އަނިޔާގައި ހުރެ ވެސް ދަގަނޑޭ ވެލެންސިއާ އަށް އެހީ އެބަވޭ: އާތީ

ލީގުގައި ސަސްއާ ދެކޮޅަށް ވެލެންސިއާ ކުޅުނު މެޗުގެ ތެރެއިން ދަގަނޑޭ (ވ) އާއި ސެންޓޭ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ލީގުގައި ސަސްއާ ދެކޮޅަށް ވެލެންސިއާ ކުޅުނު މެޗުގެ ތެރެއިން ދަގަނޑޭ (ވ) އާއި ސެންޓޭ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ކްލަބް ވެލެންސިއާ އިން އެންމެ ފަހުން ކުޅުނު މެޗުތަކުގައި އަނިޔާގައި ހުރެ ވެސް އެ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ޓީމަށް އެހީވަމުން އަންނަ ކަމަށް ވެލެންސިއާގެ ކޯޗު މުހައްމަދު އާތިފް (އާތީ) ބުނެފި އެވެ.

ލީގުގައި އެންމެ ފަހުން ވެލެންސިއާ އިން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަތުން މޮޅުވި މެޗުގައި ދަގަނޑޭ ވަނީ ދެ ވަނަ ހާފްގެ ކުރީކޮޅުގައި ބަދަލުކޮށްފަ އެވެ. އޭގެ ކުރިން މެޗުތަކެއްގައި ދެ ވަނަ ހާފްގައި ލިބުނު އަނިޔާގެ ސަބަބުން ވެސް ދަގަނޑޭ ބަދަލުކޮށްފައިވެ އެވެ.

ސަސް އަތުން މޮޅުވި މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އާތީ ބުނީ މީޑިއާގައި އެ ވާހަކަތައް ނުދެއްކި ނަމަވެސް ކޮންމެވެސް ވަރަކަށް ދަގަނޑޭގެ އަނިޔާގެ މައްސަލަތައް އެބަހުރި ކަމަށެވެ.

Advertisement

"އެހެން ނަމަވެސް ދަގޭ (ދަގަނޑޭ) ކުޑަކޮށް ބަލިވެ އެ އުޅެނީ ފައިގެ އިންޖަރީ އާއި އެހެން ކުޑަ ކަމެއް އެބައުޅޭ. އަހަރެމެން ގަބޫލުކުރަނީ ހަމަ ދަގޭ (ދަގަނޑޭ) އެ ބަލަނީ އެ ހުރި އިންޖަރީއާ އެއްކޮށް ވެސް ވެލެންސިއާ އަށް ކޮންމެ ވެސް ކަމެއް ކޮށްދެވޭތޯ. އެހެންވީމަ އަހަރެމެން ވެސް ވީ ވަރަކުން ދަގޭ (ދަގަނޑޭ) ބަހައްޓައިގެން ނަތީޖާ ނެރެގެން ކުޅެވޭތޯ މި މަސައްކަތްކުރަނީ،" އާތީ ބުންޏެވެ.

" ދަގޭ (ދަގަނޑޭ) ހަމަ 100 ޕަސެންޓް ދެމުން އެ ދަނީ. މި ބުނާހިން ކުޑަކޮށް ބަލިވެ އުޅެންޏާމު މެކްސިމަމް (އެންމެ ރަނގަޅު ކުޅުން) ނުދެއްކިދާނެ. ދެން ތަންކޮޅެއް ދަށްކޮށް ފެންނަނީ އެހެންވެ ކަންނޭނގެ،" އާތީ ބުންޏެވެ.

އުމުރުން 35 އަހަރުގެ ދަގަނޑޭ ވެލެންސިއާ އަށް ބަދަލުވީ މި ފަހަރުގެ ސީޒަން ފެށެން ކުޑަ ދުވަސްކޮޅަކަށް ވެފައި އޮއްވަ އެވެ. އޭނާ ވަނީ މި ސީޒަނުގައި މިހާތަނަށް ވެލެންސިއާ އަށް ފަސް ގޯލު ޖަހައިދީފަ އެވެ. އަދި އެހެން ކުޅުންތެރިންނަށް ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނެވެ.

ވެލެންސިއާ މި ވަގުތު ލީގުގެ ދެ ވަނައިގައި އޮތީ 11 މެޗުން 21 ޕޮއިންޓާ އެކު އެވެ. ލީގުގައި އެންމެ އަވަހަށް ދެން ވެލެންސިއާ ކުޅޭ މެޗުގައި އަންނަ އާދިއްތަ ދުވަހުގެރޭ 10 ޖަހާއިރު ބައްދަލުކުރާނީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގައްދޫ ބަލިކޮށް ވިކްޓަރީ އަށް ލީގުގެ އެއް ވަނައިގައި ލީޑެއް

ދިވެހި ޕްރިމިއާ ލީގުގައި ގައްދޫ ޓީމު 2-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބުން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް އައްމަޑޭ އާއި މާއި ކާމިޔާބުކޮށްދިންއިރު، އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ތަޖުރިބާކާރު ކުޅުންތެރިޔާ އަކޫ ވަނީ ދެ އަހަރަށް ފަހު އަލުން ކުޅުމަށް އެނބުރި އައިސްފައި

އާސެނަލަށް މުހިންމު މޮޅެއް، ޔުނައިޓެޑްގެ ދަށް ރެކޯޑް ކުރިއަށް

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލުން ނޮޓިންހަމް ފޮރެސްޓް ބަލިކޮށް ތާވަލުގެ ދެވަނައަށް ޖެހިލިއިރު، ލީޑްސްއާ އެއްވަރުވެ މެންޗެސްޓާ ޔުނައިޓެޑުން ވަނީ ފާއިތުވި 40 އަހަރުގެ އެންމެ ދަށް ފެށުން ރެކޯޑްކޮށްފައި. މިރޭގެ އެހެން މެޗުތަކަށް ބަލާއިރު ބްރައިޓަން އާއި ބޯންމައުތުން ވަނީ ބޮޑު މޮޅެއް ހޯދާފައި

އިންފަންޓީނޯ ނުރަސްމީ ދަތުރުފުޅެއްގައި ބަންގްލަދޭޝް އަށް

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މޮރޮކޯއިން ބޫޓާނަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބަންގްލަދޭޝްގައި މަޑުކުރައްވައި، އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަންގެ އިސްވެރިންނާ ބައްދަލުކުރައްވައިފި.

ޗެލްސީގެ ކީޕަރު މާޓިނޭޒް ދަތްދޮޅީގެ އޮޕަރޭޝަނެއް ކޮށްފި

އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި ޗެލްސީގެ ކީޕަރު މާޓިނޭޒްގެ ދަތްދޮޅިއަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ވަނީ ކާމިޔާބު އޮޕަރޭޝަނެއް ކޮށްފައި. މި އަނިޔާގެ ސަބަބުން ކުރިއަށް ހުރި މުހިންމު މެޗުތަކެއް އޭނާއަށް ގެއްލޭނެތީ، ބަދަލުގައި ދެން ފެންނާނީ ޒުވާން ކީޕަރު މައިކް ޕެންޑާސް.

ކޯޗަކަށް ޝާކިއްޓެ، ވޯލްޑް ކަޕަށް ރާއްޖެ ސްކޮޑު ފައިނަލްކޮށްފި

މި މަހު އަޒަރުބައިޖާންގައި ބާއްވާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ވާދަކުރާ ރާއްޖޭގެ ޓީމުގެ ކޯޗަކަށް އަހުމަދު ޝާކިރު (ޝާކިއްޓެ) ހަމަޖައްސައި، މުބާރާތަށްދާ ސްކޮޑު ފައިނަލްކޮށްފި. ފީފާގެ ހުރިހާ މެމްބަރު ގައުމުތަކަށް ފުރުސަތު ދީގެން ކުރިއަށްގެންދާ މި މުބާރާތުގައި ރާއްޖެ ހިމެނެނީ ފްރާންސާއި ސައުތު އެފްރިކާ ފަދަ ގައުމުތަކާ އެކު އެއް ގްރޫޕެއްގައި

ސްޓްރާސްބޯ ބަލިކޮށް ޕީއެސްޖީ އަށް ޖެހިޖެހިގެން ހަ ވަނަ މޮޅު

ފްރެންޗް ލީގުގައި ރޭ ކުޅުނު މެޗުން ސްޓްރާސްބޯ އަތުން 3-1 އިން މޮޅުވެ، ޕީއެސްޖީން ހުރިހާ މުބާރާތެއްގައި ޖެހިޖެހިގެން ހަވަނަ މޮޅު ހޯދައިފި. ސްޓްރާސްބޯއިން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، ޕީއެސްޖީން މެޗުގެ ނަތީޖާ އަނބުރާލީ ފަހު 15 މިނެޓުގެ ތެރޭގައި ޖެހި ތިން ގޯލުން.

ބެޓިސް ބަލިކޮށް ބާސެލޯނާ ފަސްބެލުމެއްނެތި ކުރިއަށް

ސްޕެނިޝް ލީގުގައި ރެއާލް ބެޓިސް 5-2 އިން ބަލިކޮށް، ބާސެލޯނާ އިން ޖެހިޖެހިގެން ނުވަ ވަނަ މެޗުން މޮޅުވެ ތާވަލުގެ އެއްވަނައިގައި ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓައިފި. މި މެޗުގައި ބާސެލޯނާގެ ލަމީން ޔަމާލް، ރޮޑްރީ، ޖީސޫސް، އެރިކް ގާސިއާ އަދި އޮލްމޯ ލަނޑުތައް ކާމިޔާބުކުރި

Newsletter

Get the latest news delivered straight to your inbox