އެމެރިކާއިން "ހަނގުރާމައިގެ ފޮތް" ލައްޕަން އުޅޭއިރު އަފްގާނިސްތާނަށް މުހިއްމު ދަނޑިވަޅެއް

އެމެރިކާ ސިފައިން އަފްގާނިސްތާނުގައި-- ފޮޓޯ: ގެޓީ އިމޭޖަޒް

އެމެރިކާ ސިފައިން އަފްގާނިސްތާނުގައި-- ފޮޓޯ: ގެޓީ އިމޭޖަޒް

"ވިހި އަހަރުވީ ހަނގުރާމައެއްގެ ފޮތް އެބަ ލައްޕަން ޖެހޭ،" އަފްގާނިސްތާނުގައި އުޅޭ އެމެރިކާ ސިފައިން ސެޕްޓެމްބަރު 11 ގެ ކުރިން އެ ގައުމުން ފައިބާނެކަން ހާމަކުރި އޮފިޝަލް އެމެރިކާގެ ނޫސްތަކަށް އިއްޔެ ބުނީ މިހެންނެވެ.

އެ ފާހަގަކުރި 20 އަހަރަށް ފަހު 10،000 އަށް ވުރެ ގިނަ އެމެރިކާ ސިފައިން ފައިބަން ހަމަޖެހިފައިވާ އަފްގާނިސްތާނާ މެދު "އެ ފޮތުގައި" އޮތީ ކީކޭ ހެއްޔެވެ؟

މިހާރު އެއީ ސެޕްޓެމްބަރު 11، 2001 ގެ ޓެރަރިސްޓު ހަމަލާއަށް ފަހު އެމެރިކާ ސިފައިން އަރާ، ތާލިބާނުންގެ ބާރު ދަށްކޮށްލިއިރު އޮތް ސުންނާފަތިވެފައިވާ އަފްގާނިސްތާނެއް ނޫނެވެ. މިހާރު އެއީ ބަދަލުވެފައިވާ ގައުމެކެވެ.

Advertisement

ނަމަވެސް އެމެރިކާ ސިފައިން އެ ގައުމުން ފައިބާ ދަނޑިވަޅަކީ މުހިއްމު ދަނޑިވަޅެކެވެ. މިއީ ސުލްހައަށް މަސައްކަތް ފަށާ ނުވަތަ އިތުރު ހަމަނުޖެހުމަށް މަގު ކޮށާ ދަނޑިވަޅަށް ވެދާނެ އެވެ.

"މި ދަނޑިވަޅުގައި ލިބޭނެ އެންމެ ރަނގަޅު ނަތީޖާއަކީ އަފްގާނިސްތާނުގެ އެކި ފަރާތްތަކުން ސެޕްޓެމްބަރުގެ ކުރިން ސިޔާސީ އެއްބަސްވުމަކަށް އައުން. އެހެން ނޫނީ ދެން އޮތް އަނެއް ގޮތަކީ ސީރިއާ ފަދަ ލޭއޮހޮރުވުން ބޮޑު ދާހިލީ ހަނގުރާމައަކަށް ވެއްޓުން،" އިންސްޓިޓިއުޓް އޮފް ވޯ އެންޑް ޕީސް ސްޓަޑީޒް އިން ކާބުލްްގެ އެގްޒެކްޓިވް ޗެއާމަން ތަމީމް އަސޭ ބީބީސީއަށް ވިދާޅުވި އެވެ.

އެމެރިކާ ސިފައިން އަފްގާނިސްތާނުގައި ހޭދަކުރި ދުވަސްތަކުގެ ނިމުން އަންނާނީ މިފަދަ ގޮތަކަށް ކަމެއް ކުރިން ހީވެފައެއް ނުވެ އެވެ. ސިފައިން ފައިބަން ރާވާފައި ވާއިރު، ހަނގުރާމަވެރި ތާލިބާނުން ތިބީ ބާރުވެރިކަމުގަ އެވެ. ކޮންމެ ވަގުތެއްގައި ވެސް ވެރިކަމަށް އަތުވެދާނެ ފަދަ ހާލަތެއްގައި ތާލިބާނުން އެބަ ހަރަކާތްތެރިވެ އެވެ.

އެހެން އެކަން އޮތް އިރު، އަފްގާނިސްތާނުގެ ގިނަ މީހުން މިހާރު އެންމެ ކަންބޮޑުވަނީ ދާހިލީ ހަނގުރާމައެއް ފެށުމުގެ ފުރުސަތު އޮތުމުންނެވެ.

އަޅުގަނޑު އެންމެ ކަންބޮޑުވަނީ ސިފައިން ފައިބާނެ ތާރީހު ކަނޑައަޅާއިރު، ވަކި ޝަރުތުތަކެއް އިއުލާނު ނުކުރާތީ. ތާލިބާނުން މި ވަގުތު ހިމޭނުން އޮވެދާނެ." -- އެކްޓިވިސްޓް

އޭނާ ފަދަ ގިނަ ބަޔެއްގެ ވިސްނުން ހުރީ އެހެންނެވެ.

"އަޅުގަނޑު ހިތަށް އަރާ ރައީސް ބައިޑެން އެކަން އިއުލާނު ކުރެއްވި އިރު، މޭ މަހާއި ސެޕްޓެމްބަރާ ދެމެދު އެއްވެސް ހަމަނުޖެހުމެއްގައި މީހަކު މަރައިގެން ނުވާނެ ކަމަށް ޝަރުތު ކުރެއްވި ނަމައޭ،" އަފްގާން ރިސާޗް އެންޑް އިވެލުއޭޝަން ޔުނިޓުގެ ޑިރެކްޓަރު އުރްޒަލާ ނިމަތު ބީބީސީ އަށް ވިދާޅުވި އެވެ.

ނަމަވެސް އެމެރިކާގެ އޮފިޝަލަކު ބުނީ ސިފައިން ފައިބާނީ ޝަރުތެއްގެ މަތިން ކަމަށް ބުނެފި ނަމަ އެއީ ދުވަހަކު ވެސް ނުފައިބާ ތިބުން ފަދަ ކަމެއް ކަމަށާއި މިދިޔަ ވިހި އަހަރު ވެސް ދިމާވީ އެގޮތަށް ކަމަށެވެ.

އެމެރިކާގެ ވިސްނުން އެގޮތަށް ހުރިއިރު، މިހާ ދުވަސްކޮށްފައި ސިފައިން ފައިބައިގެން ދާއިރު ސުލްހަ ގެންނަން އެމެރިކާއިން ރަނގަޅު މަސައްކަތެއް ނުކުރާ ކަމަށް ބުނެ ބައެއް ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވެ އެވެ.

މިހާރު މި ދަނޑިވަޅުގައި އެ މަސައްކަތް ދޫވެފައި އޮތީ އަފްގާނިސްތާނުގެ ލީޑަރުންގެ އަތް މައްޗަށެވެ. ސުލްހަ ގެނެވޭނީ އަފްގާނުގެ ލީޑަރުން ސީރިއަސްކޮށް ވިސްނާ، ސީރިއަސްކޮށް ފިޔަވަޅު އަޅައިގެންނެވެ.

އަފްގާން ރައްޔިތުންގެ އަޑު ވަރަށް ސާފު އަދި އެއް ގޮތް. އެ މީހުން ބޭނުން ވަނީ ސުލްހަ އާއި އިންސާފު އަދި ޑިމޮކްރެސީ. އެކަމަކު ސިޔާސީ ވެރިން އަދިވެސް އުޅެނީ 1992 ވަނަ އަހަރު ފަދައިން އަމިއްލަ ބާރު އިތުރު ކުރުމުގެ ވިސްނުމުގައި." --އުރްޒަލާ ނިމަތު

އެމެރިކާއިން ބުނީ ސިފައިން ފޭބި ނަމަވެސް އެހެން ގައުމުތަކާ ގުޅިގެން ޑިޕްލޮމެޓިކް، އިގްތިސާދި އަދި އިންސާނީ ވަސީލަތްތައް މެދުވެރިކޮށް އަފްގާނިސްތާނުގެ ސުލްހަ ގާއިމްކޮށް، ވޭތުވެދިގަ 20 އަހަރުގައި ހޯދި ކުރިއެރުން ދަމަހައްޓަން މަސައްކަތް ކުރާނެ ކަމަށެވެ.

"ބައިޑެން ބޭނުންފުޅުވަނީ އަފްގާން ހަނގުރާމައިން ބޭރު ވާން، އަފްގާނިސްތާނުން ބޭރުވާކަށް ނޫން،" އެކަމަށް ނިސްބަތްކޮށް އިންސްޓިޓިއުޓް އޮފް ވޯ އެންޑް ޕީސް ސްޓަޑީޒް އިން ކާބުލްްގެ އެގްޒެކްޓިވް ޗެއާމަން ތަމީމް އަސޭ ވިދާޅުވި އެވެ.

އެމެރިކާއިން މިހާތަނަށް ކުރި އެންމެ ދިގު "ހަނގުރާމައިގެ ފޮތް" ލެއްޕުމުގެ މަސައްކަތް ކުރަމުން ދާއިރު، އަފްގާނިސްތާނު ރައްޔިތުންގެ ސިކުނޑީގައި އޮތީ އެންމެ ކަމެކެވެ. ސުލްހައިގެ އަލިކަމެއް ފެންނަން ނެތި، ގައުމުގެ ހަމަނުޖެހުމުގެ ތެރެއިން "ހަނގުރާމައިގެ ފޮތުން" އާ ބާބެއް ފެށޭނެ ވަގުތަކީ ކޮބައި ހެއްޔެވެ؟

ކޮމެންޓް

ފަހުގެ ޚަބަރު

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

ތޫފާނާ ގުޅިގެން އިންޑިއާގައި 180،000 މީހުން އެހެން ހިސާބުތަކަށް

އިންޑިއާގެ އިރުމަތީ އައްސޭރިފަށަށް އެރި ބާރުގަދަ ތޫފާން "އަރުނަބް" އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން 180،000 އަށް ވުރެ ގިނަ މީހުން ވަނީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައެވެ. މި ތޫފާނުގެ ސަބަބުން ގަސްތައް ވެއްޓި ކަރަންޓުގެ ޚިދުމަތަށް ބުރޫއަރައި، ދަތުރުފަތުރުތައް މެދުކަނޑާލަން ޖެހުނު ނަމަވެސް، މިހާތަނަށް އެއްވެސް މީހަކު މަރުވި ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.

ނަތަންޔާހޫގެ ޕާޓީއަށް މެޖޯރިޓީއެއް ނުލިބޭނެ

އިސްރާއީލުގެ އިންތިޚާބުގެ އެގްޒިޓް ޕޯލްތަކުން ދައްކާގޮތުގައި، ބޮޑުވަޒީރު ނަތަންޔާހޫގެ ކޯލިޝަނަށާއި އިދިކޮޅު ކޯލިޝަނަށް ވެސް ސަރުކާރެއް އެކުލަވައިލުމަށް ބޭނުންވާ 61 ގޮނޑީގެ އަޣުލަބިއްޔަތެއް ނުލިބެއެވެ. ދެ ފަރާތަށް ވެސް ލިބޭނެ ކަމަށް ލަފާކުރެވެނީ 51 ގޮނޑި ކަމަށްވާއިރު، ސަރުކާރެއް އެކުލަވައިލުމުގައި އަރަބި ޕާޓީތަކުގެ ދައުރު ބޮޑުވާނެ ކަމަށް ބެލެވެއެވެ. މި ނަތީޖާގެ ސަބަބުން އިސްރާއީލުގެ ސިޔާސީ މަސްރަހު އިތުރަށް އޮޅުންބޮޅުންވުމުގެ ފުރުސަތު އެބައޮތެވެ.

ބްރެޒިލްގެ އިދިކޮޅު ލީޑަރު ފިލައިގެން އެމެރިކާއަށް އެތެރެވެއްޖެ

މަނީ ލޯންޑަރިންގެ ތުހުމަތުތަކަކާ ގުޅިގެން ޕާސްޕޯޓް ހަވާލުކުރަން ބްރެޒިލްގެ ސުޕްރީމް ކޯޓުން އަމުރުކޮށްފައި ވަނިކޮށް، އެ ގައުމުގެ އިދިކޮޅު ލީޑަރު ފްލާވިއޯ ބޮލްސޮނާރޯ ފިލައިގެން އެމެރިކާއަށް އެތެރެވެއްޖެއެވެ. އޭނާގެ ޕާސްޕޯޓް ބާތިލްކުރިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި އެމެރިކާއަށް ގޮސްފައިވަނީ، އެ ގައުމުން އޭނާއަށް ވިސާ ދޫކޮށްފައިވާކަން ކަށަވަރުވިތާ މާގިނަ އިރުތަކެއް ނުވަނީހެވެ.

މި އަހަރު އެންމެ މަގުބޫލު ލަފުޒަކަށް "މެކްސިންގް" ހޮވައިފި

ޑިކްޝަނަރީ ޑޮޓް ކޮމް އިން 2026 ވަނަ އަހަރުގެ އެންމެ މަގުބޫލު ލަފުޒަކަށް، ކަމެއް އެންމެ ފުރިހަމައަށް ކުރުމުގެ މާނަ ދޭހަވާ "މެކްސިންގް" (maxxing) ހޮވައިފިއެވެ. މި ލަފުޒު ބޭނުންކުރާ މިންވަރު ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު 19 ގުނަ އިތުރުވެފައިވާއިރު، މިއީ ހާއްސަކޮށް ޒުވާނުންގެ މެދުގައި އެކި ކަންކަން އެންމެ މަތީ ދަރަޖައަށް ފުރިހަމަކުރުމަށް ބޭނުންކުރާ އިސްތިލާހެކެވެ.

Newsletter

Get the latest news delivered straight to your inbox