އާސަންދައިން މިދިޔަ އަހަރު ކުރި ހަރަދު 200 މިލިއަން ކުޑަވެއްޖެ

އާސަންދައިގެ މެނޭޖިން ޑިރެކްޓާ މަރިޔަމް ޝަފީގް، "އަދަދު" އަށް އިންޓަވިއޫ ދެއްވަނީ: ބޭސްތަކެއްގެ ހަމަ އަގު ކަނޑައެޅުމުގެ މަސައްކަތް އަންނަނީ ކުރަމުން-- ފޮޓޯ: ހުސައިން ޝަޔާހް/ އަދަދު

އާސަންދައިގެ މެނޭޖިން ޑިރެކްޓާ މަރިޔަމް ޝަފީގް، "އަދަދު" އަށް އިންޓަވިއޫ ދެއްވަނީ: ބޭސްތަކެއްގެ ހަމަ އަގު ކަނޑައެޅުމުގެ މަސައްކަތް އަންނަނީ ކުރަމުން-- ފޮޓޯ: ހުސައިން ޝަޔާހް/ އަދަދު

މިދިޔަ އަހަރު އާސަންދައިން ކުރި ހޭދަ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 200 މިލިއަން ރުފިޔާ ދަށް ވެފައިވާ ކަމަށް އާސަންދައިގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

އާސަންދައިން "އަދަދު" އާ ހިއްސާކުރި ތަފާސް ހިސާބުތަކަށް ބަލާއިރު 2019 ވަނަ އަހަރު އާސަންދައިން 2.4 ބިލިއަން ރުފިޔާ ހަރަދު ކުރިއިރު މިދިޔަ އަހަރު ހަރަދު ކޮށްފައި ވަނީ 2.2 ބިލިއަން ރުފިޔާ އެވެ. އެހެންކަމުން އެއީ 200 މިލިއަން ރުފިޔާގެ ދަށްވުމެކެވެ.

އެއް ދިމާލަކަށް އެންމެ ބޮޑު ހޭދައެއް އާސަންދައިން މިދިޔަ އަހަރު ވެސް ކޮށްފައިވަނީ ބޭހަށެވެ. އެގޮތުން މިދިޔަ އަހަރު ބޭހަށް އެކަނި 700 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. އެއީ މުޅި ބަޖެޓްގެ 37 ޕަސެންޓެވެ.

އެމަޖެންސީގައި އަތޮޅު ތެރޭގައި ބަލި މީހުން އެއްތަނުން އަނެއް ތަނަށް ވައިގެ މަގުން ގެންދަން މިދިޔަ އަހަރު 37 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. ކަނޑުގެ މަގުން ގެންދިއުމަށް 17 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. އަދި ރާއްޖޭން ބޭރަށް މީހުން ބޭސްފަރުވާއަށް ދިއުމަށް ޓިކެޓަށް 15 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.

ރާއްޖޭން ބޭރުގެ ހޮސްޕިޓަލްތަކަށް އާސަންދައިން މިދިޔަ އަހަރު 124 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. ރާއްޖޭގެ ހޮސްޕިޓަލްތައް ހިމެނޭ ގޮތަށް ޖުމުލަ ހޮސްޕިޓަލްތަކަށް އެއް ބިލިއަން ރުފިޔާ މިދިޔަ އަހަރު ވަނީ ހަރަދު ކޮށްފަ އެވެ.

އާސަންދައިގެ މެނޭޖިން ޑިރެކްޓަރު މަރިޔަމް ޝަފީގް "އަދަދު" އަށް މިދިޔަ އަހަރު އާސަންދައިން ހަރަދު ކުރި 2.2 ބިލިއަން ރުފިޔާގެ ތެރެއިން ދެބައިކުޅަ އެއްބައި ހަރަދު ކޮށްފައިވަނީ ސަރުކާރުން ހިންގާ ހޮސްޕިޓަލްތަކަށް ކަމަށެވެ.

އަނެއްބައި ހަރަދުކޮށްފައިވަނީ ބޭހަށާއި އަމިއްލަ ހޮސްޕިޓަލް އަދި ކްލިނިކްތަކުގެ އިތުރުން އެހެނިހެން ހަރަދު ތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އާސަންދައިގެ އިސްރާފު ކުޑަ ކުރުމަށް ވެސް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް މަރިޔަމް ވިދާޅުވި އެވެ. އޭގެން އެންމެ އިސްކަމެއް ދޭ އެއް ކަމަކަށް ރާއްޖޭގައި ވިއްކާ ބައެއް ބޭސްތައް ހަމަ އަގުގައި އާސަންދައިން ގަތުން ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ބޭސް ހަމަ އަގަށް ގެންނަން ކުރާ މަސައްކަތުގެ ތެރެއިން "ޒޮވަންޓާ" ކިޔާ ބޭހެއްގެ އަގު މިހާރު ވެސް އާސަންދައިން ވަނީ ކުޑަކޮށްފަ އެވެ. އެއާއެކު އާސަންދައިގެ ހަރަދުތަކުން އަހަރަކު 12 މިލިއަން ރުފިޔާ ކުޑަވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ބޭސް ވިއްކުމާ ބެހޭ ގަވާއިދުގައިވާ ގޮތުން ބޭސް އެތެރެ ކުރާ މީހުންނަށް ހޯލްސޭލް ކުރެވޭނީ ބޭސް ގަންނަ އަގުގެ 25 ޕަސެންޓަށް ވުރެ މަތި ނުގާ އަގެއްގަ އެވެ. ރާއްޖޭގައި ބޭސް ރީޓެއިލް ކުރާ ފިހާރަތަކުން ބޭހެއްގެ އަގު އެންމެ ބޮޑު ކުރެވޭނީ ގަންނަ އަގުގެ 50 ޕަސެންޓާ ހަމައަށެވެ. ނަމަވެސް އެއަށް ވުރެން މާ ބޮޑު އަގުގައި ބޭސް ވިއްކާ ކަމުގެ ޝަކުވާ ބޮޑެވެ.

މަރިޔަމް ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ކުޑަ ކުރާނެ 17 ބޭހުގެ އަގު ކަނޑައަޅަނީ މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ތަފާސް ހިސާބުތަކުން ބޭހުގެ ވިޔަފާރީގެ ތަފްސީލް ބެލުމަށްފަހު އެންމެ ބޮޑުކޮށް ވިއްކޭނެ އަގު ހޯދުމަށްފަހު ކަމަށެވެ.

އޭނާ އިތުތަށް ވިދާޅުވީ ހަމައަގަށް އާސަންދަ ދިނުމަށް މިހާރު މަސައްކަތް ކުރާ 17 ބޭހުގެ އަގު ކަނޑައެޅުމާ އެކު ވެސް އާސަންދައިގެ ހަރަދު ބޮޑުތަނުން ކުޑަ ކުރެވޭނެ ކަމަށެވެ. އެ 17 ބޭހަކީ އާއްމުކޮށް ވިކޭ ބޭސްތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޑީލު ހުއްޓުވަން އިންޑިއިން އުޅޭ ކަމަށް ތުހުމަތުކޮށްފި

ރަސްމާލެ މަޝްރޫއުގެ ބައެއް ޔޫއޭއީގެ ކުންފުންޏަކަށް ދޫކޮށްލުމަށް ކުރި މަސައްކަތް ހުއްޓުވުމުގައި އިންޑިއާ ސަރުކާރާއި ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ބޭފުޅުންގެ އަތެއްވާ ކަމަށް ސްޓޭޓް މިނިސްޓަރު ނާޒިމް ތުހުމަތުކުރައްވައިފި. ލީކުވި އޯޑިއޯއެއްގައި ނާޒިމް ވިދާޅުވެފައިވަނީ އިންޑިއާއަށް ދައްކަންޖެހޭ ދަރަނި ފަސްކޮށްނުދީ ހިފެހެއްޓި ކަމަށް.

އަލައްބާރާއި ޒަޔަނިސްޓުންނާ މިހާރު ގުޅުމެއް ނެތް: މުއްތަލިބު

ޔޫއޭއީގެ އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރަކީ ޒަޔަނިސްޓުންނާ ގުޅުން އޮތް މީހެއް ނޫން ކަމަށް ވިދާޅުވެ، މިނިސްޓަރު މުއްތޮލިބު އޭނާގެ ދިފާއުގައި ވާހަކަދައްކަވައިފިއެވެ. ލީކުވި އޯޑިއޯއެއްގައި މުއްތޮލިބު ވިދާޅުވީ، އަލައްބާރުގެ ކުރީގެ ގުޅުންތަކާ ބެހޭގޮތުން ސުވާލުކުރެއްވި ކަމަށާއި، އޭނާއަކީ މިހާރު ފަލަސްތީނަށް އެހީތެރިވަމުންދާ މީހެއް ކަމަށެވެ. އަދި ރަސްމާލެ މަޝްރޫއުގެ ތެރެއިން ޒަޔަނިސްޓުން ވަޒަންވެރިވެދާނެ ކަމުގެ ބިރު އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރަސްމާލޭގައި ކްރިސްމަސްވެސް ފާހަގައެއް ނުކުރެވޭނެ: މުއްތޮލިބު

ރަސްމާލެ ތަރައްޤީކުރާ ފަރާތާއެކު ވެވޭ އެއްބަސްވުމުގައި، އެތަނުގައި ކްރިސްމަސް ފަދަ އެހެން ދީންތަކުގެ ޝިއާރުތައް ފާހަގަކުރުން މަނާކުރާ މާއްދާއެއް ހިމަނާނެ ކަމަށް މިނިސްޓަރު މުއްތޮލިބު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި، ރާއްޖޭގެ ގާނޫނުތަކާއި އިސްލާމީ އުސޫލުތަކާ ހިލާފު ކަންކަމަށް ފުރުސަތު ނުދޭނެކަން ކަށަވަރުކޮށްދެއްވުމުގެ ގޮތުންނެވެ.

ރަސްމާލޭގެ ޕްރޮޕަޓީ ދެނީ ހުސްނުވާ 99 އަހަރަށް ކަމަށް!

ރަސްމާލޭގެ ރިއަލް އެސްޓޭޓް މަޝްރޫއުގެ ދަށުން ބިން ދޫކުރަނީ 99 އަހަރުގެ މުއްދަތު ހަމަނުވާނެ ފަދަ މެކޭނިޒަމެއްގެ ދަށުން ކަމަށް ހައުސިން މިނިސްޓަރު މުއްޠަލިބު އެއްބަސްވެވަޑައިގެންފިއެވެ. މި އުސޫލުގެ ދަށުން ޕްރޮޕަޓީ ވިއްކާލާ ކޮންމެ ފަހަރަކު ސަރުކާރުން ފީއެއް ނެގުމަށްފަހު، އަލުން 99 އަހަރުގެ އާ ލީސްއެއް ދޫކޮށް މުއްދަތު އައުކޮށްދޭނެއެވެ.

ހުޅުމާލޭ ފޭސް 3 ހިއްކުމުގެ އަގަކަށް އެމްއޭސީއެލްއަށް ވެސް ބިން

ހުޅުމާލެ ފޭސް ތިނަކާއި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތް އެމްއޭސީއެލްގެ ސަބްސިޑަރީ ކުންފުންޏަކާ ހަވާލުކުރީ، މަސައްކަތުގެ އަގުގެ ގޮތުގައި ފައިސާގެ ބަދަލުގައި ލިބެނީ ބިން. މިއީ ކުރިން ސީއެމްސީއާ ވެސް އެއްބަސްވީ ގޮތް. އަދި މި މަޝްރޫއުގެ އަމަލީ މަސައްކަތް ސަބް ކޮންޓްރެކްޓް އުސޫލުން ކުރަނީ މިހާރު ވެސް ސީއެމްސީއިން.

ކުޅުދުއްފުށީ އިންޑަސްޓްރިއަލް ޒޯން ކައުންސިލް އަތުން ނަގައިފި

ކުޅުދުއްފުށީ ސީޕޯޓް ފުޅާކުރުމުގެ މަޝްރޫއަށް ބޭނުންވާތީ، އެ ރަށުގެ އިންޑަސްޓްރިއަލް ޒޯން ސިޓީ ކައުންސިލްގެ އިހުތިސާސުން ވަކިކޮށް ސަރުކާރަށް ވަނީ ނަގާފައި. ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން ނެގި މި ބިމުގައި ޕޯޓުގެ ޚިދުމަތްތަކާއި ވެއާހައުސިން ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައި.

އޭސީސީން ގާބިލު އިންވެސްޓިގޭޓަރުން ބިނާކުރުމަށް ކޯހެއް ފަށަނީ

ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރާނެ ގާބިލު މީހުން ބިނާކުރުމަށްޓަކައި، "ޑިޕްލޮމާ އިން ކޮރަޕްޝަން އިންވެސްޓިގޭޝަން" ކޯސް 2027 ވަނަ އަހަރު ފެށުމަށް އެންޓި-ކޮރަޕްޝަން އެކަޑަމީން ވަނީ ނިންމާފައެވެ. މި ކޯހުގެ މަގްސަދަކީ މި ދާއިރާއަށް ބޭނުންވާ ފަންނީ މުވައްޒަފުންގެ ދަތިކަން ހައްލުކޮށް، ޒަމާނީ ވަސީލަތްތަކާއެކު ތަހުގީގީ ދާއިރާ ހަރުދަނާކުރުމެވެ.

Newsletter

Get the latest news delivered straight to your inbox