އޮސްޓްރޭލިއާއިން އެއްބަސްވުންތަކެއް އުވާލުމުން ޗައިނާއިން ރުޅި އަތުވެއްޖެ

އޮސްޓްރޭލިއާގެ ފޮރިން މިނިސްޓަރު މެރީސް ޕެއިން-- ފޮޓޯ: ރޮއިޓާޒް

އޮސްޓްރޭލިއާގެ ފޮރިން މިނިސްޓަރު މެރީސް ޕެއިން-- ފޮޓޯ: ރޮއިޓާޒް

ޗައިނާއިން ހިންގާ "ބެލްޓް އެންޑް ރޯޑް" މަޝްރޫއާ ގުޅިފައިވާ އެއްބަސްވުންތަކެއް އޮސްޓްރޭލިއާއިން އުވާލުމުން ދެ ގައުމުގެ ގުޅުން އިތުރަށް ގޯސްވެއްޖެ އެވެ.

އޮސްޓްރޭލިއާގެ މައި ސަރުކާރުން ވަނީ ވިކްޓޯރިއާ ސްޓޭޓުން ޗައިނާ އާއެކު ސޮއިކޮށްފައިވާ ދެ އެއްބަސްވުމަށް އުވާލާފަ އެވެ. ސަބަބެއް ކަމަށް ބުނީ ގައުމުގެ މަސްލަހަތު ހިމާޔަތް ކުރުމެވެ.

އޮސްޓްރޭލިއާގައި ހުންނަ ޗައިނާގެ އެމްބަސީން އެކަން ސިފަކުރީ ހަމަލާއެއް ގޮތަށެވެ. އަދި އެއީ ދެ ގައުމުގެ ގުޅުން އިތުރަށް ގޯސްވާނެ ކަމެއް ކަމަށް ބުންޏެވެ.

އޭގެ އިތުރުން ދެ ގައުމުގެ ގުޅުން ރަނގަޅު ކުރަން އޮސްޓްރޭލިއާ ސަރުކާރުގެ އެއްވެސް އިހުލާސްތެރި ކަމެއް ނެތް ކަމަށް އެމްބަސީން ނެރުނު ބަޔާނުގައި ވެއެވެ.

މިއީ އޮސްޓްރޭލިއާގެ ސްޓޭޓްތަކާއި ސަރަހައްދީ ސަރުކާރުތަކާއި ޕަބްލިކް ޔުނިވާސިޓީތަކުން ބޭރު ގައުމުތަކާ އެކު ވެފައިވާ އެއްބަސްވުމެއް އުވާލަން މައި ސަރުކާރުން ބާރުގެ ބޭނުން ކުރި ފުރަތަމަ ފަހަރެވެ. ގައުމުގެ މަސްލަހަތަށް ގެއްލުންވާ ކަމަށް ފެންނަ ނަމަ އެއްބަސްވުން އުވާލުމުގެ ބާރު ގާނޫނުން މައި ސަރުކާރަށް ލިބިދެ އެވެ.

ޗައިނާގެ އެއްބަސްވުންތަކުގެ އިތުރުން އިރާނާއި ސީރިއާ އާއެކު އެކުލަވާލި އެއްބަސްވުންތަކެއް ވެސް ފޮރިން މިނިސްޓަރު މެރީސް ޕެއިން ވަނީ އުވާލައްވާފަ އެވެ.

އެއީ ވިކްޓޯރިއާ ސްޓޭޓުގެ ތައުލީމާ ބެހޭ ޑިޕާޓްމަންޓުން 2004 ވަނަ އަހަރު އިރާނާއެކު ސޮއިކުރި މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންއަކާއި 1999 ވަނަ އަހަރު ސީރިއާ އާއެކު ސައިންސްގެ ދާއިރާއިން ގުޅިގެން މަސައްކަތް ކުރުމަށް ސޮއިކުރި އެއްބަސްވުމެކެވެ.

ޕެއިން ވިދާޅުވީ އުވާލި ހަތަރު އެއްބަސްވުމަކީ ވެސް އޮސްޓްރޭލިއާގެ ހާރިޖީ ސިޔާސަތަށް ނުފެތޭ އަދި ހާރިޖީ ގުޅުންތަކަށް ނުރަނގަޅު އަސަރު ކުރާނެ އެއްބަސްވުންތަކެއް ކަމަށެވެ.

އޮސްޓްރޭލިއަން ބްރޯޑްކާސްޓިން ކޯޕޮރޭޝަނަށް ދެއްވި އިންޓަވިއުގައި އެކަމަނާ ވިދާޅުވީ އެއްބަސްވުންތައް އުވާލުމަކީ ރަނގަޅު ނިންމުމެއް ކަމަށާއި އެކަމާ ބަދަލު ހިފުމަށް ޗައިނާއިން ކަމެއް ނުރާނެ ކަމަށް ގަބޫލުނުކުރެއްވޭ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

ޕަލެސްޓައިން އެކްޝަންއަށް ތާއީދުކޮށް އެއްވި 300 މީހުން ހައްޔަރު

ލަންޑަނުގައި ހުންނަ އެމެރިކާ އެމްބަސީ ކައިރީގައި، މަނާކޮށްފައިވާ "ޕަލެސްޓައިން އެކްޝަން" ގްރޫޕަށް ތާއީދުކޮށް މުޒާހަރާކުރި 300 އަށްވުރެ ގިނަ މީހުން ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އިނގިރޭސި ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި ޖަމާއަތް މަނާކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ލިބިފައިވާއިރު، އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ މި ހައްޔަރުކުރުންތަކަށް ފާޑުކިޔައި އެ ގްރޫޕް މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ގޮވާލާފައެވެ.

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

Newsletter

Get the latest news delivered straight to your inbox