ރަޖިސްޓްރީ ނުކުރާ ފަރާތްތަކުން ކުނި ނުބެހެއްޓުމަށާއި، ފީ ދެއްކުމަށް ވެމްކޯއިން އިލްތިމާސްކޮށްފި

މީހަކު މަގުމަތީގައި ކުނިބަހައްޓަނީ: ގަވާއިދާ ހިލާފަށް ކުނި ނަގާ މައްސަލަ ބޮޑުވީ ކޮވިޑް ރޯގާގެ ސަބަބުން ގޭގެ ތިރީ ފަންގިފިލާގައި ކުނި ބަހައްޓާ ގޮތަށް ހަމަޖެއްސުމުން -- ފޮޓޯ: ދަ ޕްރެސް

މީހަކު މަގުމަތީގައި ކުނިބަހައްޓަނީ: ގަވާއިދާ ހިލާފަށް ކުނި ނަގާ މައްސަލަ ބޮޑުވީ ކޮވިޑް ރޯގާގެ ސަބަބުން ގޭގެ ތިރީ ފަންގިފިލާގައި ކުނި ބަހައްޓާ ގޮތަށް ހަމަޖެއްސުމުން -- ފޮޓޯ: ދަ ޕްރެސް

ރޯދަމަހާ ދިމާކޮށް މާލޭ މަގުމަތީގައި ގިނަ އަދަދެއްގެ އާންމުކޮށް އުކާނުލެވޭ ފަދަ ބޮޑެތިި ކުނި ބަހައްޓަމުންދާތީ އެކަން ނުކުރުމަށް ވެމްކޯއިން އަންގައިފި އެވެ.

ރަޖިސްޓްރީކޮށްގެން ވެމްކޯއިން އުކައިދެނީ ގޭބީސީތަކުން އާންމުކޮށް އުފައްދާ ކުންޏެވެ. ފަރުނީޗަރު ފަދަ ބޮޑެތި ކުނި އުކުމަށް ނަގަން ޖެހެނީ ވެމްކޯގެ އެހެން ހިދުމަތެކެވެ.

ވެމްކޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މިހެން މާލޭގެ މަގުތަކަށް ޖަމާކޮށްފައި ހުރި ގިނަ ކުންޏަކީ ގޭބިސީތަކުން ނަގާ ކުންޏަށް ނުފެތޭ މާ ބަރު އަދި ބޮޑެތި ކުނިތަކެއް ކަމަށެވެ.

މިހެން މަގުމަތީގައި ކުނިބެހެއްޓުމުގެ ބަދަލުގައި ބޮޑެތި ކުނި އުކާލުމަށް ހާއްސަ "ކެޕްސް" ހިދުމަތުގެ ބޭނުން ހިފުމަށް ވެމްކޯއިން ބުންޏެވެ.

މި މައްސަލައަކީ ކޮވިޑް-19 ރޯގާގެ ސަބަބުން މާލެ ސަރަހައްދުން ކުނި ނަގާ އުސޫލު ބަދަލުކޮށް، މަގުމަތީގައި ބަހައްޓައިގެން ކުނި ނަގަން ފެށި ފަހުން ވެމްކޯއަށް ހައްލު ނުވެގެން އުޅޭ މައްސަލައެކެވެ.

ދަނޑިވަޅުގެ ފައިދާ ނަގައިގެން ވެމްކޯގެ ހިދުމަތަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކުން މަގުމަތީގައި ކުނި ބަހައްޓައިގެން ވެމްކޯއަށް އެ ކުނި އުކާލަން މަޖުބޫރުވާކަމަށް ބުނެ އެ ކުންފުނިން ވަނީ މީގެ ކުރިންވެސް ކަންބޮޑުވުން ފާޅުކޮށްފަ އެވެ. މިހެން ކުނި ބަހައްޓާ ފަރާތްތަކުގެ ތެރޭގައި ގޭބިސީތަކާއި ވިޔަފާރިތައް ހިމެނޭކަމަށް ވެމްކޯއިން ތުހުމަތުކުރެ އެވެ.

ވެމްކޯގެ ހިދުމަތަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުން ވީހާވެސް އަވަހަށް އެ ކޯޕަރޭޝަނުގެ ހިދުމަތަށް ދައްކަންޖެހޭ ފީ ދެއްކުމަށް އެ ކުންފުނިން އެދުނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox