ރޯދަ މަހުގެ ތެރޭގައި ކޮވިޑުގެ ހާލަތު ގޯސްވެދާނެތީ ޑަބްލިއުއެޗްއޯގެ ކަންބޮޑުވުން

އެފްރިކާގެ ގައުމެއްގައި ކޮވިޑުން ރައްކާތެރިވާން މާސްކު އަޅައިގެން--

އެފްރިކާގެ ގައުމެއްގައި ކޮވިޑުން ރައްކާތެރިވާން މާސްކު އަޅައިގެން--

މިހާރު ހިނގަމުންދާ ރޯދަ މަހުގެ ތެރޭގައި އުތުރު އެފްރިކާ އާއި މެދުއިރުމަތީގެ ބައެއް ގައުމުތަކުގައި ކޮވިޑުގެ ހާލަތު ގޯސްވެދާނެތީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ޑަބްލިއުއެޗްއޯއިން ބުނީ އެ ސަރަހައްދުތަކުގައި ކޮވިޑް ކޭސްތައް މިދިޔަ ހަފްތާގައި 22 ޕަސެންޓު އިތުރުވި ކަމަށެވެ. އަދި މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 17 ޕަސެންޓު އިތުރުވެފަ އެވެ.

ރޯދަ މަހުގެ ތެރޭގައި ގައިދުރުކަމާއި ރައްކާތެރިކަމުގެ އެހެން ފިޔަވަޅުތަކަށް ސަމާލުކަން ދިނުން ކުޑަވެއްޖެ ނަމަ ކޭސްތައް އިތުރުވެދާނެ ކަމަށް ޑަބްލިއުއެޗްއޯއިން ބުނެ އެވެ.

އެ ޖަމިއްޔާއިން ގައުމުތަކަށް ގޮވާލާފައި ވަނީ މިސްކިތްތައް ކައިރީގަ އާއި މިސްކިތްތަކުގެ އެތެރޭގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ރަނގަޅަށް ތަންފީޒު ކުރުމަށެވެ. އޭގެ ތެރޭގައި ގައިދުރުކަން ބެހެއްޓުމާއި، ކުޑަ ދޮރުތައް ހުޅުވައި ވައި ދައުރުވާ ގޮތަށް ބެހެއްޓުމާއި، ގަވާއިދުން ޑިސްއިންފެކްޓު ކުރުން ފާހަގަކޮށްފައި ވެއެވެ.

އޭގެ އިތުރުން ބަލި މީހުންނާއި އުމުރުން ދުވަސްވީ މީހުން އަދި ބޮޑެތި ބަލިތަކަށް ފަރުވާ ކުރާ މީހުން މިސްކިތަށް ނުދިޔުމަށް ބާރު އެޅުމަށް ވެސް ޑަބްލިއުއެޗްއޯއިން އެދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑިމޮކްރެޓުންގެ މެޖޯރިޓީން އީރާން ހަނގުރާމަ ހުއްޓުވޭތަ؟

އެމެރިކާގެ މިޑްޓާމް އިންތިހާބުގައި ކޮންގްރެސްގެ ދެ ގޭގެ އަގުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާ ގުޅިގެން، ރައީސް ޓްރަމްޕްގެ ސިޔާސަތުތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެއެވެ. މީގެ ތެރޭގައި އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައަށް ހުރަސްއެޅުމާއި، ތަކެތީގެ އަގުބޮޑުވުން ހުއްޓުވުމަށް ޑިމޮކްރެޓުން ބާރުއަޅާނެއެވެ. ނަމަވެސް، ކޮންގްރެސްގެ ހުއްދައާ ނުލައި ރައީސަށް ކުރެވޭނެ ބައެއް ކަންކަން އަދިވެސް ހުރިކަން ފާހަގަކުރެވެއެވެ.

ހޮންކޮންގުގެ އެކްޓިވިސްޓު ޖޯޝުއާ ވޮންގް 10 އަހަރަށް ޖަލަށް

ހޮންކޮންގުގެ ގައުމީ ސަލާމަތާ ބެހޭ އާ ގާނޫނުގެ ދަށުން، ބޭރުގެ ބާރުތަކާ ގުޅިގެން މަސައްކަތް ކުރި ކަމުގެ ކުށުގައި އެކްޓިވިސްޓު ޖޯޝުއާ ވޮންގް 10 އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. މި ހުކުމާއެކު، އަންނަ ޖެނުއަރީ މަހު މިނިވަންވާން އޮތް ވޮންގްގެ ޖަލު މުއްދަތު އިތުރުވެގެންދާއިރު، އޭނާ ވަނީ ދައުލަތާ ދެކޮޅަށް ރޭވުންތައް ރޭވި ކަމުގެ ދައުވާތަކަށް އިއުތިރާފުވެފައެވެ.

ނޯވޭ ރަސްގެފާނުގެ ދޮންދަރިކަލުން ޓެގް އަޅުވައި ގޭ ބަންދުގައި

ނޯވޭގެ ރަސްގެފާނުގެ ދޮންދަރިކަލުން މާރިއަސް ބޯގް ހޮއިބީގެ މައްޗަށް ސާބިތުވެފައިވާ ރޭޕްގެ މައްސަލަތަކުގެ އިސްތިއުނާފު މަރުހަލާ ނިމެންދެން، ފައިގައި ޓެގް އަޅުވައި ގޭބަންދުގައި ބެހެއްޓުމަށް އެ ގައުމުގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. ޖަލު ހުކުމެއް އިއްވާފައިވާ ހޮއިބީގެ މައްޗަށް ރޭޕްގެ އިތުރުން ގެވެށި އަނިޔާގެ ތުހުމަތުތައް ކުރެވިފައިވާއިރު، އޭނާގެ އިސްތިއުނާފީ ޝަރީއަތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގައެވެ.

ދުނިޔެ ވަށާ ހިނގުމުގައި 28 އަހަރު ހޭދަކުރި މީހެއް އެނބުރި ގެއަށް

ދުނިޔެ ވަށައި ހިނގުމަށް 28 އަހަރު ދުވަހު 31،000 މޭލުގެ ދަތުރެއް ކުރި އިނގިރޭސިވިލާތުގެ ކާލް ބުޝްބީ، އޭނާގެ ދަތުރު ނިންމާލުމަށްފަހު އެނބުރި ގައުމަށް ގޮސްފިއެވެ. އަމިއްލަ ބާރުގައި އެކި ބައްރުތަކާއި ކަނޑުއޮޅިތައް ހުރަސްކޮށް އޭނާ ކުރި މި ދަތުރު ނިންމާލުމުން، އާއިލާ އާއި ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

އެމެރިކާގެ ނަތީޖާއާއެކު ނަތަންޔާހޫ ބާކީކުރުމުގެ ފުރުސަތެއް ހޯދަނީ

އެމެރިކާގެ ކޮންގްރެސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާ ގުޅިގެން، އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ ނުހިމެނޭ އާ ސަރުކާރެއް އެކުލަވައިލުމުގެ ފުރުސަތަކަށް އިދިކޮޅު ފަރާތްތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. ނަތަންޔާހޫގެ ސިޔާސަތުތަކުގެ ސަބަބުން އެމެރިކާގެ އެއްބާރުލުން ކުޑަވެފައިވާ ކަމަށް ބެލެވޭއިރު، އިޒްރޭލުގެ ރައީސް އަންނަނީ އާ ސަރުކާރު އެކުލަވައިލުމުގެ ފުރުސަތު ދޭނެ ފަރާތެއް ކަނޑައެޅުމަށް ސިޔާސީ ޕާޓީތަކާ މަޝްވަރާ ކުރައްވަމުންނެވެ.

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

Newsletter

Get the latest news delivered straight to your inbox