ވެކްސިން ޖެއްސެވުމަށް ޔާމީން އިންކާރު ނުކުރައްވާ: ވަކީލުން

ރައީސް ޔާމީން މީގެކުރިން މާލެން ޖަލަށް ގެންދަނީ: ވެކްސިން ޖެއްސެވުމަށް ދެކޮޅު ނުހައްދަވާ ކަމަށް ވަކީލުން ބުނޭ --

ރައީސް ޔާމީން މީގެކުރިން މާލެން ޖަލަށް ގެންދަނީ: ވެކްސިން ޖެއްސެވުމަށް ދެކޮޅު ނުހައްދަވާ ކަމަށް ވަކީލުން ބުނޭ --

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ކޮވިޑުން ރައްކާތެރިވުމަށް ވެކްސިން ޖެއްސުވުމަށް ދެކޮޅު ހެއްދެވި ކަމަށް ކަރެކްޝަނަލް ސާވިސްއިން ބުނެފައިވަނީ ހަގީގަތް އޮޅޭ ގޮތަށް ކަމަށް އެމަނިކުފާނުގެ ވަކީލުން ވިދާޅުވެއްޖެ އެވެ.

ކަރަކްޝަނަލް ސާވިސްއިން ރޭ ބުނި ގޮތުގައި ރޭގެ ވަގުތެއްގައި ވެކްސިން ޖެއްސެވުމަށްޓަކައި ޔާމީންގެ އިޒުނަފުޅާއެކު، ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި ނަމަވެސް، ފަހުން އެކަމަށް އެމަނިކުފާނު އިންކާރު ކުރެއްވުމުން ވެކްސިން ޖެހިފައިނުވާ ކަމަށެވެ.

ކަރެކްޝަނަލްގެ އެ ވާހަކަތައް ދޮގުކޮށް ޔާމީންގެ ވަކީލުން މިރޭ ނެރުނު ބަޔާނުގައި ބުނި ގޮތުގައި ވެކްސިން ޖެއްސެވުމަށް ޔާމީން އެދިވަޑައިގެންފައިވާތީ، އެމަނިކުފާނު މާލެ ގެނައުމަށްޓަކައި ރޭ ކަރެކްޝަނަލް ސާވިސްއިން މަސައްކަތް ކޮށްފައިވަނީ އިންތިޒާމްތަކެއް ނެތި ކަމަށެވެ.

"މާފުށި ޖަލުން ފުރި ކަރެކްޝަނަލްގެ ލޯންޗު މާލޭ އުތުރު ފަރާތު އެއް ނަންބަރު ޖެޓީ ސަރަހައްދު ބޭރުގައި ޓްރާންސްޕޯޓް ހަމަނުޖެހޭ ކަމަށް ބުނެ އެތައް އިރެއް ވަންދެން ދުއްވާލަ ދުއްވާލަ އޮތުމަށްފަހު މާލޭ ޖަލު ކައިރީގައި ވެސް އެތައް އިރަކު މަޑުކޮށްގެން އޮތުމަށްފަހު ވެސް ޓްރާންސްޕޯޓް ހަމަޖެހިފައިނުވުމުގެ ސަބަބުން ވެކްސިން ޖެހޭ ގޮތް ނުވީ،" ބަޔާނުގައިވެ އެވެ.

ޔާމީން، ހޮސްޕިޓަލަށް ގެންދެވި ކަމަށް ކަރެކްޝަނަލުން ބުނެފައި އޮތް ނަމަވެސް، ވަކީލުންގެ ބަޔާނުގައި ބުނި ގޮތުގައި، އެމަނިކުފާނު މާލެއަށް ބާލާފައި ވެސް ނުވާ ކަމާއި ލޯންޗުގައި އެމަނިކުފާނު އަނބުރާ މާފުށީ ޖަލަށް ގެންދެވީ ކަމަށެވެ.

"އެއްވެސް ހާލެއްގައި ރައީސް ޔާމީން ވެކްސިން ޖެހުމަށް އިންކާރު ކުރައްވާފައިވާތީއެއް ނޫން، އެގޮތަށް ހިނގާފައިވަނީ ވެކްސިން ޖެހުމަށްޓަކައި ހަމަޖައްސަންޖެހޭ އިންތިޒާމްތައް ކަރެކްޝަނަލް ސާވިސްގެ އިހުމާލުން ހަމަޖެހިފައިނުވާތީ،" ބަޔާނުގައިވެ އެވެ.

ވަކީލުންގެ ބަޔާނުގައި ބުނި ގޮތުގައި، ވެކްސިން ޖެއްސެވުމަށް ޔާމީން ދެކޮޅު ހެއްދެވީ ކަމަށް ބުނެ ކަރެކްޝަނަލް ސާވިސްއިން ނޫސްތަކަށް މައުލޫމާތު ދީފައިވަނީ، އެމަނިކުފާނުގެ ބަދުނާމުކޮށް އަގު ވައްޓާލުމަށްޓަކައި ކަމަށެވެ.

މިކަން ފެންމަތިވި މި ދަނޑިވަޅަކީ ޔާމީން ގެކޮޅަށް ބަދަލު ކުރެއްވުމަށް މަޝްވަރާތައް ކުރަމުންދާ ދަނޑިވަޅެއްގަ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ޔާމީނަށް ދެރަ ގޮތެއް ނުވާނެ ކަމާއި ގެކޮޅަށް ބަދަލު ކުރުމަށް މަޝްވަރާ ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ޔާމީން މާފުށީ ޖަލުގައި ހުންނެވީ އެމްއެމްޕީއާރްސީގެ ފައިސާ އެމަނިކުފާނުގެ އެކައުންޓަކަށް ޖަމާކޮށްފައިވާ މައްސަލައެއްގައި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ނޮވެމްބަރު 8، 2019 ގައި، ފަސް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ތަންފީޒު ކުރެއްވުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލެ ސިޓީ ކައުންސިލުގެ 14 ބިން އަތުލި މައްސަލަ ކޯޓަށް ހުށަހަޅަނީ

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަކަށް މާލެ ސިޓީ ކައުންސިލުގެ ދަށުގައި ހުރި 14 ބިމެއް އަތުލަން ނިންމި މައްސަލަ ކޯޓަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ ނިންމާފަ. ކައުންސިލުން ބުނާ ގޮތުގައި މި ބިންތައް އަތުލާފައިވަނީ ލާމަރުކަޒީ ގާނޫނާ ޚިލާފަށް، މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް ދިނުމެއް ނެތި.

ސޫތުކުޅީގެ 25 މަސްވެރިން ދޫކުރަން އެހީއަށް އެދިއްޖެ

ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު އިންޑިއާގެ މަރުކަޒީ ސަރުކާރުގެ އެހީތެރިކަމަށް އެެދުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހައްޔަރުކުރި އިންޑިއާގެ 25 މަސްވެރިންނާއި އެ މީހުންގެ ބޯޓުތައް ވެސް މިނިވަންކުރުމަށް. މި މައްސަލައިގައި އެމްއެންޑީއެފްގެ ބަހެއް ނުލިބޭ.

އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ކުޅުދުއްފުށީ އަމީނީމަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ފިރިހެނަކަށާއި، އަންހެނަކަށާއި، ކުޑަކުއްޖަކަށް އަނިޔާވެގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން. މި ހާދިސާގައި އަނިޔާވި އަންހެން މީހާގެ ފައި ބިނދިފައިވާއިރު، އަނެއް ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދޭ.

ބިންތައް އަތުލުމުން މާލެ ސިޓީ ކައުންސިލުގެ ކުއްލި ޖަލްސާއެއް

މާލެ ސިޓީ ކައުންސިލުން 14 ބިމެއް ވަކިކުރުމަކީ ލާމަރުކަޒީ ނިޒާމަށް އެޅޭ ހުރަހެއް ކަމަށް މޭޔަރު އާޒިމް ވަނީ ވިދާޅުވެފަ. ސަރުކާރުން މި ބިންތައް އަތުލާފައި ވަނީ "ބިން ފޭރޭ ބިލު" ގެ ނަމުން މަޝްހޫރުވެފައިވާ ލާމަޒުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން.

30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕު ރާއްޖެއަށް ރޯލްއޯވާކޮށްދީފި

ދިވެހި ސަރުކާރުން އިންޑިއާއަށް ދައްކަންޖެހޭ 30 ބިލިއަން ރޫޕީޒްގެ ކަރަންސީ ސްވޮޕް ފެސިލިޓީ، ބޮޑެތި ލުއިތަކަކާއެކު އެ ގައުމުން ވަނީ ރޯލްއޯވާކޮށްދީފައި. މި އެހީތެރިކަމަކީ ރާއްޖޭގެ މާލީ ހަމަޖެހުން ގާއިމުކުރުމަށާއި ބޭރު ފައިސާގެ ރިޒާވް ހަރުދަނާކުރުމަށް އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން ފޯރުކޮށްދިން މުހިންމު އެހީއެއް.

ދިވެހި 2 ޕައިލެޓުން ރާއްޖެއަށް ގެނައުމާއެކު ފުލުހުން ސުވާލުކުރަނީ

ފްލައި ޑުބާއީގެ ބޯޓެއް ވައްޓާލަން އުޅުނު މައްސަލައިގެ ތަހުގީގަށް ޔޫއޭއީން ހައްޔަރުކުރި ދިވެހި ދެ ޕައިލެޓުން ރާއްޖެ ގެނައުމާއެކު ފުލުހުން އެމީހުންނާ ސުވާލުކުރަން ވަނީ ފަށާފައި. ޔޫއޭއީގައި 12 ދުވަހު ބަންދުގައި ބޭތިއްބުމަށްފަހު ރާއްޖެ ފޮނުވާލި މި ދެ މީހުންނާ މެދު ފިޔަވަޅެއް އެޅުމާ މެދު ފުލުހުން އަދި ވަކި ގޮތެއް ނުނިންމާ.

އިމްރާން ޚަތީބުންނަށް؛ ބިން ވިއްކުން ހުއްޓުވަން ހައްގުބަސް ބުނޭ

ރަސްމާލެއިން 500 ހެކްޓަރު ޔޫއޭއީގެ ކުންފުންޏަކަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް، ހުކުރު ހުތުބާ އިއްވާ އިމާމުން ހައްގުބަސް ބުނުމަށް އިމްރާން ގޮވާލެއްވި. އޭނާ ވިދާޅުވީ އިސްލާމީ ފަސްގަނޑުން ބޮޑު ބައެއް ޒަޔަނިސްޓުންނަށް ވިއްކާލުން ހުއްޓުވުމަކީ އިމާމުންގެ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށާއި، މިކަމާ ދެކޮޅަށް ތެދުވަން ޖެހޭ ކަމަށް.

Newsletter

Get the latest news delivered straight to your inbox