ތ. އަތޮޅަށް ކޮވިޑްގެ ރާޅެއް، ރަށްރަށަށް ހިމޭންކަން!

ކިނބިދޫ މަގެއް މަތި: ކޮވިޑާއެކު ރަށް މޮނީޓަރިންއަށް ލާފައި ރަށުން ފެންނަނީ ހިމޭންކަން --

ކިނބިދޫ މަގެއް މަތި: ކޮވިޑާއެކު ރަށް މޮނީޓަރިންއަށް ލާފައި ރަށުން ފެންނަނީ ހިމޭންކަން --

"އެއްވެސް މީހަކު ގެއިން ބޭރަށް ނުކުމެ ނޫޅޭ، ރަށް އޮތީ ވަރަށް ހިމޭންކޮށް، ބިރުވެރިކަމެއްގެ ތެރޭގައި،"

ރަށުގެ އާންމު ހާލަތާ ގުޅޭ ގޮތުން ސުވާލުކޮށްލުން ތ. ކިނބިދޫ ކައުންސިލްގެ ރައީސް ހަސަން މުހައްމަދު ވިދާޅުވި އެވެ.

ތ. އަތޮޅުގެ ރަށްތަކަށް ކޮވިޑް ފެތުރި އެ އަތޮޅުގެ ހަ ރަށެއް މިހާރު ވަނީ މޮނީޓަރިންގެ ހާލަތުގަ އެވެ. އަރާ ފޭބުން މަނާކޮށްފައިވަނީ ކިނބިދޫގެ އިތުރުން ވެރިރަށް ވޭމަންޑޫ އާއި އޮމަދޫ، ވިލުފުށި، ގާދިއްފުށި އަދި މަޑިފުއްޓެވެ.

މީގެތެރެއިން އެންމެ ފުރަތަމަ، ވިލުފުށި މި މަހުގެ ފަސްވަނަ ދުވަހު މޮނީޓަރިންގެ ހާލަތަށް ގެނައިއިރު، އޭގެ ފަހުން ގުޅުން ހުރި ކޭސްތައް ރަށްރަށުން ފެންނަމުން ގޮސް އެންމެ ފަހުން އިއްޔެ މަޑިފުށި ވެސް މޮނީޓަރިންއަށް ދިޔައީ އެވެ. އެއާއެކު، ރައްޔިތުން އާންމުކޮށް އެންމެ ހަރަކާތްތެރި، ރޯދަ މަހު މި ރަށްރަށް ވަނީ ފަޅުކަން ގެނެސްފަ އެވެ.

ވިލުފުށީގައި މި ވަގުތު ވެސް ޕޮޒިޓިވް 16 މީހަކު ތިބިއިރު ކަރަންޓީނުކޮށްފައި 100 އަށްވުރެ ގިނަ ގެތައް އެބަ ހުއްޓެވެ. އިއްޔެ އެ ރަށުން ހައިރިސްކުގެ ދުވަސްވީ މީހަކު ވެސް ޕޮޒިޓިވްވެފައިވެ އެވެ.

ދެހާހުގެ އާބާދީއެއް އޮންނަ އެ ރަށުގެ ކައުންސިލް މެންބަރު އުމަރު ޒާހިރު ވިދާޅުވި ގޮތުގައި، މޮނީޓަރިންގެ ހާލަތުގައި ރަށް އޮތުމުން ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރި ނަމަވެސް، ރަށަށް އެއްވެސް ކަމެއް ދަތިވެފައެއް ނެތެވެ.

"ރަށުގެ އާންމު ހާލަތު ރަނގަޅު، މޮނީޓަރިންގައި މިގޮތަށް ގިނަ ދުވަސްތަކެއް ވީމާ ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުންނާނެ،" އޭނާ ވިދާޅުވި އެވެ.

ކިނބިދޫގެ ބަނދަރު މަތި: ރަށުން ފެންނަނީ ހިމޭނަކްނަ ް
ކިނބިދޫގެ ބަނދަރު މަތި: ރަށުން ފެންނަނީ ހިމޭނަކްނަ ް

ކިނބިދޫގެ ބަނދަރު މަތި: ރަށުން ފެންނަނީ ހިމޭނަކްނަ ް

ކިނބިދޫގެ ރައީސް ހަސަން މުހައްމަދު ފާހަގަ ކުރެއްވި ގޮތުގައި ރައްޔިތުން ތިބީ ރަށުގައި ބަލި ފެތުރެމުންދާތީ ބޮޑު ބިރުވެރިކަމެއްގެ ތެރޭގަ އެވެ. އެހެންނަމަވެސް، އެ ރަށަށް ވެސް އެއްވެސް ދައްޗެއް ނެތްކަން ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވީ، ރަށުގެ ރައްޔިތުން ގައިޑްލައިންތަކަށް ތަބާވަމުންދާ ކަމަށެވެ.

ކިނބިދޫގައި މިވަގުތު ޕޮޒިޓިވް 17 މީހަކު ތިބިއިރު އޭގެ ތެރޭގައި ހިމެނޭ ތެލެސީމިއާ ކުއްޖަކާއި އިތުރު ދެ އަންހެނަކު ވަނީ ހާލު ދެރަވެ، ލ. އަތޮޅުގައި ގާއިމްކޮށްފައިވާ ކޮވިޑް ފެސިލިޓީއަށް މިއަދު ބަދަލުކޮށްފަ އެވެ.

ހަސަން މުހައްމަދު ވިދާޅުވި ގޮތުގައި، އެ ރަށުގެ ސިއްހީ މަރުކަޒުގެ ޑޮކްޓަރާއި އެހެން ވެސް ބައެއް މުވައްޒަފުން މިވަގުތު ވެސް ކަރަންޓީނުގައި ތިބުމުން ސިއްހީ މަރުކަޒުގެ މަސައްކަތްތަކަށް ކޮންމެ ވެސް ވަރެއްގެ ތަކުލީފެއް އައި ނަމަވެސް ކޮންޓެކްޓް ޓްރޭސިން އާއި ސާމްޕަލް ނެގުމުގެ މަސައްކަތް ވެސް ކުރެވެމުންދާ ކަމަށެވެ. އޮމަދޫ ސިއްހީ މަރުކަޒުގެ ޑޮކްޓަރާއި ނަރުސް ވެސް ތިބީ ކަރަންޓީނުގަ އެވެ. ވިޔަފާރި އާއި އެހެން ވެސް ހިދުމަތްތަކަށް ވެރިރަށް، ވޭމަންޑޫއަށް ވަރަށް ބޮޑަށް ބަރޯސާވެފައި އޮތް އޮމަދޫއަށް މިއީ ދަތި ހާލަތެކެވެ. -- އޮމަދޫގައި ޕޮޒިޓިވް ތިން މީހުން ތިބިއިރު، 20 އަށްވުރެ ގެ ވަނީ ކަރަންޓީނުކޮށްފަ އެވެ.

އެ ރަށު ކައުންސިލްގެ ރައީސް ހާރޫން މުހައްމަދު ވިދާޅުވި ގޮތުގައި ރަށުގެ އާންމު ހާލަތު މުޅިން ރަނގަޅެއް ނޫން ކަމާއި ފެރީ ދަތުރު ހުއްޓިފައި، ރަށަށް އަރާ ފޭބުން މަނާވެފައި އޮތުމުން ދަތިތައް އެބަހުރި ކަމަށެވެ.

"އާންމުކޮށް ރައްޔިތުން އާންމު ދިރިއުޅުމަށް ބޭނުންވާ ތަކެތި ވެސް ގަނެ އުޅެނީ ވޭމަންޑޫއިން، ވޭމަންޑޫ އާއި މި ރަށް މިހެން މޮނީޓަރިންގައި އޮތުމަކީ ދަތިތައް ކުރިމަތިވާނެ ކަމެއް، ދަތިކޮށް ރައްޔިތުން އުޅެނީ،" ހާރޫން ވިދާޅުވި އެވެ.

އޮމަދޫގެ މަގެއް މަތި: އެ ރަށް ވެސް ވަނީ ހިމޭންކޮށްލާފައި
އޮމަދޫގެ މަގެއް މަތި: އެ ރަށް ވެސް ވަނީ ހިމޭންކޮށްލާފައި

އޮމަދޫގެ މަގެއް މަތި: އެ ރަށް ވެސް ވަނީ ހިމޭންކޮށްލާފައި

ޕޮޒިޓިވްވި ތިން މީހަކު މިވަގުތު ތިބި ގާދިއްފުށީގައި ވެސް މިފަދަ ހާލަތެކެވެ. އެ ރަށު ކައުންސިލްގެ ނައިބު ރައީސް އަބްދުލްމުހައިމިން ވިދާޅުވި ގޮތުގައި، ވޭމަންޑޫއަށް އެކި ހިދުމަތްތަކަށް ރައްޔިތުން ގޮސް އުޅޭއިރު އެ ރަށް ވެސް މޮނީޓަރިންގައި އޮތުމަކީ ދައްޗެއް ކަމަށެވެ. އެހެންނަމަވެސް، ރައްޔިތުން ތިބީ ކިޔަމަންތެރިކަމާއެކުކަން ފާހަގަ ކުރެއްވި އެވެ.

"ބޭރު ތެރޭގައި މީހުން ނޫޅޭ، ގޭގައި ތިބެނީ އެ ގެއެއް ކަރަންޓީނުގައި ނެތް ނަމަވެސް،" މުހައިމިން ވިދާޅުވި އެވެ.

ވޭމަންޑޫ ވެސް ކޮވިޑްގެ ބިރުކަން އޮތްއިރު އެ ރަށުގެ ކައުންސިލް ވެސް ވަނީ ގާތްގަނޑަކަށް ހުއްޓިފަ އެވެ. ކައުންސިލްގެ ރައީސް މުހައްމަދު ނަސީހު އާއި މެންބަރުންނާއި ބައެއް މުވައްޒަފުން ވެސް ތިބީ ކަރަންޓީނުގަ އެވެ.

ކަރަންޓީނުގައި ހުންނަވައި ފޯނުން ވާހަކަ ދައްކަވަމުން ވޭމަންޑޫ ކައުންސިލްގެ މެންބަރު މަރިޔަމް ސަމާ ވިދާޅުވި ގޮތުގައި މި ވަގުތު ވެސް ކަރަންޓީނުގައި 100 އަށްވުރެ ގިނަ ގެތައް އެބަހުއްޓެވެ. ކަރަންޓީނުގައި ހުންނެވުމުން ރަށުގެ އާންމު ހާލަތު މާބޮޑަށް ނޭނގުނު ނަމަވެސް ނުތަނަވަސްކަން އޮތްކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"މި ރަށު ރައްޔިތުންނަކީ ވަރަށް އެކުވެރި، އެކުގައި އުޅޭ ފެނިދެނެވި އުޅޭ ބައެއް، އެހެންވެ އެކަކު ޕޮޒިޓިވްވީ ނަމަވެސް އޭނާ ވަރަށް ގިނަ ބަޔަކާ ބައްދަލުވެފައި ހުރެދާނެ، އެހެންވެ ކަރަންޓީނުވާން ޖެހޭ މީހުންގެ އަދަދު ގިނަވެގެން ދާނެ،" ސަމާ ވިދާޅުވި އެވެ.

އިއްޔެ މޮނީޓަރިންއަށް ދާން ޖެހުނު، މަޑިފުށީގައި ހުރީ ޕޮޒިޓިވް އެންމެ މީހެކެވެ. އެ ރަށުގައި ކޮންޓެކްޓް ޓްރޭސިން އާއި ސާމްޕަލް ނެގުމުގެ މަސައްކަތް ސިއްހީ މަރުކަޒުން ބާރަށް ކުރިއަށް އެބަ ގެންދެ އެވެ.

ކައުންސިލްގެ ނައިބު ރައީސް އައްބާސް އަހުމަދު ވިދާޅުވި ގޮތުގައި، އެ ރަށަކީ އެހެން ރަށަކަށް މާބޮޑަށް ބަރޯސާވެފައި އޮތް ރަށަކަށް ނުވާތީ، ރަށުން ޒަރޫރީ ކަންކަން ފުއްދޭ ކަމަށެވެ. އެހެންކަމުން، މޮނީޓަރިންގައި އޮތް ނަމަވެސް، މާބޮޑު ދަތިތަކެއް ނެތްކަން އޭނާ ފާހަގަ ކުރެއްވި އެވެ.

އެހެންނަމަވެސް، ރަށާ ހަމައަށް ކޮވިޑް އައުމާ ގުޅިގެން ރަށަށް ހިމޭންކަން ވެރިވެފައިވާކަން އައްބާސް ވެސް ފާހަގަ ކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox