"މެޑަލް ހޯދުމަށް ވުރެ ދިފާއުކުރަން އުނދަގޫވާނެ"

ސައުތު އޭޝިއަން ގޭމްސްގެ ބީޗްވޮލީބޯޅަ އިވެންޓުގެ ތެރެއިން.- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

ސައުތު އޭޝިއަން ގޭމްސްގެ ބީޗްވޮލީބޯޅަ އިވެންޓުގެ ތެރެއިން.- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

ކުޅުމުގެ ކެރިއަރުގައި ވެސް އެންމެ އުނދަގޫކަމަކަށްވީ ތަށި ދިފާއުކުރުން ކަމަށާއި އެ ވިސްނުމުގައި ބަލާއިރު، ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ރައީސަކަށް އައިސް ކުރަން ޖެހިފައިވާ މަސައްކަތުގެ ތެރެއިން އުނދަގޫ ކަމަކަށް ވާނެ އެއް ކަމަކީ މެޑަލް ދިފާއުކުރުން ކަމަށް ވީއޭއެމްގެ ރައީސް މުހައްމަދު ރަނޭޝް (ރަނޭ) ވިދާޅުވެއްޖެ އެވެ.

ވޮލީ ފިިރިހެން ގައުމީ ޓީމުން ވަނީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުން ރިހި އަދި ލޯ މެޑަލް ހޯދައިފަ އެވެ. ގައުމީ އަންހެން ވޮލީ ޓީމުން ވެސް ވަނީ ސެންޓްރަލް ޒޯން އަންހެން މުބާރާތުން ރިހި މެޑަލް ގެނެސްފަ އެވެ. މީގެ އިތުރުން އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އިން ބީޗް ވޮލީބޯޅަ ޓީމު ވެސް ދާދި ފަހުން ވަނީ ރިހި މެޑަލް ގެނެސްފަ އެވެ.

"އިންޑިވިޖުއަލީ ބަލައިފިއްޔާ އަޅުގަނޑުމެންގެ އަންހެން ޓީމު ވެސް އަދި ފިރިހެން ޓީމު ވެސް އެބަތިބި މި ރީޖަންގައި ތަފާތު މޮޅު ކުޅުންތެރިއެއް. އަޅުގަނޑުމެންގެ ފިރިހެން ޓީމަކީ މެޑަލް ހޯދަމުން އަންނަ ޓީމެއް. އަންހެން ޓީމަކީ މެޑަލް ހޯދާފައި އޮތް ޓީމެއް. އަޅުގަނޑަށް މިހާރު ކުރަން ޖެހިފައި އޮތް މަސައްކަތަކަށްވާނީ ހަގީގަތުގައި މެޑަލް ދިފާއުކުރުން،" ދާދި ފަހުން "އަދަދު" އަށް ދެއްވި އިންޓަވިއުއެއްގައި ރަނޭ ވިދާޅުވި އެވެ.

"އަޅުގަނޑު ކުޅުނުއިރުގައި ވެސް މެޑަލް ދިފާއު ކުރުމަކީ އެހާ ފަސޭހަކަމެއް ނޫން. އެހެންވީމަ މެޑަލް ދިފާއުކުރަން ކުރަންޖެހޭ މަސައްކަތަކީ މެޑަލް ހޯދަން ކުރަން ޖެހޭ މަސައްކަތަށް ވުރެ ބުރަ މަސައްކަތެއް. ދެން މީގަ އަަޅުގަނޑަށް އެންމެ މުހިއްމު ވަނީ ކޮންސިސްޓެންސީ،"

ވީއޭއެމްގެ ރައީސް ރަނޭ އަދަދު އަށް އިންޓަވިއުދެނީ.

ރަނޭ ވިދާޅުވީ ސެންޓްރަލް ޒޯން މިހާރު ދެ ބަޔަކަށް ބެހިފައި އޮންނައިރު، ރާއްޖެ މި ހިމެނޭ ބީ ގްރޫޕްގައި އޮތް ބަންގްލަދޭޝް އާއި ނޭޕާލަށް ވުރެ ރާއްޖެ މޮޅު ކަމަށެވެ. އެކަމަކު އަންހެން ވޮލީގައި ނޭޕާލް ތަންކޮޅެއް ވަރުގަދަކަން ގަބޫލުކުރާ ކަމަށެވެ.

"އެކަމަކު އަޅުގަނޑުމެންނަށް (އަންހެން ވޮލީ ޓީމަށް) އެ ހިސާބަށް ދެވޭ ވަރުގެ ޓެލެންޓެޑް (ހުނަރުހުރި) ކުޅުންތެރިން އެބަތިބި. ބޭނުންވަނީ އެ ކުޅުންތެރިންނަށް ފުރުސަތު. އެ މަސައްކަތް ރެޔާއި ދުވާލު ކުރެވިއްޖިއްޔާ އެ މެޑަލް ގޯލްޑަކަށް ބަދަލުކުރުމަކީ ވެސް ދުރުގައި އޮތް ކަމެއް ނޫން،" ރަނޭ ވިދާޅުވި އެވެ.

ރާއްޖޭގައި 2023 ވަނަ އަހަރު ބާއްވަން މަސައްކަތްކުރި އައިއޯއައިޖީ މިހާރު އެ އަހަރު ބާއްވާނީ މަޑަގަސްކަރާގަ އެވެ. ރަނޭ ވިދާޅުވީ އެ އަށް ތައްޔާރުވާއިރު ބީޗް ވޮލީބޯޅަ ޓީމުން އެންމެ ފަހުން ހޯދި ކާމިޔާބީ އެހެން ލެވަލަކަށް ގެންދެވޭތޯ ބެލުން ވެސް މުހިއްމު ކަމަށެވެ.

"އައިއޯއިޖީގައި އަޅުގަނޑުމެންގެ މައިގަނޑު މަސައްކަތަކަށް ވާނީ އެހެން ގައުމުތަކުން އެ ކުރާ މަސައްކަތުގެ ޑަބަލް އަޅުގަނޑުމެން ކުރުން. މި ވަގުތު އަޅުގަނޑުމެންނަށް އެ މަސައްކަތެއް ނުުކުރެވޭ. އެހެންވީމަ އަޅުގަނޑުމެން އެބަޖެހޭ އެހެން ގައުމުތަކުން ކުރާ މަސައްކަތުގެ ދެ ގުނަ މަސައްކަތްކުރަން ކޮށްގެން ކާމިޔާބަަކަށް ދެވޭނީ،" ރަނޭ ވިދާޅުވި އެވެ.

ވީއޭއެމްގައި އެންމެ ފަހުން އޮތް ލީޑަޝިޕުގައި ދިމާވި އެކި ކަހަލަ މައްސަލަތަކުގެ ސަބަބުން ގައުމީ ވޮލީބޯޅަ ޓީމުތަަކަށް ވެސް ކޮންމެ ވެސް ވަރެއްގެ އަސަރުތަކެއްް ކޮށްފައިވެ އެވެ. އެކަން ބައެއް ފަހަރު ބައިނަލްއަގުވާމީ މުބާރާތްތައް ކަވަރުކުރަން ދިޔަ މީޑިއާތަކަށް ވެސް ކުޅުންތެރިން ހިއްސާކޮށްފައިވެ އެވެ.

ރަނޭ ވެސް ވަނީ ވީއޭއެމްގެ ހިންގުމުގެ އެ ފަދަ މައްސަލަތަކުގެ ސަބަބުން ކުުޅުންތެރިންނަށް ވެސް އޭގެ އަސަރުކޮށްފައިވާ ކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑުމެންގެ އެސޯސިއޭޝަން މިދިޔަ ހަތަރު އަހަރު މިދިޔައީ ވަރަށް ހަލަބޮލި މާހައުލެއްގައި. ހަގީގަތުގައި އޭގެ ސަަބަބުން އެއީ މެނޭޖްމަންޓްގައި ހިނގި ކަމެއް ވިޔަސް އެ ކުޅުންތެރިންނަށް މެންޓަލީ ވަރަށް ދަތިތަކެއް އަންނާނެ. އަޅުގަނޑުގެ މަގުސަދަކަށްވާނެ އެ ކޮންސިސްޓެންސީ ހިފެހެއްޓުމާ އަބަދުވެސް އެއް މަންޒިލަކަށް ދަތުރުކުރުން އެންމެން،" ރަނޭ ވިދާޅުވި އެވެ.

ކުރީގެ ގައުމީ ޓީމުގެ ކެޕްޓަން އަދި ވީއޭއެމްގެ މިދިޔަ ދައުރުގައި ސީނިއާ ނައިބު ރައީސެއްގެ މަގާމު އަދާކުރި ރަނޭ ވަނީ ވޮލީ ކްލަބްތަކާއި ކުޅުންތެރިންނަށް ދެމެހެއްޓެނިވި ގޮތެއްގައި ވޮލީން މަންފާކުރާނެ ގޮތެއް ހޯދައި ވޮލީގެ ހިންގުމުން ތަފާތެއް ދައްކާނެ ކަމަށް ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox