މަންމަގެ 50 ވަނަ އުފަންދުވަސް: ހަދިޔާއަކީ ސަޕްރައިޒް ޑައިވިން ދަތުރެއް

މަންމަގެ 50 ވަނަ އުފަންދުވަސް: ހަދިޔާއަކީ ސަޕްރައިޒް ޑައިވިން ދަތުރެއް

މަރިޔަމް ސަލްވާ އަށް އޭނާގެ ފަންސާސް ވަނަ އުފަންދުވަހު ހަދިޔާ އަކަށް ލިބުނީ އާންމުކޮށް އެ އުމުރުގެ އަންހެނަކަށް ނުލިބޭ ކަހަލަ ތަފާތު ސަޕްރައިޒެކެވެ. އުފަންދުވަހުގެ ހާއްސަ ހަދިޔާ އެއްގެ ގޮތުން، އަންހެން ދަރިފުޅު ލަމާން ދިނީ ސަޕްރައިޒް ޑައިވިން ޓިކެޓެކެވެ. ބިރުގަތެވެ. އެކަމަކު ދަރިފުޅު ދިން އެ ފުރުސަތު ގެއްލުވާލަން ސަލްވާ ބޭނުމެއް ނުވި އެވެ. މީގެ ކުރިން ވެސް އޭނާ އާއި ދަރިފުޅު އެކުގައި ތަފާތު ކަންކަން ކޮށް، ތަޖުރިބާ ކޮށްފި އެވެ. އެހެންކަމުން ޑައިވް ދަތުރު އޭނާ ނެގީ ޗެލެންޖެއް ގޮތަށެވެ. ތަފާތު ތަޖުރިބާ އަކަށެވެ.

ފަތަން ވެސް ނުދަންނަ ސަލްވާ، އޭނާގެ ހަޔާތުގެ ފުރަތަމަ ޑައިވް ކުރީ މީގެ ދެ ދުވަސް ކުރިންނެވެ. ސާޅީހަކަށް މިނިޓުގެ އެ ޑައިވް އަކީ ހަޔާތުގައި ކުރެވުނު އެންމެ ތަފާތު އެއް ތަޖުރިބާ ކަމަށް ސަލްވާ ބުންޏެވެ.

"ހިއެއް ނުކުރަން މި އުމުރުގައި ޑައިވް އެއް ކުރާނެއެކޭ. އެކަމަކު އެކަން ވެސް ކުރެވިއްޖެ، ވަރަށް ބޮޑު ހިތްހަމަޖެހުމެއް އެއާ އެކު ލިބިގެން ހިނގައްޖެ،" ސަލްވާ ބުންޏެވެ.

ސަލްވާ މޫދު އަޑީގައި: މޫދު އަޑި ފެނުނު ވަގުތު ކުރެވުނީ ތަފާތު ތަޖުރިބާއެއް ކަމަށް ބުނި
ސަލްވާ މޫދު އަޑީގައި: މޫދު އަޑި ފެނުނު ވަގުތު ކުރެވުނީ ތަފާތު ތަޖުރިބާއެއް ކަމަށް ބުނި

ސަލްވާ މޫދު އަޑީގައި: މޫދު އަޑި ފެނުނު ވަގުތު ކުރެވުނީ ތަފާތު ތަޖުރިބާއެއް ކަމަށް ބުނި

ސަލްވާގެ މި ޑައިވެއްގެ ވާހަކަ ކިތަންމެ ޝައުގުވެރިއަކަސް، އޭނާ ކިޔައިދޭން އޮތީ މިއަށްވުރެ މާ ޝައުގުވެރި ވާހަކަ އެކެވެ. ހަމައެކަނި މޫދު އަޑީގެ ހިތްގައިމުކަމާއި ފީނުމުގެ ފޮނި ތަޖުރިބާއާ ހަމައިން މިވާހަކައެއް ކުރުކޮށްލެވެން ނެތީ ވެސް މި ސަބަބާ ހެދި އެވެ.

ސަލްވާ އާއި އޭނާގެ 29 އަހަރުގެ އަންހެން ދަރިފުޅު ލަމާން އަކީ އާދައިގެ ދެމައިންނެއް ނޫނެވެ. މި ދެމައިންގެ ހުރިހާ ވެސް ކަމަކީ އެ ދެމެދުގައި އޮތް ވަރުގަދަ ލޯތްބާއި އެކަކު އަނެކަކަށް ދޭ އިސްކަމެވެ. އެކަކަށް ނުވާ ކަންތައްތަކުގައި އަނެކަކަށް ދޭ ހިއްވަރެވެ.

"އަޅުގަނޑުމެން ދެމައިންނަކީ ވަރަށް ބޮޑަށް ތަފާތު ކަންތައްތައް އެކުގައި ކުރާ ހިތްވާ ދެމައިން. އެއީ ދަރިފުޅާ ދެމެދު ކުޑައިރުއްސުރެ އޮންނަ ވަރަށް ވަރުގަދަ ގުޅުމެއްގެ ސަބަބުން ކަމަށް ވެސް ވެދާނެ. މީގެ ކުރީގެ އުފަންދުވަހަކާ ދިމާކޮށްފައި އިންޑޮނީޝިއާގެ ބާލީ އަށް ގޮސް، ސަންސެޓް ބަލަން އެތަނުގެ އެކްޓިވް އަލިފާން ފަރުބަދައަކަށް އެރީ،" ހިނިގަނޑަކާ އެކު ސަލްވާ، އޭނާ މިހާތަނަށް ކުރި އެންމެ ތަފާތު ތަޖުރިބާގެ ވާހަކަ ފަށައިގަތީ މިހެންނެވެ.

އަލިފާން ފަރުބަދަ އަށް ހައިކު ކުރީ ސަލްވާގެ 46 ވަނަ އުފަންދުވަހާ ދިމާކޮށް ލަމާން ދިން ފުރުސަތެއްގައި ދެމައިން އެކުގައި ގޮހެވެ. އޭގެ ފަހުން ސްނޯކްލިން އާއި ނައިޓް ފިޝިން އާއި މިފަދަ އެތައް ކަމެއް ދަރިފުޅާ އެކު ސަލްވާ ތަޖުރިބާ ކޮށްފި އެވެ.

ސަލްވާ، އޭނާގެ ދަރިފުޅު ލަމް އާއި އެކު: މި ދެމައިންނަކީ މަޔަކާއި އަންހެން ދަރިއެއްގެ ދެމެދުގައި އޮންނަ ގާތް ގުޅުމާއި އިތުބާރުގެ މިސާލެއް
ސަލްވާ، އޭނާގެ ދަރިފުޅު ލަމް އާއި އެކު: މި ދެމައިންނަކީ މަޔަކާއި އަންހެން ދަރިއެއްގެ ދެމެދުގައި އޮންނަ ގާތް ގުޅުމާއި އިތުބާރުގެ މިސާލެއް

ސަލްވާ، އޭނާގެ ދަރިފުޅު ލަމް އާއި އެކު: މި ދެމައިންނަކީ މަޔަކާއި އަންހެން ދަރިއެއްގެ ދެމެދުގައި އޮންނަ ގާތް ގުޅުމާއި އިތުބާރުގެ މިސާލެއް

މިއިން ކޮންމެ ކަމަކުން އޭނާ އަށް އާ ކަންތައްތަކެއް ދަސްވެ އެވެ. އިތުރަށް ގޮންޖެހުންތައް ނަގައިގެން އަމިއްލަ މީހާގެ އިތުބާރު ވަރުގަދަ ކުރަން ފުރުސަތެއް ލިބެ އެވެ. އޭނާގެ ނަޒަރުގައި ތަފާތު "ޗެލެންޖު" ތައް ނަގަން ޝައުގުވެރި ވަނީ އެހެންވެގެންނެވެ.

ދަރިން ބޮޑެތިވެ، އުމުރު މައްޗަށް ދިއުމަކީ ހުރަހެއް ނޫން

ސަލްވާ އޭނާގެ އުމުރު ދުވަހު ހިދުމަތްކުރީ އޭނާގެ އާއިލާ އާއި ދަރިންނަށެވެ. ކުދިން ކާމިޔާބު މީހުންނަށް ހަދައިދީ އާއިލާ އަށް އުފާވެރިކަން ގެނެސްދިނީ އޭނާއަށް އެކަން ކުރެވުނު އެންމެ ފުރިހަމައަކަށެވެ. މިހާރު ކުދިން ބޮޑެތިވެ، ދިރިއުޅުމުގެ ބުރަ އާއި މަސައްކަތުގެ ތެރެއިން އަވައްޖެއް ލިބުމުން އަމިއްލަ އަށް ޝައުގުވެރިވާ ކަންކަން ކުރުމުގައި ފަސްޖެހެން ޖެހޭ ސަބަބެއް އޮތް ކަމަކަށް އޭނާ ނުދެކެ އެވެ. ކުދިން ބޮޑެތިވެ، އުމުރު މައްޗަށް ދިއުމަކީ ޝައުގުވެރިވާ ކަންތައްތައް ކޮށް، އާ ތަޖުރިބާތަކެއް ކުރަން އޮތް ހުރަހަކަށް ވެގެންވާނެ ކަމަކަށް އޭނާ ގަބޫލެއް ނުކުރެ އެވެ.

"މުޖުތަމައުގައި ބޮޑަށް ގަބޫލުކުރެވިފައި އޮންނަނީ ވަކި އުމުރަކަށް ދިޔައިމާ، ނުވަތަ ދަރިން ބޮޑެތިވީމަ ދެން މައިންބަފައިން އެ މުސްކުޅި ވީއޭ. އެއީ އެކަން އޮންނަންވާނެ ގޮތެއް ނޫން. ކޮންމެ އުމުރެއްގައި ވެސް ބޭނުންވާ ކަންކަން ކުރެވޭނެ، ޝައުގުވެރިކަން ހުންނަ ކަންކަން ކޮށް އެކަންކަމުން އުފާ ހާސިލް ކުރެވޭނެ،"

"މީހާ އަށް ކުރެވިދާނެ ކަންކަމާއި ނުކުރެވޭނެ ކަންކަން ކަނޑައަޅާ މިންގަޑަކީ އުމުރު ކަމަށް ވެގެން ނުވާނެ." ސަލްވާ ބުންޏެވެ.

އޭނާ ބުނީ އުމުރު މަތިވަމުންދާ ވަރަކަށް ހެލިފެލިވެ އުޅުމަކީ މުހިއްމު ކަމެއް ކަމަށެވެ. ސިއްހީ ހާލަތެއް ހުރި ނަމަވެސް ކުރެވޭ ވަރުން ކަސްރަތާއި އަމިއްލަ ހިތްހަމަޖެހުމާއި އުފަލަށް ކަންކަން ކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ.

"އަޅުގަނޑު ވެސް ގޭގައި ހުއްޓަސް، އަބަދު ވެސް ޖިމް އަށް ގޮސް އުޅެން. ވަރަށް އެކްޓިވްކޮށް އުޅެން ލޯބިކުރަން. ކެއްކުމާއި ފިޓްނެސް އާއި މިކަހަލަ ކަންކަމަށް އަބަދުވެސް ޝައުގު ހުރޭ،" ސަލްވާ ބުންޏެވެ.

ސަލްވާ އޭނާގެ ފުރަތަމަ ޑައިވްގައި އެކުގައި ހުރި މަޝްހޫރު ޑައިވް އިންސްޓްރަކްޓަރު ޒޫނާ އާއި އެކު
ސަލްވާ އޭނާގެ ފުރަތަމަ ޑައިވްގައި އެކުގައި ހުރި މަޝްހޫރު ޑައިވް އިންސްޓްރަކްޓަރު ޒޫނާ އާއި އެކު

ސަލްވާ އޭނާގެ ފުރަތަމަ ޑައިވްގައި އެކުގައި ހުރި މަޝްހޫރު ޑައިވް އިންސްޓްރަކްޓަރު ޒޫނާ އާއި އެކު

ސަލްވާ ހުރީ އޭނާގެ ފުރަތަމަ ޑައިވް އާއި މޫދު އަޑީގައި ކުރެވުނު ތަޖުރިބާ އަށްފަހު އުފަލުންނެވެ. ކުޑަ ކުޑަ ހިއްވަރަކާ އެކު މޫދަށް އޮތް ބިރު ފިލައިފި އެވެ. މޫދު އަޑިން އޭނާ އަށް ފެނުނީ މުޅިން އެހެން ދުނިޔެ އެކެވެ. ކުރެވުނީ އަނެއްކާވެސް ދިރިއުޅުމުގެ އެންމެ ތަފާތު އެއް ތަޖުރިބާ އެވެ.

ފަހުގެ ޚަބަރު

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

ރަސަލް ބްރޭންޑް އަންހެން ސަޕޯޓަރުންގެ ފޯނު ނަންބަރު ހޯދި

ރަސަލް ބްރޭންޑްގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާގެ މައްސަލަތަކާ ގުޅިގެން، އޭނާގެ ކުރީގެ އެސިސްޓެންޓަކު ވަނީ އަންހެން ސަޕޯޓަރުންގެ ފޯނު ނަންބަރު ހޯދުމަށް ބްރޭންޑް އަންގާފައިވާ ކަމަށް ކޯޓުގައި ހެކިބަސް ދީފައެވެ. ބްރޭންޑަކީ ޖިންސީ ކަންކަމަށް ދަހިވެތިވެފައިވާ މީހެއްގެ ގޮތުގައި ސިފަކުރަމުން، އޭނާގެ އަމަލުތައް ހުންނަ ގޮތުން ވަޒީފާއިން ވަކިވި ކަމަށްވެސް އެސިސްޓެންޓް ބުންޏެވެ. ނަމަވެސް، ބްރޭންޑް ވަނީ އޭނާގެ މައްޗަށް ކުރެވޭ ރޭޕް އަދި ޖިންސީ ގޯނާގެ ހުރިހާ ދައުވާތަކަކަށް އިންކާރުކޮށްފައެވެ.

މީހަކަށް ހަމަލާދިނުމުން ކްރިސް ބްރައުންއަށް ޖަލު ހުކުމެއް

ލަންޑަނުގެ ނައިޓްކްލަބެއްގައި މީހަކަށް ހަމަލާދިން މައްސަލައިގައި މަޝްހޫރު ލަވަކިޔުންތެރިޔާ ކްރިސް ބްރައުންގެ މައްޗަށް އަށް މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވައި، އެ ހުކުމް ތަންފީޒުކުރުން 12 މަހަށް ފަސްކޮށްފިއެވެ. މި މާރާމާރީގައި ބައިވެރިވި އޭނާގެ ވޯކަލް ކޯޗަށް ވެސް ހަތަރު މަހުގެ ސަސްޕެންޑަޑް ހުކުމެއް އިއްވާފައިވާއިރު، ކޯޓުން ވަނީ މި ދެ މީހުން 1,500 ޕައުންޑުން ޖޫރިމަނާކުރުމަށް ވެސް އަމުރުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox