ތާލިބާނުން ހާޒިރު ނުވުމުން އަފްގާނިސްތާނުގެ ސުލްހައިގެ މަޝްވަރާ ފަސްކޮށްފި

ތުރުކީގެ ފޮރިން މިނިސްޓަރު މެވްލުތް ކަވުސޮގްލޫ. ތާލިބާނާއި އަފްގާން ސަރުކާރުގެ ސުލްހައިގެ މަޝްވަރާތަކުގެ މެދުވެރިއެއްގެ ދައުރު އަދާ ކުރަނީ ތުރުކީއިން.-- ފޮޓޯ: އަލް މޮނީޓާ

ތުރުކީގެ ފޮރިން މިނިސްޓަރު މެވްލުތް ކަވުސޮގްލޫ. ތާލިބާނާއި އަފްގާން ސަރުކާރުގެ ސުލްހައިގެ މަޝްވަރާތަކުގެ މެދުވެރިއެއްގެ ދައުރު އަދާ ކުރަނީ ތުރުކީއިން.-- ފޮޓޯ: އަލް މޮނީޓާ

އަފްގާނިސްތާނުގައި ސުލްހަ ގާއިމް ކުރުމުގެ މަޝްވަރާތައް ރޯދަ މަސް ނިމެންދެން ފަސް ކުރަން ނިންމާފައިވާ ކަމަށް ތުރުކީއިން ބުނެފި އެވެ.

"އަޅުގަނޑުމެންނަށް ފެނުނީ މަޝްވަރާ ފަސްކުރުމުން ފައިދާވާނެ ކަމަށް. މި ކަމުގައި ގަތަރު، އެމެރިކާ އަދި އދ. ގެ މަޝްވަރާ ހޯދިން. އެއަށްފަހު ނިންމީ ރޯދަ މަހާއި އީދަށް ފަހު ބައްދަލުވުން ބާއްވަން،" ތުރުކީގެ ފޮރިން މިނިސްޓަރު މެވްލުތް ކަވުސޮގްލޫ އެ ގައުމުގެ ހަބޭޓާކް ނޫހަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަފްގާނިސްތާނުން އެމެރިކާ އާއި ނޭޓޯގެ ސިފައިން ފައިބާނެ އެންމެ ފަހު ތާރީހަކަށް ސެޕްޓެމްބަރު 11 ކަނޑައަޅާފައި ވާތީ، މަޝްވަރާ ފަސްކުރިޔަސް ވާނެ ގެއްލުމެއް ނެތް ކަމަށެވެ.

Advertisement

ރޯދަ މަހާއި އީދަށް ފަހު މަޝްވަރާ ބާއްވާ ނަމަ އެންމެ އަވަހަށް ވެސް ބޭއްވޭނީ މޭ މަހުގެ މެދު ތެރޭގަ އެވެ.

ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ އަފްގާނިސްތާނަށް މި ބައްދަލުވުމަކީ މުހިއްމު ބައްދަލުވުމެކެވެ. މިއީ އެމެރިކާ ސިފައިން ގައުމުން ފޭބުމުން ސުލްހަ ގާއިމް ކުރާނެ ގޮތުގެ މަގު ޗާޓު އެކުލަވާލަން ލިބޭ ފުރުސަތެވެ. ކުރިން މި ބައްދަލުވުން ތާވަލުކުރީ އޭޕްރިލް 24 އިން މޭ 24 އަށެވެ.

މީގެ ކުރިން ތާލިބާނުން ވަނީ ބޭރުގެ ސިފައިން އަފްގާނިސްތާނުން ނުފައިބާ ތިބިހާ ހިނދަކު މަޝްވަރާގައި ބައިވެރި ނުވާނެ ކަމަށް ބުނެފަ އެވެ.

"ތާލިބާނުން ބައިވެރި ނުވާ ނަމަ ބައްދަލުވުމުގެ އެއްވެސް މާނައެއް ނޯންނާނެ. މި ވަގުތު ބައްދަލުވުން ފަސް ކުރަން ނިންމީ، ބައިވެރިވާނެ ފަރާތްތަކުގެ މައުލޫމާތު ޔަގީން ނުވާތީ،" ތާލިބާނުންގެ ފަރާތުން އެއްބާރުލުން ނުލިބޭކަން ފާހަގަކުރައްވާ ކަވުސޮގްލޫ ވިދާޅުވި އެވެ.

އަފްގާނިސްތާނުގެ ސަރުކާރުގެ އޮފިޝަލުން ވެސް ބުނީ ބައްދަލުވުން ފަސްކުރަން ޖެހުނީ ތާލިބާނުން ބައިވެރިވާނެ ކަމުގެ ނިޝާނެއް ނުފެނުމުން ކަމަށެވެ.

ތާލިބާނުންގެ ތަރުޖަމާނު މުހައްމަދު ނައީމް ރޮއިޓާޒްއަށް ވިދާޅުވީ ބައްދަލުވުން ފަސްކުރިކަން ނާންގާ ކަމަށާއި ރޯދަ މަހަށް ފަހު ބައްދަލުވުމުގައި ބައިވެރިވާނެ ކަމާ މެދު އެއްޗެއް ދަންނަވަން ނޭނގޭ ކަމަށެވެ.

މިދިޔަ އަހަރު އެމެރިކާ އާއި ތާލިބާނުންނާ ދެމެދު އެއްބަސްވީ މި އަހަރުގެ މޭ މަހުގެ ކުރިން ހުރިހާ ސިފައިން އެ ގައުމުން ފޭބުމަށެވެ. ނަމަވެސް މިދިޔަ ހަފްތާގައި އެމެރިކާއިން ވަނީ އެ ސުންގަޑި ސެޕްޓެމްބަރާ ހަމައަށް ދިގުދަންމާލާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox