ނޭމާ، ޔުވެންޓަސް އަށް ބަދަލުވާން މަޝްވަރާކޮށްފި

Jun 27, 2022, 2:47 AM
ނޭމާ، ޔުވެންޓަސް އަށް ބަދަލުވާން މަޝްވަރާކޮށްފި

ޕެރިސް (ޖޫން 27) - ބްރެޒިލްގެ ތަރި ނޭމާ އިޓަލީގެ ޔުވެންޓަސް އަށް ބަދަލުވާން މަޝްވަރާކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ދާދިފަހުން ބޭއްވި ޕީއެސްޖީގެ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން އެ ކްލަބްގެ ރައީސް ނާސިރު އަލް-ހެއްލާފީ ގާތުގައި އަމާޒުވި އެއް ސުވާލަކީ ނޭމާގެ މުސްތަގުބަލު އޮތީ ކޮން ޓީމަކާ އެކުގައިތޯ އެވެ. އަދި ނޭމާ ވިއްކާލަން ޕީއެސްޖީން މަޝްވަރާ ކުރާކަމަށް ދެކެވޭ ވާހަކަތަކުގައި ހަގީގަތެއް އެބައޮތޯ އޮޅުންފިލުވަން ނޫސްވެރިން ބޭނުންވި އެވެ.

"ނޭމާ، ޕީއެސްޖީ ދޫކޮށްލައިފާނެތޯ؟ ތީގެ އަށް ސީދާ ޖަވާބެއް ދޭކަށް ނޭނގޭ. އެކަމަކު، އަހަންނަށް އެނގޭހާ ވެސް ކަމަކީ ބައެއް ކުޅުންތެރިން އެބަޖެހޭ ކްލަބުން އެ ކުޅުންތެރިއަކަށް ކޮށްދޭ ކަންތައްތަކުގެ ބަދަލުދޭން، ކުޅުން ރަނގަޅުކުރަން،" ހެއްލާފީ ވިދާޅުވި އެވެ.

Advertisement

ހެއްލާފީގެ މި ވާހަކަތަކާ ގުޅިގެން ނޭމާ، 30، ގެ ހިތްހަމަނުޖެހުން ބޮޑުވެ، އޭނާ މިހާރު ބޭނުންވަނީ ޕީއެސްޖީ ދޫކޮށްލާށެވެ.

މީގެ ފަސް އަހަރު ކުރިން 2017 ވަނަ އަހަރު، ދުނިޔޭގެ ރެކޯޑް ފީއެއް ކަމަށްވާ 234 މިލިއަން ޑޮލަރަށް ބާސެލޯނާ ދޫކޮށް ޕީއެސްޖީ އަށް ސޮއިކުރި ނޭމާ މި ވަގުތު އެ ކްލަބާ އެކު ކޮންޓްރެކްޓްގައި ހުރީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

އެކަމަކު، ނޭމާ މިހާރު ބޭނުންވަނީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގެ ތެރޭގައި ކްލަބް ބަދަލުކުރާށެެެވެ. ނޭމާ ވިއްކާލަން މަދުވެގެން ޕީއެސްޖީން 100 މިލިއަން ޑޮލަރުގެ ފީއެއް ޑިމާންޑްކުރާނެ އެވެ.

ފްރާންސާއި އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޔުވެންޓަސް އާއި ނޭމާ ވަނީ ދާދި ފަހުން ޓްރާންސްފާގެ މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފަ އެވެ. އިންްގްލެންޑްގެ ޗެލްސީން ވެސް ނޭމާ އަށް ޝައުގުވެރިވާއިރު، ކޮންމެ ޓީމަކަށް ވެސް މި ވަގުތު ނޭމާ ގަންނަން އޮތް ހުރަހަކީ އޭނާގެ ސީޒަނެއްގެ މުސާރަ ބޮޑުވުމެވެ. ނޭމާ މި ވަގުތު ހުރީ އަހަރަކު، 30 މިލިއަން ޑޮލަރުގެ މުސާރަ އަކަށެވެ.

ޕީއެސްޖީ އަށް ކުޅެދިން 144 މެޗުން ނޭމާ ވަނީ އެ ޓީމަށް 100 ގޯލު ޖަހައި، 60 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އޮޑި ކައިރިން ވެސް ނިއު ރޭޑިއަންޓް ސަލާމަތްވީ ފަހު ވަގުތު

ދިވެހި ޕްރިމިއާ ލީގުގައި ރޭ އޮޑި ސްޕޯޓްސް ކްލަބާ ބައްދަލުކުރި މެޗު، ފަހު ވަގުތު ޖެހި ލަނޑުން 2-2 އިން އެއްވަރުކޮށް ނިއު ރޭޑިއަންޓް ބަލިނުވެ ސަލާމަތްވެއްޖެ. މިއީ ޖެހިޖެހިގެން ނިއު އިން ފަހު ވަގުތު ލަނޑު ޖަހައިގެން މެޗުގެ ނަތީޖާ ބަދަލުކޮށްލި ތިންވަނަ މެޗު. ދެ މެޗުން (އޮޑި އާއި ދިއްދޫ) އެއްވަރުކުރިއިރު، އެއް މެޗުން (މާޒިޔާ މެޗުން) މޮޅުވި.

ޓީސީ އަތުން މޮޅުވެ ޗެމްޕިއަން މާޒިޔާ އަށް ހަމަޖެހުމެއް

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އިން 3-0 ގެ ނަތީޖާއަކުން ޓީސީ ބަލިކޮށް، ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުން މޮޅުނުވެ އޮތް ސިލްސިލާއަށް ނިމުމެއް ގެނެސްފި. އެންމެ ފަހުން ފަސް ސީޒަނުގެ ޗެމްޕިއަންކަން ހޯދި މާޒިޔާ އިން މި ފަހަރުގެ ސީޒަނުގެ ހަތަރު މެޗުން ވަނީ ހަތް ޕޮއިންޓް ހޯދައިފައި.

ހަނގުރާމައާ ހެދި ސައުދީގެ "ސިކްސް ކިންގްސް ސްލޭމް" ފަސްކޮށްފި

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، މި މަހު ބޭއްވުމަށް ހަމަޖެހިފައި އޮތް "ސިކްސް ކިންގްސް ސްލޭމް" ޓެނިސް މުބާރާތް އަންނަ ޑިސެމްބަރު މަހަށް ފަސްކޮށްފި. ހަނގުރާމައިގެ ސަބަބުން މި މުބާރާތުގެ އިތުރުން ސައުދީ ޕްރޯ ލީގުގެ މެޗުތަކާއި އެހެނިހެން ކުޅިވަރު ހަރަކާތްތަކުގެ ޝެޑިއުލަށް ވެސް ވަނީ ބަދަލުތަކެއް އައިސްފައި

ސިޓީ މައްސަލައިގައި ސިޔާސީ ނުފޫޒެއް؟ އިސްތިއުފާދޭނެ!

މާލީ ގަވާއިދުތަކާ ހިލާފުވި 114 މައްސަލައެއް މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާއިރު، އެ ކްލަބާ މެދު ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ޕްރިމިއާ ލީގުން އަންނަނީ ތައްޔާރުވަމުން. މި މައްސަލަ ބަލާ މިނިވަން ރެގިއުލޭޓާގެ ޗެއާމަން ޑޭވިޑް ކޯގަން ވިދާޅުވީ، މި ތަހުގީގަށް ސިޔާސީ އެއްވެސް ނުފޫޒެއް ފޯރުވައިފިނަމަ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް.

ސައުތުގޭޓް، ފުޓްބޯޅައާ މެދު އޮތް ޝައުގުވެރިކަން ކުޑަވެއްޖެ

އިންގްލެންޑްގެ ކޯޗުކަމުން ވަކިވި ފަހުން ފުޓްބޯޅައިގެ މަސައްކަތްތަކަށް އޮތް ޝައުގުވެރިކަން ކުޑަވެފައިވާ ކަމަށް ގަރެތު ސައުތުގޭޓް ވަނީ ބުނެފައި. އޭނާ ހާމަކުރި ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން މޮޅާއި ބަލީގެ ފިއްތުންތަކުގައި އުޅުމަށްފަހު، ފުޓްބޯޅައާ ދުރުގައި ހޭދަކުރި މުއްދަތުގައި އޭނާގެ ދިރިއުޅުމަށް ވަނީ ހިތްހަމަޖެހުން ލިބިފައި

އޮސްކާގެ ކާމިޔާބީ ނިއުގައި ތަކުރާރުކުރަން އަންދްރޭ ބޭނުން

ނިއު ރޭޑިއަންޓްގެ ކުރީގެ ކޯޗު އޮސްކާ ބްރުޒޮން އެ ކްލަބުގައި ހޯދި ބޮޑު ކާމިޔާބީ ތަކުރާރުކުރުމަކީ މިހާރުގެ ކޯޗު އަންދްރޭގެ ބޮޑު އުންމީދެކެވެ. އަންދްރޭ ބުނިގޮތުގައި އޮސްކާގެ ކާމިޔާބީއާ ހަމައަށް ދިއުމަކީ ގޮންޖެހުން ބޮޑު ކަމެއް ނަމަވެސް، ޓީމުގެ ކުޅުން ރަނގަޅުކޮށް ކުރިއަށް ހުރި މެޗުތަކުން މޮޅުވުމަކީ އޭނާގެ އަމާޒެވެ.

ރެއާލަށް ރޯމާ އަތުން މޮޅެއް، ޕީއެސްޖީން ސިޓީ ބަލިކޮށްފި

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑުން ރޯމާ އަތުން ފަހަތުން އަރައި 4-3 އިން މޮޅުވިއިރު، ޕީއެސްޖީން ވަނީ 4-2 އިން މެންޗެސްޓާ ސިޓީ ބަލިކޮށްފައެވެ. މީގެ އިތުރުން ލިވަޕޫލާއި އެސްޓަން ވިލާ އަދި ރެއާލް ބެޓިސް ވެސް ވަނީ ރޭ ކުޅުނު މެޗުތަކުން މޮޅުވެފައެވެ.

Newsletter

Get the latest news delivered straight to your inbox