ރޯދަ މަހާއި ތަށި ދޮވުން

Apr 24, 2021, 8:45 AM
ރޯދަ މަހާއި ތަށި ދޮވުން

އެކަކު ކުޅި ބޯކިބާ ތައްޔާރުކުރަން، ފުށް މޮޑެން ގެންގުޅޭ ބޮޑު ތައްޓަށް ތަކެތި ކޮށަނީ އެވެ. އަނެކަކު ތަރާވީސް ދަމަށް ރީނދޫ ބަތާއި ކަންކުން ބީފް ތައްޔާރުކުރަން ފަހަރަކު ތައްޓެއް ނަގައިގެން ފިޔަލާއި ތަރުކާރީ އާއި ދެން ވެސް ހުރިއްޔާ ހުރި ހުރިހާ ބާވަތެއް ކޮށައި ނަގަނީ އެވެ. އިރުކޮޅަކުން ފަނި ގިރާނެ އެވެ. އަދި ފޮނި އެއްޗެއް ތައްޔާރުކުރުން އޮތީ އެވެ. އެ ހުރިހާ ކަމެއް ނިމޭ އިރު ގޯންޏެއްގެ ތައްޓާއި ތެލި ހަޑިވެ، ދޮންނަން ޖެހޭނެ އެވެ. އަހަރެންގެ ހުރި ކުޅަދާނަ ކަމާއި ހިއްވަރު ދައްކަން ޖެހޭ ވަގުތަކީ އެއީ އެވެ. ހަޑިވާ ހުރިހާ ތައްޓެއް އަހަންނަށެވެ.

ބަލަން ނުހުރެ، ސިންކުގައި ފުނި ޖެހެމުންދިޔަ ތަށިތައް ދޮންނަމުން ދިޔައިރު ހިތަށް އަރަ އެވެ. ތަށި ދޮވުމަކީ ތެރެޕީ އެކެވެ. ސައިބޯނީގެ ވަސް ބަލަމުން، ތަށިތަކުގައި އަތް ކާއްތަމުން ސްޕޮންޖުގަނޑަށް ފެލަމުން، އިސްކުރުން ފައިބަމުންދާ ފެނާއި އެއް ރާގަކަށް އަތް ހަރަކާތްކުރަމުން ދާއިރު ސިކުނޑީގެ ސްޓްރެސް ލެވެލް 27 ޕަސެންޓު ދަށަށް ވައްޓާލައި، ޖޯޝު 25 ޕަސެންޓަށް މަތިކޮށްދޭ ކަމަށް ސައިންސުވެރިންގެ ދިރާސާތަކުން ދައްކަ އެވެ. އެކަމަކު އެ ސައިންސަކުން އެބުނާ ނަތީޖާއެއް ނިކުންނަ ވަރު ވަނީ ކިހާ ވަރަކަށް ތަށި ދޮވެވުނީމާ ހެއްޔެވެ؟ ރޯދަ މަސް ފެށުނު ފަހުން ކޮންމެ ދުވަހަކު ތައްޓާއި ތެލި ދޮވެވޭ އަދަދެއް ނޭނގެ އެވެ. އެ ނޫނީ ކޮށް ކޮށް ކުރި ނާރާ ކަމެއް ވެސް ނެތެވެ.

ތަށި ދޮވުން ފަސޭހަ ކޮށްލެވޭނީ ކިހިނެއް؟

މިވެސް ޒާތެއްގެ ކަމެކެވެ. ރޭގަނޑު ހާރު ކައިގެން ހަޑިވާ ހުރިހާ ތައްޓެއް ހެނދުނު ހޭލައިގެން ދޮންނަން ބަހައްޓާނަމަ ގިނަ ފަހަރަށް އެ ތަށި ތަކާއި ތެލިތައް ދޮންނަން ވަގުތެއް ވާނީ އޮފީހުގެ މަސައްކަތުން އަވަދިވެގެން ބަދިގެއަށް ވަދެވޭ ވަގުތުގަ އެވެ. އެހާ އިރު ވާއިރު ހުންނާނީ މީހާ ވަރުބަލިވެފަ އެވެ. ހަޑި ތަށި ތަކުގައި އަތްލާހިތް ނުވެފައި ފޫހިވެފަ އެވެ. އޭރުން މަސައްކަތް މާ ބުރަ ވާހެން ވެސް ހީވާނެ އެވެ. ކުރިން ހުރި ތަށިތައް ދޮވެ ނިމޭ އިރު ހުންނާނީ ރޯދަ ވީއްލަން އެއްޗެހި ހަދަން ފަށާ ގަޑި ޖެހިފަ އެވެ. ދެން އުޅެން ޖެހޭނީ އެ ޕްރޮސެސް ގައި ހަޑި ވާ ތަށިތަކާއި ތެލި ތައް ދޮވުމުގަ އެވެ.

އެހެންވީމާ އެންމެ މޮޅު ގޮތަކީ، ހަޑި ވަމުން ދާ ވަރަކަށް ހަޑިވާ ތަށި ދޮންނަމުން ދިއުމެވެ. މިހެން ހަދައިގެން ރޯދަ މަހުގެ ފެން ބިލު ވޮލެޓަށް ނުކަތައިފާނެ ކަމުގެ ބިރު އޮތް ނަމަ، އެ އިރަކު ކުރާ ހުރިހާ ކަމެއް ކޮށް ނިމުމުން ހަޑިވެފައި ހުރި ހުރިހާ ތައްޓެއް އެކީ އެކަށް ދޮންނަން މަޑު ކުރެވިދާނެ އެވެ. ދެން ތައްޓަކަށް ނުވަތަ ވަކި ތެއްޔަކަށް ފެން ފުރާލުމަށްފަހު އެއް ކައިރީގައި ބަހައްޓާފައި ފަހަރަކު ތައްޓެއް ސައިބޯލި ލާފައި ދޮވުމަށްފަހު އެ ތެލިން ފެން ލަމުން ދޮންނަމުން ދާނީ އެވެ. ހުރިހާ ތައްޓެއް މިގޮތަށް ދޮވެ ނިމުމުން ރީތި ފެނުން ފެން ލާނީ އެވެ.

ތަށި ދޮންނަ އިރު އަންގި ބޭނުންކުރަން ވާނެ

އަހަރެމެންގެ އާދަ ހުންނަ ގޮތުން ތަށި ދޮންނަ އިރު އަތަށް އަންގި ލުމާއި އަތުގެ ހަންގަނޑަށް މާބޮޑަށް އަޅާލުމަކީ އިސްކަންދޭ ކަންކަމެއް ނޫނެވެ. އެކަމަކު ގިނައިން ތަށިތައް ދޮންނަ ނަމަ ގިނައިން ފެނުން އަތް ތެމޭނެ އެވެ. ތަށި ދޮންނަން ބޭނުންކުރާ ޒާތްޒާތުގެ އޯމޯ ހަންގަނޑުގައި އުނގުޅޭލެއް ގިނަ ވާނެ އެވެ. ހަމުގެ ނާޒުކު ކަމެއް ހުންނަ މީހެއް ނަމަ، ގިނައިން ފެނާއި އޯމޯ ބޭނުންކުރަން ފެށުމުން ނިޔަފަތި ތަކާއި ނިޔަރޮދީގެ ހަންގަނޑު މަޑުވެ ހަން ފޮޅޭ ގޮތްވާނެ އެވެ. ސައިބޯންޏަށް އެލާޖިކް ރިއެކްޝަން ހުންނަ މީހުންގެ އަތްތިލަ އަށް މިއަށްވުރެ ބޮޑުވަރު ވާނެ އެވެ.

ތަށި ދޮންނަ އިރު ބޭނުންކުރަން އެންމެ ރަނގަޅު ވާނީ އަތުގެ ކުޑަހުޅަށްވުރެ މައްޗަށް ހުންނަ ރަބަރު އަންގި އެވެ. އަންގީގެ ފައިދާ އަކީ، އޭގެއިން އަތްތިލަ އާއި އިނގިލިތައް ސައިބޯންޏާއި ފެނުން ރައްކާތެރިކޮށްދޭނެ އެވެ. އަދި ރަބަރު އަނގީގައި ތަތްލަވާ ގޮތެއް ހުންނާތީ ބިއްލޫރި އާއި މުށި ތަށި ދޮންނަ އިރު ފަސޭހައިން ކައްސާލައިގެން ނުދާނެ އެވެ.

އަންގީގައި ހުންނަ ރަބަރު ވަހުން އުނދަގޫ ވާނަމަ ބޭކިން ސޯޑާ ކޮޅެއް އަންގީގެ ތެރެއަށް އަޅާލުމުން ވަސް ކެނޑޭނެ އެވެ.

އެހެންވީމަ، ތެރަޕީ އަކަށް ވާ ކަހަލަ ގޮތަށް މިކަން ނުކުރެވިގެން އުޅެނީ ފަހަރެއްގައި މި ހުރިހާ ކަމެއް ހިމަނައިގެން ތަށި ދޮވުން ޕްލޭން ނުކުރެވޭތީ ކަމަށް ވެސް ވެދާނެ އެވެ.

ފަހުގެ ޚަބަރު

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

ރަސަލް ބްރޭންޑް އަންހެން ސަޕޯޓަރުންގެ ފޯނު ނަންބަރު ހޯދި

ރަސަލް ބްރޭންޑްގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާގެ މައްސަލަތަކާ ގުޅިގެން، އޭނާގެ ކުރީގެ އެސިސްޓެންޓަކު ވަނީ އަންހެން ސަޕޯޓަރުންގެ ފޯނު ނަންބަރު ހޯދުމަށް ބްރޭންޑް އަންގާފައިވާ ކަމަށް ކޯޓުގައި ހެކިބަސް ދީފައެވެ. ބްރޭންޑަކީ ޖިންސީ ކަންކަމަށް ދަހިވެތިވެފައިވާ މީހެއްގެ ގޮތުގައި ސިފަކުރަމުން، އޭނާގެ އަމަލުތައް ހުންނަ ގޮތުން ވަޒީފާއިން ވަކިވި ކަމަށްވެސް އެސިސްޓެންޓް ބުންޏެވެ. ނަމަވެސް، ބްރޭންޑް ވަނީ އޭނާގެ މައްޗަށް ކުރެވޭ ރޭޕް އަދި ޖިންސީ ގޯނާގެ ހުރިހާ ދައުވާތަކަކަށް އިންކާރުކޮށްފައެވެ.

މީހަކަށް ހަމަލާދިނުމުން ކްރިސް ބްރައުންއަށް ޖަލު ހުކުމެއް

ލަންޑަނުގެ ނައިޓްކްލަބެއްގައި މީހަކަށް ހަމަލާދިން މައްސަލައިގައި މަޝްހޫރު ލަވަކިޔުންތެރިޔާ ކްރިސް ބްރައުންގެ މައްޗަށް އަށް މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވައި، އެ ހުކުމް ތަންފީޒުކުރުން 12 މަހަށް ފަސްކޮށްފިއެވެ. މި މާރާމާރީގައި ބައިވެރިވި އޭނާގެ ވޯކަލް ކޯޗަށް ވެސް ހަތަރު މަހުގެ ސަސްޕެންޑަޑް ހުކުމެއް އިއްވާފައިވާއިރު، ކޯޓުން ވަނީ މި ދެ މީހުން 1,500 ޕައުންޑުން ޖޫރިމަނާކުރުމަށް ވެސް އަމުރުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox