ކޮވިޑުގެ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ފިލިޕްގެ ޖަނާޒާ ބާއްވައިފި

އަމީރު ފިލިޕްގެ ހަށިކޮޅު ސަންދޯކުގައި އުފުލަނީ-- ފޮޓޯ: ގެޓީ އިމޭޖަޒް

އަމީރު ފިލިޕްގެ ހަށިކޮޅު ސަންދޯކުގައި އުފުލަނީ-- ފޮޓޯ: ގެޓީ އިމޭޖަޒް

އިނގިރޭސި ރާނީގެ ފިރިކަލުން ޑިއުކް އޮފް އެޑިންބަރާ، އަމީރު ފިލިޕްގެ ޖަނާޒާގެ ކަންކަން މިއަދު ނިންމާލައިފި އެވެ.

ކޮވިޑާ ގުޅިގެން ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކާއެކު ވެސް ޖަނާޒާ ބާއްވާފައިވަނީ އަމީރު ފިލިޕް ދުނިޔޭގައި ހުންނެވި އިރު އެދިވަޑައިގެންނެވި ގޮތަށެވެ.

ސެއިންޓް ޖޯޖް ޗެޕަލްގެ ތެރޭގައި ކުރިއަށް ދިޔަ ޖަނާޒާގައި ބައިވެރިވުމުގެ ފުރުސަތު ލިބިވަޑައިގެންނެވީ ޝާހީ އާއިލާގެ 30 މެމްބަރުންނަށެވެ.

ކޮވިޑާ ގުޅިގެން ރައްކާތެރިކަމުގެ ހާއްސަ ފިޔަވަޅެއްގެ ގޮތުން އެ ތަނުގެ ތެރޭގައި ވެސް އާއިލީ މެމްބަރުން ތިއްބެވީ ދުރުދުރުގަ އެވެ. އެހެންކަމުން އުމުރުފުޅުން 94 އަހަރުގެ ރާނީ އެލިޒަބަތު ދެ ވަނަ އިންނެވީ ގިނިކަންޏާ އެވެ.

ސެއިންޓް ޖޯޖް ޗެޕަލް ތެރޭގައި ރާނީ އެލިޒަބަތު ދެ ވަނަ. ކޮވިޑާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރާނީ އާއި އާއިލީ އެހެން މެމްބަރުން ވެސް ތިއްބެވީ ދުރުދުރުގައި-- ފޮޓޯ: ގެޓީ އިމޭޖަޒް
ސެއިންޓް ޖޯޖް ޗެޕަލް ތެރޭގައި ރާނީ އެލިޒަބަތު ދެ ވަނަ. ކޮވިޑާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރާނީ އާއި އާއިލީ އެހެން މެމްބަރުން ވެސް ތިއްބެވީ ދުރުދުރުގައި-- ފޮޓޯ: ގެޓީ އިމޭޖަޒް

ސެއިންޓް ޖޯޖް ޗެޕަލް ތެރޭގައި ރާނީ އެލިޒަބަތު ދެ ވަނަ. ކޮވިޑާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރާނީ އާއި އާއިލީ އެހެން މެމްބަރުން ވެސް ތިއްބެވީ ދުރުދުރުގައި-- ފޮޓޯ: ގެޓީ އިމޭޖަޒް

ޖަނާޒާގެ ގިނަ ކަންކަން ކުރިއަށް ގެންދަންވީ ގޮތުގެ އިރުޝާދު ދެއްވާފައިވަނީ އަވަހާރަވިއިރު އުމުރުފުޅުން 99 އަހަރުގެ އަމީރު ފިލިޕް އެވެ. އެގޮތުން ކޮޔާ މިއުޒިކް ހުށަހެޅީ ހަތަރު މެމްބަރުންގެ ބޭންޑަކުންނެވެ.

އޭގެ އިތުރުން އެމަނިކުފާނުގެ ހަށިކޮޅު ސަންދޯކުގައި ސެއިންޓް ޖޯޖް ޗެޕަލްއަށް އުފުލާފައި ވަނީ އަމިއްލަފުޅަށް ޑިޒައިން ކުރެއްވި ލޭންޑް ރޯވާ ކާރެއްގަ އެވެ.

ޖަނާޒާ ފެށުމުގެ ކުރިން މުޅި އިނގިރޭސިވިލާތުގައި ވަނީ ހަމަހިމޭންކަމުގެ ސުކޫތެއް ފާހަގަކޮށްފަ އެވެ. ޖަނާޒާގެ ކުރިން ބޭއްވި ޕެރޭޑާއި ސަންދޯކުގައި އަޅާފައިވާ ދިދައިން ފިލިޕް އަސްކަރިއްޔާއަށް ކޮށްދެއްވި ހިދުމަތް ރަމްޒުވެ އެވެ.

ސަންދޯކުގެ މަތީގައި އެމަނިކުފާނުގެ ކަނޑުގެ ސިފައިންގެ ތޮތްޕާއި، ކަނޑިކޮޅު އޮތެވެ. އަދި އަސްކަރީ ބޭންޑުތަކުން ވަނީ ފިލިޕްގެ ހަނދާނުގައި މިއުޒިކް ކުޅެފަ އެވެ.

ސަންދޯއް ފަސްދާނުލުމުގެ ބަދަލުގައި ވަނީ ސެއިންޓް ޖޯޖް ޗެޕަލްގެ ބިމު އަޑީގައި ހަދާފައިވާ "ރޯޔަލް ވޯލްޓް" އަށް ތިރިކޮށްފަ އެވެ.

އަށާރަ ސަތޭކައިގެ އަހަރުތަކުގައި ހެދި "ރޯޔަލް ވޯލްޓް" އަކީ ރަސްގެފާނު ޖޯޖް ތިން ވަނަ އަވަހާރަވުމުން ހަށިކޮޅު ތިރިކުރުމަށް ތައްޔާރު ކުރި ތަނެކެވެ. އޭގެ ފަހުން ޝާހީ އާއިލާގެ އިސް ބޭބޭފުޅުން އަވަހާރަވުމުން ހަށިކޮޅު ސަންދޯކާއެކު ބާއްވަނީ އެ ތަނުގަ އެވެ.

ޖަނާޒާގެ ސަބަބުން ގިނަ މަސްތަކަކަށް ފަހު ޝާހީ އާއިލާގެ އެންމެ މުހިއްމު މެމްބަރުން ވަނީ އެއް ތަނަކުން ބައްދަލުވެ ވަޑައިގެންފަ އެވެ.

އެގޮތުން ޝާހީ ޒިންމާތަކާ ވަކިވެ ވަޑައިގެން އެމެރިކާގައި ދިރިއުޅުއްވަމުން ގެންދަވާ ފިލިޕްގެ ކާފަ ދަރިކަލުން، އަމީރު ހެރީ ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

ނަމަވެސް ހެރީގެ އަނބިކަނބަލުން މޭގަން މާކަލް ބައިވެރިވެ ވަޑައިގެންފައެއް ނުވެ އެވެ. އެއީ ދެ ވަނަ ދަރިއަކަށް ބަލިވެ އިން އިރު، ޑޮކްޓަރުން ދަތުރު ނުކުރުމަށް އަންގާފައި ވާތީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑިމޮކްރެޓުންގެ މެޖޯރިޓީން އީރާން ހަނގުރާމަ ހުއްޓުވޭތަ؟

އެމެރިކާގެ މިޑްޓާމް އިންތިހާބުގައި ކޮންގްރެސްގެ ދެ ގޭގެ އަގުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާ ގުޅިގެން، ރައީސް ޓްރަމްޕްގެ ސިޔާސަތުތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެއެވެ. މީގެ ތެރޭގައި އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައަށް ހުރަސްއެޅުމާއި، ތަކެތީގެ އަގުބޮޑުވުން ހުއްޓުވުމަށް ޑިމޮކްރެޓުން ބާރުއަޅާނެއެވެ. ނަމަވެސް، ކޮންގްރެސްގެ ހުއްދައާ ނުލައި ރައީސަށް ކުރެވޭނެ ބައެއް ކަންކަން އަދިވެސް ހުރިކަން ފާހަގަކުރެވެއެވެ.

ހޮންކޮންގުގެ އެކްޓިވިސްޓު ޖޯޝުއާ ވޮންގް 10 އަހަރަށް ޖަލަށް

ހޮންކޮންގުގެ ގައުމީ ސަލާމަތާ ބެހޭ އާ ގާނޫނުގެ ދަށުން، ބޭރުގެ ބާރުތަކާ ގުޅިގެން މަސައްކަތް ކުރި ކަމުގެ ކުށުގައި އެކްޓިވިސްޓު ޖޯޝުއާ ވޮންގް 10 އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. މި ހުކުމާއެކު، އަންނަ ޖެނުއަރީ މަހު މިނިވަންވާން އޮތް ވޮންގްގެ ޖަލު މުއްދަތު އިތުރުވެގެންދާއިރު، އޭނާ ވަނީ ދައުލަތާ ދެކޮޅަށް ރޭވުންތައް ރޭވި ކަމުގެ ދައުވާތަކަށް އިއުތިރާފުވެފައެވެ.

ނޯވޭ ރަސްގެފާނުގެ ދޮންދަރިކަލުން ޓެގް އަޅުވައި ގޭ ބަންދުގައި

ނޯވޭގެ ރަސްގެފާނުގެ ދޮންދަރިކަލުން މާރިއަސް ބޯގް ހޮއިބީގެ މައްޗަށް ސާބިތުވެފައިވާ ރޭޕްގެ މައްސަލަތަކުގެ އިސްތިއުނާފު މަރުހަލާ ނިމެންދެން، ފައިގައި ޓެގް އަޅުވައި ގޭބަންދުގައި ބެހެއްޓުމަށް އެ ގައުމުގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. ޖަލު ހުކުމެއް އިއްވާފައިވާ ހޮއިބީގެ މައްޗަށް ރޭޕްގެ އިތުރުން ގެވެށި އަނިޔާގެ ތުހުމަތުތައް ކުރެވިފައިވާއިރު، އޭނާގެ އިސްތިއުނާފީ ޝަރީއަތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގައެވެ.

ދުނިޔެ ވަށާ ހިނގުމުގައި 28 އަހަރު ހޭދަކުރި މީހެއް އެނބުރި ގެއަށް

ދުނިޔެ ވަށައި ހިނގުމަށް 28 އަހަރު ދުވަހު 31،000 މޭލުގެ ދަތުރެއް ކުރި އިނގިރޭސިވިލާތުގެ ކާލް ބުޝްބީ، އޭނާގެ ދަތުރު ނިންމާލުމަށްފަހު އެނބުރި ގައުމަށް ގޮސްފިއެވެ. އަމިއްލަ ބާރުގައި އެކި ބައްރުތަކާއި ކަނޑުއޮޅިތައް ހުރަސްކޮށް އޭނާ ކުރި މި ދަތުރު ނިންމާލުމުން، އާއިލާ އާއި ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

އެމެރިކާގެ ނަތީޖާއާއެކު ނަތަންޔާހޫ ބާކީކުރުމުގެ ފުރުސަތެއް ހޯދަނީ

އެމެރިކާގެ ކޮންގްރެސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާ ގުޅިގެން، އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ ނުހިމެނޭ އާ ސަރުކާރެއް އެކުލަވައިލުމުގެ ފުރުސަތަކަށް އިދިކޮޅު ފަރާތްތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. ނަތަންޔާހޫގެ ސިޔާސަތުތަކުގެ ސަބަބުން އެމެރިކާގެ އެއްބާރުލުން ކުޑަވެފައިވާ ކަމަށް ބެލެވޭއިރު، އިޒްރޭލުގެ ރައީސް އަންނަނީ އާ ސަރުކާރު އެކުލަވައިލުމުގެ ފުރުސަތު ދޭނެ ފަރާތެއް ކަނޑައެޅުމަށް ސިޔާސީ ޕާޓީތަކާ މަޝްވަރާ ކުރައްވަމުންނެވެ.

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

Newsletter

Get the latest news delivered straight to your inbox