ވެލެންސިއާ ބަލިކޮށް ޔުނައިޓެޑް ވިކްޓްރީ ފަސްބެލުމެއްނެތި ކުރިއަށް

ޔުނައިޓެޑް ވިކްޓްރީގެ ޝަމާލް (ކ) އަތުން ވެލެންސިއާގެ ބޯހަސް ބޯޅަ ހޯދަން މަސައްކަތްކުރަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ޔުނައިޓެޑް ވިކްޓްރީގެ ޝަމާލް (ކ) އަތުން ވެލެންސިއާގެ ބޯހަސް ބޯޅަ ހޯދަން މަސައްކަތްކުރަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކްލަބް ވެލެންސިއާ 3-1 އިން ބަލިކޮށް ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އިން ޖެހިޖެހިގެން ތިން ވަަނަ މޮޅު ހޯދައިފި އެވެ.

ލީގުގެ ފުރަތަމަ 11 މެޗު ޔުނައިޓެޑް ވިކްޓްރީން ނިންމާލީ މޮޅެއް ނުލިބި އެވެ. އެކަމަކު އެ ޓީމު ދެ ވަނަ ބުރުގެ ފަހު ތިން މެޗުން މި ވަނީ މޮޅުވެފަ އެވެ. ފުރަތަމަ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ބަލިކުރިއިރު، ދެ ވަނަ މެޗުން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ބަލިކުރި އެވެ. އަދި މިރޭ ވެލެންސިއާ އަތުން މޮޅުވެ މި ސީޒަނުގައި އެ ޓީމު ބަލިކުރި ދެ ވަނަ ޓީމުގެ ޝަރަފް ޔުނައިޓެޑް ވިކްޓްރީން ހޯދީ އެވެ.

މިރޭގެ މޮޅާ އެކު ޔުނައިޓެޑް ވިކްޓްރީ ވަނީ ފުރަތަމަ ފަހަރަށް ލީގުގެ އެންމެ ފުލުން ގުޑާލައިފަ އެވެ. އެ ޓީމު ހަތް ވަނަ އަށް އެރީ 14 މެޗުން 12 ޕޮއިންޓް ހަމަކޮށް އަށް ވަނަ އަށް ވެއްޓުނު ސަސްއާ އެއްވަރަށް ޕޮއިންޓް ލިބުނު ނަމަވެސް ލަނޑުގެ ތަފާތުން ކުރި ލިބޭތީ އެވެ. ސަސް އަށް 13 މެޗުން 12 ޕޮއިންޓް ލިބިފައިވާއިރު، މާދަމާރޭ ދަ ގްރާންޑޭ އަތުން ބަލިނުވެ ފަރުޖައްސާލައިގެން ސަސް އަށް އަލުން ހަތް ވަނައިގައި ދެ ވަނަ ބުރު ނިންމާލެވޭނެ އެވެ.

ޔުނައިޓެޑް ވިކްޓްރީގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) ބުނީ މި މެޗުގައި ވެސް ފެނުނީ ކުޅުންތެރިން ޓީމެއްގެ ގޮތުގައި ކުރި މަސައްކަތުގެ ނަތީޖާ ކަމަށެވެ.

"މި ބުރުގައި މި ދެ މެޗަށް ކަނޑައެޅި ޓާގެޓް މި ހަ ޕޮއިންޓް ލިބިއްޖެ. މި މޮޅުގެ ހުރިހާ ކްރެޑިޓް ދޭނީ ކުޅުންތެރިންނަށް،" ސާންތީ ބުންޏެވެ.

ޔުނައިޓެޑް ވިކްޓްރީގެ ކޯޗު ސާންތީ (ކ) އާއި ވެލެންސިއާގެ ގޯލްކީޕަރު ކޯޗު ހަސަން.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

"ތަކުރާރުކޮށް އަޅުގަނޑު ބުނަމުން މިދަނީ އެއްޗެއް ކެތްތެރިކަމާ އެކު ކުރި މަސައްކަތުގެ ނަތީޖާ މިއީ. ފުޓްބޯޅަ ޓީމަކަށް ދިމާވާނެ ހުރިހާ ކަމެއް ޔޫވީ އަށް ދިމާވެއްޖެ އަށް ވަރަކަށް މެޗުން ބަލިވެއްޖެ. މެޗަކުން މޮޅެއްނުވެ ދިޔައީމަ މިހުން ދައްކާ ވާހަކަ އަޅުގަނޑުގެ އިތުރުން މި ކުޅުންތެރިންނަށް ވެސް ހުންނާނެ އިވިފައި. އެ ހުރިހާ ކަމަކުން އަރައިގަނެގެން އެ ކެތްތެރިކަމުން ދެއްކި ހިތްވަރު މި ސަކްސެސް (ކާމިޔާބަކީ)،"

މި ނަތީޖާ އިން އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބޭނެ އެއް ޓިމަކީ މާޒިޔާ އެވެ. މާޒިޔާއިން އެއް ވަނައިގައި ނެގި ހަތް ޕޮއިންޓުގެ ލީޑު ދެމެހެއްޓީ އެވެ. މާޒިޔާ އަށް 13 މެޗުން 31 ޕޮއިންޓް ލިބިފައިވާއިރު، ވެލެންސިއާ އަށް 13 މެޗުން ލިބުނީ 24 ޕޮއިންޓެވެ.

ސަސްޕެންޝަނުގެ ސަބަބުން ވެލެންސިއާ އިން އެންމެ ފަހުން ދަ ގްރާންޑޭ ބަލިކުރި މެޗުގައި ނުކުޅެވުނު ގައުމީ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ) ވަނީ މި މެޗުގައި ފުރަތަމަ އެގާރައިގައި ހިމަނައިފަ އެވެ. އަކޫ ކުޅުނީ މެދުތެރެއަށެވެ. އަނެއްކޮޅުން ސަސް އަތުން ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) މޮޅުވި މެޗު ސަސްޕެންޝަންގެ ސަަބަބުން ގެއްލުނު އެ ޓީމުގެ ކިރްގިސްތާންގެ މިޑްފީލްޑަރު އަނަޓޯލީ ވްލަޝީފޭޗް (ޓޯނީ) ވެސް ވަނީ މި މެޗުގައި ފުރަތަމަ އެގާރައިގައި ކުޅެފަ އެވެ.

މެޗު ފަށައިގެން ޔުނައިޓެޑް ވިކްޓްރީން އެ ޓީމުން އެންމެ ފަހުން ދެ މެޗުގައި ދެއްކި ފޯމުގައި ބޯޅަ ހިފަހައްޓައިގެން ކުޅެން ފެށި އެވެ. އެކަމަކު ފުރަތަމަ ހަމަލާތައް އުފެއްދީ ވެލެންސިއާ އިންނެވެ. މެޗުގެ 13 ވަނަ މިނިޓްގައި ވެލެންސިއާގެ ހަސަން ސުފިޔާން (ސޫފީ) ޖެހި ޝޮޓެއް ޔުނައިޓެޑް ވިކްޓްރީ ކުޅުންތެރިއަކު ފައިގައި ޖެހިފައި އޭރިއާތެރެއިން ލިބުމުން ވެލެންސިއާގެ ސްޕެއިން ފޯވާޑް ބޯހަސް މާޓިން ގޯލު ޖެހި ނަމަވެސް އޭނާ އޮފްސައިޑްގައި ހުރުމުން އެ ގޯލު ބަަލައިނުގަނެ އެވެ. އޭގެ ތިން މިނިޓް ފަހުން ޔުނައިޓެޑް ވިކްޓްރީން ފުރަތަަމަ ހަމަލާ އުފެއްދި އެވެ. ޓޯނީ އޭރިއާބޭރުން ޖެހި ޝޮޓެއް އަމާޒުވީ ވެލެންސިއާ ކީޕަރު މުހައްމަދު ފައިސަލް އަތަށެވެ.

ފުރަތަމަ 20 މިނިޓަށް ފަހު ވެލެންސިއާގެ އެޓޭކްތައް ރަނގަޅުވާން ފެށި އެވެ. މެޗުގެ 22 ވަނަ މިނިޓްގައި އަކޫ ފޮނުވާލި ހިލޭ ޖެހުމެއް ޔުނައިޓެޑް ވިކްޓްރީގެ ކީޕަރު އަލީ ނާޖިހު (ނާޖީ) ވަނީ މަތަކޮށްފަ އެވެ. އެކަމަކު އޭގެ ހަ މިނިޓް ފަހުން ވެލެންސިއާ އިން ވަނީ ބޯހަސް ޖެހި ގޯލުން ލީޑުނަގައިފަ އެވެ. ދަގަނޑޭ ހުސްކޮށްލާފައި ދިން ބޯޅަ އޭރިއާ ރޮނގުކައިރިން ކަހަލަ ގޮތަކަށް ބޯހަސް އަށް ލިބުމުން އޭނާ އެ ބޯޅަ އަމާޒުކޮށްލީ ގޯލުގެ ދުރު ކަނަށެވެ. އެ ބޯޅަ އަށް އަރަން ކީޕަރު ނާޖީ ދެ ވިސްނުމުގައި ހުރެ ކުރިއަށް ޖެހިލައިފައި ފަހަތަށް ފިޔަވަޅެއް އެޅި ވަގުތު ބޯހަސް ވަނީ ނާޖީ ބޯމަތިން ގޯލަށް އޮއްސާލައިފަ އެވެ.

ފުރަތަމަ ގޯލު ޖެހި ނަމަވެސް ވެލެންސިއާ އަށް ލީޑުހިފަހައްޓައިލެވުނީ ތިން މިނިޓް އެވެ. މެޗުގެ 31 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީ އަކުން އިސްމާއިލް އީސާ (މެސީ) ވަނީ ޔުނައިޓެޑް ވިކްޓްރީ އަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. މިއީ އޭރިއާތެރެއިން ވެލެންސިއާގެ އީރާން ޑިފެންޑަރު މެހެރްދާދް ޕޫލާދީ ޔުނައިޓެޑް ވިކްޓްރީގެ އަލީ ހައިޝަމް (ޗުމްޕު) އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ.

އޭގެ ހަތަރު މިނިޓް ފަހުން ވެލެންސިއާގެ ކީޕަރު ފައިސަލްގެ ފަޔަށް ލިބުނު އަނިޔާއެއް ސަަބަބުން ބަދަލުކުރަން ޖެހުނެވެ. ފައިސަލްގެ ބަދަލުގައި ކުޅެން އެރީ ކީޕަރު މުހައްމަދު ޝަފީއު (ޗެކް) އެވެ. ސީޒަނުގެ ކުރީކޮޅު ކުޅުނު މެޗުތަކުގައި ވެލެންސިއާ ގޯލު ބެލެހެއްޓީ ޗެކް އެވެ.

ވެލެންސިއާ އަށް ދެ ވަނަ ފަހަރަށް ލީޑުނަގައިދޭން މެޗުގެ 45 ވަނަ މިނިޓްގައި ކުޑަ އޭރިއާ ކައިރިން މުޅިން ހުސްކޮށް އަކޫ އަށް ލިބުނު ބޯޅަ އޭނާ ތިރިތިރިން ގޯލުގެ ކަނަށް އަމާޒުކޮށްލަން ޖެހި ބޯޅަ ކީޕަރު ނާޖީ ވަނީ ފައިން މަތަކޮށްފަ އެވެ.

ޔުނައިޓެޑް ވިކްޓްރީން ލީޑުނެގީ ފުރަތަމަ ހާފުގެ އިތުރުވަގުތުގަ އެވެ. މި ވަގުތު ތަފާތު ފޯމެއްގައި ހުރި އީސަ ނެގި ކޯނަރެއްގައި ޔުނައިޓެޑް ވިކްޓްރީގެ މުހައްމަދު އާރިފް (ބަކާ) ވަނީ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. އެ ބޯޅަ ކީޕަރު ޗެކަށް ހުއްޓުވުނީ ގޯލުގެ ރޮނގު ހުރަސްކުރި ފަހުންނެވެ. އެ ގޯލު ޖެހިއިރު ވެލެންސިއާގެ ޑިފެންޑަރު ޕޫލާދީ ހުރީ އަނިޔާ އަކަށް ފަރުވާ ހޯދަން ދަނޑުން ފައިބަ އެވެ.

ޔުނައިޓެޑް ވިކްޓްރީގެ ބައްކު (ވ) އަތުން ބޯޅަ ހޯދަން ވެލެންސިއާގެ އަކޫ މަސައްކަތްކުރަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ފުރަތަމަ ހާފު ނިންމާލިއިރު ދެއްކި ކުޅުން ދެ ވަނަ ހާފްގެ ކުރީކޮޅުގައި ޔުނައިޓެޑް ވިކްޓްރީ އިން ތަކުރާރުކުރި އެވެ. އެ ވަގުތު ކޮޅުގެ ތެރޭގައި އީސަ އާއި ޓޯނީ އަށް އިތުރު ލަނޑެއް ޖަހަން ފުރުސަތު ލިބި ބޭނުމެއް ނުކުރެވުނެވެ.

ދެ ވަނަ ހާފްގެ ކުރީކޮޅުގައި ވެލެންސިއާ އިން އިތުރު ދެ ބަދަލެއް ގެނަ އެވެ. އަހުމަދު އިމާޒް (އާއްކޮ) އާއި ސްޕެއިންގެ މިޑްފީލްޑަރު އެންޓޯނިއޯ ސޯލާ ކުޅެން އެރުވި އެވެ. މެޗުގެ 70 ވަނަ މިނިޓްގައި އާއްކޮ ނެގި ކޯނަރަކުން ގޯލު ކުރިމަތީގައި ހުރެފައި ދަގަނޑޭ ބޮލުން ޖެހި ބޯޅަ ކީޕަރު ނާޖީ ވަނީ މަތަކޮށްފަ އެވެ. އޭގެ ތިން މިނިޓް ފަހުން ޔުނައިޓެޑް ވިކްޓްރީ ޑިފެންޑަރުންގެ ތެރެއިން ޖާގައެއް ހޯދައި ދަގަނޑޭ ޖެހި ބޯޅަ ވެސް އަމާޒުވީ ކީޕަރު ނާޖީ އަތަށެވެ.

އޭގެ ފަހުން ޔުނައިޓެޑް ވިކްޓްރީގެ ޗުމްޕު އާއި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އަހުމަދު ބައްސާމް (ބައްކު) ޖެހި ބޯޅަތައް ކީޕަރު ޗެކް ހުއްޓުވި އެވެ. އެކަމަކު މެޗުގެ 84 ވަނަ މިނިޓްގައި ޓޯނީ ވަނީ ހިލޭ ޖެހުމަކުން ޔުނައިޓެޑް ވިކްޓްރީގެ ތިން ވަނަ ގޯލު ޖަހައިފަ އެވެ. ޓޯނީ ޖެހި ބޯޅަ ގޯލަށް ވަނީ އޭރިއާތެެރެއިން ފެނުގައި ޖެހިފައި ގޮސް ގޯލުގެ ދުރުކަނަށެވެ.

ވެލެންސިއާގެ ކޯޗު މުހައްމަދު އާތިފް (އާތީ) ބުނީ ފުޓްބޯޅައިގައި މޮޅާ ބައްޔާއި އެއްވަރު ވެސް އަންނާނެ ކަމަށާއި ޔުނައިޓެޑް ވިކްޓްރީން ކުރި މަސައްކަތަށް ބަލާއިރު މި މޮޅު އެ ޓީމަށް ހައްގު ކަމަށެވެ. ވެލެންސިއާ އަށް އޮތީ ދެން ހުރި މެޗުތަކަށް ތައްޔާރުވުން ކަމަށް އާތީ ބުންޏެވެ.

"މޮޅަށް ނުކުޅެ ތިން ޕޮއިންޓް ހޯދި ދުވަސްތަކެއް ވެސް ގޮސްފި. ދެން މިއަދު މިއީ މޮޅަށް ކުޅެފައި ތިން ޕޮއިންޓް ނުލައި ގެޔަށް ދާ ދުވަހެއް. ފުޓްބޯޅައިގައި މި ކަހަލަ ދުވަސް ވެސް އަންނާނެ،" އާތީ ބުންޏެވެ.

ކީޕަރު ނާޖީ މެޗުގެ މޮޅު ކުޅުންތެރިޔާގެ ޓްރޮފީ ހިފައިގެން.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ޔުނައިޓެޑް ވިކްޓްރީގެ ޒުވާން ކީޕަރު ނާޖީ އެވެ. އޭނާ ބުނީ މި ގޮތަށް ފުރުސަތު ލިބި ރަނގަޅަށް ކުޅެވުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށާއި ހަގީގަތުގައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ނުލިބި ވެސް ލަނޑެއް ނުވަދެ މެޗު ނިންމާލެވުނު ނަމަ މާ ހިތްހަމަޖެހޭނެ ކަމަށެވެ.

"ދެން ކީޕަރެއް ވެއްޖިއްޔާ މިސްޓޭކް ހަދައިގެން ރަނގަޅުކުރެވޭނީ އެ ގޮތަށް ގަބޫލުކުރަނީ،" ނ. ލަންދޫ އަށް އުފަން ނާޖީ ބުންޏެވެ.

ސާންތީ ބުނީ ނާޖީ މި މެޗުގައި ވެސް އޭނާގެ ފެންވަރު ސާބިތުކޮށްދިން ކަމަށާއި ހަގީގަތަށް ބަލާނަމަ ވެލެންސިއާ ކީޕަރު ފައިސަލް އާއި ނާޖީ މި މެޗަށް ބަލާނަމަ ގާތްގަނޑަކަށް ދެއްކީ އެއްވަރުގެ ކުޅުމެއް ކަމަށެވެ.

ލީގުގައި މާދަމާރޭ ކުޅޭ މެޗުގައި ސަސް ބައްދަލުކުރާނީ ދަ ގްރާންޑޭއާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox