ގޭސްފުޅި ގޮވި ހާދިސާ: ފުނޑުފުނޑުވި ގެ އިމާރާތް ކުރާނެ ގޮތެއް ހޯދަނީ

ގޭސް ފުޅި ގޮވި ހާދިސާގައި ހަލާކުވި ގެ ތަޅާލައި ބިން ސާފުކުރުމުގެ މަސައްކަތް ކުރަނީ: އެ ބިމުގައި އާގެއެއް އަޅަން ވަނީ ނިންމާފައި-- ފޮޓޯ:އާއިލާ

ގޭސް ފުޅި ގޮވި ހާދިސާގައި ހަލާކުވި ގެ ތަޅާލައި ބިން ސާފުކުރުމުގެ މަސައްކަތް ކުރަނީ: އެ ބިމުގައި އާގެއެއް އަޅަން ވަނީ ނިންމާފައި-- ފޮޓޯ:އާއިލާ

ގޭސްފުޅި ލީކުވެ، ކުއްލި ގޮވުމާ އެކު ރ. އިނގުރައިދޫ ގުލްހަޒާރުގެ ފުނޑުފުނޑުވީ އެވެ. ވަރަށް ކުރިން އިމާރާތް ކޮށްފައިވާ އެ ގެ ދެން ބޭނުން ކުރެވޭކަށް ނެތެވެ. އެހެންކަމުން އާ ގެއެއް އަޅައިގެން ނޫނީ ބޯހިޔާވަހިކަން ލިބޭކަށް ނެތެވެ.

މިދިޔަ ބުރާސްފަތިދުވަހު އެ ހާދިސާ ހިނގިއިރު ގޭގައި ތިބީ ދެ މީހުންނެވެ. އެ ގޭގައި ދިރިއުޅުނު އައިޝަތު އަބޫބަކުރު، 71، އަށް ލިބުނު އަނިޔާއަށް ފަރުވާ ހޯދަން މިހާރު ތިބީ މާލޭގަ އެވެ. އޭނާގެ ހާލު މިހާރު އަންނަނީ ރަނގަޅުވަމުންނެވެ.

"އިންފެކްޓް ވިޔަ ނުދީ ކުރިއަށް ގެންދަން ޑޮކްޓަރު ބުނެފައި އޮތީ. އަތް ވަރަށް ބޮޑަށް ފިހިފައި ހުރީމައި ވަރަށް ނާޒުކު. މޫނުވެސް ވަރަށް ބޮޑަށް ފިހިފައި ހުރީ. ބުރުގާ އާއި އައިނު އަޅާފައި ހުރި ސަރަހައްދު ނޫނީ ވަރަށް ބޮޑަށް ފިހިފައި. އެކަމަކު މިހާރު އަންނަނީ ރަނގަޅުވަމުން،" އައިޝަތުގެ ދަރިފުޅު "އަދަދު" އަށް މިއަދު ބުންޏެވެ.

އ
އ

އެ އާއިލާ އިން މިއަދު ބުނީ އެ މީހުންނަށް މިހާރު އޮތް ހިތްދަތިކަމަކީ ދިރިއުޅެވޭނެ ގޮތެއް ނެތުން ކަމަށެވެ. ބިމާ ހަމަވި ގެ އަލުން އިމާރާތްކުރެވޭނެ ވަރުގެ ތަނަވަސްކަމެއް ނެތެވެ. އާ ގެއެއް އަޅަން ގާތްގަނޑަކަށް 500،000ރ. ހޭދަވެ އެވެ.

ދެ ކޮޓަރި އާއި ސިޓިން ރޫމެއްގެ އިތުރުން ގުދަނެއް ހަދާފައި ހުރި ގެ ތަޅާލުމަށް ފަހު އިތުރު ގެއެއް އަޅައިގެން ނޫނީ އުޅެވޭކަށް ނެތް ކަމަށް އާއިލާއިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

"ކުރީގެ ގެއަކަސް ހަމަ ދޭތެރެ ދޭތެރެއިން ރިނޮވޭޓް ކުރަމުންއައީ. އެކަމަކު ހާދިސާއަށް ފަހު މުޅި ގެވަނީ ރެނދުލައިފައި. މުޅި ގެއަށް ފެން ފައިބާ ހިފާގެންގުޅޭ ހުރިހާ އެއްޗެއް ހަލާކުވެފައި. ރޯދައަށް ގެންގޮސް ހުރި ހުރިހާ އެއްޗެއް ވެސް ހަލާކުވީ،" ބުރާސްފަތި ދުވަހުގެ ހާދިސާއާ ގުޅޭގޮތުން އޭނާ ބުންޏެވެ.

"އެހީ ލިބިގެން ނޫން ގޮތަކަށް އެކަން ކުރެވޭކަށް ވެސް ނެތް."

ރަށު ކައުންސިލާއި ފުލުހުންގެ އިތުރުން އެމްއެންޑީއެފުން އަންނަނީ އެ ގެއަށް ލިބުނު ގެއްލުން ވަޒަން ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެ ރިޕޯޓް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީއަށް ހުށަހަޅަން ވަނީ ނިންމައިފަ އެވެ. އެފަދަ ހާދިސާތަކުގެ ގެއްލުން ވަޒަންކޮށް ސަރުކާރުން މާލީ އެހީތެރިކަން ފޯރުކޮށްދެ އެވެ.

މި ހާދިސާއާ ގުޅިގެން ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.

އަލިފާނުގެ ހާދިސާގައި ފިހުނު އަންހެން މީހާ: އޭނާ ހަށިގަނޑުގެ 50 ޕަސެންޓް ވަނީ ފިހިފައި-- ފޮޓޯ: އާއިލާ
އަލިފާނުގެ ހާދިސާގައި ފިހުނު އަންހެން މީހާ: އޭނާ ހަށިގަނޑުގެ 50 ޕަސެންޓް ވަނީ ފިހިފައި-- ފޮޓޯ: އާއިލާ

އަލިފާނުގެ ހާދިސާގައި ފިހުނު އަންހެން މީހާ: އޭނާ ހަށިގަނޑުގެ 50 ޕަސެންޓް ވަނީ ފިހިފައި-- ފޮޓޯ: އާއިލާ

އެ ގޭގައި ހަތް ކުދިން ތިބޭއިރު ގެ ރަޖިސްޓްރީ ކޮށްފައިވަނީ އަނިޔާ ލިބުނު އަންހެން މީހާ އާއި ހަގު ހަތަރު ކުދިންގެ ނަމުގަ އެވެ. ދޮށީ ތިން ކުދިން އުޅެނީ އަމިއްލަ ގެ ހަދައިގެން ވަކިންނެވެ.

ގޭސް ފުޅި ގޮވި ހާދިސާގައި ގެ ހަލާކުވެފައި: އާ ގެއެއް އެޅުމަށް ފަސްލައްކައެއްހާ ރުފިޔާ ހަރަދުވޭ-- ފޮޓޯ: އާއިލާ
ގޭސް ފުޅި ގޮވި ހާދިސާގައި ގެ ހަލާކުވެފައި: އާ ގެއެއް އެޅުމަށް ފަސްލައްކައެއްހާ ރުފިޔާ ހަރަދުވޭ-- ފޮޓޯ: އާއިލާ

ގޭސް ފުޅި ގޮވި ހާދިސާގައި ގެ ހަލާކުވެފައި: އާ ގެއެއް އެޅުމަށް ފަސްލައްކައެއްހާ ރުފިޔާ ހަރަދުވޭ-- ފޮޓޯ: އާއިލާ

ދަރިފުޅު ބުނިގޮތުގައި ބާރުގަދަ ގޮވުމެއްގައި ހަށިގަނޑުގެ ބޮޑުބައެއް ފިހުމުން މަންމައަށް ނަފްސާނީ ގޮތުން ވެސް ވަނީ އަސަރުކޮށްފަ އެވެ. ނަމަވެސް ކުރިއަށް ވުރެން މިހާރު ރަނގަޅު ކަމަށާއި އާއްމުކޮށް ވާހަކަ ދައްކައި ވެސް އުޅޭ ކަމަށް އޭނާ ބުންޏެވެ.

އެ ގޭގައި ދިރިއުޅުނީ ފިހުނު އަންހެން މީހާ އާއި އޭނާގެ ޅީދަރި، އުމުރުން 24 އަހަރުގެ ޒުވާން އެހެން އަންހެން ކުއްޖެކެވެ. ހާދިސާ ހިނގިއިރު ކޮޓަރީގައި ހުރި އެ އަންހެން ކުއްޖާއަށް އެއްވެސް އަނިޔާއެއް ނުވެ އެވެ. ނަމަވެސް ހާދިސާއަށް ފަހު ލިބުނު ޝޮކުން އޭނާ ވާހަކަ ނުދައްކާ ހުރުމަށް ފަހު އިއްޔެއިން ފެށިގެން ވާހަކަ ދައްކަން ފަށާފައިވާ ކަމަށް ވެސް އާއިލާއިން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox