ބަޖެޓަށް ފައްތައިގެން ޓީމެއް ބިލްޑްކުރަން ވަގުތު ނަގާނެ: އާތީ

ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން އާތީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން އާތީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ރޭ ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އަތުން 3-1 އިން ކްލަބް ވެލެންސިއާ ބަލިވެ, ލީގުގެ ރޭހުގައި ފަހަތަށް ފިޔަވަޅެއް އެޅިއިރު، ބަޖެޓެއްގެ ތެރެއިން ޓީމު ބިލްޑްކުރަން ކުރާ މަސައްކަތުގައި ބޭނުންވާ ހިސާބަށް ދާން ވަގުތު ނަގާނެ ކަމަށް ވެލެންސިއާގެ ކޯޗު މުހައްމަދު އާތިފް (އާތީ) ބުނެފި އެވެ.

ރޭ ޔުނައިޓެޑް ވިކްޓްރީ އަތުން ބަލިވުމުން ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާއާ ދެމެދު އޮތް ޕޮއިންޓުގެ ފަރަގު ކުޑަކުރަން ވެލެންސިއާ އަށް މި ވަގުތަށް އޮތް ފުރުސަތު ގެއްލުނީ އެވެ. ފުރަތަމަ ބުރުގައި މާޒިޔާ އާއި ވެލެންސިއާ އަށް ވެސް އޮތީ ބާކީ އެންމެ މެޗެކެވެ. އެއީ އެ ދެ ޓީމުން އީގަލްސްއާ ކުޅެން އޮތް މެޗެވެ.

އެއް ވަނައިގައި އޮތް މާޒިޔާ އަށް 13 މެޗުން 31 ޕޮއިންޓް ލިބިފައިވާއިރު، ވެލެންސިއާގެ އޮތީ 13 މެޗުން 24 ޕޮއިންޓާ އެކު ދެ ވަނައިގަ އެވެ. ލީގުގެ ފުލުގައި އޮތް ޔުނައިޓެޑް ވިކްޓްރީ އަތުން ބަލިވުމުން އެއްވެސް ޕްރެޝަރެއް އެބައޮތްތޯ ސުވާލުކުރުމުން އާތީ ބުނީ ކޯޗުންނަށް ބަލިވާނަމަ އެކަން އޮންނާނެ ކަމަށެވެ.

Advertisement

"ޓީމެއްގެ ކޯޗަކާ ހަވާލުވުމަަށް ފަހު އަބަދު ވެސް އޮންނާނީ މޮޅުވެގެން ނާންނަންޏާ ޕްރެޝަރު. ދެން އެ ކަންތައްތައް ތަޖުރިބާ ކޮށްފައި ކަންނޭނގެ މި ހިސާބަށް އާދެވިފައި މިހުރީ،" އާތީ ބުންޏެވެ.

ލީގުން ހޮވި ފުރަތަމަ ބުރުގެ މޮޅު ކޯޗުގެ މަގާމު ހޯދި އާތީ ބުނީ ތަފާސްހިސާބުތަކަށް ބަލާއިރު ފުރަތަމަ ބުރުގައި ވެލެންސިއާ އިން ޕޮއިންޓް ހޯދި ވަރަށް ދެ ވަަނަ ބުރުގެ ބާކީ އެއް މެޗު އޮއްވައި ހޯދައިފި ކަމަށާއި މީގެއިން ވެސް އެއްޗެއް ދޭހަވާނެ ކަމަށެވެ. ފުރަތަމަ ބުރުގެ ހަތް މެޗުން ވެލެންސިއާ ހޯދީ 12 ޕޮއިންޓެވެ. ދެ ވަނަ ބުރުގެ މިހާތަނަށް ވެލެންސިއާ ވަނީ ހަ މެޗުން 12 ޕޮއިންޓް ހޯދައިފަ އެވެ.

މިިދިޔަ އަހަރު ދެ ވަނަ ޑިވިޝަންގައި ކުޅުމަށް ފަހު މި ފަަހަރު އަލުން ފުރަތަމަ ޑިވިޝަނުގައި ވެލެންސިއާ ވާދަކުރާއިރު، އާތީގެ ނަޒަރުގައި އެ ކްލަބްގައި ޓީމެއް ބިލްޑްކުރަން ވަގުުތު ނަގާނެ ކަމަށް އާތީ އަންނަނީ ސީޒަން ފެށުނުއިރުއްސުރެ ބުނަމުންނެވެ. ރޭގެ މެޗަށް ފަހު ވެސް އާތީ އެ ވާހަކަ ތަކުރާރުކުރި އެވެ.

އާތީ ބުނީ ފުރަތަމަ އެގާރައިގައި ކުޅެމުން އައި ކުޅުންތެރިންތަކެއް އަނިޔާގެ ސަބަބުން ނުލައި ކުޅެން ޖެހުމަކީ ވެސް ވެލެންސިއާގެ ނަތީޖާ ނެރުމުގެ ބައި ދަށްވި އެއް ސަަބަބު ކަމަށެވެ.

"ލީގަށް ވާދަކުރަން އަބަދު ވެސް ބުނާ އެއްޗެއް. ޓީމެއް ބިލްޑްކުރަން ދެ އަހަރެއް ތިން އަހަރެއް ނަގާނެއޭ. ދެން ރަނގަޅު ޓީމެއް ބިލްޑް ކޮށްފައި އިންދަ ވެސް އިންޖަރީ ސްޓޭޓަސް އަންނަން ފެށީމަ ޓީމުގެ ފޯމަށް އެބަ އާދޭ ބަދަލު. އެހެންވެ އެ އެއްޗިއްސަކީ ކޯޗަކަށް ނޫނީ ޕްލޭޔަރުންނަށް ހިފެހެއްޓޭނެ އެއްޗެއް ނޫން. ދެން ބަދަލު އާދޭ ފުލްޓީމުގައި ކުޅޭ ޕްލޭޔަރުން ނެތީމަ ޕާފޯމަންސަށް ބަދަލު. އަހަރެމެން މި ބަލަނީ ރިޕްލޭސްމަންޓް ލައިގެން މި ކަންތައްތައް ކުރެވޭތޯ،" އާތީ ބުންޏެވެ.

އާތީ ބުނީ ރަނގަޅު ޓީމެއް އެކުލަވާލައި ކުރިއަށްދާއިރު ބަލަންޖެހޭ އެއް ކަމަކީ ޓީމެއް ހަދަން ބޭނުންވާ ބަޖެޓްގެ އަދަދެވެ.

"މިސާލަކަށް ބުނަންޏާ މާޒިޔާ ކަހަލަ ޓީމެއް ބިލްޑް ކުރަން ބޮޑު ބަޖެޓެއް ދާނެ. އެއީ ރިޒާވަށް ތިބޭ ކުޅުންތެރިންނާ އެކު ވެސް އެބަޖެހޭ ވަރަށް ބޮޑަށް އޭގެ ސްޕެންޑް ކުރަން،" ކުރިން ފުރަތަމަ ޑިިވިޝަނުގެ ގިނަ ކްލަބްތަކެއްގައި ކޯޗުކަން ކުރި އާތީ ބުންޏެވެ.

"ދެން ވެލެންސިއާ މި ފަހަރު ބޮޑަށް ބަލާފައި އެ އޮތީ ވެލެންސިއާ މި އަަހަރު އިން ބަޖެޓުން ސަސްޓެއިނަބަލް ގޮތަކަށް ވޭތޯ. އެއްގޮތަކީ ރަނގަޅު ކުޅުންތެރިން ހޯދާ މުސާރަ ނުދެވުން އެއީ އެހާ ކަމުދާ ގޮތަކަށް ނުވޭ. އަނެއް ގޮތަކީ ލީގެއް ނިންމިދާނެ ކަމަށް ބަލާފައި ކްލަބްގެ ބަޖެޓަށް ބަލާފައި ގޮތެއް ހެދުން. އެހެންވީމަ މި ދެގޮތް މި އޮންނަނީ،"

އާތީ ބުނީ މި ސީޒަނުގައި ވެލެންސިއާގެ މެނޭޖްމަންޓާއި ކޯޗިން ސްޓާފުން ބޮޑަށް ބެލީ ގެންނަ ކުޅުންތެރިންނަށް މުސާރަ ބަރާބަރަށް ދީގެން މިކަން ކުރެވޭތޯ ކަމަށެވެ. އޭނާ ބުނީ ލީގަކަށް ވާދަކުރާ ސްކޮޑެއްގެ މަސައްކަތްކުރާއިރު އޭގެ ވަށައިޖެހޭ ގިނަ ކަންކަން ވެސް ހުންނަން ޖެހޭނީ ފުރިހަަމަވެފައި ކަމަށެވެ.

އަނިޔާގެ ސަބަބުން ވެލެންސިއާގެ ހުސެއިން ނިޔާޒް މުހައްމަދު (ބޮކުރީ) އާއި އަބްދުﷲ މިދުުހަތު ފަހުމީ (ބިޗަޑް) ހުރި ކުޅުމާ ދުރުގަ އެވެ. މިރޭ ޔުނައިޓެޑް ވިކްޓްރީއާ ދެކޮޅަށް ކުޅުނު މެޗުގައި އަނިޔާގެ ސަބަބުން ސަމްދޫހު މުހައްމަދު އާއި ގޯލްކީޕަރު މުހައްމަދު ފައިސަލް ވަނީ ބަދަލުކޮށްފަ އެވެ.

ދެ ވަނަ ބުރުގައި ވެލެންސިއާ ކުޅޭ ފަހު މެޗު އޮންނާނީ އަންނަ ބުދަ ދުވަހުގެރޭ އީގަލްސްއާ ދެކޮޅަށެވެ. ލީގުގައި ވެލެންސިއާ ބަލިވީ ދެ މެޗުންނެވެ. އެއީ ޔުނައިޓެޑް ވިކްޓްރީގެ އިތުރުން ފުރަތަަމަ ބުރުގައި ދަ ގްރާންޑޭ އަތުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގައްދޫ ބަލިކޮށް ވިކްޓަރީ އަށް ލީގުގެ އެއް ވަނައިގައި ލީޑެއް

ދިވެހި ޕްރިމިއާ ލީގުގައި ގައްދޫ ޓީމު 2-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބުން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް އައްމަޑޭ އާއި މާއި ކާމިޔާބުކޮށްދިންއިރު، އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ތަޖުރިބާކާރު ކުޅުންތެރިޔާ އަކޫ ވަނީ ދެ އަހަރަށް ފަހު އަލުން ކުޅުމަށް އެނބުރި އައިސްފައި

އާސެނަލަށް މުހިންމު މޮޅެއް، ޔުނައިޓެޑްގެ ދަށް ރެކޯޑް ކުރިއަށް

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލުން ނޮޓިންހަމް ފޮރެސްޓް ބަލިކޮށް ތާވަލުގެ ދެވަނައަށް ޖެހިލިއިރު، ލީޑްސްއާ އެއްވަރުވެ މެންޗެސްޓާ ޔުނައިޓެޑުން ވަނީ ފާއިތުވި 40 އަހަރުގެ އެންމެ ދަށް ފެށުން ރެކޯޑްކޮށްފައި. މިރޭގެ އެހެން މެޗުތަކަށް ބަލާއިރު ބްރައިޓަން އާއި ބޯންމައުތުން ވަނީ ބޮޑު މޮޅެއް ހޯދާފައި

އިންފަންޓީނޯ ނުރަސްމީ ދަތުރުފުޅެއްގައި ބަންގްލަދޭޝް އަށް

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މޮރޮކޯއިން ބޫޓާނަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބަންގްލަދޭޝްގައި މަޑުކުރައްވައި، އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަންގެ އިސްވެރިންނާ ބައްދަލުކުރައްވައިފި.

ޗެލްސީގެ ކީޕަރު މާޓިނޭޒް ދަތްދޮޅީގެ އޮޕަރޭޝަނެއް ކޮށްފި

އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި ޗެލްސީގެ ކީޕަރު މާޓިނޭޒްގެ ދަތްދޮޅިއަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ވަނީ ކާމިޔާބު އޮޕަރޭޝަނެއް ކޮށްފައި. މި އަނިޔާގެ ސަބަބުން ކުރިއަށް ހުރި މުހިންމު މެޗުތަކެއް އޭނާއަށް ގެއްލޭނެތީ، ބަދަލުގައި ދެން ފެންނާނީ ޒުވާން ކީޕަރު މައިކް ޕެންޑާސް.

ކޯޗަކަށް ޝާކިއްޓެ، ވޯލްޑް ކަޕަށް ރާއްޖެ ސްކޮޑު ފައިނަލްކޮށްފި

މި މަހު އަޒަރުބައިޖާންގައި ބާއްވާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ވާދަކުރާ ރާއްޖޭގެ ޓީމުގެ ކޯޗަކަށް އަހުމަދު ޝާކިރު (ޝާކިއްޓެ) ހަމަޖައްސައި، މުބާރާތަށްދާ ސްކޮޑު ފައިނަލްކޮށްފި. ފީފާގެ ހުރިހާ މެމްބަރު ގައުމުތަކަށް ފުރުސަތު ދީގެން ކުރިއަށްގެންދާ މި މުބާރާތުގައި ރާއްޖެ ހިމެނެނީ ފްރާންސާއި ސައުތު އެފްރިކާ ފަދަ ގައުމުތަކާ އެކު އެއް ގްރޫޕެއްގައި

ސްޓްރާސްބޯ ބަލިކޮށް ޕީއެސްޖީ އަށް ޖެހިޖެހިގެން ހަ ވަނަ މޮޅު

ފްރެންޗް ލީގުގައި ރޭ ކުޅުނު މެޗުން ސްޓްރާސްބޯ އަތުން 3-1 އިން މޮޅުވެ، ޕީއެސްޖީން ހުރިހާ މުބާރާތެއްގައި ޖެހިޖެހިގެން ހަވަނަ މޮޅު ހޯދައިފި. ސްޓްރާސްބޯއިން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، ޕީއެސްޖީން މެޗުގެ ނަތީޖާ އަނބުރާލީ ފަހު 15 މިނެޓުގެ ތެރޭގައި ޖެހި ތިން ގޯލުން.

ބެޓިސް ބަލިކޮށް ބާސެލޯނާ ފަސްބެލުމެއްނެތި ކުރިއަށް

ސްޕެނިޝް ލީގުގައި ރެއާލް ބެޓިސް 5-2 އިން ބަލިކޮށް، ބާސެލޯނާ އިން ޖެހިޖެހިގެން ނުވަ ވަނަ މެޗުން މޮޅުވެ ތާވަލުގެ އެއްވަނައިގައި ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓައިފި. މި މެޗުގައި ބާސެލޯނާގެ ލަމީން ޔަމާލް، ރޮޑްރީ، ޖީސޫސް، އެރިކް ގާސިއާ އަދި އޮލްމޯ ލަނޑުތައް ކާމިޔާބުކުރި

Newsletter

Get the latest news delivered straight to your inbox