މެސީ އަށް އާ ކޮންޓްރެކްޓެއް ދޭނީ ބާސެލޯނާގެ ހާލަތު ދިރާސާކޮށްފައި

Apr 19, 2021, 3:44 PM
މެސީ އަށް އާ ކޮންޓްރެކްޓެއް ދޭނީ ބާސެލޯނާގެ ހާލަތު ދިރާސާކޮށްފައި

ބާސެލޯނާ (އޭޕްރީލް 19) - ބާސެލޯނާ އިން އެ ޓީމުގެ ތަރި ލިއޮނަލް މެސީ އަށް ބޮޑު މުސާރައާ އެއްކޮށް އާ ކޮންޓްރެކްޓެއް ދޭނީ ކްލަބްގެ މާލީ ހާލަތު ފުރިހަމަ އަށް ދިރާސާކޮށް ނިމުމަށް ފަހު ކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މި ސީޒަނަށް ފަހު މެސީ ބާސެލޯނާއާ އެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނެ އެވެ. މެސީ އެ ކްލަބާ އެކު 2017 ވަނަ އަހަރު ހަދާފައިވާ ކޮންޓްރެކްޓް ދާދި ފަހުން މީޑިއާގައި ލީކްކޮށްލުމާ އެކު އޭނާ ދެން އެ ޓީމާ އެކު އާ އެއްބަސްވުމެއް ނަހަދާނެ ކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެ އެވެ. އެކަމަކު މިދިޔަ އާދިއްތަ ދުވަހު ބޭއްވި ބާސެލޯނާގެ އިންތިހާބު ކާމިޔާބުކޮށް ޖޮއާން ލަޕޯޓާ ރައީސްކަމަށް އިންތިހާބުވުމުން މެސީ އެ ކްލަބްގައި މަޑުކުރުމުގެ ފުރުސަތު ބޮޑުވެފައިވާ ކަމަށް ބާސެލޯނާގެ އޮފިޝަލުންނާ ހަވާލާދީ ސްޕެއިނުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވެ އެވެ.

އެކަމަކު މިހާތަނަށް ރަސްމީކޮށް ބާސެލޯނާ އިން އުމުރުން 33 އަހަރުގެ މެސީ އަށް އާ ކޮންޓްރެކްޓެއް ހުށަހަޅާފައިނުވެ އެވެ. އެކަމާ ބެހޭގޮތުން ބާސެލޯނާގެ އޮފިޝަލަކާ ހަވާލާދީ ސްޕެއިނުގެ މާރްކާ އިން ރިޕޯޓްކުރާގޮތުގައި ސީޒަން ނިމުމުގެ ކުރިން ބާސެލޯނާގެ މާލީ ހާލަތު އެއްކޮށް ދިރާސާކޮށް ނިމޭނެ ކަމަށާއި އެއާ އެކު މެސީ އަށް ރަނގަޅު ފެންވަރުގެ ކޮންޓްރެކްޓެއް ހުށަހަޅާނެ ކަމަށެވެ.

Advertisement

ދާދި ފަހުން ބާސެލޯނާ އިން ސްޕެނިޝް ކަޕް ކާމިޔާބުކުރި މެޗަށް ފަހު އެ ކްލަބްގެ ރައީސް ލަޕޯޓާ ވިދާޅުވީ ކާމިޔާބީ ލިބޭނަމަ މެސީ ހުންނާނީ ބާސެލޯނާގައި ކަމަށެވެ.

މިދިޔަ އަހަރު ލީކުވި މެސީ އެންމެ ފަހުން ބާސެލޯނާއާ އެކު ހެދި ކޮންޓްރެކްޓްގައިވާ ގޮތުން މެސީ އަށް އެ ޓީމުން ޖުމްލަ އެއްކޮށް އަހަރަކު ބާސެލޯނާ އިން ލިބޭ ފައިނޭންޝިއަލް ޕެކޭޖްގެ އަގަކީ 166 މިލިއަން ޑޮލަރެވެ. ބާސެލޯނާގެ ދަރަނިތައް ހުރިގޮތުން މެސީ އަށް ކުރިން ލިބޭ މުސާރަ ދެން ނުލިބިދާނެ ކަމަށް މީގެ ކުރިން ވަނީ އެ ކްލަބްގެ އޮފިޝަލުން ބުނެފަ އެވެ. އެކަމަކު ލަޕޯޓާ ވަނީ މެސީ އަށް ނޫނެކޭ ނުބުނެވޭވަރުގެ ކޮންޓްރެކްޓެއް ދީ އޭނާ އެ ކްލަބްގައި ބެހެއްޓޭނެ ފެންވަރު އެބަހުރި ކަމަށް ބުނެފަ އެވެ.

މިދިޔަ ޖެނުއަރީ މަހު ނެރުނު ރިޕޯޓްތަކަށް ބަލާއިރު، ބާސެލޯނާގެ ޖުމްލަ ދަރަނީގެ އަދަދަކީ 1.173 ބިލިއަން ޔޫރޯ (1.4 ބިލިއަން ޑޮލަރު) އެވެ. ރިޕޯޓްތައް ބުނާ ގޮތުން އެ ދަރަނީގެ ތެރެއިން ދެ އަހަރުތެރޭގައި ބާސެލޯނާ އިން ދައްކަން ޖެހޭ ލޯންތަކާއި އެ ނޫން ވެސް ފައިސާގެ އަދަދު 550 މިލިއަން ޑޮލަރާ ގާތްކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox