ކޮވިޑުން ރަނގަޅުވެފައިވާ މީހުންނަށް އަލުން ބަލި ޖެހޭތޯ ބަލަން ދިރާސާ ކުރަނީ

ކޮވިޑު ޖެހިގެން ހާލު ދެރަވެފައިވާ މީހަކަށް ފަރުވާ ދެނީ. މި ބަލީގައި ހާލު ދެރަވާ މީހުންނަށް ފަރުވާ ދޭން ޖެހެނީ ވެންޓިލޭޓަރުގެ އެހީގައި.-- ފޮޓޯ: ގެޓީ އިމޭޖަޒް

ކޮވިޑު ޖެހިގެން ހާލު ދެރަވެފައިވާ މީހަކަށް ފަރުވާ ދެނީ. މި ބަލީގައި ހާލު ދެރަވާ މީހުންނަށް ފަރުވާ ދޭން ޖެހެނީ ވެންޓިލޭޓަރުގެ އެހީގައި.-- ފޮޓޯ: ގެޓީ އިމޭޖަޒް

ކުރިން ކޮވިޑު ޖެހިފައިވާ މީހުންނަށް އަލުން މި ބަލި ޖެހޭތޯ ބެލުމަށާއި، ބަލި ޖެހިއްޖެ ނަމަ ހަށިގަނޑުގެ ދިފާއީ ނިޒާމު މަސައްކަތް ކުރާ ގޮތް ދެނެގަންނަން އިނގިރޭސި ވިލާތުގެ ސައިންސްވެރިން ދިރާސާއެއް ފަށައިފި އެވެ.

މި ދިރާސާގެ ބައިވެރިންނަކީ ކުރިން ކޮވިޑު ޖެހި ރަނގަޅުވެފައިވާ މީހުންނެވެ. ދިރާސާ ކުރިއަށް ގެންދާނީ މި ބަލި ޖައްސާ ކޮރޯނާވައިރަހަށް އެ މީހުން "އެކްސްޕޯޒް" ކޮށްގެންނެވެ.

މިފަދަ "ޗެލެންޖު ޓްރަޔަލް" ދިރާސާތަކަށް އެންމެ ފުރަތަމަ ހުއްދަ ދިން ގައުމަކީ އިނގިރޭސި ވިލާތެވެ. މިދިޔަ ފެބްރުއަރީ މަހު އެ ގައުމުން ބުނީ ދިރާސާގައި ބައިވެރިވާ ވޮލަންޓިއަރުންގެ އިއުތިރާޒެއް ނެތް ނަމަ އެ މީހުން ވައިރަހަށް "އެކްސްޕޯޒް" ކުރެވިދާނެ ކަމަށެވެ. މީގެ ބޭނުމަކީ ކޮވިޑާ ގުޅޭ އާ މައުލޫމާތު ހޯދުމެވެ.

އޮކްސްފޯޑް ޔުނިވާސިޓީގެ ވެކްސިނޮލޮޖިސްޓު އަދި ދިރާސާގެ ޗީފް އިންވެސްޓިގޭޓަރު ހެލެން މެކްޝޭން ވިދާޅުވީ މި ދިރާސާގެ ސަބަބުން ރަނގަޅު ވެކްސިނާއު ފަރުވާ އުފައްދަން އެހީވެދޭނެ ކަމަށާއި އަދި ކޮވިޑު ޖެހިއްޖެ ނަމަ ރައްކާތެރިކަމެއް ލިބޭތޯ ބެލޭނެ ކަމަށެވެ.

މީގެ އިތުރުން ރައްކާތެރިކަމެއް ލިބޭ ނަމަ އެއީ ކިހާ މުއްދަތަކަށްތޯ ބެލުމުގެ ފުރުސަތު ވެސް މި ދިރާސާއިން ފަހިކޮށްދެ އެވެ.

މީގެ ކުރިން މެލޭރިއާ، ފްލޫ، ޓައިފޮއިޑް އަދި ކޮލެރާ ފަދަ ބޮޑެތި ބަލިތަކާ ދެކޮޅަށް ފަރުވާ އާއި ވެކްސިން އުފައްދަން "ޗެލެންޖް ޓްރަޔަލް" ދިރާސާތައް ކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑިމޮކްރެޓުންގެ މެޖޯރިޓީން އީރާން ހަނގުރާމަ ހުއްޓުވޭތަ؟

އެމެރިކާގެ މިޑްޓާމް އިންތިހާބުގައި ކޮންގްރެސްގެ ދެ ގޭގެ އަގުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާ ގުޅިގެން، ރައީސް ޓްރަމްޕްގެ ސިޔާސަތުތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެއެވެ. މީގެ ތެރޭގައި އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައަށް ހުރަސްއެޅުމާއި، ތަކެތީގެ އަގުބޮޑުވުން ހުއްޓުވުމަށް ޑިމޮކްރެޓުން ބާރުއަޅާނެއެވެ. ނަމަވެސް، ކޮންގްރެސްގެ ހުއްދައާ ނުލައި ރައީސަށް ކުރެވޭނެ ބައެއް ކަންކަން އަދިވެސް ހުރިކަން ފާހަގަކުރެވެއެވެ.

ހޮންކޮންގުގެ އެކްޓިވިސްޓު ޖޯޝުއާ ވޮންގް 10 އަހަރަށް ޖަލަށް

ހޮންކޮންގުގެ ގައުމީ ސަލާމަތާ ބެހޭ އާ ގާނޫނުގެ ދަށުން، ބޭރުގެ ބާރުތަކާ ގުޅިގެން މަސައްކަތް ކުރި ކަމުގެ ކުށުގައި އެކްޓިވިސްޓު ޖޯޝުއާ ވޮންގް 10 އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. މި ހުކުމާއެކު، އަންނަ ޖެނުއަރީ މަހު މިނިވަންވާން އޮތް ވޮންގްގެ ޖަލު މުއްދަތު އިތުރުވެގެންދާއިރު، އޭނާ ވަނީ ދައުލަތާ ދެކޮޅަށް ރޭވުންތައް ރޭވި ކަމުގެ ދައުވާތަކަށް އިއުތިރާފުވެފައެވެ.

ނޯވޭ ރަސްގެފާނުގެ ދޮންދަރިކަލުން ޓެގް އަޅުވައި ގޭ ބަންދުގައި

ނޯވޭގެ ރަސްގެފާނުގެ ދޮންދަރިކަލުން މާރިއަސް ބޯގް ހޮއިބީގެ މައްޗަށް ސާބިތުވެފައިވާ ރޭޕްގެ މައްސަލަތަކުގެ އިސްތިއުނާފު މަރުހަލާ ނިމެންދެން، ފައިގައި ޓެގް އަޅުވައި ގޭބަންދުގައި ބެހެއްޓުމަށް އެ ގައުމުގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. ޖަލު ހުކުމެއް އިއްވާފައިވާ ހޮއިބީގެ މައްޗަށް ރޭޕްގެ އިތުރުން ގެވެށި އަނިޔާގެ ތުހުމަތުތައް ކުރެވިފައިވާއިރު، އޭނާގެ އިސްތިއުނާފީ ޝަރީއަތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގައެވެ.

ދުނިޔެ ވަށާ ހިނގުމުގައި 28 އަހަރު ހޭދަކުރި މީހެއް އެނބުރި ގެއަށް

ދުނިޔެ ވަށައި ހިނގުމަށް 28 އަހަރު ދުވަހު 31،000 މޭލުގެ ދަތުރެއް ކުރި އިނގިރޭސިވިލާތުގެ ކާލް ބުޝްބީ، އޭނާގެ ދަތުރު ނިންމާލުމަށްފަހު އެނބުރި ގައުމަށް ގޮސްފިއެވެ. އަމިއްލަ ބާރުގައި އެކި ބައްރުތަކާއި ކަނޑުއޮޅިތައް ހުރަސްކޮށް އޭނާ ކުރި މި ދަތުރު ނިންމާލުމުން، އާއިލާ އާއި ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

އެމެރިކާގެ ނަތީޖާއާއެކު ނަތަންޔާހޫ ބާކީކުރުމުގެ ފުރުސަތެއް ހޯދަނީ

އެމެރިކާގެ ކޮންގްރެސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާ ގުޅިގެން، އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ ނުހިމެނޭ އާ ސަރުކާރެއް އެކުލަވައިލުމުގެ ފުރުސަތަކަށް އިދިކޮޅު ފަރާތްތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. ނަތަންޔާހޫގެ ސިޔާސަތުތަކުގެ ސަބަބުން އެމެރިކާގެ އެއްބާރުލުން ކުޑަވެފައިވާ ކަމަށް ބެލެވޭއިރު، އިޒްރޭލުގެ ރައީސް އަންނަނީ އާ ސަރުކާރު އެކުލަވައިލުމުގެ ފުރުސަތު ދޭނެ ފަރާތެއް ކަނޑައެޅުމަށް ސިޔާސީ ޕާޓީތަކާ މަޝްވަރާ ކުރައްވަމުންނެވެ.

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

Newsletter

Get the latest news delivered straight to your inbox