ޓީސީއާ ދެކޮޅަށް ޝާޒް އަށް އޮތީ އީގަލްސްގެ ޓާގެޓެއް

އީގަލްސްގެ ކޯޗު މުހައްމަދު ޝާޒްލީ: ޝާޒް ކުރީގެ ޓީމު ޓީސީއާ ދެކޮޅަށް މާދަމާ ކުޅޭނެ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

އީގަލްސްގެ ކޯޗު މުހައްމަދު ޝާޒްލީ: ޝާޒް ކުރީގެ ޓީމު ޓީސީއާ ދެކޮޅަށް މާދަމާ ކުޅޭނެ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މާދަމާރޭ އޭނާ މި ސީޒަނުގައި ފުރަތަމަ މަސައްކަތްކުރި ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅޭ މެޗަށް ނުކުންނައިރު އަމިއްލަ ވިސްނުމެއް ނެތް ކަމަށާއި އޮތީ އޭނާ ހަވާލުވެ ހުރި ކްލަބް އީީގަލްސްގެ ޓާގެޓެއް ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ބުނެފި އެވެ.

ޝާޒް ޓީސީގެ ކޯޗުކަމާ ހަވާލުވީ 2019 ވަަނަ އަހަރުގެ ޑިސެމްބަރު މަހުގަ އެވެ. މި ފަހަރު ލީގުގެ ކުރީކޮޅުގައި ޝާޒް ވަނީ ޓީސީ ގޮވައިގެން ރަނގަޅު ނަތީޖާތަކެއް ނެރެފަ އެވެ. ޝާޒް، ޖެނުއަރީ މަހު ފަހުކޮޅުގައި ޓީސީގެ ކޯޗުކަމުން ވަކިވިއިރު، އެ ޓީމު އޮތީ ލީގުގެ ހަތަރު ވަނައިގަ އެވެ. ހަތް މެޗުން ނުވަ ޕޮއިންޓް ހޯދިއިރު، މޮޅުވީ ދެ މެޗުންނެވެ. ދެ މެޗުން ބަލިވިއިރު، ތިން މެޗުވީ އެއްވަރެވެ.

ޝާޒް ޓީސީގެ މަގާމުން އިސްތިއުފާ ދިނީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅޭ މެޗު ފަށަން ގާތްވެފައިވަނިކޮށް ކްލަބާ އެކު ބޭއްވި މަޝްވަރާތަކަށް ފަހު އެވެ. ޓީސީން ވަކިވިތާ ހަތަރު ވަރަކަށް ދުވަސް ފަހުން އީގަލްސްއާ ހަވާލުވެ އެ ޓީމު ގޮވައިގެން ކުޅުނު ފަސް މެޗުގެ ތެެރެއިން އަދި މެޗަކުން ބަލިނުވެ އެވެ. ޝާޒް ބުނީ ޓީސީއާ ދެކޮޅަށް ކުޅޭ މެޗަށް ނުކުންނައިރު، މި މެޗަކީ މި ބުރުގައި އީގަލްސްގެ ޓާގެޓަށް ވާސިލްވާން މޮޅުވުން މުހިއްމު މެޗެކެވެ.

"ހަގީގަތުގައި ބުނަންޏާ އީގަލްސްއާ ހަވާލުވިއިރު ވަރަށް ބޭނުންވި ކަމެއް ސެކަންޑް ރައުންޑް (ދެ ވަނަ ބުރު) ނިމޭއިރު ގަދަ ހައެއްގެ ތެރޭ އީގަލްސް އޮތުން. ދެން ގަދަ ހަޔަކަށް ވަދެވުމުގެ ޔަގީންކަން ލިބޭނެ މެޗެއް ހަގީގަތުގައި ޓީސީއާ އެކު މީނީ. އެ ގޮތަށް ބަލާއިރު ވަރަށް މުހިއްމު މެޗެއްގޮތުގައި މި މެޗު މި ނަގަނީ. އޭރުން އިތުރު ޓާގެޓެއް އީގަލްސް އަށް ނެގެން އަންނަނީ ވެސް،" ޝާޒް ބުންޏެވެ.

"ދެން ކޯޗިންގައި އުޅޭއިރު ޕްރޮފެޝަނަލް މަސައްކަތެއް ވީމަ އެއް ޓީމު އަނެއް ޓީމުން ވެސް ފެންނާނެ. އެ ގޮތަށް ބަލާއިރު މެޗު މި ހާއްސަވަނީ (އީގަލްސް އަށް) އެ މެޗުގެ މުހިއްމުކަމަށް ބަލާފައި،"

އީގަލްސް އާއި ޓީސީ އަށް ވެސް ވަނީ 13 ޕޮއިންޓް ލިބިފަ އެވެ. އީގަލްސް ލަނޑުގެ ތަފާތުން ފަސް ވަނައިގައި އޮތްއިރު، އެ ޓީމު ކުޅެފައިވަނީ ހަ ވަނައިގައި އޮތް ޓީސީ އަށް ވުރެ ދެ މެޗު މަދުންނެވެ. މާދަމާރާގެ މެޗުން މޮޅުވެގެން އީގަލްސް އަށް ކުރިއަށް ޖެހިލުމުގެ ފުރުސަތު އެބައޮތެެވެ.

ޕްރޯ ލައިސަންސް ހާސިލްކޮށްފައިވާ ކޯޗު ޝާޒް ބުނީ ރާއްޖޭގެ ފުޓްބޯޅަ އަށް ބަލާއިރު އީގަލްސް އަކީ ވަރުގަދަ ބާރެއް ކަމަށެވެ.

"ފުރަތަމަ ބުރު އެހެން ގޮސްފައި އޮތް ކަމަށް ވިޔަސް ފުޓްބޯޅައިގައި މި ލީގުގެ ވަރުގަދަ ހިސާބެއްގައި އޮތުމަކީ އަބަދުވެސް އީގަލްސް ވަރަށް ބޮޑަށް ބޭނުންވާ ކަމެއް،" ކުރިން ބީޖީ ސްޕޯޓްސް ކްލަބަށް ވެސް ކޯޗުކޮށްދިން ޝާޒް ބުންޏެވެ.

ޝާޒް ބުނީ އޭނާ ކޯޗުކޮށްދިންއިރާއި ޓީސީ މިހާރު ތަފާތު ކަމަށެވެ. އެއީ ކޮންމެ ކޯޗެއްގެ ވެސް ޓީމު ރޭވުމުގައި ހުންނާނީ އަމިއްލަ ވިސްނުން ކަމަށް ވުމާ އެކު ޓީސީއާ ހަވާލުވެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ)ގެ ދަށުން އެ ޓީމު ކުޅޭނީ އޭނާގެ ޕްލޭނާ އެއްގޮތަށް ކަމަށް ވުމުންނެވެ.

"އެހެންވީމަ ކުރީގެ ޓީސީ އެއް ނޫން މިހާރު އެއީކީ ބަދަލުތަކެއް އަންނާނެ. ތަފާތުނުވެ ތިއްބަސް ކުޅުމާ އެހެން އެއްޗެއްސަށް ބަދަލު އައިސްފައި އެ ހުރީ،" ޝާޒް ބުންޏެވެ.

ޝާޒް ބުނީ އެެހެން ޓީމުތަކާއި އީގަލްސްއާ މި ވަގުތު އޮތް އެއް ތަފާތަކީ އެ ޓީމު އަންނަނީ އޭއެފްސީ ކަޕުގެ ކޮލިފައިންގައި ވެސް ވާދަކުރަމުން ކަމަށެވެ. އަދި އޭގެ އިތުރުން އެހެން ބައެއް ޓީމުތަކުން މިހާރު އެ ކުޅެމުންދަނީ ދެ ވަނަ ބުރުގެ ފަހު މެޗުތައް ކަމަށް ވިޔަސް އީގަލްސް އަށް އިތުރު މެޗުތަކެއް ހުރުމުން އެ ޓީމުން އަދި ފަހަަށް ވިސްނަން ޖެހޭ ކަންކަން ވެސް އެބަހުރިކަން ޝާޒް ފާހަގަކުރި އެވެ.

"ދެން ފުޓްބޯޅަ އަކީ އެހާ ފަސޭހަ އެއްޗެއް ނޫން އޭގެ ޒާތުގައި. އެ ގޮތަށް ބަލާކަމަށްވަންޏާ އެ ސިޓުއޭޝަނަށް ތައްޔާރުވުން މުހިއްމީ. ދެން އެ ވާހަކައެއް އެ ގޮތަށް ނުދެއްކޭނެ. ހުންނާނެ އެޑްވާންޓޭޖް ވެސް އަދި އިދިކޮޅު ކަންކަން ވެސް. ދެން އޭއެފްސީ ކަޕް އޮތުމަކީ ޓީމު މޮޓިވޭޓްކުރަން ވެސް ފަސޭހަވާނެކަމެއް. ކުޅުންތެރިން އެއާ އެކު ކައިރިކައިރީގައި މެޗު ކުޅުމާ އެކަންކަމަށް ޖެހޭނީ ތައްޔާރުވާން. އެހާ ބޮޑު އިޝޫއެއް ނޫން އެއީކީ. ތައްޔާރުވާން ޖެހޭނީ،" ޝާޒް ބުންޏެވެ.

އީގަލްސްގައި ތިބި ކުޅުންތެރިންނަކީ ތަޖުރިބާކާރުވުމުގެ އިތުރުން ގައުމީ ޓީމަށް ވެސް ކުޅެފައި ތިބި ކުޅުންތެރިންނަށް ވާތީ ދެ މުބާރާތުގެ މެޗުތައް ކައިރިކައިރީގައި ޖެހުނަސް ކުރިއަށް އޮތް މެޗަށް ތައްޔާރުވާން އެނގޭނެ ކަމަށް ޝާޒް ބުންޏެވެ.

މިދިޔަ ހަތަރު ވަރަކަށް އަހަރު އީގަލްސްގެ އެޓޭކުގެ އެންމެ މުހިއްމު ކުޅުންތެރިޔާ އަހުމަދު ރިޒްވާން (ރިޒޭ)ގެ ކަކުލަށް ލިބުނު ސީރިއަސް އަނިޔާއެއްގެ ސަަބަބުން އޭނާ އަށް ވަނީ ސީޒަން ނިމިފަ އެވެ. ރިޒޭ ނެތުމުން އީގަލްސް އަށް ގޯލު ނުޖެހުމުގެ މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވެ އެވެ.

ޝާޒް ބުނީ ފެންނަން އޮތް ހަގީގަތަކީ ރިޒޭ އަކީ އީގަލްސްގެ ގޯލުތަކުގެ 70 ޕަސެންޓް ކަމަށާއި އޭނާ ނެތްތަން ދައްކާނެ ކަމަށެވެ. އެކަަމަކު ޓީމެއްގެ ގޮތުގައި ރަނގަޅު ރޫހެއްގައި ރިޒޭ ނެތިގެން އެ ދިމާވާ ކަންތައްތަކަށް ހައްލެއް ހޯދަން ކުޅުންތެރިން މަސައްކަތްކުރާކަން ޝާޒް ފާހަގަކުރި އެވެ.

އީގަލްސް އާއި ޓީސީ ކުޅޭ މެޗު ފަށާނީ މާދަމާރޭ 22:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޫޓާން އަތުން ބަންގްލަދޭޝަށް އުނދަގޫ މޮޅެއް

ސާފް ޗެމްޕިއަންޝިޕްގައި ބޫޓާން އަތުން 1-0 އިން މޮޅުވެ، މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝް އިން ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ. ގިނަ ފުރުސަތުތަކެއް ބޭކާރުވި މި މެޗުގައި ބަންގްލަދޭޝްގެ މުހިންމު ބައެއް ކުޅުންތެރިން ނެތް ނަމަވެސް، އެ ޓީމުން ވަނީ ބޫޓާންގެ ވަރުގަދަ ޑިފެންސާއި ކީޕަރުގެ ހުރަސްތަކުން ސަލާމަތްވެ އުނދަގޫ މޮޅެއް ހޯދާފައެވެ.

ޕާކިސްތާނުން ފަހު ވަގުތު ލަނޑުތައް ޖެހިޔަސް އިންޑިއާ އަށް މޮޅެއް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި 3-2 އިން ޕާކިސްތާން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި. މި މޮޅާއެކު އިންޑިއާއަށް ސެމީ ފައިނަލުގެ ފުރުސަތު ބޮޑުވެފައިވާއިރު، މި ގްރޫޕްގައި ދެން ހިމެނޭ ރާއްޖެއާ ދެކޮޅަށް ޕާކިސްތާން ކުރިއަށް އޮތް މެޗުގައި ނުކުންނާނެ.

ރޮނާލްޑޯ، ޕޯޗުގަލް ގައުމީ ޓީމުން ރިޓަޔާކޮށްފި

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ވަނީ އިއުލާނުކޮށްފައި އުމުރުން 41 އަހަރުގައި އޭނާ މި ނިންމުން ނިންމާފައިވަނީ ވީޑިއޯ މެސެޖެއް މެދުވެރިކޮށް

ސަރަހައްދުގެ ހުރިހާ ގައުމެއް ހަމަނުވެ ޖެހިޖެހިގެން ތިން ވަނަ ސާފް

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ފީފާގެ ސަސްޕެންޝަނާ ހުރެ ނޭޕާލް ނުލައި، ސަރަހައްދުގެ ގައުމެއް މަދުކޮށް ބާއްވާ ޖެހިޖެހިގެން ތިންވަނަ މުބާރާތް. އެންމެ ފަހުން ހަތް ގައުމު ހަމަވެގެން މުބާރާތެއް ބާއްވާފައިވަނީ 2018 ވަނަ އަހަރު ކަމަށްވާއިރު، އޭގެ ފަހުން ބޭއްވި ކޮންމެ މުބާރާތަކުން ވެސް ސަސްޕެންޝަންގެ ސަބަބުން ކޮންމެވެސް ގައުމެއް ވަނީ ބާކީވެފައި

ކިމީ އެންޓޮނެލީ: ފޯމިއުލާ ވަންގެ އެންމެ ޒުވާން ޗެމްޕިއަން

އުމުރުން 20 އަހަރުގައި ފޯމިއުލާ ވަންގެ ޗެމްޕިއަންކަން ހޯދައި، ސެބެސްޓިއަން ވެޓެލްގެ ރެކޯޑު މުގުރާލުމަށްފަހު އިޓަލީގެ ކިމީ އެންޓޮނެލީ ތާރީހުން ޖާގަ ހޯދައިފިއެވެ. މާސިޑީސް ޓީމަށް ދުއްވާ އެންޓޮނެލީ މި ޝަރަފު ކަށަވަރުކުރީ މި ސީޒަނުގައި ނުވަ ރޭސް ކާމިޔާބުކޮށް، މެކްސިކޯ ގްރޯންޕްރީގެ ތިންވަނަ ހޯދައިގެންނެވެ. މިއީ 1953 ވަނަ އަހަރަށްފަހު އިޓަލީގެ ޑްރައިވަރަކު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

ރާއްޖޭން ލީޑުނެގި މެޗުގައި ކޮރެއާ އަށް މޮޅެއް

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި، މުހައްމަދު ސާދު ނިޒާރުގެ ލަނޑުން ފުރަތަމަ ލީޑުނެގި ނަމަވެސް، 5-1 އިން ދެކުނު ކޮރެއާ އަތުން ރާއްޖެ ބަލިވެއްޖެ. މި މެޗުގައި ކޮރެއާގެ ޝިން ހާ ތިން ލަނޑު ޖެހިއިރު، ރާއްޖޭން ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ހޮންގް ކޮންގްއާ.

ކޯމޯ އަށް ރެކޯޑް މޮޅެއް، ރެއާލުން ކާމިޔާބު ހޯދީ ފަހު ވަގުތު

ޗެމްޕިއަންސް ލީގުގައި ލޯންސް އަތުން 9-1 އިން މޮޅުވެ ކޯމޯ އިން ތާރީޚީ ރެކޯޑްތަކެއް ހެދިއިރު، ރެއާލް މެޑްރިޑުން އޭއީކޭ އެތަންސް ބަލިކުރީ ފަހު ވަގުތު ޖެހި ލަނޑުން 3-2 އިންނެވެ. މި މޮޅާއެކު ރެއާލް މެޑްރިޑާއި ޕީއެސްޖީ ވަނީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox