ނަޝީދު ވިދާޅުވީ ނިޒާމު ބަދަލުކުރުމުގެ ކޮންމެ މަޝްވަރާއެއް ގުޅެނީ ރައްޔިތުންގެ ވޯޓާ ކަމަށް

މަޖިލީހުގެ ރައީސް ނަޝީދު: ނިޒާމް ބަދަލު ކުރެވޭނީ ރައްޔިތުންގެ ވޯޓަކުން ކަމާމެދު ޝައްކެއް ނެތް ކަަމަށް ވިދާޅުވި - ފޮޓޯ: ހުސެއިން ވަހީދު | އަދަދު

މަޖިލީހުގެ ރައީސް ނަޝީދު: ނިޒާމް ބަދަލު ކުރެވޭނީ ރައްޔިތުންގެ ވޯޓަކުން ކަމާމެދު ޝައްކެއް ނެތް ކަަމަށް ވިދާޅުވި - ފޮޓޯ: ހުސެއިން ވަހީދު | އަދަދު

ވެރިކަން ކުރާ ނިޒާމް ބަދަލުކުރާނީ، ރައްޔިތުންގެ ވޯޓަކުން ކަމާމެދު ޝައްކެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ނަޝީދު މިހެން ވިދާޅުވެ، ޓްވީޓް ކުރެއްވީ، ރައްޔިތުންގެ ވޯޓަކަށް ނުގޮސް ނިޒާމް ބަދަލުނުކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ދެއްވާފައިވަނިކޮށެވެ.

"ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ބަދަލު ގެނެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމާމެދު ޝައްކެއް ނެތް،" ނަޝީދުގެ ޓްވީޓްގައި ވިދާޅުވި އެވެ. "ނިޒާމު ބަދަލު ކުރުމުގެ ކޮންމެ މަޝްވަރާއަކީ އަދި ކޮންމެ މަސައްކަތަކީ ފެންނަ ނުފެންނަ ވޯޓާ ގުޅޭ ކަންކަން،"

ނަޝީދު، އިއްޔެ ރައީސަށް ފޮނުއްވި މެސެޖާ ގުޅިގެން ރައްޔިތުންގެ ރުހުމެއް ނެތި، މަޖިލީހުގައި އެމްޑީޕީއަށް ލިބިފައިވާ ސުޕަ މެޖޯރިޓީ ބޭނުންކޮށްގެން ނިޒާމު، ބަރުލަމާނީއަށް ފުރޮޅާލުމަކީ ގާތް ކަމެއް ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ކަންބޮޑުވެފަ އެވެ. އޭގެ ތެރޭގައި ކުރީގެ ރައީސުންނާއި މަޖިލިސް މެންބަރުން ހިމެނިވަޑައިގަންނަވަ އެވެ.

ރައީސަށް، ނަޝީދު އިއްޔެ ފޮނުއްވި މެސެޖުގައި ސާފުކޮށް ވިދާޅުވެފައި އޮތީ ވެރިކަމުގެ މި ދައުރު ނިމެންދެން ވެސް އެއްފަރާތްވެވަޑައިގެން އެމަނިކުފާނު ހުންނަވަން ބޭނުންފުޅު ނުވާ ކަމަށެވެ. ބޮޑުވަޒީރުގެ ގޮތުގައި ގައުމު ހިންގަވަން ފުރުސަތު ދެއްވަން ސާފުކޮށް އެދިވަޑައިގެންފައިވެ އެވެ.

ނަޝީދު ހުށަހެޅުއްވީ 2023ގެ ފެބުރުއަރީ މަހުގެ ތެރޭގައި ވެރިކަމުގެ ނިޒާމް ބަދަލުކޮށް މަޖިލީހުން ސަރުކާރު އެކުލަވާލުމަށެވެ. އަދި އާ ސަރުކާރެއް ހޮވުމުގެ ރިޔާސީ އިންތިހާބު އެ އަހަރު ނުބޭއްވުމަށް ވެސް އެދިވަޑައިގަތެވެ. ޖެހިގެން އަންނަ 2024ގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށްދާ އިރު ގާނޫނުގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުމަށް ވެސް އެމަނިކުފާނު ހުށަހެޅުއްވި އެވެ.

އެ މެސެޖު ރައީސަށް ލިބިވަޑައިގެންނެވިކަން ކަށަވަރުކޮށް ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މަބުރޫކު އަޒީޒު ވިދާޅުވި ގޮތުގައި، އެކަމަކުގައި ރައީސް ދެކެވަޑައިގަންނަވާ ގޮތަކީ، މިހާރު އަމަލުކުރަމުންދާ ވެރިކަމުގެ ނިޒާމަކީ ރައްޔިތުންގެ ސީދާ ވޯޓަކުން އަމަލުކުރުމަށް ނިންމާފައިވާ ގޮތެއް ކަމަށް ވާތީ މިކަމަށް ބަދަލެއް ގެނެވޭނީ އާއްމު ރައްޔިތުންގެ ވޯޓަކުންނެވެ.

ނަޝީދު، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެމްޑީޕީގެ "ޚަބަރު ސިޓީ"އަށް ލިއުއްވާފައިވާ ގޮތުގައި ރައީސް ސޯލިހްގެ ދެ ވަނަ ދައުރު ލިބުމުގެ އެންމެ ކަށަވަރު މަގަކީ ވެސް ބަރުލަމާނީ ނިޒާމެވެ. އަދި ކުރިއަށް އޮތް 10 އަހަރު އެމްޑީޕީއަށް، ރާއްޖޭގެ ރައްޔިތުންނަށް ހިދުމަތް ކޮށްދެވެން އޮތް ނިޒާމަކީ ވެސް އެއީ ކަަމަށް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމް ކަނޑައެޅުމަށް ސިއްރު ވޯޓެއް ނެގީ އޮގަސްޓް، 18، 2007 ގަ އެވެ. އެ ވޯޓުގައި ރިޔާސީ ނިޒާމަށް 95،619 މީހުން ވޯޓު ދިނެވެ. ބަރުލަމާނީ ނިޒާމަކަށް ވޯޓު ދިނީ 58،504 މީހުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލޯ ޑިގްރީ އިމްތިހާނަށް މާލެ އަންނާކަށް ނުޖެހޭނެ: ބާ ކައުންސިލް

ލޯ ޑިގްރީގެ އިމްތިހާނުތައް ހެދުމަށް މާލެއަށް ނުވަތަ ވަކި ހާއްސަ ރަށަކަށް ހާޒިރުވުން ލާޒިމު ނޫން ކަމަށާއި، ދަރިވަރުން ދިރިއުޅޭ ރަށެއްގެ ސްކޫލް ނުވަތަ ކައުންސިލް މެދުވެރިކޮށް އިމްތިހާނު ހެދޭނެ މަގު ބާ ކައުންސިލުން ފަހިކޮށްދީފިއެވެ. އަންނަ އަހަރުން ފެށިގެން އަމަލުކުރާ މި އުސޫލުގެ ދަށުން އިމްތިހާނު ހަދާ ގޮތަށް ބަދަލު އައި ނަމަވެސް، ކޯހުގެ މަންހަޖާއި ކިޔަވައިދޭ މުއްދަތަށް އެއްވެސް ބަދަލެއް ނާންނާނެއެވެ.

ތަރައްގީގެ އެއްވެސް ކަމެއް ކުރުމަށް ލާރިއެއް ނެތް: ޝާކިރު

އަންނަ އަހަރުގެ ބަޖެޓުގައި ރިކަރަންޓް ހަރަދަށް ކެނޑުމަށްފަހު ތަރައްގީގެ މަޝްރޫއުތަކަށް ފައިސާ ނެތް ކަމަށް ވިދާޅުވެ މެންބަރު އަހުމަދު ޝާކިރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ ދައުލަތުގެ އާމްދަނީގެ ބޮޑުބައެއް ހަރަދުވަނީ ރިކަރަންޓް ކަންކަމަށް ކަމަށާއި، މަޝްރޫއުތައް ހިންގަން ޖެހެނީ އިތުރަށް ދަރަނި ނަގައިގެން ކަމަށެވެ. މީގެ އިތުރުން ސަރުކާރު ކުންފުނިތަކުން ބޮޑެތި ގެއްލުންވަމުންދާ ދިއުމަށްވެސް އޭނާ ވަނީ ފާޑުވިދާޅުވެފައެވެ.

"ސިޓިޒަންސް ކޮމްޕްލެއިންޓްސް" ލައުންޖުތަކެއް ގާއިމުކޮށްފި

ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް ސަރުކާރަށް ހުށަހެޅުމަށްޓަކައި މާލެ އާއި ހުޅުމާލޭގައި "ސިޓިޒަންސް ކޮމްޕްލެއިންޓްސް" ބިއުރޯގެ ދެ ލައުންޖެއް މިއަދު ވަނީ ހުޅުވައިފައެވެ. ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ޚިދުމަތް ދޭ މި އޮފީސްތަކަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދަށުން ހިންގާ، ރައްޔިތުންގެ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ގާއިމުކުރި ތަންތަނެވެ.

ރިއަލް އެސްޓޭޓު ބިލު މަޖިލީހަށް ބަލައިގަނެފި

މި ބިލު ބަލައިގަންނަން ވޯޓު ދިނީ 42 މެންބަރުން. ބިލާ ދެކޮޅަށް ވޯޓު ދެއްވީ އެމްޑީޕީގެ 13 މެންބަރުން. މި ބިލު ދިރާސާކުރާނީ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން. މިއީ ގާނޫނުއަސާސީގެ ހިމާޔަތްތައް ނައްތާލައި، ތާއަބަދަށް ނުވަތަ ހުސްނުވާ ގޮތަށް ބޭރު މީހުންނަށް ބިން މިލްކުކުރެވޭނެ ގޮތް ހެދުމަށް އިންތިޒާމުތަކެއް ހިމަނާފައިވާ ބިލެއް

ބޮޑެތި ޖޫރިމަނާތަކެއް ހިމަނާފައިވާ އަބުރުގެ ބިލު ކޮމިޓީއަށް

ސޯޝަލް މީޑިއާގައި މީހެއްގެ އަބުރާ ބެހޭ ފަދަ ޕޯސްޓެއް ހިއްސާކޮށްފިނަމަ 5 ލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ހުށަހެޅި އަބުރުގެ ބިލު މަޖިލީހަށް ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފިއެވެ. މި ބިލުގައި ބަހާއި، ފޮޓޯއާއި، އިޝާރާތް އަދި ފިލްމު ފަދަ ވަސީލަތްތައް މެދުވެރިކޮށް އަބުރާ ބެހުމުގެ ދައުވާ ކުރެވޭނެ ގޮތްތައް ބަޔާންކޮށްފައިވެއެވެ.

މަރުގެ އަދަބު ތަންފީޒު ކުރާ ބިލު ބަލައިގެންފި

ދަންޖައްސައިގެން މަރުގެ އަދަބު ތަންފީޒުކުރާ ގޮތަށް ސަރުކާރުން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގެންފިއެވެ. މި ބިލުގައި މަރުގެ އަދަބު ތަންފީޒުކުރާނެ ގޮތާއި، އެކަން ހިންގާނެ ޕެނަލެއް އެކުލަވާލުމުގެ އިތުރުން، ބަލިވެއިނުމާއި ދަރިފުޅަށް ދެ އަހަރު ފުރުން ފަދަ އަދަބު ތަންފީޒުނުކުރެވޭނެ ހާލަތްތައް ބަޔާންކޮށްފައިވެއެވެ.

ތިން ކުންފުންޏެއްގެ މަނީ އެކްސްޗޭންޖު ލައިސަންސް ބާތިލްކޮށްފި

މަނީ ޗޭންޖިން ގަވާއިދާ ތަކުރާރުކޮށް ހިލާފުވި ތިން ކުންފުންޏެއްގެ ލައިސަންސް އެމްއެމްއޭ އިން ބާތިލުކޮށް، އެ ކުންފުނިތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފިއެވެ. މި ފިޔަވަޅަކީ ބޭރު ފައިސާގެ ބާޒާރު ކޮންޓްރޯލްކޮށް، ގަވާއިދާ ހިލާފު މުއާމަލާތްތައް ހުއްޓުވުމަށް އެމްއެމްއޭ އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅި ފިޔަވަޅެކެވެ.

Newsletter

Get the latest news delivered straight to your inbox