ކުރިއަށް އެރުމުގެ ޗެލެންޖް ވެލެންސިއާ އަށް އިންނާނެ: އާތީ

ވެލެންސިއާގެ ކޯޗު އާތީ.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

ވެލެންސިއާގެ ކޯޗު އާތީ.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނައިގައި އޮތް ވެލެންސިއާ އިން ލީގުގައި ކުރިއަށްދާއިރު، ތާވަލުގެ އެންމެ ކުރިއަށް އެރުމުގެ ޗެލެންޖް އޮންނާނެ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު އާތިފް (އާތީ) ބުނެފި އެވެ.

ލީގުގައި ރޭ މާޒިޔާ އިން ވަނީ ޓީސީ ސްޕޯޓްސް ކްލަބް 3-1 އިން ބަލިކޮށް އެއް ވަނައިގައި ހަތް ޕޮއިންޓަށް ލީޑުފުޅާކޮށްފަ އެވެ. މާޒިޔާ އެއް ވަނައިގައި އޮތީ 12 މެޗުން 28 ޕޮއިންޓާ އެކު އެވެ. ވެލެންސިއާ ދެ ވަަނައިގައި އޮތީ 11 މެޗުން 21 ޕޮއިންޓް ހޯދައިގެންނެވެ. މާދަމާރޭ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ބަލިކޮށްގެން ވެލެންސިއާ އަށް މާޒިޔާއާ ދެމެދު އޮތް ފަރަގު އަލުން ހަތަރު ޕޮއިންޓަށް ކުޑަކުރެވޭނެ އެވެ.

އިއްޔެ މެންދުރު ފަހު ގަލޮޅު ދަނޑުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެލެންސިއާ އަށް މާޒިޔާ ފަހަތަށް ޖައްސާލުމަށް ފަހު ކުރިއަށް އެރިދާނެތޯ ނޫސްވެރިއަކު ކުރި ސުވާލުގެ ޖަވާބުގައި އާތީ ބުނީ އޭނާ ގަބޫލުކުރާގޮތުގައި ޗެލެންޖެއް އޮންނަން ޖެހޭނެ ކަމަށެވެ.

Advertisement

"ފުރަތަމަ ކަމަކީ ކުޅިވަރު މައިދާނުގައި އަޅުގަނޑު ގަބޫލުކުރާގޮތުގައި ޗެލެންޖް އިނުމަކީ ކުޅިވަރުގެ ރޫހު އޮތުން. އެއީކީ ޓީމަކާ ޖައްސާލުމެއް ވެސް ނޫން. ނޫނީ ދިމާކުރުމެއް ވެސް ނޫން. އެ ކުޅިވަރު ކުޅޭއިރު މި ނުކުންނަނީ ދެ ޓީމެއް ވިޔަސް ފަސް ޓީމެއް ވިޔަސް މި ޗެލެންޖަށް ނުކުންނަނީ. އަޅުގަނޑު ގަބޫލުކުރާ ކުޅިވަރު ރޫހުގެ ގޮތުން އެ ޗެލެންޖް އިންނާނެ،" ކުރިން ފުރަތަަމަ ޑިވިޝަނުގެ އެކި ކްލަބްތަކަށް ކޯޗުކޮށްދިން އާތީ ބުންޏެވެ.

އާތީ ބުނީ އޭނާ ދެކޭގޮތުގައި އަދިވެސް ވެލެންސިއާ އަށް މި ވަގުތު އެ ޓީމު އޮތް ދެ ވަނަ މަގާމުގައި ވެސް ހަމަޖެހިލެވެން ނެތެވެ. ވެލެންސިއާ އަށް ހަމަނޭވައެއް ލެވެން އޮތީ ކުރިއަށް ހުރި މެޗުތައް ކާމިޔާބުކޮށްގެން ކަމަށް އާތީ ބުންޏެވެ.

"ދެން ނޭވާލައިގެން މަޑުޖައްސައިލެވޭކަށް ނެތް. އެބަޖެހޭ މަސައްކަތްކުރަން. މަދުވެގެން ކުރިއަށް އޮތް ހަތަރު މެޗު ނަގަން ވެލެންސިއާ އެބަޖެހޭ މި މަގާމު ދިފާއުުކުރާ ނަމަ،" އާތީ ބުންޏެވެ.

"އަދި އަމުދުން މި މަސައްކަތް ކުރަނީ ލީގުގެ ވީހާވެސް މައްޗަކަށް ދެވޭތޯ. މާޒިޔާ އެ އޮތީ ތަންކޮޅެއް ކުރީގައި. އެކަމަކު މިހާރު މި އޮތް ހިސާބުން ވާ ގޮތްތަކަކުން. މި ބުނަނީ ވާނެއެކޭ އެއް ނޫން. ނުވާނެއެކޭ ވެސް ނޫން. އެހެންވީމަ އަޅުގަނޑުމެން އެއްވެސް މެޗަކުން ބަލިނުވެ ދެވޭތޯ މަސައްކަތްކުރަނީ،"

ދިގު ލީގެެއް ކުޅެން ޓީމެއް ތައްޔާރުކުރާއިރު ހަަމައެކަނި 11 ކުޅުންތެރިން ލައިގެން އެކަން ކުރެވޭނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށް އާތީ ބުންޏެވެ. އެ ގޮތުން ބޮޑު ސްކޮޑަކާ އެކު ލީގަށް ކުރިމަތިލާން ޖެހެނީ އަނިޔާ އާއި ސަސްޕެންޝަންގެ މައްސަލަ ވެސް އަންނާނެތީކަން އާތީ ފާހަގަކުރި އެވެ.

އާތީ ބުނީ މާޒިޔާ އާއި އީގަލްސް އެ ހުރި ހިސާބަށް ވެލެންސިއާ ޓީމެއް ބިލްޑްކުރަން ބަލާއިރު ދެ ތިން އަހަރެއް ވަރު ނަގާނެ ކަމަށެވެ. ލީގު ފެށިގެން މިހާތަނަށް ބަލާއިރު ވެލެންސިއާ އިން އެކަން ކުރުމުގައި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށް އާތީ ބުންޏެވެ.

"މިހާރު މި އަންނަނީ ވެލެންސިއާ ޓީމު މަޑުމަޑުން ބިލްޑްވަމުން. މި މެޗުގައި އަކޫ (އަކުރަމް އަބްދުލް ގަނީ) އަކަށް ނުކުޅެވޭނެ ދެ ޔެލޯ އިނީމަ. އެހެންވީމަ އެތަނަށް އެބަޖެހޭ އެހެން ކުޅުންތެރިއަކު ބަދަލުކުރަން. މި ރޮޓޭޝަނާ އެކު އެބަޖެހޭ ކަންނޭނގެ ޓީމެއް މުބާރާތެއް ކުޅެންޏާ މުޅި ސެޓަޕްތައް ހަދަން. އެހެންވީމަ ވެލެންސިއާ ފެށިއިރަށް ވުރެ މިހާރު އޮޕްޝަންސްތައް އެބަހުރި ޗޭންޖްކުރަން،" އާތީ ބުންޏެވެ.

ލީގުގެ ފުރަތަމަ ބުރުގައި ދަ ގްރާންޑޭ ވަނީ ވެލެންސިއާ 2-1 އިން ބަލިކޮށްފަ އެވެ. އާތީ ބުނީ އެ މެޗަކީ ވެލެންސިއާ އިން އެންމެ ހިތްހަމަނުޖެހޭ ގޮތަކަށް ގެއްލުވާލި މެޗު ކަމަށެެވެ. އަދި އެ މެޗުން ވެލެންސިއާ ކުޅުންތެރިންނާއި ކޯޗިން ސްޓާފުންނަށް ވެސް ކަންތައްތަކެއް ދަސްވެގެންދިޔަ ކަމަށް އާތީ ބުންޏެވެ.

"އެ މެޗު ވެސް ގެއްލުނީ ލާސްޓް (އެންމެ ފަހު) މިނިޓުގައި ވެސް ޑްރޯ (އެއްވަރު) ކުރަން ޕެނަލްޓީއެއް ލިބި. އަހަރެމެން އަތުގައި މެޗުގެ ކޮންޓްރޯލް އިނދެ މެޗު ގެއްލިގެންދިޔައީ. ހީވަނީ ކުޅުންތެރިން ހުންނާނީ އޭގެއިން ތަޖުރިބާއެއް ލިބިފައި ކޯޗިން ސްޓާފުން ވެސް ހަމަަ އެހެން. މި މެޗަށް ވަރަށް ތައްޔާރުވެގެން ތިބޭނީ،" ކުރިން ޔުނައިޓެޑް ވިކްޓްރީ އާއި ވިކްޓްރީ އަށް ވެސް ކޯޗުކޮށްދިން އާތީ ބުންޏެވެ.

"މީގެ އިނީ ދެ ގޮތް. އެއްގޮތަކީ އެ މެޗުން ބަލިވީމަ ޕްރެޝަރަށް އައުން. އަނެއް ގޮތަކީ ބަލިވީމަ އެ ޓީމުގެ މައްޗަށް ގަދަވެގަތުމަށް އަނެއްކާ ވެސް މަސައްކަތްކުރުން. މީގެ ޕްލޭޔަރުން ޕޮޒިޓިވްކޮށް ވިސްނައިގެން އެ މެޗުން ބަލިވީމަ މި މެޗު އަލުން ވެލެންސިއާ ނަގަން ކުޅެފިއްޔާ ވަރަށް ޕޮޒިޓިވް އިމްޕެކްޓެއް އަންނާނެ. މި ދެ ގޮތް ވެސް އެބައޮތް،"

ވެލެންސިއާގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ލައްވައި އަނިޔާގައި ހުއްޓައި ގަދަކަމުން ނުކުޅުވާނެ ކަމަށާއި ގައުމީ ޓީމާއި ވެލެންސިއާގެ ފިޒިއޯގެ ލަފާގެ މަތިން ކަންތައްތައް ބެލުމަށް ފަހު މީގެ ކުޅުމާ މެދު ގޮތެއް ނިންމާނީ އަޝްފާގު އަމިއްލަ އަށް ކަމަށް އާތީ ބުންޏެވެ.

ވެލެންސިއާ އާއި ދަ ގްރާންޑޭ ކުޅޭ މެޗު ފަށާނީ މާދަމާރޭ 22:00 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގައްދޫ ބަލިކޮށް ވިކްޓަރީ އަށް ލީގުގެ އެއް ވަނައިގައި ލީޑެއް

ދިވެހި ޕްރިމިއާ ލީގުގައި ގައްދޫ ޓީމު 2-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބުން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް އައްމަޑޭ އާއި މާއި ކާމިޔާބުކޮށްދިންއިރު، އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ތަޖުރިބާކާރު ކުޅުންތެރިޔާ އަކޫ ވަނީ ދެ އަހަރަށް ފަހު އަލުން ކުޅުމަށް އެނބުރި އައިސްފައި

އާސެނަލަށް މުހިންމު މޮޅެއް، ޔުނައިޓެޑްގެ ދަށް ރެކޯޑް ކުރިއަށް

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލުން ނޮޓިންހަމް ފޮރެސްޓް ބަލިކޮށް ތާވަލުގެ ދެވަނައަށް ޖެހިލިއިރު، ލީޑްސްއާ އެއްވަރުވެ މެންޗެސްޓާ ޔުނައިޓެޑުން ވަނީ ފާއިތުވި 40 އަހަރުގެ އެންމެ ދަށް ފެށުން ރެކޯޑްކޮށްފައި. މިރޭގެ އެހެން މެޗުތަކަށް ބަލާއިރު ބްރައިޓަން އާއި ބޯންމައުތުން ވަނީ ބޮޑު މޮޅެއް ހޯދާފައި

އިންފަންޓީނޯ ނުރަސްމީ ދަތުރުފުޅެއްގައި ބަންގްލަދޭޝް އަށް

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މޮރޮކޯއިން ބޫޓާނަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބަންގްލަދޭޝްގައި މަޑުކުރައްވައި، އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަންގެ އިސްވެރިންނާ ބައްދަލުކުރައްވައިފި.

ޗެލްސީގެ ކީޕަރު މާޓިނޭޒް ދަތްދޮޅީގެ އޮޕަރޭޝަނެއް ކޮށްފި

އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި ޗެލްސީގެ ކީޕަރު މާޓިނޭޒްގެ ދަތްދޮޅިއަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ވަނީ ކާމިޔާބު އޮޕަރޭޝަނެއް ކޮށްފައި. މި އަނިޔާގެ ސަބަބުން ކުރިއަށް ހުރި މުހިންމު މެޗުތަކެއް އޭނާއަށް ގެއްލޭނެތީ، ބަދަލުގައި ދެން ފެންނާނީ ޒުވާން ކީޕަރު މައިކް ޕެންޑާސް.

ކޯޗަކަށް ޝާކިއްޓެ، ވޯލްޑް ކަޕަށް ރާއްޖެ ސްކޮޑު ފައިނަލްކޮށްފި

މި މަހު އަޒަރުބައިޖާންގައި ބާއްވާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ވާދަކުރާ ރާއްޖޭގެ ޓީމުގެ ކޯޗަކަށް އަހުމަދު ޝާކިރު (ޝާކިއްޓެ) ހަމަޖައްސައި، މުބާރާތަށްދާ ސްކޮޑު ފައިނަލްކޮށްފި. ފީފާގެ ހުރިހާ މެމްބަރު ގައުމުތަކަށް ފުރުސަތު ދީގެން ކުރިއަށްގެންދާ މި މުބާރާތުގައި ރާއްޖެ ހިމެނެނީ ފްރާންސާއި ސައުތު އެފްރިކާ ފަދަ ގައުމުތަކާ އެކު އެއް ގްރޫޕެއްގައި

ސްޓްރާސްބޯ ބަލިކޮށް ޕީއެސްޖީ އަށް ޖެހިޖެހިގެން ހަ ވަނަ މޮޅު

ފްރެންޗް ލީގުގައި ރޭ ކުޅުނު މެޗުން ސްޓްރާސްބޯ އަތުން 3-1 އިން މޮޅުވެ، ޕީއެސްޖީން ހުރިހާ މުބާރާތެއްގައި ޖެހިޖެހިގެން ހަވަނަ މޮޅު ހޯދައިފި. ސްޓްރާސްބޯއިން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، ޕީއެސްޖީން މެޗުގެ ނަތީޖާ އަނބުރާލީ ފަހު 15 މިނެޓުގެ ތެރޭގައި ޖެހި ތިން ގޯލުން.

ބެޓިސް ބަލިކޮށް ބާސެލޯނާ ފަސްބެލުމެއްނެތި ކުރިއަށް

ސްޕެނިޝް ލީގުގައި ރެއާލް ބެޓިސް 5-2 އިން ބަލިކޮށް، ބާސެލޯނާ އިން ޖެހިޖެހިގެން ނުވަ ވަނަ މެޗުން މޮޅުވެ ތާވަލުގެ އެއްވަނައިގައި ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓައިފި. މި މެޗުގައި ބާސެލޯނާގެ ލަމީން ޔަމާލް، ރޮޑްރީ، ޖީސޫސް، އެރިކް ގާސިއާ އަދި އޮލްމޯ ލަނޑުތައް ކާމިޔާބުކުރި

Newsletter

Get the latest news delivered straight to your inbox