ކްލަބްތަކަށް ދަތިވާ ވަގުތު ކުޅުންތެރިންގެ ކެތްތެރިކަން ފެނޭ: އާތީ

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ދަ ގްރާންޑޭ އާއި އީގަލްސް ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ދަ ގްރާންޑޭ އާއި އީގަލްސް ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ފުރަތަމަ ޑިވިޝަންގެ ފުޓްބޯޅަ ކްލަބްތައް މާލީ ގޮތުން ދަތި ހާލަތަކަށް ވެއްޓޭއިރު، މުސާރަ ނުލިބި ކުޅެން ޖެހުމުން ކުޅުންތެރިންގެ ކެތްތެރިކަން ވަރަށް ރަނގަޅަށް ފެންނަ ކަމަށް ކްލަބް ވެލެންސިއާގެ ކޯޗު މުހައްމަދު އާތިފް (އާތީ) ބުނެފި އެވެ.

ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް މަސައްކަތްކޮށްފައިވާ އާތީ ވަނީ ފުރަތަމަ ޑިވިޝަންގެ ގިނަ ކްލަބްތަކެއްގައި މަސައްކަތްކޮށްފަ އެވެ. އޭގެ ތެރޭގައި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) ވިކްޓްރީ އަދި ޓީސީ ސްޕޯޓްސް ކްލަބް ވެސް ހިމެނެ އެވެ.

މިދިޔަ 10 ވަރަކަށް އަހަރަށް ބަލާއިރު ފުރަތަމަ ޑިވިޝަނުގެ ގިނަ ކްލަބްތަކެއްގެ ކުޅުންތެރިންނަށް މުސާރަ ނުލިބޭ މައްސަލަ ވަނީ އެފްއޭއެމަށް ވެސް އެތަކެއް ފަހަރަކު ހުށަހަޅައިފަ އެވެ. ގިނަ ކުޅުންތެރިން ވަނީ އެފްއޭއެމް މެދުވެރިކޮށް މުސާރަ ހޯދައިފަ އެވެ.

Advertisement

މުސާރަ ނުދޭ މައްސަލައިގައި ރާއްޖޭގެ އެންމެ ކާމިޔާބު ކްލަބް ނިއު ރޭޑިއަންޓް ސަސްޕެންޑްކޮށްފައި އޮންނަތާ ދެ އަހަރަށް ވުރެ ގިނަ ދުވަސްވީ އެވެ. މި ސީޒަނުގައި ވެސް މިހާތަނަށް ބަލާއިރު ގަވާއިދުން މުސާރަ ނުދެވުމުގެ މައްސަލަތައް އަންނަނީ ކުރިމަތިވަމުންނެވެ.

މިދިޔަ 10 ވަރަކަށް އަހަރަށް ބަލާނަމަ ވެލެންސިއާގައި ވެސް މުސާރައިގެ ގިނަ މައްސަލަތަކެއް ޖެހުނެވެ. އެކަަމަކު މި އަހަރުގެ މިހާތަނަށް އެކަން އެގޮތަށް ދިމާނުވާ ކަމަށާއި ކޯޗުންނަށް މެޗަށް އެއްކޮށް ފޯކަސް ކޮށްލައިގެން މަސައްކަތްކުރެވޭނެ މާހައުލެއް އެބައޮތް ކަމަށް އާތީ ވަނީ ބުނެފަ އެވެ.

އިއްޔެ ބޭއްްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ވެލެންސިއާގެ ކޯޗު މުހައްމަދު އާތިފް (އާތީ).-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

"ވެލެންސިއާގެ މި އަހަރުގެ ތަޖުރިބާ އަށް ބަލާއިރު. އަޅުގަނޑުމެން އެއްގޮތަކަށް ވެސް އެކަމާ ވިސްނާކަށެއް ނުޖެހޭ. އެ ހުރިހާ ކަމެއް އެބަދޭ ރަނގަަޅަށް. އަޅުގަނޑު މެން ކޮޅުގައި ބޯޅަ އޮތީ. އަޅުގަނޑުމެންނަށް އެބަޖެހޭ ވީވަރަކުން ޕޮއިންޓްތައް ނަގަމުން (ޕޮއިންޓް ޓޭބަލްގެ) މައްޗަށް އަަރަން މަސައްކަތްކުރަން،" ޔުނައިޓެޑް ވިކްޓްރީއާ ދެކޮޅަށް މާދަމާރޭ ކުޅޭ މެޗުގެ ކުރިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާތީ ބުންޏެވެ.

އާތީ ވަނީ ކޯޗިންގައި އޭނާގެ ތަޖުރިބާ އަށް ބަލާއިރު ފުރަތަމަ ޑިވިޝަނުގައި ފެނިފައި ހުރި ކަންތައްތަކަށް ބަލައި ދެކޭ ގޮތް ހިއްސާކޮށްފަ އެވެ. އޭނާ ބުނީ ހަގީގަތުގައި މުސާރަ ނުލިބި ވެސް ގިނަ ކުޅުންތެރިންތަކެއް ކުޅޭ ސަބަބަކީ އެ ކުޅުންތެރިންގެ ކެތްތެރިކަމާއި ދަތިވަގުތުގައި ކްލަބަށް އެހީވާން ބޭނުންވެފައި ހުންނަ ހުރުން ކަމަށެވެ.

"އަޅުގަނޑު މި ލީގުތަކުގައި ވޯކްކުރާތާ ފުދޭ ވަރަކަށް އަހަރުތަކެއްވެގެން މިދިޔައީ. އައިއިރު އަޅުގަނޑު ހަމަ ގަބޫލުކުރާގޮތުގައި ޕްލޭޔަރުންނަކީ ވަރަށް ކެތްތެރި ޕްލޭޔަރުންތަކެއް. އެކި ޓީމުތަކުގައި އަޅުގަނޑު މަސައްކަތްކުރިއިރު، އެއީ ފައިނޭންޝިއަލީ ވެއްޓިގެންދާތަނުގައި ވެސް ކުޅުންތެރިން ވަރަށް ބޮޑަށް ސަޕޯޓިވްވޭ ކްލަބްތަކަށް ޓީމަށް ސެކްރިފައިސް ވުމަށާއި ބައިވަރެއް ގޮތްގޮތަށް،" އާތީ ބުންޏެވެ.

"ފައިނެންޝިއަލީ މިހެން ވެއްޓިގެންދާއިރު (ކުޅުންތެރިންގެ) އާއިލާ އަށް ދިމާވާ ދަތިތަކުގައި މެންޓަލީ ކުދި ކުދި ލޮޅުންތަކެއް އަންނާނެ. ރާއްޖޭގެ ކުޅުންތެރިންނަކީ ނިސްބަތުން ފައިނޭންޝިއަލީ ޓީމުތަކަށް ސަޕޯޓް ދީ ހެލްޕްވާ ބައެއް،"

ކުޅުންތެރިންނަށް ދޭ މުސާރަ މައްސަލަ ހައްލުވާނެ ކަމަށް އެންމެ ބޮޑަށް ބެލެވުނީ އެންމެ ފަހުން އޮތް ސަރުކާރުން 2017 ވަނަ އަހަރު އެސްއޯއީ އެގްރީމެންޓްތަކެއް ހަދައި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކްލަބްތަކަށް ބަޖެޓް ދޭން ނިންމުމުންނެވެ. އެކަމަކު އެސްއޯއީ ފައިސާ ލިބިގެން ދެ ސީޒަން ނިންމާލިއިރު ވެސް ބައެއް ކްލަބްތައް އޮތީ ކުޅުންތެރިންނަށް ދޭން ޖެހޭ ފައިސާ ނުދީ އެވެ.

،މި ސަރުކާރު އައި ފަހުން އެސްއޯއީ އެގްރީމެންޓް އާ ނުކުރަން ނިިންމި އެވެ. އެހެންވެ ކްލަބްތަކަށް ފަންޑް ދޭން ފެށީ އެފްއޭއެމުންނެވެ. މިދިޔަ ސީޒަނުން ފެށިގެން އެފްއޭއެމުން ކްލަބްތަކަށް ފަންޑް ދޭން ފެށިއިރު، އެ އެސޯސިއޭޝަންގެ ދުރު ރާސްތާ ވިސްނުމަކީ ކުރިއަށް އޮތްތަނުގައި ބޭރުން ބައެއްގެ މާލީ އެހީތެރިކަން ހުރިހާ ފަހަރަަކު ދިނުމުގެ ބަދަލުގައި ކްލަބްތައް އަމިއްލަ ފައި މައްޗަށް ތެދުވެވޭ ވަރު ކުރުމެވެ.

ފުރަތަމަ ޑިވިޝަންގައި ވާދަކުރަން ފެށިއްސުރެ މުސާރަ މައްސަލައެއް ނުޖެހި އޮތް ހަަމައެކަނި ކްލަބަކީ މާޒިޔާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގައްދޫ ބަލިކޮށް ވިކްޓަރީ އަށް ލީގުގެ އެއް ވަނައިގައި ލީޑެއް

ދިވެހި ޕްރިމިއާ ލީގުގައި ގައްދޫ ޓީމު 2-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބުން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް އައްމަޑޭ އާއި މާއި ކާމިޔާބުކޮށްދިންއިރު، އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ތަޖުރިބާކާރު ކުޅުންތެރިޔާ އަކޫ ވަނީ ދެ އަހަރަށް ފަހު އަލުން ކުޅުމަށް އެނބުރި އައިސްފައި

އާސެނަލަށް މުހިންމު މޮޅެއް، ޔުނައިޓެޑްގެ ދަށް ރެކޯޑް ކުރިއަށް

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލުން ނޮޓިންހަމް ފޮރެސްޓް ބަލިކޮށް ތާވަލުގެ ދެވަނައަށް ޖެހިލިއިރު، ލީޑްސްއާ އެއްވަރުވެ މެންޗެސްޓާ ޔުނައިޓެޑުން ވަނީ ފާއިތުވި 40 އަހަރުގެ އެންމެ ދަށް ފެށުން ރެކޯޑްކޮށްފައި. މިރޭގެ އެހެން މެޗުތަކަށް ބަލާއިރު ބްރައިޓަން އާއި ބޯންމައުތުން ވަނީ ބޮޑު މޮޅެއް ހޯދާފައި

އިންފަންޓީނޯ ނުރަސްމީ ދަތުރުފުޅެއްގައި ބަންގްލަދޭޝް އަށް

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މޮރޮކޯއިން ބޫޓާނަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބަންގްލަދޭޝްގައި މަޑުކުރައްވައި، އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަންގެ އިސްވެރިންނާ ބައްދަލުކުރައްވައިފި.

ޗެލްސީގެ ކީޕަރު މާޓިނޭޒް ދަތްދޮޅީގެ އޮޕަރޭޝަނެއް ކޮށްފި

އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި ޗެލްސީގެ ކީޕަރު މާޓިނޭޒްގެ ދަތްދޮޅިއަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ވަނީ ކާމިޔާބު އޮޕަރޭޝަނެއް ކޮށްފައި. މި އަނިޔާގެ ސަބަބުން ކުރިއަށް ހުރި މުހިންމު މެޗުތަކެއް އޭނާއަށް ގެއްލޭނެތީ، ބަދަލުގައި ދެން ފެންނާނީ ޒުވާން ކީޕަރު މައިކް ޕެންޑާސް.

ކޯޗަކަށް ޝާކިއްޓެ، ވޯލްޑް ކަޕަށް ރާއްޖެ ސްކޮޑު ފައިނަލްކޮށްފި

މި މަހު އަޒަރުބައިޖާންގައި ބާއްވާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ވާދަކުރާ ރާއްޖޭގެ ޓީމުގެ ކޯޗަކަށް އަހުމަދު ޝާކިރު (ޝާކިއްޓެ) ހަމަޖައްސައި، މުބާރާތަށްދާ ސްކޮޑު ފައިނަލްކޮށްފި. ފީފާގެ ހުރިހާ މެމްބަރު ގައުމުތަކަށް ފުރުސަތު ދީގެން ކުރިއަށްގެންދާ މި މުބާރާތުގައި ރާއްޖެ ހިމެނެނީ ފްރާންސާއި ސައުތު އެފްރިކާ ފަދަ ގައުމުތަކާ އެކު އެއް ގްރޫޕެއްގައި

ސްޓްރާސްބޯ ބަލިކޮށް ޕީއެސްޖީ އަށް ޖެހިޖެހިގެން ހަ ވަނަ މޮޅު

ފްރެންޗް ލީގުގައި ރޭ ކުޅުނު މެޗުން ސްޓްރާސްބޯ އަތުން 3-1 އިން މޮޅުވެ، ޕީއެސްޖީން ހުރިހާ މުބާރާތެއްގައި ޖެހިޖެހިގެން ހަވަނަ މޮޅު ހޯދައިފި. ސްޓްރާސްބޯއިން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، ޕީއެސްޖީން މެޗުގެ ނަތީޖާ އަނބުރާލީ ފަހު 15 މިނެޓުގެ ތެރޭގައި ޖެހި ތިން ގޯލުން.

ބެޓިސް ބަލިކޮށް ބާސެލޯނާ ފަސްބެލުމެއްނެތި ކުރިއަށް

ސްޕެނިޝް ލީގުގައި ރެއާލް ބެޓިސް 5-2 އިން ބަލިކޮށް، ބާސެލޯނާ އިން ޖެހިޖެހިގެން ނުވަ ވަނަ މެޗުން މޮޅުވެ ތާވަލުގެ އެއްވަނައިގައި ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓައިފި. މި މެޗުގައި ބާސެލޯނާގެ ލަމީން ޔަމާލް، ރޮޑްރީ، ޖީސޫސް، އެރިކް ގާސިއާ އަދި އޮލްމޯ ލަނޑުތައް ކާމިޔާބުކުރި

Newsletter

Get the latest news delivered straight to your inbox