ރައްޔިތުންގެ އިހުސާސްތައް ބަލައިގަންނަން: ސަރުކާރު

Apr 11, 2021, 11:02 AM
ރައީސް ސޯލިހު ކެބިނެޓް ބައްދަލުވުމަކަށް ވަޑައިގަންނަވަނީ: ރައްޔިތުންގެ އިހުސާސްތައް ބަލައިގަންނާނެ ކަމަށް ވިދާޅުވި - ފޮޓޯ: ރައީސް އޮފީސް

ރައީސް ސޯލިހު ކެބިނެޓް ބައްދަލުވުމަކަށް ވަޑައިގަންނަވަނީ: ރައްޔިތުންގެ އިހުސާސްތައް ބަލައިގަންނާނެ ކަމަށް ވިދާޅުވި - ފޮޓޯ: ރައީސް އޮފީސް

ލޯކަލް ކައުންސިލް އިންތިހާބުން ރައްޔިތުންގެ އިހުސާސްތައް އެނގިއްޖެ ކަމަށާއި އެކަން ބަލައިގަނެ ކުރިއަށް ދާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދީފި އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި ނުކުތް ތަފާތު ނަތީޖާއާއެކު، ރައީސް އޮފީހުން އާންމުކުރި ސަރުކާރުގެ ނޫސް ބަޔާނެއްގައި ބުނީ، އިންތިހާބުގައި ރައްޔިތުން ލީ ވޯޓާއި، ރައްޔިތުންގެ އިހުސާސްތައް ފުރިހަމައަށް ސަރުކާރުން ބަލައިގަނެ، އަދި، ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރުގެ ހިންގުން ކުރިއަށް ގެންދާނެކަމުގެ ފުރިހަމަ ޔަގީންކަން އަރުވާ ކަމަށެވެ.

ކުރު ދެ ޕެރެގްރާފްގެ އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އިންތިހާބުވި ފަރާތްތަކުގެ އެއްބާރުލުން ލާމަރުކަޒީ ނިޒާމް ފުރިހަމަ ގޮތުގައި ހިންގުމަށް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމާއި އިންތިހާބުވި އެންމެންނަށް މަރުހަބާ ކިޔާ ކަމަށެވެ.

އިއްޔެ، ކުރިއަށް ދިޔަ އިންތިހާބުގައި ސަރުކާރު ހިންގާ، އެމްޑީޕީއަށް ވަނީ މާލޭ ސިޓީން ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވެފަ އެވެ. އެންމެ ވާދަވެރިކަން އޮތް މާލޭގެ މޭޔަރު ކަމުގެ މަގާމަށް އިންތިހާބުވެފައިވަނީ ޕީޕީއެމްގެ ކެންޑިޑޭޓް، ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒެވެ. ނަމަވެސް މާލޭން ވޯޓުލާން ނުކުތް މީހުންގެ ނިސްބަތް މަދެވެ.

އެމްޑީޕީއަށް އަނެއް ތިން ސިޓީގެ މޭޔަރުކަން ޔަގީން ކުރެވިފައިވީ ނަމަވެސް އައްޑޫ ސިޓީގެ ސުޕަ މެޖޯރިޓީ ވެސް ގެއްލުނެވެ. އެ ޕާޓީގެ ސަޕޯޓް ބޮޑު އެހެން ބައެއް ރަށްރަށުން ވެސް ވަނީ އެމްޑީޕީއަށް މިފަހަރު ތާއިދު ކުޑަވެފަ އެވެ. ނަމަވެސް ޖުމްލަކޮށް ބަލާނަމަ، އެންމެ ގިނަ ގޮނޑި ކާމިޔާބުކޮށްފައިވަނީ އެމްޑީޕީއިންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ރޭ ވަނީ އިންތިހާބު ކާމިޔާބު ކުރެއްވި މޭޔަރުންނަށް ގުޅުއްވައި މަރުހަބާ ވިދާޅުވެފަ އެވެ. ނަމަވެސް އިންތިހާބަށްފަހު ރައީސް އަދި އާންމުކޮށް އެއްޗެއް ވިދާޅެއް ނުވެ އެވެ.

ނަމަވެސް، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ މާލޭން އިންތިހާބު ނާކާމިޔާބުވުމުގައި އެ ޕާޓީގެ ލީޑަޝިޕް އޮތް ކަމަށް ވިދާޅުވެ، އެކަމުގެ ޒިންމާ ނަންގަވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޑީލު ހުއްޓުވަން އިންޑިއިން އުޅޭ ކަމަށް ތުހުމަތުކޮށްފި

ރަސްމާލެ މަޝްރޫއުގެ ބައެއް ޔޫއޭއީގެ ކުންފުންޏަކަށް ދޫކޮށްލުމަށް ކުރި މަސައްކަތް ހުއްޓުވުމުގައި އިންޑިއާ ސަރުކާރާއި ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ބޭފުޅުންގެ އަތެއްވާ ކަމަށް ސްޓޭޓް މިނިސްޓަރު ނާޒިމް ތުހުމަތުކުރައްވައިފި. ލީކުވި އޯޑިއޯއެއްގައި ނާޒިމް ވިދާޅުވެފައިވަނީ އިންޑިއާއަށް ދައްކަންޖެހޭ ދަރަނި ފަސްކޮށްނުދީ ހިފެހެއްޓި ކަމަށް.

އަލައްބާރާއި ޒަޔަނިސްޓުންނާ މިހާރު ގުޅުމެއް ނެތް: މުއްތަލިބު

ޔޫއޭއީގެ އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރަކީ ޒަޔަނިސްޓުންނާ ގުޅުން އޮތް މީހެއް ނޫން ކަމަށް ވިދާޅުވެ، މިނިސްޓަރު މުއްތޮލިބު އޭނާގެ ދިފާއުގައި ވާހަކަދައްކަވައިފިއެވެ. ލީކުވި އޯޑިއޯއެއްގައި މުއްތޮލިބު ވިދާޅުވީ، އަލައްބާރުގެ ކުރީގެ ގުޅުންތަކާ ބެހޭގޮތުން ސުވާލުކުރެއްވި ކަމަށާއި، އޭނާއަކީ މިހާރު ފަލަސްތީނަށް އެހީތެރިވަމުންދާ މީހެއް ކަމަށެވެ. އަދި ރަސްމާލެ މަޝްރޫއުގެ ތެރެއިން ޒަޔަނިސްޓުން ވަޒަންވެރިވެދާނެ ކަމުގެ ބިރު އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރަސްމާލޭގައި ކްރިސްމަސްވެސް ފާހަގައެއް ނުކުރެވޭނެ: މުއްތޮލިބު

ރަސްމާލެ ތަރައްޤީކުރާ ފަރާތާއެކު ވެވޭ އެއްބަސްވުމުގައި، އެތަނުގައި ކްރިސްމަސް ފަދަ އެހެން ދީންތަކުގެ ޝިއާރުތައް ފާހަގަކުރުން މަނާކުރާ މާއްދާއެއް ހިމަނާނެ ކަމަށް މިނިސްޓަރު މުއްތޮލިބު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި، ރާއްޖޭގެ ގާނޫނުތަކާއި އިސްލާމީ އުސޫލުތަކާ ހިލާފު ކަންކަމަށް ފުރުސަތު ނުދޭނެކަން ކަށަވަރުކޮށްދެއްވުމުގެ ގޮތުންނެވެ.

ރަސްމާލޭގެ ޕްރޮޕަޓީ ދެނީ ހުސްނުވާ 99 އަހަރަށް ކަމަށް!

ރަސްމާލޭގެ ރިއަލް އެސްޓޭޓް މަޝްރޫއުގެ ދަށުން ބިން ދޫކުރަނީ 99 އަހަރުގެ މުއްދަތު ހަމަނުވާނެ ފަދަ މެކޭނިޒަމެއްގެ ދަށުން ކަމަށް ހައުސިން މިނިސްޓަރު މުއްޠަލިބު އެއްބަސްވެވަޑައިގެންފިއެވެ. މި އުސޫލުގެ ދަށުން ޕްރޮޕަޓީ ވިއްކާލާ ކޮންމެ ފަހަރަކު ސަރުކާރުން ފީއެއް ނެގުމަށްފަހު، އަލުން 99 އަހަރުގެ އާ ލީސްއެއް ދޫކޮށް މުއްދަތު އައުކޮށްދޭނެއެވެ.

ހުޅުމާލޭ ފޭސް 3 ހިއްކުމުގެ އަގަކަށް އެމްއޭސީއެލްއަށް ވެސް ބިން

ހުޅުމާލެ ފޭސް ތިނަކާއި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތް އެމްއޭސީއެލްގެ ސަބްސިޑަރީ ކުންފުންޏަކާ ހަވާލުކުރީ، މަސައްކަތުގެ އަގުގެ ގޮތުގައި ފައިސާގެ ބަދަލުގައި ލިބެނީ ބިން. މިއީ ކުރިން ސީއެމްސީއާ ވެސް އެއްބަސްވީ ގޮތް. އަދި މި މަޝްރޫއުގެ އަމަލީ މަސައްކަތް ސަބް ކޮންޓްރެކްޓް އުސޫލުން ކުރަނީ މިހާރު ވެސް ސީއެމްސީއިން.

ކުޅުދުއްފުށީ އިންޑަސްޓްރިއަލް ޒޯން ކައުންސިލް އަތުން ނަގައިފި

ކުޅުދުއްފުށީ ސީޕޯޓް ފުޅާކުރުމުގެ މަޝްރޫއަށް ބޭނުންވާތީ، އެ ރަށުގެ އިންޑަސްޓްރިއަލް ޒޯން ސިޓީ ކައުންސިލްގެ އިހުތިސާސުން ވަކިކޮށް ސަރުކާރަށް ވަނީ ނަގާފައި. ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން ނެގި މި ބިމުގައި ޕޯޓުގެ ޚިދުމަތްތަކާއި ވެއާހައުސިން ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައި.

އޭސީސީން ގާބިލު އިންވެސްޓިގޭޓަރުން ބިނާކުރުމަށް ކޯހެއް ފަށަނީ

ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރާނެ ގާބިލު މީހުން ބިނާކުރުމަށްޓަކައި، "ޑިޕްލޮމާ އިން ކޮރަޕްޝަން އިންވެސްޓިގޭޝަން" ކޯސް 2027 ވަނަ އަހަރު ފެށުމަށް އެންޓި-ކޮރަޕްޝަން އެކަޑަމީން ވަނީ ނިންމާފައެވެ. މި ކޯހުގެ މަގްސަދަކީ މި ދާއިރާއަށް ބޭނުންވާ ފަންނީ މުވައްޒަފުންގެ ދަތިކަން ހައްލުކޮށް، ޒަމާނީ ވަސީލަތްތަކާއެކު ތަހުގީގީ ދާއިރާ ހަރުދަނާކުރުމެވެ.

Newsletter

Get the latest news delivered straight to your inbox