ރެކޯޑް އަދަދުތަކުން ކޭސްތައް އިތުރުވުމާ އިންތިހާބާ ގުޅުން އޮތް ކަމެއް އަދި ނޭނގޭ

ކައުންސިލް އިންތިހާބު ވޯޓުލާ މަރުކަޒެއްގައި މީހުން ތޮއްޖެހިފައި.  ވޯޓުލީ ދުވަހު ގިނަ މަރުކަޒުތަކުން ފެނުނީ ރައްކާތެރިކަން ދަށް މަންޒަރެއް-- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

ކައުންސިލް އިންތިހާބު ވޯޓުލާ މަރުކަޒެއްގައި މީހުން ތޮއްޖެހިފައި. ވޯޓުލީ ދުވަހު ގިނަ މަރުކަޒުތަކުން ފެނުނީ ރައްކާތެރިކަން ދަށް މަންޒަރެއް-- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

ރާއްޖޭގައި ކޮވިޑް-19 ފެތުރޭ މިންވަރު ރެކޯޑް މިންވަރަކަށް އިތުރުވަމުންދާއިރު، އެކަމާ މިފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާ ސީދާ ގުޅުމެއް އޮތް ކަމެއް އަދި ނޭނގޭ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މިއަދު ބުނެފި އެވެ.

ކޮވިޑްގެ ގިނަ ކޭސްތަކެއް ރަށްތަކުން ފެނި، މުޅި ރާއްޖޭން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ ފުރަތަމަ ފަހަރަށް 300 ހުރަސްކޮށްފަ އެވެ.

އެކި ރަށްތަކުން ޖުމްލަ 182 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު އިއްޔެ އަކީ އެއް ދުވަހެއްގައި ރަށްރަށުން މިފަހުން އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދުވަހެވެ.

މާލޭން ވެސް 108 މީހަކު ޕޮޒިޓިވްވެފައިވާއިރު، އިއްޔެގެ އިރުއޮއްސުމާ ހަމައަށް ޖުމްލަ އަދަދު 319 އެރި އެވެ.

"އިލެކްޝަން ކްލަސްޓާ"އެއް؟

ކޭސްތައް މި މިންވަރަށް އިތުރު މިވީ، މި މަހުގެ 10 ވަނަ ދުވަހު ކައުންސިލް އިންތިހާބު ބޭއްވި ފަހުން ދެ ހަފްތާ ހަމަވުމާ ދިމާއަށެވެ.

ބަލިމަޑުކަމެއްގެ ތެރޭގައި އިންތިހާބު ބޭއްވުމާ މެދު އެޗްޕީއޭއިން ވަނީ އެކި ފަހަރު މަތިން ކަންބޮޑުވުންފާޅުކޮށްފަ އެވެ.

ނަމަވެސް، މިދިޔަ އަހަރު ބާއްވަން ތާވަލުކުރި އިންތިހާބު، ގާނޫނަކުން އެއް އަހަރަށް ފަސްކުރުމަށްފަހު، އިތުރަށް ފަސްނުކުރެވޭނެކަމަށް ބުނެ ސިޔާސީ ގޮތުން ބޮޑެތި ޕްރެޝަރުތައް ކުރިމަތިވި އެވެ.

އެއާއެކު އިލެކްޝަންސް ކޮމިޝަނުގެ ޝަކުވާތަކާ އެކު، އިންތިހާބާ ދިމާކޮށް އެޗްޕީއޭއިން ވަނީ ރައްކާތެރިކަމަށް އޭރު އަޅާފައިވާ ފިޔަވަޅުތަކަށް ބޮޑެތި ލުއިތައް ދީފަ އެވެ.

އޭގެ ތެރޭގައި، ބަލި ފެތުރިފައިވާ ރަށްރަށުން އެހެން ރަށަކަށް ދަތުރުކުރާއިރު ކަރަންޓީނުވާންޖެހޭ ގޮތަށް އޮތް ފިޔަވަޅު، ވޯޓުލީ ދުވަހު ވަނީ އުވާލައިފަ އެވެ. އެއާއެކު ގިނަ ބަޔަކު ވަނީ އެކަމުގެ ފައިދާ ނަގައިގެން، ހާއްސަކޮށް މާލޭން އަތޮޅު ތެރެއަށް ގޮސްފަ އެވެ.

އޭގެ އިތުރުން، ވޯޓުލުމުގެ ހައްގުގެ ހަމަހަމަކަން ހިފެހެއްޓުމަށް ކޮވިޑަށް ޕޮޒިޓިވްވެފައިވާ މީހުންނަށް ވެސް ވޯޓުލާ މަރުކަޒުތަކަށް އައިސް ވޯޓުލުމުގެ ފުރުސަތު ފުރަތަމަ ހަމަޖެއްސީ އެހެން މީހުން ވޯޓުލާ ނިމުމަށްފަހު އެވެ. ނަމަވެސް، އެކަން ވެސް ބޮއްސުންލައިގެން ގޮސް، ޕޮޒިޓިވް މީހުންނަށް ހާއްސަކުރި ގަޑީގައި އެހެން މީހުންނަށްވެސް ވޯޓުލުމުގެ ފުރުސަތު ވަނީ ދީފަ އެވެ.

އެއާއެކު އެއްވެސް އިންތިޒާމެއް ނެތި، އެތައް ބަޔަކު ވަނީ ވޯޓުލާ މަރުކަޒުގެ ތެރޭގައި ތޮއްޖެހިފައިވާއިރު، ގައިދުރުކަމާއި މާސްކު އެޅުން ފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ވެސް ގިނަ ބަޔަކު ތަބާވެފައިނުވާއިރު، އެކަން ތަންފީޒު ކުރެވުނު މަންޒަރެއް ވެސް ނުފެނުނެވެ.

މިހާރު ފެންނަމުންދާ ނަންބަރުތަކާ ގުޅޭގޮތުން ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ތަސްލީމާ އުސްމާނު "އަދަދު"އަށް ވިދާޅުވީ ބަލި ފެތުރޭ މިންވަރާ ކައުންސިލް އިންތިހާބާ ސީދާ ގުޅޭ ކަމެއް އަދި ނޭނގޭ ކަމަށެވެ.

"އަދި އަޅުގަނޑުމެންނަށް ސީދާ ބުނަން ނޭނގޭ އިލެކްޝަނާ ގުޅުން އޮތް ކަމެއް. އެކަމަކު އަޅުގަނޑުމެން އެކަން މިދަނީ ގާތުން ބަލަމުން،" ތަސްލީމާ ވިދާޅުވި އެވެ.

ހާއްސަކޮށް އަތޮޅު ތެރޭގައި ބަލި ފެތުރޭ ދުވެލި އިންތިހާއަށް އަވަސްވެފައިވާއިރު، ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ވެސް އިންތިހާބާ ދިމާކޮށް ދަތުރުފަތުރަށް ދިން ލުޔާ ގުޅުމެއް އޮތް ކަމެއް އަދި ދެނެގަނެވިފައި ނުވާކަމަށް އޭނާ އިތުރަށް ވިދާޅުވި އެވެ.

އިއްޔެއާ ހަމައަށް ރާއްޖޭގައި ކޮވިޑު ޖެހުނު މީހުންގެ ޖުމްލަ އަދަދު 27،400 އަށް ވުރެ މައްޗަށް އަރާފައިވާއިރު، އޭގެ ތެރެއިން މިހާތަނަށް 71 މީހަކު ވަނީ މަރުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox