ވެކްސިން ޖެހި ފަހުން ޕޮޒިޓިވްވި މީހުންނަށް ބަލީގައި ބޮޑުވަރެއް ނުވޭ: ޑރ. މޫސަ

ކޮވިޑުން ރައްކާތެރިވާން ޖަހަމުން އަންނަ ސައިނޯފާމް ވެކްސިން: ރާއްޖޭގައި ގިނަ ބަޔަކަށް މިހާރު ވަނީ ފުރަތަމަ ޑޯޒު ޖަހާފައި.

ކޮވިޑުން ރައްކާތެރިވާން ޖަހަމުން އަންނަ ސައިނޯފާމް ވެކްސިން: ރާއްޖޭގައި ގިނަ ބަޔަކަށް މިހާރު ވަނީ ފުރަތަމަ ޑޯޒު ޖަހާފައި.

ކޮވިޑުން ރައްކާތެރިވުމުގެ ވެކްސިނަށް ފަހު ބައްޔަށް ޕޮޒިޓިވްވެ އެޑްމިޓްކުރަން ޖެހުނު މީހުންނަށް އެ ބަލީގައި ބޮޑުވަރުވާ މިންވަރު ކުޑަ ކަމަށް އައިޖީއެމްއެޗުގެ ނެޝަނަލް ރެސްޓިޕޭޓަރީ ޑިޕާޓްމެންޓުގެ ހެޑް، ޑރ. މޫސާ ހުސެއިން މިދިޔަ ބުރާސްފަތިދުވަހު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ކޮވިޑު ވެކްސިނޭޝަން ޕްރޮގްރާމް ފެށީ މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގަ އެވެ. މާލެ އާއި އަތޮޅުތަކުގެ ގިނަ ބަޔަކަށް ފުރަތަމަ ޑޯޒު ދީ މިހާރު ވެކްސިންގެ ދެ ވަނަ ޑޯޒު ވެސް ވަނީ ފަށައިފަ އެވެ.

ވެކްސިން ޖެހި ފަހުން ވެސް ބައެއް މީހުން ބައްޔަށް ޕޮޒިޓިވްވެފައި އެބަހުއްޓެވެ.

މިކަމުގައި ބައެއް މީހުންގެ ހުރި ކަންބޮޑުވުންތަކާ ގުޅިގެން ޑރ. މުސަ "އަދަދު"އަށް ވިދާޅުވީ ވެކްސިން ޖެހިޔަސް ފުދޭވަރަކަށް މީހުންނަށް ބަލި ޖެހޭ ކަމަށެވެ. އެފަދަ ބައެއް މީހުންނަށް ފަރުވާދެމުން ގެންދަވާ ކަމަށް ވެސް ވިދާޅުވި އެވެ.

ޑރ. މޫސަ: އޭނާ ވިދާޅުވަނީ ވެކްސިން ޖެހި ފަހުން ވެސް ފުދޭވަރަކަށް މީހުންނަށް ބަލި ޖެހިއްޖެ ކަމަށް. -- ފޮޓޯ / އަދަދު

ވެކްސިން ޖެހުމުގެ އެންމެ ބޮޑު ބޭނުމަކީ، މޫސަ ވިދާޅުވި ގޮތުގައި، ބަލި ޖެހުނަސް އެ ބަލީގައި ބޮޑުވަރުން ދަށްކުރުމެވެ.

"ފުރަތަމަ ޑޯޒު ޖަހާފައި ދެ ހަފުތާ ތިން ހަފުތާ ފަހުން ވެސް ޕޮޒިޓިވްވާ މީހުން އެބަ ފެނޭ. އަޅުގަނޑަށް ފާހަގަކުރެވުނު ގޮތުގައި, ފަހަކަށް އައިސް ދަރުމަވަންތަ ހޮސްޕިޓަލުގައި ފުދޭވަރަކަށް ގިނަ މީހުން އެޑްމިޓްވެފައި އެބަހުރި ހައި ރިސްކް ކެޓަގަރީގެ މީހުން ވެކްސިން ޖަހާފައި ތިބެގެން. އެކަމަކު އެ މީހުން ނިއުމޯނިއާ ޖެހިގެން ބަލީގައި ބޮޑުވަރުވަމުން ނުއެއްދޭ," ޑރ. މޫސަ ވިދާޅުވި އެވެ.

އެކަމަކު ވެކްސިން ނުޖަހައި ތިއްބައި ބަލި ޖެހުނުު ޅަ އުމުރުގެ މީހުންނާއި ހައި ރިސްކް ކެޓަގަރީގެ މީހުން ވެސް ބަލީގައި ބޮޑުވަރުވި ކަމަށް ވިދާޅުވި އެވެ. އޭގެތެރޭގައި ޒުވާނުން ވެސް ހިމެނޭ ކަމަށް ވިދާޅުވި އެވެ.

ވެކްސިނުން އެންމެ ރަނގަޅަށް ރައްކާތެރިކަން ލިބޭނީ ދެ ޑޯޒު ފުރިހަމަވުމުންނެވެ. ވެކްސިންގެ ފުރަތަމަ ޑޯޒުން ހަށިގަނޑުގައި ރައްކާތެރިކަން އުފައްދަން ފަށަން ދެ ހަފްތާ ނަގާ ކަމަށާއި އެންމެ ރަނގަޅަށް ދިފާއު ލިބެނީ ދެވަނަ ޑޯޒަށް ދެ ހަފްތާ ފަހުން ކަމަށް ސިއްހީ މާހިރުން ވިދާޅުވެ އެވެ.

އެހެންވެ ވެކްސިން ޖެހުމަކީ މުހިއްމު ކަމެއްގެ ގޮތުގައި ފާހަގަކުރެއްވި ކަމެކެވެ.

ޑރ. މޫސަ ވިދާޅުވީ ކޮވިޑުން އެންމެންނަށް ދަސްވި އެންމެ މުހިއްމު ކަމަކީ ސާފުތާހިރުވެ ވަކި ގޮތަކަށް އުޅުން ދަސްކުރުން ކަމަށެވެ. އެހެންވެ ވެކްސިނާ އެކު ވެސް މުހިއްމީ ކޮވިޑާ އެކު ދިރިއުޅެން ދަސްކުރުން ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox