އެކްސިޑެންޓެއް ހިނގައި ސްރީލަންކަންގެ ފްލައިޓަކަށް ގެއްލުންތަކެއް ވެއްޖެ

އެކްސިޑެންޓްވެ ގެއްލުންތަކެއް ލިބުނު ސްރީލަންކަންގެ ފްލައިޓް: ނުފުރި ގިނަ ބައެއް ވަނީ ތާށިވެފައި-- ފޮޓޯ: މުހައްމަދު އާސިފް

އެކްސިޑެންޓްވެ ގެއްލުންތަކެއް ލިބުނު ސްރީލަންކަންގެ ފްލައިޓް: ނުފުރި ގިނަ ބައެއް ވަނީ ތާށިވެފައި-- ފޮޓޯ: މުހައްމަދު އާސިފް

މިއަދު މެންދުރު ފުރަން ތައްޔާރުވެފައި އޮތް ސްރީލަންކަންގެ ފްލައިޓެއްގައި މީހުން އަރުވަން ބޭނުން ކުރާ ސިޑިން ޖެހި އެކްސިޑެންޓެއް ހިނގައިފި އެވެ.

މިއަދު ހެނދުނު 9:30 ގައި ފުރުމަށް ހަމަޖައްސައިފައި އޮތް އެ ފްލައިޓް މިއަދުގެ މެންދުރު ފަހަށް ފަސް ކުރީ ޓެކްނިކަލް މައްސަލައެއް ދިމާވެގެން ކަމަށް ބުނެ އެވެ.

މެންދުރު މީހުން ފުރުމަށް ބޯޓަށް އެރުވި ފަހުން، މީހުން އެރުވި ސިޑި ބޯޓާ ދުރު ކުރަން އުޅުމުގެ ތެރޭގައި ހިނގި އެކްސިޑެންޓަށް ފަހު އަނެއްކާ ވެސް ވަނީ އެ ބޯޓު ފުރުން ފަސްކޮށްފަ އެވެ.

Advertisement

އެ އެކްސިޑެންޓުގައި ބޯޓުގެ ފަހަތު ފިޔަގަނޑު ވަނީ ވަރަށް ބޮޑަށް ބަނޑިވެފަ އެވެ. ސިޑިއަށް ވެސް ގެއްލުންތަކެއް ލިބިފައިވެ އެވެ.

"ބޯޓުގައި ތިއްބާ ކުޑަ ލޮޅުމެއް އައީ. ދެން ކެޕްޓަން އެނައުންސް ކުރީ ގުރައުންޑް ސުޓާފުންގެ ފަރުވާ ކުޑަކަމުން ހިނގި އެކްސިޑެންޓެއް ކަމަށް،" އެ ފްލައިޓްގައި އެވަގުތު އިން މީހަކު "އަދަދު" އަށް ބުންޏެވެ.

ސިޑިން ޖެހި ފްލައިޓަށް ގެއްލުންތަކެއް ވެފައި: ނުފުރި އެތައް ބަޔަކު ތާށިވި-- ފޮޓޯ: މުހައްމަދު އާސިފް
ސިޑިން ޖެހި ފްލައިޓަށް ގެއްލުންތަކެއް ވެފައި: ނުފުރި އެތައް ބަޔަކު ތާށިވި-- ފޮޓޯ: މުހައްމަދު އާސިފް

ސިޑިން ޖެހި ފްލައިޓަށް ގެއްލުންތަކެއް ވެފައި: ނުފުރި އެތައް ބަޔަކު ތާށިވި-- ފޮޓޯ: މުހައްމަދު އާސިފް

އެ މީހާ ބުނިގޮތުގައި އެ ބޯޓުން ދަތުރު ކުރުމަށް 100 އަށް ވުރެ ގިނަ މީހުން އެވަގުތު ބޯޓަށް އަރައިތިއްބެވެ. އެ އެެންމެނަށް ވެސް މިއަދު ފުރޭގޮތް ނުވި ކަމަށް އޭނާ ބުންޏެވެ.

"ރޯދަ މަހެއްގައި އެންމެނަށް ނުފުރި ތާށިވީ. ވަރަށް ބޮޑު ހަރަދެއް ވެސް ސްރީލަންކަންއިން ދާނެ. އެ އެންމެންގެ ހޮޓަލަށާއި ޓިކެޓަށް. އޭގެ ތެރޭގައި ވަރަށް ގިނަ ލަންކާގެ އިތުރުން އެހެން ގައުމުތަކަށް ދިއުމަށް ލަންކާއަށް ދާ މީހުން ވެސް ތިބި،" އޭނާ ތަފްސީލުކޮށް ދިނެވެ.

އެހެން ގައުމުތަކަށް އެތެރެވުމުގެ 72 ގަޑިއިރު ކުރިން ހަދާފައިވާ ކޮވިޑުގެ ނެގެޓިވް ޕީސީއާރު ޓެސްޓެއް ބޭނުންވާތީ ގިނަ ބަޔަކު އަލުން އެ ޓެސްޓް ހަދަން ޖެހޭ ކަމަށާއި އެކަމުގެ ކަންބޮޑުވުން ވެސް އެ މީހުން ފާޅު ކުރި ކަމަށް އޭނާ ބުންޏެވެ.

އެ އެކްސިޑެންޓުގެ މައުލޫމާތު ހޯދުމަށް އެއާޕޯޓު ހިންގާ އެމްއޭސީއެލްއަށް ގުޅުމުން މީޑިއާ އޮފިޝަލް ފޯނަށް ޖަވާބު ނުދޭތީ އެ ކުންފުނީގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.

އެއާޕޯޓުގައި މިފަދަ އެކްސިޑެންޓުތައް ހިނގުމަކީ އެހާ އާއްމު ކަމެއް ނޫނެވެ.

މިއީ ވަރަށް ފަރުވާ ކުޑަވުމުގެ ސަބަބުން ހިނގި އެކްސިޑެންޓެއްކަމަށް ބުނެ ބައެއް މީހުން ގެންދަނީ ސޯޝަލް މީޑިއާގައި އެމްއޭސީއެލްއަށް ފާޑު ކިޔަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox