ލިނޭޖް ވަކިވުމުން ތިން ވަަނަ ޑިވިޝަންގައި 14 ޓީމު

Apr 15, 2021, 4:08 AM
ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ތަށި 2018 ވަނަ އަހަރު އުފުލާލި ރޮކް ސްޓްރީޓްސް އިން އުފާފާޅުކުރަނީ.-- ފޮޓޯ: އެފްއޭއެމް

ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ތަށި 2018 ވަނަ އަހަރު އުފުލާލި ރޮކް ސްޓްރީޓްސް އިން އުފާފާޅުކުރަނީ.-- ފޮޓޯ: އެފްއޭއެމް

ލިނޭޖް ސްޕޯޓްސް ކްލަބް ވަކިވުމުން 14 ޓީމާ އެކު ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް އަންނަ އާދިއްތަ ދުވަހު ފަށަން އެފްއޭއެމުން ނިންމައިފި އެވެ.

ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް މިދިޔަ ފެބްރުއަރީ މަހު ތެރޭގައި ބާއްވަން ނިންމައި ޝެޑިއުލް ނެރުނުއިރު، 15 ޓީމު މުބާރާތުގައި އޮތެވެ. ފެބްރުއަރީ މަހު މުބާރާތް ފެށެން ކުޑަ ދުވަސްކޮޅަކަށްވެފައި ވަނިކޮށް ފަސްކުރަން ޖެހުނީ ކޮވިޑް-19ގެ ކޭސްތައް މާލެ ސަރަހައްދުގައި ގިނަވާތީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންގުމަށް ކުޅިވަރު ހަރަކާތްތައް ހުއްޓާލަން ޖެހުމުންނެވެ.

މިދިޔަ މަހު 26 ވަނަ ދުވަހު އެޗްޕީއޭގެ ހުއްދައާ އެކު ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ފެށުމާ އެކު އެފްއޭއެމުން އަވަސްވެގަތީ ތިން ވަނަ ޑިވިޝަން ވެސް އަަވަހަށް ފެށުމަށެވެ. އޭގެ ނަތީޖާ އަކަށްވީ އަންނަ އާދިއްތަ ދުވަހު މުބާރާތް ފެށޭ ގޮތްވުމެވެ.

Advertisement

މުބާރާތުގެ ފޯމެޓް މި ވަގުތު އޮތްގޮތަށް ބަލާއިރު، ފުރަތަމަ ދެ ގްރޫޕްގައި ހަތަރު ޓީމު ހިމެނޭނެ އެވެ. އަދި ދެން އޮތް ދެ ގްރޫޕްގައި ހިމެނޭނީ ތިން ޓީމެވެ. ކޮންމެ ގްރޫޕަކުން ވެސް ދެ ޓީމު ކުއާޓާ ފައިނަލަށް ހޮވޭނެ އެވެ.

ގްރޫޕް އޭގައި ހިމެނެނީ ޓެންޓް ސްޕޯޓްސް ކްލަބް، ކްލަބް ބްލޫ ލެޕާޑް ސްޕޯޓްސް، ބިސްބުރު ސްޕޯޓްސް، ތުޅާދޫ އެވެންޗާސް ސްޕޯޓްސް އެވެ. ގްރޫޕް ބީގައި ހިމެނެނީ ވިލިމާލެ ޔުނައިޓެޑް، ލޮރެންޒޯ ސްޕޯޓްސް ކްލަބް، ކެޕިޓަލް ސިޓީ ސްޕޯޓްސް ކްލަބް އަދި ބެންޗް ސްޕޯޓްސް ކްލަބް އެވެ. ގްރޫޕް ސީގައި އޮތީ ސްޕޯޓްސް ކްލަބް ހޮސްކޯވޯ، ލިޓްލް ޓައުން ސްޕޯޓްސް ކްލަބް އަދި ބުރު ސްޕޯޓްސް ކްލަބް އެވެ. ފަހު ގްރޫޕްގައި ހިމެނެނީ ކްލަބް ޓީނޭޖް، ކްލަބް އޮންލީ ވަން އޮޕޮޗިއުނިޓީ އަދި ރޭޖް ސްޕޯޓްސް ކްލަބް އެވެ.

ޓާފް ދަނޑާއި ގައުމީ ފުޓްބޯޅަ ދަނޑުގައި ވެސް ތިން ވަނަ ޑިވިޝަން މެޗުތައް ކުޅޭގޮތަށް ވަނީ ހަމަޖެހިފަ އެވެ. ޓާފް ދަނޑުގައި އާދިއްތަ ދުވަހުގެރޭ 10 ޖަހާއިރު ކުޅޭ ތިން ވަނަ ޑިވިޝަން ފުރަތަމަ މެޗުގައި ޓެންޓް ނުކުންނާނީ ކްލަބް ބްލޫ ލެޕާޑް ސްޕޯޓްސްއާ ދެކޮޅަށެވެ.

ކޮވިޑް-19ގެ ސަބަބުން އަވަހަށް ސީޒަން ނިންމާލަން ޖެހޭތީ މިދިޔަ ސީޒަނުގައި ތިން ވަނަ ޑިވިޝަން ނުބާއްވަ އެވެ. އެހެންވެ މި ފަހަރުގެ ތިން ވަނަ ޑިވިޝަން އަވަހަށް ބާއްވަން ނިންމީ ދެ ވަނަ ޑިވިޝަނަށް ޕްރޮމޯޓްވާނެ ހަތަރު ޓީމެއް ކަނޑައެޅުމަށެވެ. އެފްއޭއެމުން ބުނީ ތިން ވަނަ ޑިވިޝަން ނިމުމުން އެކަށީގެންވާ މުއްދަތެއް ދިނުމަށް ފަހު ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ވެސް ފަށާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox