ސަރުކާރަށް ދެކޮޅަށް އަޑު އުފުލާތީ ހޮންކޮންގެ ބިލިއަނަރު ޖިމީ ލައި ޖަލަށް

ބިލިއަނަރު ޖިމީ ލައި އަތުގައި ބިޑި އަޅުވައިގެން ގެންދަނީ.-- ފޮޓޯ: ގެޓީ އިމޭޖަޒް

ބިލިއަނަރު ޖިމީ ލައި އަތުގައި ބިޑި އަޅުވައިގެން ގެންދަނީ.-- ފޮޓޯ: ގެޓީ އިމޭޖަޒް

ހުއްދަ ނެތި އެއްވި ކަމުގެ ކުށުގައި ހޮންކޮންގެ ޑިމޮކްރަސީއަށް ވަކާލާތު ކުރާ މީޑިއާ ހިންގާ ބިލިއަނަރު، ޖިމީ ލައި 14 މަހަށް ޖަލަށްލާން ހުކުމްކޮށްފި އެވެ.

ލައިގެ އިތުރުން ގިނަ އަދަދެއްގެ އެކްޓިވިސްޓުން މިއަދު ވަނީ ހުކުމް ކުރަން ކޯޓަށް ހާޒިރުކޮށްފަ އެވެ. އެ މީހުންގެ މައްޗަށް ކުށް ސާބިތުވީ 2019 ވަނަ އަހަރު ބޭއްވި އެއްވުންތަކާ ގުޅިގެންނެވެ.

އެޕަލް ޑެއިލީ މީޑިއާގެ ވެރިޔާ އުމުރުން 73 އަހަރުގެ ލައި އަކީ ޗައިނާގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާ މީހެކެވެ. އޭނާ ޖަލަށް ހުކުމް ކުރިއިރު ޗައިނާއިން އަންނަނީ ހޮންކޮންގެ ހައްގުތަކާއި މިނިވަންކަން ހިފަހައްޓަމުންނެވެ.

މި ހަފްތާގެ ކުރީކޮޅު އެޕަލް ޑެއިލީން ވަނީ ޖަލުގައި ހުރި ލައި އަތުން ލިޔެފައި ފޮނުވި ސިޓީއެއް ނޫހުގައި ޝާއިއުކޮށްފަ އެވެ.

ނޫސްވެރިންގެ ގޮތުގައި އަޅުގަނޑުމެންގެ ޒިންމާއަކީ އިންސާފު ހޯދުން. ނާއިންސާފު އެދުންތަކާ ހެދި އަނދިރިވެ، ފަސާދަ އަޅުގަނޑުމެންގެ ހަށިގަނޑު ތެރެއަށް ވަދެ ގަންނަން ފުރުސަތު ނުދޭހާ ހިނދަކު، އެ ޒިންމާ އަދާކުރުމުގައި އަޅުގަނޑުމެން ދެމިތިބޭނަން. -- ލައި

ހުއްދަ ނެތި އެއްވުމުގެ ކުށް އޭނާގެ މައްޗަށް ސާބިތުވެފައި ވާއިރު، ލައިއާ ދެކޮޅަށް ވަނީ އިތުރު ހަ ދައުވާއެއް އުފުލާފަ އެވެ. އަލަށް އެކުލަވާލި ނޭޝަނަލް ސެކިއުރިޓީ ގާނޫނުގެ ދަށުން އެ ދައުވާތައް ސާބިތުވެއްޖެ ނަމަ އުމުރު ދުވަހުގެ ޖަލު ހުކުމެއް އައުން އެކަށީގެންވެ އެވެ.

ހޮންކޮންގަށް ޗައިނާގެ ނުފޫޒު

ޗައިނާ ސަރުކާރުން ހޮންކޮންގައި ނޭޝަނަލް ސެކިއުރިޓީ ގާނޫނު ތަންފީޒު ކުރަން ފެށީ މިދިޔަ އަހަރު އެވެ. މި މަހުގެ ކުރީކޮޅު ޗައިނާއިން ވަނީ ހޮންކޮންގެ އިލެކްޓޯރަލް ގަވާއިދު ބަދަލުކޮށް، ޗައިނާގެ ބާރު ބޮޑަށް ހިނގާނޭ ގޮތަށް ހަމަޖައްސާފަ އެވެ.

ގަރުނަކަށް ވުރެ ގިނަ ދުވަހު އިނގިރޭސިންގެ އަތް ދަށުގައި އޮތް ހޮންކޮން، ޗައިނާއާ ހަވާލުކުރީ 1997 ގައެވެ. އޭރު އެއްބަސްވީ ހޮންކޮންގައި "ބޭސިކް ލޯ" ހިންގުމަށެވެ. އޭގެ ދަށުން ހޮންކޮންގަކީ ޗައިނާގެ ބައެއް ނަމަވެސް، ހޮންކޮންގައި ހިނގާނީ ޗައިނާއާ މުޅިން ވަކި ނިޒާމެކެވެ.

އެ އެއްބަސްވުމުގެ ސަބަބުން ޗައިނާގެ އެހެން ހިސާބުތަކަށް ނުލިބޭ ހައްގުތަކާއި މިނިވަންކަން ހޮންކޮންއަށް ލިބެ އެވެ. އެއްވެ އުޅުމާއި ހިޔާލު ފާޅުކުރުމާއި މިނިވަން ޖުޑިޝަރީ އާއި ބައެއް ޑިމޮކްރެޓިކް ހައްގުތައް ވެސް ހޮންކޮންގެ ރައްޔިތުންނަށް ލިބެ އެވެ.

ނަމަވެސް 2019 ވަނަ އަހަރު ހޮންކޮންގެ ރައްޔިތުން މަގުތަކަށް ނިކުމެ އަޑުއުފުލަން ފެށީ ޗައިނާއިން އެ ނިޒާމަށް ނުފޫޒު ފޯރުވާ ކަމަށް ބުނެ އެވެ. އަދި ހައްގުތައް އަނބުރާ ދީ، ޑިމޮކްރެސީ ގާއިމްކުރަން އެ މުޒާހަރާތަކުގައި ގޮވާލި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑިމޮކްރެޓުންގެ މެޖޯރިޓީން އީރާން ހަނގުރާމަ ހުއްޓުވޭތަ؟

އެމެރިކާގެ މިޑްޓާމް އިންތިހާބުގައި ކޮންގްރެސްގެ ދެ ގޭގެ އަގުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާ ގުޅިގެން، ރައީސް ޓްރަމްޕްގެ ސިޔާސަތުތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެއެވެ. މީގެ ތެރޭގައި އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައަށް ހުރަސްއެޅުމާއި، ތަކެތީގެ އަގުބޮޑުވުން ހުއްޓުވުމަށް ޑިމޮކްރެޓުން ބާރުއަޅާނެއެވެ. ނަމަވެސް، ކޮންގްރެސްގެ ހުއްދައާ ނުލައި ރައީސަށް ކުރެވޭނެ ބައެއް ކަންކަން އަދިވެސް ހުރިކަން ފާހަގަކުރެވެއެވެ.

ހޮންކޮންގުގެ އެކްޓިވިސްޓު ޖޯޝުއާ ވޮންގް 10 އަހަރަށް ޖަލަށް

ހޮންކޮންގުގެ ގައުމީ ސަލާމަތާ ބެހޭ އާ ގާނޫނުގެ ދަށުން، ބޭރުގެ ބާރުތަކާ ގުޅިގެން މަސައްކަތް ކުރި ކަމުގެ ކުށުގައި އެކްޓިވިސްޓު ޖޯޝުއާ ވޮންގް 10 އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. މި ހުކުމާއެކު، އަންނަ ޖެނުއަރީ މަހު މިނިވަންވާން އޮތް ވޮންގްގެ ޖަލު މުއްދަތު އިތުރުވެގެންދާއިރު، އޭނާ ވަނީ ދައުލަތާ ދެކޮޅަށް ރޭވުންތައް ރޭވި ކަމުގެ ދައުވާތަކަށް އިއުތިރާފުވެފައެވެ.

ނޯވޭ ރަސްގެފާނުގެ ދޮންދަރިކަލުން ޓެގް އަޅުވައި ގޭ ބަންދުގައި

ނޯވޭގެ ރަސްގެފާނުގެ ދޮންދަރިކަލުން މާރިއަސް ބޯގް ހޮއިބީގެ މައްޗަށް ސާބިތުވެފައިވާ ރޭޕްގެ މައްސަލަތަކުގެ އިސްތިއުނާފު މަރުހަލާ ނިމެންދެން، ފައިގައި ޓެގް އަޅުވައި ގޭބަންދުގައި ބެހެއްޓުމަށް އެ ގައުމުގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. ޖަލު ހުކުމެއް އިއްވާފައިވާ ހޮއިބީގެ މައްޗަށް ރޭޕްގެ އިތުރުން ގެވެށި އަނިޔާގެ ތުހުމަތުތައް ކުރެވިފައިވާއިރު، އޭނާގެ އިސްތިއުނާފީ ޝަރީއަތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގައެވެ.

ދުނިޔެ ވަށާ ހިނގުމުގައި 28 އަހަރު ހޭދަކުރި މީހެއް އެނބުރި ގެއަށް

ދުނިޔެ ވަށައި ހިނގުމަށް 28 އަހަރު ދުވަހު 31،000 މޭލުގެ ދަތުރެއް ކުރި އިނގިރޭސިވިލާތުގެ ކާލް ބުޝްބީ، އޭނާގެ ދަތުރު ނިންމާލުމަށްފަހު އެނބުރި ގައުމަށް ގޮސްފިއެވެ. އަމިއްލަ ބާރުގައި އެކި ބައްރުތަކާއި ކަނޑުއޮޅިތައް ހުރަސްކޮށް އޭނާ ކުރި މި ދަތުރު ނިންމާލުމުން، އާއިލާ އާއި ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

އެމެރިކާގެ ނަތީޖާއާއެކު ނަތަންޔާހޫ ބާކީކުރުމުގެ ފުރުސަތެއް ހޯދަނީ

އެމެރިކާގެ ކޮންގްރެސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާ ގުޅިގެން، އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ ނުހިމެނޭ އާ ސަރުކާރެއް އެކުލަވައިލުމުގެ ފުރުސަތަކަށް އިދިކޮޅު ފަރާތްތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. ނަތަންޔާހޫގެ ސިޔާސަތުތަކުގެ ސަބަބުން އެމެރިކާގެ އެއްބާރުލުން ކުޑަވެފައިވާ ކަމަށް ބެލެވޭއިރު، އިޒްރޭލުގެ ރައީސް އަންނަނީ އާ ސަރުކާރު އެކުލަވައިލުމުގެ ފުރުސަތު ދޭނެ ފަރާތެއް ކަނޑައެޅުމަށް ސިޔާސީ ޕާޓީތަކާ މަޝްވަރާ ކުރައްވަމުންނެވެ.

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

Newsletter

Get the latest news delivered straight to your inbox