"އިތުބާރު ނެތީ" ނާޝިޒަށް، އޯވާޑްރާފްޓްގެ ވަގުތީ ކޮމިޓީން ޖާގަ ނުދިން

މާލިއްޔަތު ކޮމިޓީގެ މުގައްރިރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒު ކޮމިޓީ ބައްދަލުވުމެއްގައި: ކޮމިޓީގައި އޭނާ ނުހިމެނި -- ފޮޓޯ: ޕީއެސްއެމް

މާލިއްޔަތު ކޮމިޓީގެ މުގައްރިރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒު ކޮމިޓީ ބައްދަލުވުމެއްގައި: ކޮމިޓީގައި އޭނާ ނުހިމެނި -- ފޮޓޯ: ޕީއެސްއެމް

ފާއިތުވި ދެ ދުވަހުގެ ތެރޭގައި، އެމްޑީޕީގެ ތެރޭގައި ހިނގަމުންދާ ކޯޅުމުގެ އަސަރު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ދަނީ ފެންނަމުންނެވެ. މަޖިލީހުގެ ތެރޭގައި އެމްޑީޕީގެ ދެ ފެކްޝަނެއް އުޅޭކަން މިހާރު އާންމުންގެ ލޮލަށް ތިލަވެއްޖެ އެވެ.

އެ ދެ ފެކްޝަނުން މިފަހަރު އަރައިރުން ވެފައިވަނީ ދައުލަތުގެ ކޭޝްފްލޯ މެނޭޖް ކުރުމަށްޓަކައި ސަރުކާރުން، މަރުކަޒީ ބޭންކް އެމްއެމްއޭން ދަރަނި ނެގޭ ގޮތަށް މަޖިލީހުން މިދިޔަ އަހަރު ދީފައިވާ ހުއްދަ އިތުރުކޮށްދިނުމަށް ސަރުކާރުން ހޯމަ ދުވަހު ހުށަހެޅުމުންނެވެ.

އެކަމާ ގުޅިގެން ދެ ދުވަސް މަތިން ކުރިއަށް ދިޔަ ބަހުސްގައި އެމްޑީޕީގެ ދެ ފެކްޝަނުގެ މެދުގައި ކޯޅުން ބޮޑުވި އެވެ.

Advertisement

އެއް ފެކްޝަނުން ބޭނުންވީ، އެ ހުއްދަ އިތުރުކޮށްދިނުމުގެ ކުރިން ދައުލަތުގެ މާލިއްޔަތު ހުރި ގޮތެއް ބަލައި ދިރާސާ ކުރުމަށެވެ. އެއީ، ސަރުކާރުން ކުރާ ހަރަދުތަކާމެދު ކަންބޮޑުވުން ހުރި ކަމަށް ބުނެ އެވެ.

އެގޮތުން، ހުށަހެޅީ ސަރުކާރުގެ ހުށަހެޅުން ދިރާސާ ކުރަން ވަގުތީ ކޮމިޓީއެއް ނެގުމަށް، ނޫނީ މުޅި މަޖިލީހުގެ ކޮމިޓީއިން އެކަން ކުރުމަށެވެ. އޭގެ ތެރެއިން އެއްވެސް މެމްބަރަކު އެފަދަ މައްސަލަތައް އާއްމުކޮށް ދިރާސާކުރާ މާލިއްޔަތު ކޮމިޓީއަށް ފޮނުވުމާ ދެކޮޅެވެ.

ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް ހޯމަ ދުވަހުގެ ޖަލްސާގައި ސީދާ އެކަން ހާމަ ކުރައްވަމުން ވިދާޅުވީ، މާލިއްޔަތު ކޮމިޓީއަށް އޭނާ އިތުބާރު ނުކުރައްވާ ކަމަށެވެ.

އަނެއް ފެކްޝަނުން ވަކާލާތު ކުރީ، އެއްވެސް ދިރާސާއެއް ނުކޮށް އެކަން އަވަހަށް މަޖިލީހުން ފާސްކޮށް، ހުއްދައިގެ މުއްދަތު އިތުރުކޮށް ދިނުމަށެވެ. މި ވަގުތު ސަރުކާރުން ކުރަންޖެހޭ ހަރަދުތައް ހުއްޓާނުލެވޭނެ ކަމަށް އެ މެންބަރުން ވިދާޅުވަމުން ގެންދެވި އެވެ.

ހާއްސަ ކޮމިޓީއެއް ނަގައިގެން ސަރުކާރުގެ ހަރަދުތައް ދިރާސާކުރަން ރިޔާސަތުގައި އިންނަވައިގެން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ސީދާ ބާރު އެޅުއްވި ނަމަވެސް، މަޖިލީހުން އެކަމަށް ތާއީދެއް ނުލިބުނެވެ.

އިއްޔެ އެއްވެސް ފެކްޝަނަކަށް ކާމިޔާބެއް ނުވި އެވެ؛

ކުޑަކޮށް ހިތްހަމަޖެހިވަޑައިނުގެން އިންނަވައި، ނަޝީދު ވިދާޅުވީ ހާއްސަ ކޮމިޓީއެއް ނަގަން ފާސްނުވުމުން މުޅި މައްސަލަ އެއްވެސް ގޮތަކަށް ފާސް ނުވީ ކަމަށެވެ.

އިތުބާރު ނެތީ މާލިއްޔަތު ކޮމިޓީއަކަށް ނޫން، ނާޝިޒަށް

މިއަދުގެ ޖަލްސާ ފެއްޓެވުމާއެކު، ނަޝީދު ވިދާޅުވީ، އިއްޔެ އެ ހުއްދައިގެ މުއްދަތު އިތުރުކުރުމާ ގުޅޭ ގޮތުން ގޮތެއް ނިންމިފައިނުވާތީ، އެއަށް ގޮތެއް ނިންމުމަށް މަޖިލީހުގެ ރައީސްގެ މޭޒުން އެ މައްސަލަ އަލުން ހުށަހަޅުއްވާ ކަމަށެވެ.

އެ މައްސަލައާމެދު އަމަލުކުރާނެ ގޮތެއް ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި، އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން ވަނީ، އެ މައްސަލަ ދިރާސާކުރަން ނުވަ މެމްބަރުންގެ ވަގުތީ ކޮމިޓީއެއް ނަގަން ހުށަހަޅުއްވައިފަ އެވެ.

"އިނގިރޭސިވިލާތުގެ ޒަމާންވީ ބޮޑުވަޒީރެއް [ވިންސްޓަން] ޗާޗިލް ވިދާޅުވެފައި އޮންނާނެ، ހަފްތާއަކީ ސިޔާސީ ކަންކަމުގަ ވަރަށް ގިނަ ދުވަހޭ. އަޅުގަނޑު ހިތުން 24 ގަޑިއިރު އަދި މި ގިނަ ގަޑިއިރަށް ވެގެން މިދިޔައީ،" އިއްޔެގެ ވޯޓުގެ ނަތީޖާއަށް ނަޝީދު ދެއްވި ނުސީދާ ރައްދު.

އެ ހުށަހެޅުން ފާސްވުމުން، އޭނާ ދެން ވަނީ މާލިއްޔަތު ކޮމިޓީގެ މުގައްރިރު އަދި ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒު ހިމެނިވަޑައިގަންނަވާ ގޮތަށް، މަޖިލިސް ތަމްސީލު ކުރާ ހުރިހާ ޕާޓީތަކާއި، މިނިވަން މެންބަރަކު ހިމެނޭ ގޮތަށް ކޮމިޓީއަށް މެމްބަރުން ހުށަހަޅުއްވައިފަ އެވެ.

  1. ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް - އެމްޑީޕީ
  2. ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު - އެމްޑީޕީ
  3. ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ - އެމްޑީޕީ
  4. ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް - އެމްޑީޕީ
  5. ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް - މިނިވަން
  6. މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު - އެމްޑީއޭ
  7. މާމިގިލި ދާއިރާގެ މެމްބަރު ގާސިމު އިބްރާހިމް - ޖުމްހޫރީ ޕާޓީ
  8. މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު - ޕީއެންސީ

މެންބަރު މުހައްމަދު ރަޝީދު ހުށަހެޅުއްވި ނަންތަކަށް މެންބަރު އިބްރާހިމް ޝަރީފް ތާއީދުކުރައްވާފައިވަނިކޮށް، އެމްޑީޕީގެ ޕީޖީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވަނީ ނާޝިޒުގެ ބަދަލުގައި މެންބަރު މުހައްމަދު ރަޝީދު ކޮމިޓީގައި ހިމެނުމަށް ހުށަހަޅުއްވައިފަ އެވެ.

އެ ހުށަހެޅުމަށް މެންބަރު ހުސެއިން ޝަހީމް ތާއީދުކުރެއްވުމުން، ނަޝީދު ވަނީ ވޯޓަށް އެހުމުގެ ކުރިން އެ ދެ ލިސްޓުގައި އެންމެ ތަފާތެއް އުޅޭތީ، މަޝްވަރާކޮށްގެން އެ ލިސްޓު އެއްގޮތް ކުރުމުގެ ފުރުސަތެއް ދެއްވައިފަ އެވެ.

އޭގެ ފަހުން، މަސްލަހަތަށްޓަކައި ކަމަށް ވިދާޅުވެ، މެންބަރު މުހައްމަދު ރަޝީދު ވަނީ އޭނާ ހުށަހެޅުއްވި ނަންތައް އަނބުރާ ގެންނަވައިފަ އެވެ.

މާލިއްޔަތު ކޮމިޓީގެ މުގައްރިރު ނުހިމަނައި، އަލީ އާޒިމް ހުށަހެޅުއްވި ނަންތައް ފާސްވެފައިވަނީ އެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 49 މެންބަރުންގެ އިއްތިފާގުންނެވެ.

ނާޝިޒު ނުހިމަނައި، އާޒިމްގެ ހުށަހެޅުއްވުމަށް ތާއީދުކުރެއްވީ، ތަޅުމުގައި އޭނާއާ ޖެހިގެން އިންނަވާ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމެވެ.

އެ ހުށަހެޅުމަށް ތާއީދު ކުރެއްވުމަށްފަހު މައިކް ކަނޑާލެއްވި ވަގުތު، ޖެހިގެން އިންނެވި އާޒިމް ވިދާޅުވި ވާހަކައެއްގެ އަޑުއިވުނެވެ.

"ފަނި އަރުވާލަންވާނެ މިއަދުވެސް."

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox