ޔޫރަޕް ކްލަބްތަކުގެ އެސޯސިއޭޝަންގެ ޗެއާމަނަކަށް ޕީއެސްޖީގެ ރައީސް ހެއްލާފީ

Apr 22, 2021, 10:49 AM
ޕީއެސްޖީގެ ރައީސް ހެއްލާފީ.-- ފޮޓޯ: އޭއެފްޕީ

ޕީއެސްޖީގެ ރައީސް ހެއްލާފީ.-- ފޮޓޯ: އޭއެފްޕީ

ނިޔޯން (އޭޕްރީލް 22) - ޔޫރަޕިއަން ސުޕަ ލީގުގެ މައްސަލައިގައި ޔޫރަޕްގެ ކްލަބްތައް ތަމްސީލުކުރާ ކްލަބް އެސޯސިއޭޝަން (އީސީއޭ)ގެ ޗެއާމަނަކަށް ހުރި ޔުވެންޓަސްގެ އަންދްރެއާ އަގްނެލީ މަގާމުން ވަކިވުމުން ހުސްވި އެ މަގާމަށް ޕީއެސްޖީގެ ރައީސް ނާސިލް އެލް-ހެއްލާފީ ހަމަޖައްސައިފި އެވެ.

ހެއްލާފީ ބުނީ އޭނާ އަށް އިތުބާރުކޮށް މި ފަދަ ދަނޑިވަޅެއްގައި އީސީއޭ ބޯޑުން އެ ޒިންމާ ހަވާލުކުރުމަކީ ލިިބިގެންދިޔަ ވަރަށް ބޮޑު ފަހުރެއް ކަމަށެވެ. އަދި ޔޫރަޕިއަން ސުޕަ ލީގާ ދެކޮޅަށް މެޖޯރިޓީ ކްލަބްތަކުން ކުރަމުންދާ މުހިއްމު މަސައްކަތެއް ހިނގާ މި ދަނޑިވަޅެއްގައި އީސީއޭ އަށް ވެސް ބޮޑު ޒިންމާއެއް އެބައޮތް ކަމަށް ހެއްލާފީ ވިދާޅުވި އެވެ.

"އަހަރެން މިހުރީ އީސީއޭގެ ފަރާތުން ފުޓްބޯޅަ އަށް ކޮށްދެވެން ހުރި ހުރިހާ ކަމެއް ކޮށްދެން. އީސީއޭ އަކީ ޔޫރަޕްގެ ކްލަބްތަކުގެ ބެލިނިވެރިއެއްގެ ގޮތުގައި އޮންނަ އޮތުން ވީ އެންމެ ފުރިހަަމަ އަށް އަދާކުރަން ބޭނުން،" ޕީއެސްޖީއާ 2011 ވަނަ އަހަރު ހަވާލުވެ އެ ކްލަބް ޔޫރަޕްގެ ބާރަކަށް ހެދުމުގައި މުހިއްމު މަސައްކަތްތަކެއް ކުރައްވަމުން އަންނަ ހެއްލާފީ ވިދާޅުވި އެވެ.

އީސީއޭ އިން ބުނީ ހެއްލާފީ ފަދަ ފުޓްބޯޅައިގެ ނުފޫޒުގަދަ ފަރާތެއް މި ދަނޑިވަޅުގައި އީސީއޭ އަށް ވަރަށް މުހިއްމު ކަމަށެވެ. އަދި ސުޕަ ލީގު ފަދަ ފުޓްބޯޅައިގެ މިސްރާގު ބަދަލުކުރަން ގެންނަ ޕްރޮޖެކްޓްތަކާ ދެކޮޅަށް ކެރިގެން ކުރިމަތިލާން ކެރޭ ޗެއާމަނެއް އީސީއޭގައި ހުންނަން ޖެހޭ ކަމަށާއި އެ ރޯލު ހެއްލާފީ އަށް އަދާކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

ހެއްލާފީ ވަނީ ސުޕަ ލީގުގެ ދައުވަތު ޕީއެސްޖީ އަށް ލިބުނު ކަމަށާއި އެކަމަކު އެ ޕްރޮޕޯސަލަށް ނޫނެކޭ ބުނީ ޔުއެފާއާ އެކު ކުރިއަށްދާން ބޭނުންވާތީ ކަމަށެވެ. އެކަމަކު ސްޕެއިނުގެ މީޑިއާތަކުން ތުހުމަތުކުރާ ގޮތުގައި ޕީއެސްޖީން ސުޕަ ލީގުގައި ބައިވެރިނުވީ ގަތަރު ވޯލްޑް ކަޕް ބިޑްގައި ހެއްލާފީއާ މެދު ކުރެވޭ ތުހުމަތުތަކާ ގުޅޭ ކަންކަން ޔުއެފާގެ ޑިސިޕްލިނަރީ ކޮމިޓީން ބެލުމުގެ ބިރު އޮތުމުންނެވެ. ހެއްލާފީ އަކީ އަންނަ އަހަރު ގަތަރުގައި ބާއްވާ ވޯލްޑް ކަޕްގެ އޮގަނައިޒިން ކޮމިޓީގެ މެމްބަރެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އޮޑި ކައިރިން ވެސް ނިއު ރޭޑިއަންޓް ސަލާމަތްވީ ފަހު ވަގުތު

ދިވެހި ޕްރިމިއާ ލީގުގައި ރޭ އޮޑި ސްޕޯޓްސް ކްލަބާ ބައްދަލުކުރި މެޗު، ފަހު ވަގުތު ޖެހި ލަނޑުން 2-2 އިން އެއްވަރުކޮށް ނިއު ރޭޑިއަންޓް ބަލިނުވެ ސަލާމަތްވެއްޖެ. މިއީ ޖެހިޖެހިގެން ނިއު އިން ފަހު ވަގުތު ލަނޑު ޖަހައިގެން މެޗުގެ ނަތީޖާ ބަދަލުކޮށްލި ތިންވަނަ މެޗު. ދެ މެޗުން (އޮޑި އާއި ދިއްދޫ) އެއްވަރުކުރިއިރު، އެއް މެޗުން (މާޒިޔާ މެޗުން) މޮޅުވި.

ޓީސީ އަތުން މޮޅުވެ ޗެމްޕިއަން މާޒިޔާ އަށް ހަމަޖެހުމެއް

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އިން 3-0 ގެ ނަތީޖާއަކުން ޓީސީ ބަލިކޮށް، ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުން މޮޅުނުވެ އޮތް ސިލްސިލާއަށް ނިމުމެއް ގެނެސްފި. އެންމެ ފަހުން ފަސް ސީޒަނުގެ ޗެމްޕިއަންކަން ހޯދި މާޒިޔާ އިން މި ފަހަރުގެ ސީޒަނުގެ ހަތަރު މެޗުން ވަނީ ހަތް ޕޮއިންޓް ހޯދައިފައި.

ހަނގުރާމައާ ހެދި ސައުދީގެ "ސިކްސް ކިންގްސް ސްލޭމް" ފަސްކޮށްފި

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، މި މަހު ބޭއްވުމަށް ހަމަޖެހިފައި އޮތް "ސިކްސް ކިންގްސް ސްލޭމް" ޓެނިސް މުބާރާތް އަންނަ ޑިސެމްބަރު މަހަށް ފަސްކޮށްފި. ހަނގުރާމައިގެ ސަބަބުން މި މުބާރާތުގެ އިތުރުން ސައުދީ ޕްރޯ ލީގުގެ މެޗުތަކާއި އެހެނިހެން ކުޅިވަރު ހަރަކާތްތަކުގެ ޝެޑިއުލަށް ވެސް ވަނީ ބަދަލުތަކެއް އައިސްފައި

ސިޓީ މައްސަލައިގައި ސިޔާސީ ނުފޫޒެއް؟ އިސްތިއުފާދޭނެ!

މާލީ ގަވާއިދުތަކާ ހިލާފުވި 114 މައްސަލައެއް މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާއިރު، އެ ކްލަބާ މެދު ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ޕްރިމިއާ ލީގުން އަންނަނީ ތައްޔާރުވަމުން. މި މައްސަލަ ބަލާ މިނިވަން ރެގިއުލޭޓާގެ ޗެއާމަން ޑޭވިޑް ކޯގަން ވިދާޅުވީ، މި ތަހުގީގަށް ސިޔާސީ އެއްވެސް ނުފޫޒެއް ފޯރުވައިފިނަމަ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް.

ސައުތުގޭޓް، ފުޓްބޯޅައާ މެދު އޮތް ޝައުގުވެރިކަން ކުޑަވެއްޖެ

އިންގްލެންޑްގެ ކޯޗުކަމުން ވަކިވި ފަހުން ފުޓްބޯޅައިގެ މަސައްކަތްތަކަށް އޮތް ޝައުގުވެރިކަން ކުޑަވެފައިވާ ކަމަށް ގަރެތު ސައުތުގޭޓް ވަނީ ބުނެފައި. އޭނާ ހާމަކުރި ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން މޮޅާއި ބަލީގެ ފިއްތުންތަކުގައި އުޅުމަށްފަހު، ފުޓްބޯޅައާ ދުރުގައި ހޭދަކުރި މުއްދަތުގައި އޭނާގެ ދިރިއުޅުމަށް ވަނީ ހިތްހަމަޖެހުން ލިބިފައި

އޮސްކާގެ ކާމިޔާބީ ނިއުގައި ތަކުރާރުކުރަން އަންދްރޭ ބޭނުން

ނިއު ރޭޑިއަންޓްގެ ކުރީގެ ކޯޗު އޮސްކާ ބްރުޒޮން އެ ކްލަބުގައި ހޯދި ބޮޑު ކާމިޔާބީ ތަކުރާރުކުރުމަކީ މިހާރުގެ ކޯޗު އަންދްރޭގެ ބޮޑު އުންމީދެކެވެ. އަންދްރޭ ބުނިގޮތުގައި އޮސްކާގެ ކާމިޔާބީއާ ހަމައަށް ދިއުމަކީ ގޮންޖެހުން ބޮޑު ކަމެއް ނަމަވެސް، ޓީމުގެ ކުޅުން ރަނގަޅުކޮށް ކުރިއަށް ހުރި މެޗުތަކުން މޮޅުވުމަކީ އޭނާގެ އަމާޒެވެ.

ރެއާލަށް ރޯމާ އަތުން މޮޅެއް، ޕީއެސްޖީން ސިޓީ ބަލިކޮށްފި

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑުން ރޯމާ އަތުން ފަހަތުން އަރައި 4-3 އިން މޮޅުވިއިރު، ޕީއެސްޖީން ވަނީ 4-2 އިން މެންޗެސްޓާ ސިޓީ ބަލިކޮށްފައެވެ. މީގެ އިތުރުން ލިވަޕޫލާއި އެސްޓަން ވިލާ އަދި ރެއާލް ބެޓިސް ވެސް ވަނީ ރޭ ކުޅުނު މެޗުތަކުން މޮޅުވެފައެވެ.

Newsletter

Get the latest news delivered straight to your inbox