ގޮނޑިއަޅައިގެން 24 ގަޑިއިރު ތިބެން ޖެހުނަސް އެންމެ ވޯޓެއް ވެސް ދުލެއް ނުކުރާނަން: އިދިކޮޅު

އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުންނާ އެކު އިންތިހާބާ ބެހޭ މައި މަރުކަޒުގައި އަބްދުއްރަހީމް: އޭނާ ވިދާޅުވަނީ މަސްލަހަތު ގެއްލުނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަޑައިގަތުމުން ކަމަށް ވިދާޅުވި. -- ފޮޓޯ: ހުސެއިން ޝަޔާހް / އަދަދު

އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުންނާ އެކު އިންތިހާބާ ބެހޭ މައި މަރުކަޒުގައި އަބްދުއްރަހީމް: އޭނާ ވިދާޅުވަނީ މަސްލަހަތު ގެއްލުނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަޑައިގަތުމުން ކަމަށް ވިދާޅުވި. -- ފޮޓޯ: ހުސެއިން ޝަޔާހް / އަދަދު

ހޮނިހިރުދުވަހު ބޭއްވި ކައުންސިލް އިންތިހާބުގައި ޕީޕީއެމަށް ލިބުނު ގޮނޑިތައް ގެއްލުވާލަފާނެ ކަމުގެ ބިރު އެބައޮތް ކަމަށާއި އެކަމަކު 24 ގަޑިއިރު އިލެކްޝަންސް ކޮމިޝަންގައި ޑިއުޓީކޮށްގެން ނަމަވެސް އެންމެ ވޯޓެއް ވެސް އޮޅުވާލަން ފުރުސަތު ނުދޭނެ ކަމުގެ ޔަގީންކަން ސަޕޯޓަރުންނަށް، އިދިކޮޅު ކޯލިޝަނުން މިއަދު ދީފި އެވެ.

މަސްލަހަތު ހިމެނޭ ފަރާތްތަކަށް ދައުވަތު ދީގެން މިއަދު މެންދުރު ފަހު ވޯޓު ފޮށިތަކެއް ގުނަން އުޅުމުން އިލެކްޝަންސް ކޮމިޝަނުގެ މައި މަރުކަޒަށް ޕީޕީއެމްގެ އިސް ބޭފުޅުންތަކެއް ވަޑައިގަތެެވެ. އެހެންވެ، އެތަނަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ޕާޓީގެ އިސް ބައެއް ބޭފުޅުން ވަޑައިގަތުމުން ހަމަނުޖެހުންތަކެއް ހިނގި އެވެ. ފުލުހުން އެކަން ކޮންޓްރޯލްކުރީ ޕެޕަ ސްޕްރޭ ޖަހައިގެންނެވެ.

ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޕީޕީއެމް/ޕީއެންސީ ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ލީޑަރު އަބްދުއްރަހީމް (އަދުރޭ) ވިދާޅުވީ ވޯޓު ގުނާ ތަނަށް ވަޑައިގަތީ ކޯލިޝަންގެ އިސް ބޭފުޅުން ވަޑައިގަތީ ވޯޓު އޮޅުވާލަފާނެތީ ކަމަށެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ނާކާމިޔާބުވެވަޑައިގަތް 2018ގެ ރިޔާސީ އިންތިހާބާއި 2019 ގެ ރައްޔިތުންގެ މަޖިލީހުގައި ވެސް ވޯޓު އޮޅުވާލި ކަމުގެ ތުހުމަތު އޭނާ މިއަދު ވެސް ތަކުރާރު ކުރެއްވި އެވެ.

Advertisement

އޭނާ ވިދާޅުވި ގޮތުގައި އެކަން ތަކުރާރުވިޔަ ނުދޭން މި އިންތިހާބުގެ ހުރިހާ ކަމެއް ގާތުން ބައްލަވާނެ އެވެ.

އެންމެ ވޯޓެއްގެ މައްސަލަ ވެސް ދުލެއް ނުކުރާނަން. ކޯޓަށް ދާން ޖެހިއްޖިއްޔާ އެކަން ކުރާނަން. މުޒާހަރާކުރަން ވެއްޖިއްޔާ ވެސް ކުރާނަން. 24 ގަޑިއިރު ގޮނޑި އަޅައިގެން އެތަނުގައި ތިބެން ވެއްޖިއްޔާ އެކަން ވެސް އަޅުގަނޑުމެން ކުރާނަން. -- އަދުރޭ

އިލެކްޝަނާ ބެހޭ މައި މަރުކަޒަށް ވަޑައިގަތީ، އޭނާ ވިދާޅުވި ގޮތުގައި، ކައުންސިލް އިންތިހާބުގެ ވޯޓާ ކުޅުނަ ނުދޭށެވެ. އެމްޑީޕީއަށް މި އިންތިހާބުގައި މާލެ އިން ބޮޑު ނާކާމިޔާބީއެއް ލިބިފައިވާކަން ފާހަގަކުރައްވައި އަބްދުއްރަހީމް ވިދާޅުވީ އެކަން ގަބޫލުނުކުރެވިގެން މާލޭގެ އިތުރު ގޮނޑިތަކެއް އެމްޑީޕީއަށް ލިބުނު ކަމަށް ވޯޓު އޮޅުވާލަން މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި މާލެއަށް ޕީޕީއެމުން 14 ގޮނޑިއަށް ވާދަކޮށް ބޮޑު ކާމިޔާބީއެއް ހޯދާފައިވާ އިރު މިހާތަނަށް ވެސް ދެ ގޮނޑި ގެއްލިއްޖެ ކަމަށް މައުލޫމާތު އެބަ ލިބެ އެވެ.

"ވޯޓު ގުނަން އަޅުގަނޑުމެން ބޭނުންވީ އަޅުގަނޑުމެންގެ ކުރިމަތީގައި. ވަރަށް ހަމަޖެހިގެން އަޅުގަނޑުމެން އެތަނުގައި ތިއްބައި މަސްލަހަތު ނަގާލަން އެތަނަށް ވަޑައިގަތީ އެމްޑީޕީގެ ރައީސް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެތަނަށް ވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ކަމަށާއި އެއީ ގޯހެއް ކަމަށް ވިދާޅުވި އެވެ. ނަޝީދު މިއަދު ބޭނުންފުޅުވީ ބޮޑު ހަމަނުޖެހުމަކުން އަލުން އިންތިހާބަށް ހުޅުވާލުމުގެ ޖާގަ ހޯދުން ކަމުގެ ތުހުމަތު އަދުރޭ ކުރެއްވި އެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ނަތީޖާއަށް ބަދަލެއް ގެންނަން އުޅޭ ނަމަ އެކަން ކުރިޔަނުދޭން ރައްޔިތުން ދާނެ އެވެ. ޕީޕީއެމުން ފާރަވެރިވާނެ ކަމަށާއި އެ ފުރުސަތު އެމްޑީޕީ އާއި އިލެކްޝަންސް ކޮމިޝަނަށް ނުދޭނެ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި އިންތިހާބުގައި ޕީޕީއެމުން 60 ޕަސެންޓަށް ވުރެން ގިނަ ގޮނޑިތައް ވަނީ ކާމިޔާބުކޮށްފަ އެވެ. އެކަމަކު އެމްޑީޕީން ބުނަނީ މާލޭގެ މެޖޯރިޓީ ނުލިބުނަސް ގިނަ ގޮނޑިތައް ނެގީ އެ ޕާޓީން ކަމަށެވެ.

އިންތިހާބާ ބެހޭ މަރުކަޒުގައި ހިނގި ހަމަނުޖެހުމާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ ވޯޓު އޮޅުވާލަން އެއްވެސް ކަމެއް އެ ކޮމިޝަނުން ނުކުރާ ކަމަށެވެ. ފޮށިތަކެއް ގުނަން އުޅުނީ ކެންޑިޑޭޓުންނާއި މަންދޫބުންގެ ވެސް ހާޒިރުގައި ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލެ ސިޓީ ކައުންސިލުގެ 14 ބިން އަތުލި މައްސަލަ ކޯޓަށް ހުށަހަޅަނީ

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަކަށް މާލެ ސިޓީ ކައުންސިލުގެ ދަށުގައި ހުރި 14 ބިމެއް އަތުލަން ނިންމި މައްސަލަ ކޯޓަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ ނިންމާފަ. ކައުންސިލުން ބުނާ ގޮތުގައި މި ބިންތައް އަތުލާފައިވަނީ ލާމަރުކަޒީ ގާނޫނާ ޚިލާފަށް، މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް ދިނުމެއް ނެތި.

ސޫތުކުޅީގެ 25 މަސްވެރިން ދޫކުރަން އެހީއަށް އެދިއްޖެ

ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު އިންޑިއާގެ މަރުކަޒީ ސަރުކާރުގެ އެހީތެރިކަމަށް އެެދުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހައްޔަރުކުރި އިންޑިއާގެ 25 މަސްވެރިންނާއި އެ މީހުންގެ ބޯޓުތައް ވެސް މިނިވަންކުރުމަށް. މި މައްސަލައިގައި އެމްއެންޑީއެފްގެ ބަހެއް ނުލިބޭ.

އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ކުޅުދުއްފުށީ އަމީނީމަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ފިރިހެނަކަށާއި، އަންހެނަކަށާއި، ކުޑަކުއްޖަކަށް އަނިޔާވެގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން. މި ހާދިސާގައި އަނިޔާވި އަންހެން މީހާގެ ފައި ބިނދިފައިވާއިރު، އަނެއް ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދޭ.

ބިންތައް އަތުލުމުން މާލެ ސިޓީ ކައުންސިލުގެ ކުއްލި ޖަލްސާއެއް

މާލެ ސިޓީ ކައުންސިލުން 14 ބިމެއް ވަކިކުރުމަކީ ލާމަރުކަޒީ ނިޒާމަށް އެޅޭ ހުރަހެއް ކަމަށް މޭޔަރު އާޒިމް ވަނީ ވިދާޅުވެފަ. ސަރުކާރުން މި ބިންތައް އަތުލާފައި ވަނީ "ބިން ފޭރޭ ބިލު" ގެ ނަމުން މަޝްހޫރުވެފައިވާ ލާމަޒުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން.

30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕު ރާއްޖެއަށް ރޯލްއޯވާކޮށްދީފި

ދިވެހި ސަރުކާރުން އިންޑިއާއަށް ދައްކަންޖެހޭ 30 ބިލިއަން ރޫޕީޒްގެ ކަރަންސީ ސްވޮޕް ފެސިލިޓީ، ބޮޑެތި ލުއިތަކަކާއެކު އެ ގައުމުން ވަނީ ރޯލްއޯވާކޮށްދީފައި. މި އެހީތެރިކަމަކީ ރާއްޖޭގެ މާލީ ހަމަޖެހުން ގާއިމުކުރުމަށާއި ބޭރު ފައިސާގެ ރިޒާވް ހަރުދަނާކުރުމަށް އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން ފޯރުކޮށްދިން މުހިންމު އެހީއެއް.

ދިވެހި 2 ޕައިލެޓުން ރާއްޖެއަށް ގެނައުމާއެކު ފުލުހުން ސުވާލުކުރަނީ

ފްލައި ޑުބާއީގެ ބޯޓެއް ވައްޓާލަން އުޅުނު މައްސަލައިގެ ތަހުގީގަށް ޔޫއޭއީން ހައްޔަރުކުރި ދިވެހި ދެ ޕައިލެޓުން ރާއްޖެ ގެނައުމާއެކު ފުލުހުން އެމީހުންނާ ސުވާލުކުރަން ވަނީ ފަށާފައި. ޔޫއޭއީގައި 12 ދުވަހު ބަންދުގައި ބޭތިއްބުމަށްފަހު ރާއްޖެ ފޮނުވާލި މި ދެ މީހުންނާ މެދު ފިޔަވަޅެއް އެޅުމާ މެދު ފުލުހުން އަދި ވަކި ގޮތެއް ނުނިންމާ.

އިމްރާން ޚަތީބުންނަށް؛ ބިން ވިއްކުން ހުއްޓުވަން ހައްގުބަސް ބުނޭ

ރަސްމާލެއިން 500 ހެކްޓަރު ޔޫއޭއީގެ ކުންފުންޏަކަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް، ހުކުރު ހުތުބާ އިއްވާ އިމާމުން ހައްގުބަސް ބުނުމަށް އިމްރާން ގޮވާލެއްވި. އޭނާ ވިދާޅުވީ އިސްލާމީ ފަސްގަނޑުން ބޮޑު ބައެއް ޒަޔަނިސްޓުންނަށް ވިއްކާލުން ހުއްޓުވުމަކީ އިމާމުންގެ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށާއި، މިކަމާ ދެކޮޅަށް ތެދުވަން ޖެހޭ ކަމަށް.

Newsletter

Get the latest news delivered straight to your inbox