ދެ ކެންޑިޑޭޓުގެ ފަރަގަށްވުރެ ބާތިލް ވޯޓު ގިނަ ހަ ދާއިރާއެއް އަލުން ގުނުމަށް އެމްޑީޕީން އެދެފި

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ހަސަން ލަތީފް ވާހަކަ ދައްކަވަނީ: ވިދާޅުވީ ބާތިލް ވޯޓު ކަނޑައަޅާފައިވާ ގޮތާ މެދު ޕާޓީން ހިތްހަމަނުޖެހޭ ކަމަށް -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ހަސަން ލަތީފް ވާހަކަ ދައްކަވަނީ: ވިދާޅުވީ ބާތިލް ވޯޓު ކަނޑައަޅާފައިވާ ގޮތާ މެދު ޕާޓީން ހިތްހަމަނުޖެހޭ ކަމަށް -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

ދެ ކެންޑިޑޭޓުންގެ މެދުގައިވާ ފަރަގަށްވުރެ ބާތިލު ވޯޓު ގިނަ މާލޭ ސިޓީ ކައުންސިލްގެ ހަ ދާއިރާއެއް އަލުން ގުނައިދިނުމަށް ވެރިކަން ކުރާ އެމްޑީޕީގެ ފަރާތުން އިލެކްޝަންސް ކޮމިޝަނުގައި މިއަދު އެދެފި އެވެ.

އެމްޑީޕީން ގުނައިދިނުމަށް އެދިފައި ވަނީ މެދު ހެންވޭރާއި ހެންވޭރު ދެކުނާއި ހެންވޭރު ހުޅަނގާއި މައްޗަންގޮޅީ އުތުރާއި މާފަންނު އުތުރު އަދި މާފަންނު ހުޅަނގު ދާއިރާ އެވެ.

ކޮމިޝަނަށް ޝަކުވާ ހުށަހެޅުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ޗެއާޕާސަން ވިދާޅުވީ އަލުން ގުނައިދިނުމަށް އެދިވަޑައިގަތީ "ބާތިލް ވޯޓު ކަނޑައެޅި ގޮތާމެދު ޝައްކު އުފެދިފައިވާތީ" ކަމަށެވެ.

Advertisement

"އޭގެ އިތުރުން ބައެއް ފޮށީގެ ޓެލީ ޝީޓުތައް ވެސް ދިމާ ނުވޭ. އަދި ހަމަ އެހެންމެ އެއް ފަރާތަކުން ވޯޓުލާން ދިޔައިރު އޭނާގެ ނަމުގައި ވޯޓުލާފަ. ނަން ލިސްޓުގައި އިނީ ވޯޓު ލާފަ ކަމަށް،" ހަސަން ލަތީފް ވިދާޅުވި އެވެ.

ބައެއް ވޯޓު ކަރުދާސްތަކުގައި އެކަކަށް ވޯޓުލާފައި، އިތުރު މީހަކަށް ވޯޓުލާފައި ނެތުމުން ބާތިލްކޮށްފައިވާ ކަމަށް ހަސަން ލަތީފް ވިދާޅުވި އެވެ. ނަމަވެސް މާލޭގައި މޭޔަރަށް އެކަނި ލާފައި ހުރި ވޯޓު ކަރުދާސްތައް ވެސް ބާތިލު ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބާތިލްކޮށްފައި ހުރި ވޯޓުތަކުގައި އަމަލުކޮށްފައިވާ ގޮތާއި ބާތިލްގެ އަދަދުތައް ހުރި ގޮތް ކަމަށް އަޅުގަނޑަށް ފާހަގަ ކުރެވޭތީ، މިކަންތައް މިހެން ހުރުމުން އަޅުގަނޑުމެން އިލެކްޝަންސް ކޮމިޝަނުގައި މި އެދުނީ މި ދެންނެވި ހަ ފޮށީގެ ވޯޓު އަލުން ގުނައިދެއްވުމަށް،" ހަސަން ލަތީފް ވިދާޅުވި އެވެ.

ޓެލީ ޝީޓުތައް ދިމާނުވާ ބައެއް ވޯޓު ފޮށިތައް އިލެކްޝަންސް ކޮމިޝަނުން އިއްޔެ ގުނަން މަސައްކަތް ކުރުމުން އެމްޑީޕީ އާއި ޕީޕީއެމުން އެއްވެ ވަނީ ހަމަނުޖެހުން ހިންގައިފަ އެވެ. އެހެންވެ އެ ފޮށިތައް ގުނުން ވަނީ ހުއްޓާލައިފަ އެވެ.

އިލެކްޝަންސް ކޮމިޝަނުގެ މަރުކަޒު، ބާ ޖަމާލުއްދީން ސްކޫލް ކައިރިއަށް އެއްވެފައި ތިބި ދެ ޕާޓީގެ މެންބަރުން އެތަނުން ފޮނުވާލާފައި ވަނީ ޕެޕާ ސްޕްރޭ ޖަހައިގެނެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގިނަ ގޮނޑި ގެންގޮސްފައި ވަނީ އެމްޑީޕީ ކަމަށް މިހާތަނަށް ވަގުތީ ނަތީޖާތަކުން ދައްކަ އެވެ.

ނަމަވެސް މާލޭ ސިޓީ ހިމެނޭ ގޮތަށް ކުރިން އެމްޑީޕީން ވިދިވިދިގެން ކާމިޔާބު ކުރަމުން އައި މުހިންމު ކައުންސިލްތަކެއްގެ އަގުލަބިއްޔަތު ވަނީ އެ ޕާޓީއަށް ގެއްލިފަ އެވެ. އެގޮތުން މާލޭ މޭޔަރު ކަމަށް ވެސް އިންތިހާބުވެވަޑައިގެންފައި ވަނީ އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ޑރ. މުހައްމަދު މުއިއްޒެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox