ޕްރެޝަރު ބޮޑުވެ ޕްރިމިއާ ލީގުގެ ކްލަބްތައް ޔޫރަޕިއަން ސުޕަ ލީގުން ވަކިވެއްޖެ

Apr 20, 2021, 10:24 PM
ޕްރެޝަރު ބޮޑުވެ ޕްރިމިއާ ލީގުގެ ކްލަބްތައް ޔޫރަޕިއަން ސުޕަ ލީގުން ވަކިވެއްޖެ

ލަންޑަން (އޭޕްރީލް 21) - އިނގިރޭސި ސަރުކާރާއި ސަޕޯޓަރުން އަދި ޔުއެފާގެ ޕްރެޝަރު އިންތިހާ އަށް ބޮޑުވުމާ އެކު ޔޫރަޕިއަން ސުޕަ ލީގުން ރަސްމީކޮށް ވަކިވާން އިނގިރޭސި ހަ ކްލަބުން ނިންމައިފި އެވެ.

މިދިޔަ އާދިއްތަ ދުވަހު ޔުއެފާ އާއި ފީފާ އިން އިންޒާރު ދެމުން ދަނިކޮށް ސުޕަ ލީގު އިއުލާނުކުރިއިރުގައި ފައުންޑަރުންގެ ގޮތުގައި ތިބި 12 ކްލަބްގެ ތެރޭގައި އިންގްލެންޑްގެ ހަ ކްލަބް ހިމެނެ އެވެ. އެއީ މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީ، ލިވަޕޫލް، ޗެލްސީ، ޓޮޓެންހަމް އަދި އާސެނަލް އެވެ.

ސުޕަ ލީގު ދޫކޮށްލިކަން އެންމެ ފުރަތަމަ ރަސްމީކޮށް އިއުލާނުކުރި ކްލަބަކީ ސިޓީ އެވެ. އޭގެ ފަހުން ދެން އޮތް ފަސް ކްލަބުން ވެސް ކުރީ އެވެ. ސުޕަ ލީގުގެ ޗެއާމަނަކަށް ހުރި ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް މިއަދު ވަނީ އެގްރީމެންޓްގައި ސޮއިކޮށްފައިވާ އެއްވެސް ކްލަބަކަށް ދެން ފަހަތައް ޖެހެން ފަސޭހަނުވާނެ ކަމަށް ވިދާޅުވެފަ އެވެ.

Advertisement

އެކަމަކު މެޑްރިޑްގެ އޮފިޝަލުންނާ ހަވާލާދީ ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ފައުންޑަރު މެމްބަރުންގެ ގޮތުގައި ތިބި ކްލަބްތަކުގެ މެޖޯރިޓީ އޭގެއިން ވަކިވެއްޖެނަމަ މުބާރާތް ޖެހޭނީ ހުއްޓާލާށެވެ. އެ ހިސާބުން އެ ޕްރޮޖެކްޓަށް ނިމުން އައީ އެވެ. ޕްރިމިއާ ލީގުގެ ކްލަބްތަކުން ރަސްމީކޮށް ސުޕަ ލީގުން ވަކިވިއިރު، ބާސެލޯނާ އާއި އެތުލެޓިކޯ މެޑްރިޑް ވެސް ވަރަށް އަވަހަށް ސުޕަ ލީގުން ވަކިވާނެ އެވެ. މިއާ އެކު ސުޕަ ލީގު ހުއްޓުމަކަށް އަންނާނެ އެވެ.

އާސެނަލްގެ ކުރީގެ ކޯޗު އަދި ފީފާގެ ގްލޯބަލް ޑިވެލޮޕްމަންޓްގެ ހެޑް އާސެން ވެންގާ މިރޭ ބީން ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ބުނީ ފުޓްބޯޅައިގެ އިތުރުން ކުޅިވަރުގެ ހުރިހާ އުސޫލަކާ ހިލާފަށް ހަދާފައިވާ މުބާރާތެއް ކުރިއަށް ނުދާނެކަން އޭނާ އަށް މާ ކުރިން ވެސް އެނގޭ ކަމަށެވެ. އަދި މި ލީގުގައި ބައިވެރިވި އިނގިރޭސި ކްލަބްތަކަށް ކޮންމެވެސް ފިޔަވަޅެއް އަޅަންޖެހޭ ކަމަށް ވެންގާ ގަބޫލުކުރެ އެވެ.

ސުޕަ ލީގުގެ ކަންތައްތަކާ އެންމެ އިސްކޮށް އުޅުނު ޔުނައިޓެޑްގެ އެގްޒެކްޓިވް ވައިސް ޗެއާމަން އެޑް ވުޑްވާޑް މި އަހަރަށް ފަހު މަގާމުން ވަކިވާނެ އެވެ. އެކަން އެ ކްލަބުން ވަނީ ރަސްމީކޮށް އިއުލާނުކޮށްފަ އެވެ.

ސުޕަ ލީގާ ދެކޮޅަށް ކްލަބްތަކުގެ ސަޕޯޓަރުން އެ ޓީމުތަކުގެ ހޯމް ސްޓޭޑިއަމް ބޭރުގައި މިއަދު އަޑުއުފުލައި ބެނާ ހަރުކުރުމުގެ އިތުރުން މުޒާހަރާކުރި އެވެ. އަދި އިނގިރޭސި ސަރުކާރުން ވެސް ވަނީ ސުޕަ ލީގާ ދެކޮޅަށް ޕްރިމިއާ ލީގުން އަޅާ ކޮންމެ ފިޔަވަޅަކަށް ތާއީދުކުރާނެ ކަމަށް ބުނެފަ އެވެ. ސުޕަ ލީގުގައި ބައިވެރިވި އެއްވެސް ޓީމެއްގެ ކޯޗެއް އެ އަށް ތާއީދުކޮށް ވާހަކަ ދައްކާފައިނުވެ އެވެ. ސުޕަ ލީގުގައި ބައިވެރިނުވާން ކްލަބްތަކުން ނިންމި ނިންމުމަށް ކުޅުންތެރިން ވަނީ މަރުހަބާ ކިޔައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox