ބަލިމަޑުކަމުގައި ބަދަވި ގުޅުން ދަމަހައްޓަން ރައީސް އިލްތިމާސްކުރައްވައިފި

Apr 12, 2021, 3:51 PM
ރައީސް ސޯލިހް: ރޯދައިގެ މަންފާ ހެޔޮގޮތުގައި ލިބިގަތުމަށް އިލްތިމާސްކުރެއްވި.

ރައީސް ސޯލިހް: ރޯދައިގެ މަންފާ ހެޔޮގޮތުގައި ލިބިގަތުމަށް އިލްތިމާސްކުރެއްވި.

ކޮވިޑް-19ގެ ބަލިމަޑުކަމުގައި ދިރިއުޅުމުގެ ހުރިހާ ކަންކަމަކަށް ބުރޫއެރިއިރު ވެސް ދިވެހިންގެ ހިތްތަކުގެ ގުޅުން ބަދަހިވެ އެކަކު އަނެކަކަށް އެހީވެ އެއްބާރުލުމާ އެކު ދެއްކި ރިވެތި އުސޫލު މި ރޯދަމަހު ވެސް ހިފަހައްޓަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ އިލްތިމާސްކުރައްވައިފި އެވެ.

ރައްޔިތުންނަށް ރޯދަ ތަހުނިޔާ ފޮނުއްވި ހިތޯބުގައި ރައީސް ވިދާޅުވީ ކޮވިޑާ ހެދި އިގްތިސާދީ ލޮޅުން އަރައި ފަރުދުންގެ ފުދުންތެރިކަން ދަށްވި ނަމަވެސް ދިވެހިންގެ އީމާންތެރިކަމާއި އިސްލާމީ އެއްބަނޑު އެއްބަފާކަމުގެ ވަރުގަދަ ގުޅުން ކުރިއަށް ނެރުން ކަމަށެވެ. މިއާއެކު ދިވެހިންގެ ހިތްތަކުގެ ގުޅުން އިތުރަށް ވަރުގަދަވެ، އެކަކު އަނެކަކަށް އެހީތެރިވުމާއި އެއްބާރުލުމުގެ ރޫހް އިތުރަށް އާލާވިކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވީ ކޮވިޑުގެ ހާލަތާ ހެދި ދުނިޔޭގެ ގައުމުތަކުން ވެސް އަންނަނީ އެއް ބަޔަކު އަނެއް ބަޔަކަށް އެހީވުމުގެ ނަމޫނާ ދައްކަމުން ކަމަށެވެ. މިފަދަ ދުވަސްވަރަކާއި މި އަހަރުގެ ރަމަޟާން މަސް އިއްތިފާގުވެގެން އައުމަކީ ރާއްޖެ ފަދަ އިސްލާމީ މުޖްތަމައަކަށް ގިނަ ކަންކަން ހަނދާންކޮށްދީ، އެތައް އިބުރަތެއް ލިބޭނެ ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ރޯދަ މަސް އުގަންނައިދޭ އެންމެ މަތިވެރި ފިލާވަޅަކީ ވެސް ދަތިކަމާއި ނިކަމެތި ކަމުގައި ދިރިއުޅޭ އެހެން އިންސާނުންގެ ހާލަތު އިހްސާސްކޮށް އަނެކުންނަށް އެހީތެރިވެ އޯގާތެރިވުމެވެ.

މި ރޯދަ މަހުގެ ފައިދާ ހެޔޮގޮތުގައި ލިބިގަތުމަށް އެދިވަޑައިގަތެވެ. ރޯދައިގެ އަޅުކަން ފުރިހަމަކޮށް، ގިނަގިނައިން ގުރުއާން ކިޔަވައި ރޭ އަޅުކަންކޮށް ސަދަގާތްދީ މީސްތަކުންނަށް ހެޔޮ ފޯރުވައި އުޅުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް ވެސް ރައީސް އިލްތިމާސްކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޑީލު ހުއްޓުވަން އިންޑިއިން އުޅޭ ކަމަށް ތުހުމަތުކޮށްފި

ރަސްމާލެ މަޝްރޫއުގެ ބައެއް ޔޫއޭއީގެ ކުންފުންޏަކަށް ދޫކޮށްލުމަށް ކުރި މަސައްކަތް ހުއްޓުވުމުގައި އިންޑިއާ ސަރުކާރާއި ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ބޭފުޅުންގެ އަތެއްވާ ކަމަށް ސްޓޭޓް މިނިސްޓަރު ނާޒިމް ތުހުމަތުކުރައްވައިފި. ލީކުވި އޯޑިއޯއެއްގައި ނާޒިމް ވިދާޅުވެފައިވަނީ އިންޑިއާއަށް ދައްކަންޖެހޭ ދަރަނި ފަސްކޮށްނުދީ ހިފެހެއްޓި ކަމަށް.

އަލައްބާރާއި ޒަޔަނިސްޓުންނާ މިހާރު ގުޅުމެއް ނެތް: މުއްތަލިބު

ޔޫއޭއީގެ އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރަކީ ޒަޔަނިސްޓުންނާ ގުޅުން އޮތް މީހެއް ނޫން ކަމަށް ވިދާޅުވެ، މިނިސްޓަރު މުއްތޮލިބު އޭނާގެ ދިފާއުގައި ވާހަކަދައްކަވައިފިއެވެ. ލީކުވި އޯޑިއޯއެއްގައި މުއްތޮލިބު ވިދާޅުވީ، އަލައްބާރުގެ ކުރީގެ ގުޅުންތަކާ ބެހޭގޮތުން ސުވާލުކުރެއްވި ކަމަށާއި، އޭނާއަކީ މިހާރު ފަލަސްތީނަށް އެހީތެރިވަމުންދާ މީހެއް ކަމަށެވެ. އަދި ރަސްމާލެ މަޝްރޫއުގެ ތެރެއިން ޒަޔަނިސްޓުން ވަޒަންވެރިވެދާނެ ކަމުގެ ބިރު އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރަސްމާލޭގައި ކްރިސްމަސްވެސް ފާހަގައެއް ނުކުރެވޭނެ: މުއްތޮލިބު

ރަސްމާލެ ތަރައްޤީކުރާ ފަރާތާއެކު ވެވޭ އެއްބަސްވުމުގައި، އެތަނުގައި ކްރިސްމަސް ފަދަ އެހެން ދީންތަކުގެ ޝިއާރުތައް ފާހަގަކުރުން މަނާކުރާ މާއްދާއެއް ހިމަނާނެ ކަމަށް މިނިސްޓަރު މުއްތޮލިބު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި، ރާއްޖޭގެ ގާނޫނުތަކާއި އިސްލާމީ އުސޫލުތަކާ ހިލާފު ކަންކަމަށް ފުރުސަތު ނުދޭނެކަން ކަށަވަރުކޮށްދެއްވުމުގެ ގޮތުންނެވެ.

ރަސްމާލޭގެ ޕްރޮޕަޓީ ދެނީ ހުސްނުވާ 99 އަހަރަށް ކަމަށް!

ރަސްމާލޭގެ ރިއަލް އެސްޓޭޓް މަޝްރޫއުގެ ދަށުން ބިން ދޫކުރަނީ 99 އަހަރުގެ މުއްދަތު ހަމަނުވާނެ ފަދަ މެކޭނިޒަމެއްގެ ދަށުން ކަމަށް ހައުސިން މިނިސްޓަރު މުއްޠަލިބު އެއްބަސްވެވަޑައިގެންފިއެވެ. މި އުސޫލުގެ ދަށުން ޕްރޮޕަޓީ ވިއްކާލާ ކޮންމެ ފަހަރަކު ސަރުކާރުން ފީއެއް ނެގުމަށްފަހު، އަލުން 99 އަހަރުގެ އާ ލީސްއެއް ދޫކޮށް މުއްދަތު އައުކޮށްދޭނެއެވެ.

ހުޅުމާލޭ ފޭސް 3 ހިއްކުމުގެ އަގަކަށް އެމްއޭސީއެލްއަށް ވެސް ބިން

ހުޅުމާލެ ފޭސް ތިނަކާއި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތް އެމްއޭސީއެލްގެ ސަބްސިޑަރީ ކުންފުންޏަކާ ހަވާލުކުރީ، މަސައްކަތުގެ އަގުގެ ގޮތުގައި ފައިސާގެ ބަދަލުގައި ލިބެނީ ބިން. މިއީ ކުރިން ސީއެމްސީއާ ވެސް އެއްބަސްވީ ގޮތް. އަދި މި މަޝްރޫއުގެ އަމަލީ މަސައްކަތް ސަބް ކޮންޓްރެކްޓް އުސޫލުން ކުރަނީ މިހާރު ވެސް ސީއެމްސީއިން.

ކުޅުދުއްފުށީ އިންޑަސްޓްރިއަލް ޒޯން ކައުންސިލް އަތުން ނަގައިފި

ކުޅުދުއްފުށީ ސީޕޯޓް ފުޅާކުރުމުގެ މަޝްރޫއަށް ބޭނުންވާތީ، އެ ރަށުގެ އިންޑަސްޓްރިއަލް ޒޯން ސިޓީ ކައުންސިލްގެ އިހުތިސާސުން ވަކިކޮށް ސަރުކާރަށް ވަނީ ނަގާފައި. ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން ނެގި މި ބިމުގައި ޕޯޓުގެ ޚިދުމަތްތަކާއި ވެއާހައުސިން ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައި.

އޭސީސީން ގާބިލު އިންވެސްޓިގޭޓަރުން ބިނާކުރުމަށް ކޯހެއް ފަށަނީ

ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރާނެ ގާބިލު މީހުން ބިނާކުރުމަށްޓަކައި، "ޑިޕްލޮމާ އިން ކޮރަޕްޝަން އިންވެސްޓިގޭޝަން" ކޯސް 2027 ވަނަ އަހަރު ފެށުމަށް އެންޓި-ކޮރަޕްޝަން އެކަޑަމީން ވަނީ ނިންމާފައެވެ. މި ކޯހުގެ މަގްސަދަކީ މި ދާއިރާއަށް ބޭނުންވާ ފަންނީ މުވައްޒަފުންގެ ދަތިކަން ހައްލުކޮށް، ޒަމާނީ ވަސީލަތްތަކާއެކު ތަހުގީގީ ދާއިރާ ހަރުދަނާކުރުމެވެ.

Newsletter

Get the latest news delivered straight to your inbox