ޓެކްސް ދައްކަން މީރާއިން ދީފައިވާ ލުއިތަކުގެ ސަބަބުން ދައުލަތުގެ އާމްދަނީ ހީނަރުވެދާނެ: އެސްއޯއީ ކޮމިޓީ

މީރާގެ މައި އިދާރާ: ކޮވިޑު ހާލަތާ ގުޅިގެން ޓެކްސް ދެއްކުން ފަސްކޮށް ވިޔަފާރިތަކަށް ފިޔަވަޅު އެޅުން ވަނީ މެދުކަނޑާލާފައި -- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

މީރާގެ މައި އިދާރާ: ކޮވިޑު ހާލަތާ ގުޅިގެން ޓެކްސް ދެއްކުން ފަސްކޮށް ވިޔަފާރިތަކަށް ފިޔަވަޅު އެޅުން ވަނީ މެދުކަނޑާލާފައި -- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން ޓެކްސް ދައްކަންޖެހޭ މުއްދަތު ފަސްކޮށް، ޓެކްސް ނުދައްކާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އެޅުން ހުއްޓާލުމުގެ ނޭދެވޭ އަސަރު ދައުލަތުގެ އާމްދަނީއަށް ކުރަމުން އަންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގެ ހޯދުންތަކުން ދައްކައިފި އެވެ.

އެސްއެމްއީތަކާ ގުޅިގެން އެސްއޯއީ ކޮމިޓީން ދިރާސާކުރަމުން އަންނަ މައްސަލައެއްގެ ރިޕޯޓުގައި ވަނީ، މީރާއިން ވިޔަފާރިތަކަށް ދީފައިވާ ލުއިތަކާއި އެ ލުއިތަކުގެ ސަބަބުން ދައުލަތުގެ އާމްދަނީއަށް ކުރަމުން އަންނަ އަސަރުތަކަށް އަލިއަޅުވާލައިފަ އެވެ.

އަދި މި ފިޔަވަޅުތަކުގެ ނާޖާއިޒު ފައިދާ ނެގުމުގެ ފުރުސަތު ބޮޑުވެ، ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާ ކުރި ވަރަށް އާމްދަނީ ނުލިބުމުގެ ފުރުސަތު އެބައޮތް ކަމަށް ރިޕޯޓުގައި ފާހަގަކުރި އެވެ.

ކޮވިޑް-19ގެ ސަބަބުން މީރާއިން ދިން ލުއިތައް

  • ބީޕީޓީ ދެއްކުން ފަސްކޮށް ދިނުން
  • އިންސްޓޯލްމަންޓުން ޓެކްސް ދެއްކޭނެ އިންތިޒާމް ހަމަޖެއްސުން
  • އެންފޯސްމަންޓް އެކްޝަން ނެގުން ހުއްޓާލުން
  • ޖޫރިމަނާތައް މައާފުކުރުން

އެސްއޯއީ ކޮމިޓީއަށް މީރާއިން މައުލޫމާތު ދީފައިވާ ގޮތުގައި، މި ފިޔަވަޅުތަކާއެކު މިދިޔަ އަހަރު އެ އިދާރާއިން އެއްވެސް ވިޔަފާރިއަކާ ދެކޮޅަށް ކޯޓަށް މައްސަލައެއް ހުށަހަޅާފައެއް ނުވެ އެވެ. އަދި ބޭންކު އެކައުންޓުތައް ފްރީޒްކުރުމާއި ސްކިޕް އެންޑް ޓްރޭސް މެދުކަނޑާލި އެވެ.

މީރާ އިން ބުނީ ގާނޫނުގެ ތެރެއިން ޓެކްސް ދެއްކުމުގައި ވިޔަފާރިތަކަށް ދެވެން ހުރި ހުރިހާ ލުއިތަކެއް 2020 ވަނަ އަހަރުގެ ތެރޭގައި ފޯރުކޮށް ދިން ކަމަށެވެ.

މީރާގެ ލުއިތަކާ ގުޅިގެން ކޮމިޓީގެ ކަންބޮޑުވުން

އެސްއޯއީ ކޮމިޓީގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މީރާއިން ދީފައިވާ ލުއިތަކުގެ ސަބަބުން ކޭޝްފްލޯގް މައްސަލަ ދިމާވެފައި ނުވާ ފަރާތްތަކުން ވެސް ޓެކްސް ދެއްކުން ފަސްކުރުމުގެ ފުރުސަތު އޮންނާނެ އެވެ. އަދި، ޖޫރިމަނާ ކުރުން މެދުކަނޑާލާފައި އޮތުމުގެ ސަބަބުން ޓެކްސް ނުދައްކާ މީހުން އިތުރުވެ ޓެކްސް ކޮމްޕްލަޔަންސް ދަށަށް ދާނެ އެވެ.

މިއީ ޓެކްސްއަށް މަކަރު ހަދާ ފަރާތްތަކަށް ވެސް ނަހަމަ ގޮތުގައި ބޭނުން ހިފުމުގެ ފުރުސަތު ބޮޑު ކަމެއް ކަމަށް ރިޕޯޓުގައި ފާހަގަކުރި އެވެ.

ރާއްޖޭގެ ޓެކްސް ނިޒާމަކީ ސެލްފް އެސެސްމަންޓް ނިޒާމެއް ކަމުން ޓެކްސް ކޮމްޕްލަޔަންސް ދެނެގަނެވެނީ މިހެން ކުރާ އޮޑިޓްތަކާއި މީރާގެ ރަސްމީ ސާވޭތަކުން ހޯދާ މައުލޫމާތުންނެވެ.

މާރުކޭޓުގައި ބަޔަކު ވިޔަފާރި ކުރަނީ: ޓެކްސް މުއްދަތުތައް ފަސްކުރި ނަމަވެސް ޓެކްސް އާމްދަނީ ހީކުރި ވަރަށް ވުރެ ރަނގަޅު -- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު
މާރުކޭޓުގައި ބަޔަކު ވިޔަފާރި ކުރަނީ: ޓެކްސް މުއްދަތުތައް ފަސްކުރި ނަމަވެސް ޓެކްސް އާމްދަނީ ހީކުރި ވަރަށް ވުރެ ރަނގަޅު -- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

މާރުކޭޓުގައި ބަޔަކު ވިޔަފާރި ކުރަނީ: ޓެކްސް މުއްދަތުތައް ފަސްކުރި ނަމަވެސް ޓެކްސް އާމްދަނީ ހީކުރި ވަރަށް ވުރެ ރަނގަޅު -- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ދައުލަތުގެ އާމްދަނީއާ ގުޅިގެން އެސްއޯއީ ކޮމިޓީގެ ކަންބޮޑުވުންތަކެއް ހުރި ނަމަވެސް، އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ މީރާއިން ބަލައިގަތް އާމްދަނީ އުޅެނީ އަންދާޒާތަކުން މަތީގަ އެވެ. ފުރަތަމަ ކުއާޓަރުގައި ޓެކްސް އާމްދަނީން އެކަނިވެސް 3.3 ބިލިއަން ރުފިޔާ ލިބުނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޒެޑެކްސްގެ ރީބްރޭންޑިންއަށް ކާމިޔާބު އަހަރެއް

ޒެޑެކްސް ރީބްރޭންޑްކުރި ފަހުން ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި، 200 އަށްވުރެ ގިނަ ދަރިވަރުންނަށް ރާއްޖެއިން ބޭރުން މަތީ ތައުލީމުގެ ފުރުސަތުތައް މުޅިން ހިލޭ ހޯދައިދީފައި. މި ކާމިޔާބީ ފާހަގަކުރުމަށް ޒެޑެކްސްއިން ހާއްސަ ގިވްއަވޭއެއް ކުރިއަށްގެންދާއިރު، ކުރިއަށް އޮތް އަހަރުތަކުގައި ދަރިވަރުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދޭނެ ކަމަށް ބުނޭ.

އައިކެއާ އިން އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންއެއް

ބައިނަލްއަޤްވާމީ ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް ވިލިމާލެ ޕޮލިހުން ބޭއްވި "إސްރަށްވެހިންގެ އުފާ" ހަރަކާތުގައި، އައިކެއާ ހޮސްޕިޓަލުން ވަނީ އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންގއެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގެ މަގްސަދަކީ ދުވަސްވީ މީހުންގެ ލޮލުގެ ސިއްހަތަށް ހޭލުންތެރިކަން އިތުރުކުރުމާއި، ގަވާއިދުން ލޯ ޗެކްކުރުމުގެ މުހިންމުކަން އަންގައިދިނުމެވެ.

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފްތިތާހުކޮށްފި

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފުތިތާހުކޮށް، ވިޔަފާރިތަކަށް ހޯލްސޭލްކޮށް މުދަލަށް އޯޑަރު ދިނުމާއި ލައިވް ސްޓޮކް ބަލައިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ. މި ވެބްސައިޓް މެދުވެރިކޮށް އޯޑަރުކުރާ މުދާ މާލެ އާއި ހުޅުމާލެއަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، އަތޮޅުތެރޭގެ ބޯޓުފަހަރަށް ވެސް ޑެލިވަރީކޮށްދޭ.

ޓީޖީއެސްޓީ އުސޫލު ބަދަލުކުރާތީ މަޓާޓޯއިން މަރުހަބާކިޔައިފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓީޖީއެސްޓީ ނަގާ ގޮތަށް އޮތް އުސޫލު ބަދަލުކުރަން ސަރުކާރުން ނިންމުމުން މަޓާޓޯއިން މަރުހަބާ ކިޔައިފި. މި ބަދަލަކީ ޓޫރިޒަމް ދާއިރާގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ރާއްޖެއަކީ ބައިނަލްއަގުވާމީ މާކެޓުގައި ވާދަވެރި މަންޒިލެއްގެ ގޮތުގައި ބޭއްވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ޖަމިއްޔާއިން ދެކޭ.

ހުރިހާ ދިވެހިންގެ ރިސޯޓުތައް ވާނީ ބޮޑު ބަދަލަކަށް: ޗަމްޕާ އަފީފު

ސަރުކާރުން އިޢުލާނުކޮށްފައިވާ "ހުރިހާ ދިވެހިން ހިއްސާވާ 10 ރިސޯޓު" މަޝްރޫއަކީ އާންމު ރައްޔިތުންނަށް ޓޫރިޒަމްގެ މަންފާ ސީދާ ގޮތެއްގައި ލިބިގެންދާނެ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއިރު، ސަރުކާރުން މިހާރު ދަނީ މި ރިސޯޓުތައް ތަރައްޤީކުރާނެ ރަށްތައް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން.

ގުދުރަތީ ދިރުންތަކާއި ސަގާފަތަށް ހާއްސަ ފުރަތަމަ މަޖައްލާ ނެރެފި

މި މަޖައްލާގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ، މިއީ ރާއްޖޭގައި މިހާތަނަށް އެންމެ މީހަކު ހުރިހާ އާޓިކަލްތަކެއް ލިޔެ ޝާއިއުކޮށްގެން ނެރޭ ފުރަތަމަ މަޖައްލާއަށް ވުމެވެ. މަޖައްލާގެ ފައުންޑަރު އަދި ލިޔުންތެރިޔާ ޔާސިރު ސާލިހަކީ ރާއްޖޭގެ ރަށްތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދޭ ވެބްސައިޓެއް ކަމަށްވާ މޯލްޑިވްސް މައި އައިލެންޑްސްގެ ވެސް ބާނީ އެވެ.

ޓީޗަރުންނަށް ޕްރިމިއަމް ޓަޗުން ޑިސްކައުންޓް

މި އަހަރުގެ ޓީޗަރުންގެ ދުވަހާ ގުޅުވައިގެން ޕްރިމިއަމް ޓަޗުން ވިއްކާ ސެންޓާއި ކޮސްމެޓިކްސް ފަދަ ތަކެތިން ޓީޗަރުންނަށް ޚާއްސަ ޑިސްކައުންޓެއް ދިނުމަށް ވަނީ ނިންމާފައެވެ. މި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި އޮފާގެ ދަށުން، ޓީޗަރުންގެ ކާޑު ދެއްކުމުން މާލެ އަދި ހުޅުމާލޭގެ ފިހާރަތަކުން ޑިސްކައުންޓް ލިބޭނެއެވެ.

Newsletter

Get the latest news delivered straight to your inbox