެޗުގެ 43 ވަނަ މިނިޓްގައި ޖަރުމަނުގެ ފޯވާޑް ޓިމޯ ވާނާ އެވެ. ބެން ޗިލްވެލް ދިން ބޯޅައަކުން ވާނާ ޖެހި މި ގޯލަކީ މިދިޔަ ފެބްރުއަރީ މަހުގެ ފަހުން އޭނާ ލީގުގައި ޖެހި ފުރަތަމަ ގޯލެވެ. އަދި މި ފަހަރު ލީގުގައި ޖެހި ހަ ވަނަ ގޯލެވެ. ފަހުން އިތުރު ގޯލެއް ޖަހަން ވާނާ އަށް ލިބުނު ފުރުސަތުގެ ބޭނުމެއް ނުހިފުނެވެ.

ލަނޑު ޖެހުމަށް ފަހު ވާނާ އުފާފާޅުކުރަނީ.

ޖުމްލަކޮށް ބަލާއިރު ވެސްޓް ހޭމް އަށް ޗެލްސީ ކޮޅަށް މާ ނުރައްކާތެރި ހަމަލާތަކެއް ފޮނުވާނުލެވުނެވެ. ވެސްޓް ހޭމް އިން މެޗު ނިންމާލީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ މެޗުގެ 81 ވަނަ މިނިޓްގައި އެ ޓީމުގެ ޕެރަގުއޭ ޑިފެންޑަރު ފަބިއަން ބަލްބުއޭނާ އަށް ރަތް ކާޑެއް ދެއްކުމުންނެވެ. އެއީ ޗިލްވެލް އަށް ނުރައްކާތެރި ފައުލެއް ކުރިކަމަށް ނިންމުމަށް ފަހު އެވެ. އެ ގޮތަށް ނިންމީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު އެވެ.

ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ބުނީ އޭނާގެ ޓީމަށް މި މޮޅު ލިބުމުގައި ފުރަތަމަ ހާފު ދެއްކި ކުޅުން ވަރަށް މުހިއްމު ކަމަށާއި ހަގީގަތުގައި ގަދަ ހަތަރެއްގެ ރޭހުގައި އޮތް ޓީމެއްގެ ދަނޑުގައި މޮޅުވުމަކީ ކުޅުންތެރިންގެ ކޮންފިޑެންސަށް ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

ޓުޗެލް އަކީ ޕްރިމިއާ ލީގުގެ ތާރީހުގައި އަލަށް ޓީމަކާ ހަވާލުވެ ރަށުންބޭރުގައި ބަލިނުވެ 10 މެޗު ހަަމަކުރި ދެ ވަނަ ކޯޗެވެ. މީގެ ކުރިން އެކަން ހާސިލްކުރީ ލެސްޓާ ސިޓީއާ އެކު ކްްލައުޑިއޯ ރަނިއޭރީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox