ޖަލުގައި ޔާމީނަށް ނުރައްކާވެދާނެތީ ގެއަށް ބަދަލުކޮށްދޭން އެދިއްޖެ

Apr 24, 2021, 11:45 AM
ޔާމީން، ކަރެކްޝަންސްގެ އޮފިސަރުންނާ އެކު: ޖަލުގައި ޔާމީނަށް ސިއްހީ ގޮތުން ނުރައްކާ އެބައޮތް ކަމަށް އިދިކޮޅުން ބުނޭ.

ޔާމީން، ކަރެކްޝަންސްގެ އޮފިސަރުންނާ އެކު: ޖަލުގައި ޔާމީނަށް ސިއްހީ ގޮތުން ނުރައްކާ އެބައޮތް ކަމަށް އިދިކޮޅުން ބުނޭ.

މާފުށީ ޖަލުގެ އޮފިސަރުންތަކެއް ކޮވިޑަށް ޕޮޒިޓިވްވުމަކީ ޖަލުގައި ބަލި ފެތުރުމުގެ ފުރުސަތު އޮތް ސަބަބެއް ކަމަށް ބުނެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގޭބަންދަށް ބަދަލުކޮށްދޭން އިދިކޮޅު ކޯލިޝަނުން މިއަދު ގޮވާލައިފި އެވެ.

ޕީޕީއެމާއި ޕީއެންސީން ނެރުނު ނޫސް ބަޔާނުގައި ބުނީ ޖަލުން ޕޮޒިޓިވްވި އޮފިސަރުންގެ ތެރޭގައި ޔާމީންގެ ކަންކަން ބަލަހައްޓަވާ އޮފިސަރެއް ހިމެނޭ ކަމުގެ މައުލުމާތު ލިބިފައިވާ ކަމަށެވެ. މިއީ ކަންބޮޑުވާ ކަމެއް ކަމަށާއި ޖަލުގެ ހާލަތު އާއްމުންނަށް ހާމަކޮށްދޭން ޖެހޭ ކަމަށް ބަޔާނުގައިވެ އެވެ.

ޖަލުން ޕޮޒިޓިވްވި އޮފިސަރުންނާއި މުވައްޒަފުންނަށް އަވަސް ޝިފާއަކަށް އެދިފައިވެ އެވެ.

Advertisement

އިދިކޮޅުން ބުނިގޮތުގައި ޖަލުން ކޮވިޑް ފެނިފައިވާތީ ޔާމީންގެ ސިއްހަތަށް ލިބިދާނެ ގެއްލުމަކުން އެމަނިކުފާނު ރައްކާތެރިކޮށްދިނުމަކީ ސަރުކާރުން ކުރަން ޖެހޭނެ ކަމެކެވެ.

"މިއީ، ސިޔާސީ ނުފޫޒަކުން ކުރެވިފައިވާ ހައްގު ނޫން ހުކުމެއް ޖަލުގެ ތޭރިތަކުގައި އެމަނިކުފާނަށް އަނިޔާދެމުން ގެންދާ ދެ ވަނަ ރަމަޟާން މަހެވެ،" ބަޔާނުގައިވެ އެވެ.

ޔާމީން ގެއަށް ބަދަލުކުރަން ޑޮކްޓަރުން ވެސް ލަފާ ދެއްވާފައިވާ ކަމަށާއި އެހެންވެ ވަގުތުން އެކަން ފަހިކޮށްދޭން ބަޔާނުގައި ގޮވާލާފައިވެ އެވެ.

ޔާމީންގެ ސިއްހީ ހާލުކޮޅު ހުރި ގޮތުން ގެއަށް ބަދަލުކޮށް ދިނުމަށް އާއިލާ އިން ވެސް ވަނީ ހޯމް މިނިސްޓްރީގައިއެދިފަ އެވެ. އެކަމާ މެދު މަޝްވަރާކުރަމުން އަންނަ ކަމަށާއި ދެރަގޮތެއް ނުހައްދަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދާދި ފަހުން ވިދާޅުވެފައިވެ އެވެ.

ޔާމީނަށް ފަސް އަހަރުގެ ޖަލު ހުކުމެއް އައީ ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އަމިއްލަ އެކައުންޓަށް ޖަމާކޮށް އަސްލު އޮޅުވާލައި މަންފާ ހޯދިކަން ސާބިތުވެގެންނެވެ. މި ހުކުމް އިންސާފުވެރި ނޫން ކަމަށާއި މިއީ ސިޔާސީ ހުކުމެއް ކަމަށް އިދިކޮޅުން ދަނީ ބުނަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox